radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ބޭ
ނ
(1)
ދުވަސްވެ
މުސްކުޅިވެފައިވާ
ފިރިހެނާ.
(2)
ބޭބެ
ކިޔާ
މީހުންނަށް
ކިޔައި
އުޅޭގޮތެއް.
މިސާލު:
ދޮންބޭ
ކުޑަބޭ
ކަތީބުބޭ
ކުޅިވަރަކަށްހެދުން
މަޖާޒު:
އެކަމެއްގެ
ޙަޤީޤީ
ބޭނުމަށް
ނުވިސްނައި
މަޖަލެއްގެ
ގޮތުގައި
ވަގުތު
ދުއްވައިލުމަށް
އެކަމެއް
ކުރުމުން
ބުނެއުޅޭ
ގޮތެއް
މިސާލު:
ކިޔެވުން
ކުޅިވަރަކަށް
ހަދައިގެން
ދެކޮޅެއް
ނުޖެއްސޭނެއެވެ
ކުޅިފަސް
ނ
(1)
އޮއްވަޅުކުޅޭއިރު
ލިބޭ
ކާމިޔާބީ
(2)
މަޖާޒު:
ކަމެއްގައި
ވާދަކޮށްގެން
ލިބޭ
ކާމިޔާބީ
ކުޅިތުޅާ
ނ
ފަތްޕިލާވެލީގެ
ބާވަތެއް
މިއީ
ގަނދަކޯޅިއާ
ވައްތަރުގޮތަކަށް
ހެދޭ
ގަހެކެވެ
މިގަހުގެ
ފަތުގައި
ކުޅިރަހައެއް
ހުރެއެވެ
މިފަތަކީ
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ކުޅިގަނދު
ނ
ބޭރު
ރަތްކުލައެއްގައި
ހިމަކޮށް
ހުންނަ
މުލެއް
މިއީ
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ކުޅިގަނޑު
ނ
(1)
ރާޒުވައާއި
ތިންހަމައާއި
އޮށްވަޅުފަދަ
ކުޅިވަރުގައި
ކުޅޭން
އަތުރާ
ކުޅުންގަނޑު
(2)
މަޖާޒު:
ނުބައެއް
އުފައްދާން
ރާވާރޭވުން
(3)
ބޭޒާރުނުވެ
ހިނގާ
ނޭދެވޭ
ކަންތައް
ކުޅިސަމާ
ނ
(1)
ކުޅިޖަހާ
ސަމާ.
މިއީ
ސަމާގެ
މަތީ
ދަރަޖައެވެ.
އާދަކާދައިގެ
ގޮތުން
ކުޅިހުއްޓާރޭ
ކުޅި
ޖައްސަވާނީ
ކޮށިކޮށީގެ
ވެރިންނަށް
ތިއްބަވާ
ބޭފުޅުންނާއި
ކޮށިކޮށީގެ
މަތީ
ދަރަޖައިގެ
ބޭފުޅުންނެވެ
(2)
މަޖާޒު:
ކުޅިވަރާ
މަޖަލުގެ
ފޯރިގަދަކަން
ބަޔާންކުރުމަށް
ބޭނުންކުރާ
ބަހެއް
މިސާލު:
އެގޭގައި
މިރޭ
ކުޅިސަމާ
އެބަހުއްޓެވެ
ކުޅުގަނދު
ނ
ބޭހަށް
ގެންގުޅޭ
މުލެއް
މިހުންނަނީ
ދަނޑިތަކެއްހެން
ބުރިބުރިއަށެވެ
މީގެ
ކުލައަކީ
ހުދުކުލައެވެ
ކުޅުގަނޑު
ނ
އެއްފަހަރާ
އަނގައިން
ބޭރުކޮށްލާ
ގިނަކުޅު
ކުޅޭކުޅޭ
ނއ
(1)
ކުދިން
ކުޅެން
ގެންގުޅޭ
(2)
ބޭނުންކުޑަ
(3)
ޙަޤީޤީނޫން
(4)
ހަލްކާ
ކުކުން
ނ
ކުޑަވަރެއްގެ
ގަހެއްގައި
އަޅާ
މީރުވަސް
ދުވާ
މަލެއްގެ
ކަރުގަނޑު.
މިހިއްކީމާ
ހުންނާނީ
ރަތް
ރީނދޫ
ކުލައެއްގައެވެ.
މިއީ
ކާއެއްޗިއްސަށް
ލާށާއި
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ކުކުރާމުގުރުން
މ
(1)
ރުއިމާއެކު
ކުކުރުން
(2)
ކުރާންޖެހުނު
މަސައްކަތެއްގެ
ބުރަކަމުން
ނުވަތަ
ލިބޭ
ވޭނެއްގެ
ގަދަކަމުން
ނުހަނު
ބޮޑަށް
ކުކުރުން
ކުކުރުން
ނ
(1)
ހަށިގަނޑަށް
ލިބޭ
ވޭނަކުން
ނުވަތަ
އުފަލަކުން
ލެއްވޭ
އަޑެއް
(2)
މަޖާޒު:
މާގިނައިން
ކަމަކަށް
ބުނެ
އާދޭސްކުރުން
ކުކުޅު
ނ
(1)
މަހާ
ބިހުގެ
ބޭނުމުގައި
އޮޅު
ކޮށްގެން
ގެންގުޅޭ
ދޫންޏެއް
(2)
ހާލުގެ
އަންހެން
އެތި
ކުކުޅުފައިފިލާ
ނ
ބޭހަށް
ބޭނުންކުރާ
ފަތްޕިލާވެލީގެ
ބާވަތެއް
މިއީ
އެއްތަންޑުގަނޑަކަށް
ހެދޭ
ގަހެކެވެ
މީގައި
އަޅަނީ
ރީނދޫކުލައިގެ
މަލެކެވެ
މިގަހުގެ
ފަތުގައި
ކެހެރި
ގޮތެއް
ހުންނާނެއެވެ
ފަތް
ހުންނަނީ
ފަސްތުނޑަކަށް
ކުކުޅުފަޔާއި
ވައްތަރު
ގޮތަކަށެވެ
ކުއްރަސް
ނ
)މަލިކު(
ފޮތުގެ
ބޭރުގައިލާ
ކަރުދާސް
ކުއްޅަވައްފަލުރަނިންނަށްވުން
މ
)މިސާލުބަހެއް(
މީހަކު
ދެރަކޮށް
ހުރިއިރު
ބޭނުންކުރި
އެއްޗެއް
އެމީހަކު
މޮޅުވީމާ
ނޭނގޭކަމަށް
ހެދިގެން
އުޅެން
ފެށީމާ
ބުނާބަހެއް
ކުއްޅަފިލާ
ނ
ބިމުން
ފަޅައިގެން
ބޮނޑިބޮނޑިއަށް
ހެދޭ
ވިނައެއް
މީގެ
ފަތްތައް
ހުންނާނީ
ކޮޅަށެވެ
މިއީ
ކާންބޭނުން
ކުރާ
ފަތެކެވެ
ކުއްލާބުތެލި
ނ
އިހުގައި
ރޯދަމަހު
ކޮންމެ
ދުވަހަކު
އިރު
އޮއްސޭއިރަށް
ގަނޑުވަރުތެރޭ
ކުއްލާބުގެއަށް
ފޮނުވާ
ކަލިޔާ
ބިރިންޖީތެލި.
މިތެލީގައި
ވިހިނާޅި
ހަނޑުލުގެ
ބަތާއި
އެޔާވާނެ
ގުޅަމަހާއި
ހަކުރާއި
ލޮނުލުނބޯ
ހުންނާނެއެވެ.
މިއީ
އަތޮޅު
އަތޮޅު
ދެއްވައިފައި
ތިއްބަވާ
ބޭކަލުންނާއި
ބޮޑެތި
ފަޅު
ރަށްރަށް
ދެއްވައިފައި
ތިއްބަވާ
ބޭކަލުން
ފޮނުވަންޖެހޭ
ކެއުމެކެވެ.
މިފޮނުވާނީ
އެކިދުވަހު
އެކި
ބޭކަލުންނެވެ.
މިއީ
ގަނޑުވަރުތެރޭގައި
އުޅޭ
މީހުންނަށް
ދޭ
ކެއުމެކެވެ
މިކެއުން
ގެންދާއިރު
ލިބުނު
އެންމެ
ބޮޑު
ކުރުނބާ
އިހަލެއް
ގެންދާނެއެވެ
މިކުރުނބާއިހާ
ދަނޑި
މާރުލައިގެން
ގެންދަނިކޮށް
ފަގީރުކުދިން
މިއިހާ
ކަނޑައިލައިގެން
ބަހައިލުމީ
ހުއްދަކަމަކަށްވާތީ
ވަރަށް
މަދު
އިހަލެއްނޫނީ
ގަނޑުވަރުތެރެޔަށް
ގެންދެވޭ
ކަމަކަށް
ނުވެއެވެ
ކުއްލާބުގެ
ނ
ގަނޑުވަރުތެރޭ
ބޭފުޅުން
ޚިތާނުފުޅު
ކުރެއްވުމާއި
ރަސްމީ
ފެހުންތައް
ފަހައި
ފޯއްކޮށައި
ބިލެތް
ކަފައި
ހެދުމަށް
ގަނޑުވަރު
ތެރޭގައި
ހުންނަ
ގެއެއް
ކުއްލާބުތެލި
ބަހައި
ހަދަނީވެސް
މިގޭގައެވެ
ކުމުންޒާނި
ނ
ހުވަނދު
ބޭހުގެ
ބާވަތެއް.
މިއީ
ގަހެއްގެ
ކިރެކެވެ.
މިހުންނަނީ
ނީކުނޑި
ކުލައިގައެވެ.
ދުންއަޅާށާއި
އަތަރު
ހަދަންވެސް
ބޭނުންކުރެއެވެ
މީގެ
ދުމުގައި
މީރުވަސް
ދުވައެވެ
«
51
52
53
54
55
56
57
58
59
»