radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ކޮށް
ނ
(1)
މާކަނައާއި
ރާބޮނދި
ފަދަ
ތަކެތި
ކުއްލިއަކަށް
ކޮށައިގަންނަ
ގޮތަށް
ކިޔާނަން
(2)
)މަލިކު(
އ
ކުރެން
ކަނދު
ނ
(1)
ތެދަށްހެދޭ
ބިޔަވާގަހެއް.
(2)
ކަނދުގަހުގެލަކުޑި.
މިއީ
އާރުނުލާ
ލުއިލަކުޑިއެކެވެ.
މިލަކުޑީގައި
ފެނު
ބާރުގަދަ
ވާނެއެވެ.
މީގެ
ދެވައްތަރެއް
ހުރެއެވެ.
(3)
ކަނދުފަތި
ފަހާށާއި
އެހެނިހެން
ބޭނުމަށްޓަކައި
އޭގެ
ކޮޅު
ނަރުވިލިކޮށް
ބޯކޮށް
ހަދައިފައި
ހުންނަފިލާ.
މިގިނައިން
ހަދަނީ
ކަނދުގަހުގެ
ލަކުޑިންނެވެ.
(4)
އޮޑިދޯނިފަހަރު
އެހެލައި
ބަލާއިރު
ފަށަން
ދޮށަށްލައްވާ
ލަކުޑިބުރި.
(5)
ފެނަށްތިރިކުރާ
މަތިންދާބޯޓުގެ
ދެފަރާތު
ފިޔަފަތުގެ
ދަށުގައި
ފެނުބާރުހިފާން
ހުންނަ
ބަރާ.
(6)
ރާޅާ
އެޅުމަށާއި
މޫދުގެ
ކުޅިވަރުތައް
ކުޅުމަށް
ގެންގުޅޭ
ފެނުބާރު
ހިފާގޮތަށް
ހުންނަ
އެއްޗިހި
ކަނދުފަތި
ނ
(1)
އެއްކޮޅު
ނުވަތަ
ދެކޮޅު
ނަރުވިލިކޮށް
ހަދައިފައި
ހުންނަ
ލަކުޑިތަކެއް
އެއްކޮށް
ބަނދެ
ފެނުބާރު
ހިފާގޮތަށް
ހަދައިފައި
ހުންނައެއްޗެއް
މިގިނައިން
ގެންގުޅެނީ
ފަޅުތެރޭގެ
އެކިއެކި
ބޭނުމުގައި
ދަތުރުކުރާށެވެ
(2)
ފެނުބާރު
ހިފާގޮތަށް
ހަދައިފައި
ހުންނަ
އެއްޗެއް
މިއީ
އެއްޗެހި
އުފުލުމަށް
ކަނބާފައި
ގެންދާ
އެއްޗެކެވެ
(3)
މަޖާޒު:
ހިތާވެގެންއުޅޭ
ދެމީހުން
ދޭތެރޭ
ހިނގާމީހާ
ކަނދުގަނޑަކަށްވުން
މ
މަޖާޒު:
މަސައްކަތެއް
ކޮށްކޮށް
ވަރުބަލިވެގެން
ހެލިލާހައި
ވަރުނެތުން
ކަނދޮޅު
ނ
ފަތް
ހިމަދިގު
ކޮށްހެދޭ
ފަސޭހައިން
މަރުނުވާ
ކުޑަވަރެއްގެ
ގަހެއް
މީގެ
ކިތައްމެބާވަތެއްހުރެއެވެ
މިގަހުގެ
ބަނޑުފަތުން
ދުލި
ނަގައިގެން
ބޭސްވެރިކަމަށާއި
އެހެނިހެން
ބޭނުމަށް
ގެންގުޅެއެވެ
ކަނދޮއްމަސް
ނ
ގަނޑަށް
ކަނޑާ
މަހުގެ
ކޮޅުން
ބުރިކޮށްލާ
މަސްކޮޅު
ކަނޑަހަލި
ނ
)ޅ (
ދަތިކޮށް
ވަދެވޭން
ހުންނަ
އޮޅު
ކަނޑައިލުން
މ
(1)
ބުރިކޮށްލުން
(2)
ވަކިކޮށްލުން
ކަނޑާ
ނ
(1)
ހިނީގެ
ސިފައިގައި
އެއަށްވުރެ
ބޮޑެތިކޮށް
ހުންނަ
ދިރޭ
އެއްޗެއް
މިކަޅުކުލައިގައާއި
ރަތްކުލައިގައި
ހުރެއެވެ
(2)
ކެނޑުން
މިބަހުގެ
އަމުރު
ކަނޑިންމާއުޅާގަނޑު
ނ
(1)
މާލޭކަނޑިންމާ
ބަންދުކޮށް
ހުޅުވައިއުޅުނު
ޒަމާނުގައި
ދެފަރާތު
ފައިކަށީގައި
ޖަހައިފައި
ހުރި
އަރުގޯލައިގެ
އުޅައްގަނޑު
(2)
މަޖާޒު:
އަބަދު
އަނގަ
ގަދަކުރާމީހާ
ކަނޑިބުރި
ނ
ތިލަ
އިތިކޮށް
ކޮޅުކައްޗަށް
ބުރިކޮށްލައިފައި
ހުންނަ
ވަޅިއެއް
މި
ވަޅި
ބޭނުންކުރަނީ
ކަތިވަޅިން
ކުރާ
ކަންތައްތަކަށެވެ
ކަނޑިއަޅައިފުންމައިގަތުން
މ
އައްޑަނަ
ކޮށީގެ
ކުޅިޖެހުމުގައި
ކޮށްއުޅުނު
ކަމެއް
ކަނޑިތޮޅި
ނ
ރީތިގަހުގެ
ވައްތަރެއް
ކަމުގައިވާ
ބިޔަކޮށް
ހެދޭ
ރަތްމާގަނޑެއް
އަންނަ
ގަހެއްގައި
އަޅާ
ތޮޅިއެއް
މިތޮޅި
ހުންނަނީ
ފަތިކޮށް
ކުރު
މުށެއްހައި
ދިގުމިނުގައެވެ
ކަނޑީރަސްގެއެއްކަހަލަ
)މިސާލުބަހެއް(
މާރުޅިގަދަ
ގޮތްދޫނުކުރާ
މީހުންނާ
މެދު
ބޭނުންކޮށްއުޅޭ
މިސާލުބަހެއް
ކަނޑުހާ
ނ
ފާނައިގެ
މަސްވެރިކަމުގައި
ބާނާ
އުޅޭމަހެއް
މި
މަހުގެ
ކުލައަކީ
ދޮންރަތް
ކުލައެވެ
މަހުގައި
ކުދިކުދި
ތިކިތަކެއް
ނުވަތަ
ރޮނގުތަކެއް
ހުރެއެވެ
މަހުގެ
ނިގޫފަތް
ހުންނަނީ
ހަނދުފަޅި
ބުރަށް
ކަފިކޮށްނެވެ
ކަނޑުބަރަވެލި
ނ
ކުރުކޮށް
ވައްކޮށް
ދޮންކުލައިގައި
ހުންނަ
ފޫއެނބުރި
ކަނޑުކަޅުއޮށް
ނ
ކަޅުއޮށުގެ
ބާވަތެއް.
މިއީ
ފުންވިލުވިލާއި
ތިލަފަޅުފަޅުގައި
އުޅޭ
މަހެކެވެ.
މަހުގެކުލައަކީ
ކަޅުރަތްކުލައެވެ
މަހުގެ
ތުނބުންފެށިގެން
ލޯ
ހުރަސްކޮށް
ދެވަނަ
ކޮތަރިބައިނިމިފައިވާހިސާބަށް
ކަޅުކުލައިގެ
ފުޅާރޮނގެއްހުރެއެވެ
މިރޮނގުގެ
ފަހަތުން
މަހުގެނިގޫ
ކޮޅުގައިކަޅުކުލައިގެ
ލަފެއްހުރެއެވެ
ކަނޑުކުކުޅު
ނ
ކަނޑުމަހުގައި
ކައްކާ
ރިހައެއް.
މީގެމަސް
ހުންނާނީ
ގަނޑަށް
ކަނޑައި
ދެއިންޗިހާވަރަށް
ބުރިކޮށް
ހޮޅިކޮށް
ކަފައި
ހަވާދުހާކައިފައި
އޮޅައިލައި
ފަންވަތެއްގެ
ފަށަކުން
ނުވަތަ
ރާނބާފަތުގެ
ފަށަކުން
ބަނދެފައެވެ
ކައްކާނީ
ހަވާދާއި
ކިރާ
އަޅައިގެންނެވެ
ކަނޑުއުނިޔަ
ނ
ފަރުމަހުގެ
ބާވަތެއް.
މިއީ
ހަށިގަނޑު
ފުޅާކޮށް
ހުންނަ
މަހެކެވެ.
މިމަހުގެ
ލޯ
ބޮޑުވެފައި
އަނގަ
ކުޑަވާނެއެވެ.
މަހުގެކުލައަކީ
ރިހިއަޅިކުލައެވެ.
މަހުގެ
ކަރުތާފަތްމަތީގައްޔާއި
ތުންކޮޅުގައި
ނޫކުލައިގެ
ތިކިތަކެއް
ހުރެއެވެ
ކަނޑުއޮޅި ގިރާކުރުން
މ
ކަނޑުއޮޅި
ކަޑައްތުކޮށް
ދިއުން
ކަނޑުވައިލުން
މ
(1)
ވަކިކޮށްލުން.
(2)
މަސްވެރިންގެ
އިސްޠިލާޙުގައި
މަސްބާނާއިރު
ދޯންޏަށް
ވެއްޓޭނެހެން
ބުޅިން
މަސް
ވަކިކޮށްލުން
(3)
"ކެނޑުން"
މިބަސް
ކުރުވުމުގެ
މާނައިގައި
ބުނާގޮތް
«
49
50
51
52
53
54
55
56
57
»