radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ގަނޑު
ނ
(1)
އެއްޗެއް
ދެރަކޮށްލުމުގެ
ގޮތުން
ބުނާބަހެއް.
މިސާލު:
މުންޑުގަނޑު.
(2)
މުޅި
އެތިކަން
އެންގުމަށް
ބުނާ
ބަހެއް.
މިސާލު:
ކެޔޮގަނޑު.
(3)
އަންހެނުންނާއި
ޅަދަރިންނަށް
ލޯބިން
ވަކިނަމަކާ
ގުޅުވައިގެން
ކިޔާ
ނަމެއް.
މިސާލު:
)ހ(
ލޯބިގަނޑު.
)ށ(
ކުއްޖާގަނޑު.
(4)
ހަށިގަނޑުގެ
ލޭ
ނުބައިވުމުގެ
ސަބަބުން
ދުޅަވާ
މުލިހި
ފާޑުގެ
ތަނެއް.
މިސާލު:
އޭނާގެ
އުކުޅުވަޅުގައި
ގަނޑެއް
ނަގައިފިއެވެ.
(5)
ލަކުޑިން
ހަދައިފައިވާ
އެއްޗެއް
މަރާމާތު
ކުރުމަށާއި
އަދި
މިނޫންވެސް
ގޮތަކުން
ލަކުޑިގަނޑަކަށް
ގުޅާލާ
ލަކުޑީގެ
ބައި.
(6)
ވަކި
ސަރަހައްދެއް
ކަނޑަ
އެޅުމުގެ
ގޮތުން
ބުނާ
ބަހެއް.
މިސާލު:
ތަންގަނޑު
މީހުން.
(7)
އެއްޗެއްގެ
ބައެއްކަން
ދޭހަކޮށްދިނުމަށް
ބުނާ
ބަހެއް.
މިސާލު:
މަސްގަނޑު.
(8)
ތަގަރި.
(9)
ފިނިވެގެން
ގޮސް
ވާހަރު.
)01(
ގަނޑުފިއްލާ
ކުޅޭއިރު
ފިލުވައި
ނިވާކޮށްފައި
އޮންނަމީހާ
(11)
ބައެއް
ކުޅިވަރު
ކުޅުމަށް
ބުނެއުޅޭ
ބަހެއް
މިސާލު:
)ހ(
ރާޒުވާ
ގަނޑެއް
ޖަހައިލުން
)ށ(
ތާސްގަނޑެއް
ޖަހައިލުން
(21)
ކަރުދާސްއަރި
މިސާލު:
ކަރުދާސްގަނޑު
އަސާ
ނ
(1)
ދޮށިމޭނާ
ވެލާނާ
ހަކުރާ
ފާމުދޭރި
މާފަތް
ދަހަރާ
މިބޭބޭކަލުންނާއި
ފަނޑިޔާރުކަމާއި
މީރުބަޙުރުކަމާއި
ރަނަހަމާންތިކަމާއި
ފުރަމާލޭގެ
ދެޚަޠީބުކަމާއި
މިކަންކަން
ޙަވާލުކުރައްވާ
ބޭބޭކަލުންނަށް
ދެއްވާދަނޑި
މިހުންނަނީ
ކުރަހައި
ލާފެންކޮށްފައެވެ
(2)
ހިފައިގެން
ހިނގާ
ލަޓިގަނޑު
އަސީދާގުޅަ
ނ
އިހު
ޒަމާނުގައި
ރޯދަވީއްލުމަށްޓަކައި
ގަނޑުވަރުތެރޭގައި
ހަދާގުޅައެއް
މިގުޅަ
ހަދާނީ
ކުދި
ބޭކަލުންނެވެ
އަސްލު
ނ
އެއްޗެއް
ނުވަތަ
ކަމެއް
އުފެދުމުގެ
މައިގަނޑު
އަޑަފިގަނޑު
ނ
ބިލެތްގަނޑު
އަޑިގަނޑު
ނ
(1)
އަޑިވެފައި
އޮންނަ
ތަންގަނޑު
މަޖާޒު:
(2)
ލިބޭ
ދެރައެއްގެ
ސަބަބުން
ދިރިއުޅުމަށް
އަންނަ
އުނިކަން
މިބަސް
ބޮޑަށް
ބޭނުންކުރަނީ
އަތްމަތިދަތިވުމާ
ބެހޭ
ގޮތުންނެވެ
އާވިނެގުން
މ
(1)
ބައެއްތަކެތީގެ
އަރަގު
ނެގުން
(2)
އެތެރެހައްޓަށް
ވާގޮތަކުން
ހަށިގަނޑުގެ
ތާކަށް
ހޫނުވާހެން
ހީވުން
(3)
އުދާސްނެގުން
އާވިކެއްކުން
މ
(1)
ދަވިއްގަނދު
ފޮނިތޮށި
ފަދަ
ތަކެތީން
އާވިނެގުން
(2)
އާވި
ކައްކާ
އެތިގަނޑުން
އާވިނެގުން
އާލަވަބައި
ނ
ދަނޑިބެރުގެ
ލަވަބައެއް
މިލަވަބައިގެ
ފުމޭލަވަ
ހެއްދެވީ
މާވާގަނޑުވަރު
ޙުސައިންދީދީ
ކަމަށާއި
ޖަހާލަވަ
ހެއްދެވީ
މާންދޫގެ
މޫސާދީދީކަމަށް
ބުނެއުޅެއެވެ
އިހާގޮނޑި
ނ
އިހަލުގެ
ތަނޑުގަނޑު
އިހިކުނޑި
ނ
އޮޑިފަހަރު
ބަންނައިރު
އިހިއެޅީމާ
އިހިގަނޑުގެ
ދެކޮޅުގައި
ބާއްވާ
ކުޑަ
ދެބޯކިބާ
މިއީ
އޮޑިވެރީންގެ
ފަރާތުން
ދޭންވާ
އާދައެކެވެ
އިންޖެކްޝަން
ނ
ގުންބާއެއްގެ
ޒަރީޢާއިން
މަސްގަނޑުގެ
ނުވަތަ
ލޭހޮޅިއެއްގެ
ތެރެއަށް
ދުއްވާ
ބޭސް
އިންޖެކްޝަންޖެހުން
މ
އިންޖެކްޝަން
މަސްގަނޑު
ތެރެއަށް
ނުވަތަ
ލޭހޮޅިއެއްގެ
ތެރެއަށް
ދުއްވުން
އިރާކޮޅު
ނ
(1)
އިރުއޮއްސުމާއި
ނުވައެއް
ޖެހުމާ
ދެމެދު
(2)
ރޭގަނޑުގެ
ފުރަތަމަ
ދަން
އިރުވައިކޮލި
ނ
ކޮންމެ
އަހަރަކު
މުލަ
ނަކަތް
ލައިގަތީމާ
ހެޔޮ
އިރުވަރެއް
ބަލައި
ބަޑިހެލުމަށްފަހު
ރަދުން
ގަނޑުވަރަށް
ވަދެވަޑައިގަތީމާ
ލައި
އުޅުނު
ކޮލި.
މިއީ
ދެބަނޑޮސް
ދޭތެރެއިން
އޮޑިއެއް
ދޯންޏެއް
ނުވަނުމަށާއި
ފާރުދޮށްކޮށައޮ
ދަމަށް
އަރާން
ކުރާ
އަމުރުގެ
ކޮއްޔެވެ
އިރުވާހުދު
ނ
މާކަނާ
ފާޑުގެ
އެއަށްވުރެ
ކުޑަ
ހުދުދޫންޏެއް.
ހުޅަނގުވީމާ
ރަތްރީނދޫ
ކުލައިގެ
ފަތްތަކެއް
މީގެ
ހުޅިގަނޑުންނާއި
ބުރިކަށިމަތިން
ފައުޅުވެއެވެ.
އިރުވައި
ވީމާ
އެފަތްތައް
ހުދުވެދެއެވެ
އިސްކަންދަރުހަރުބި
ނ
ހަތްކޮޅު
ނަގާބޭފުޅުން
އިއްޒަތަށް
ވަޑައިގަންނަވާއިރު
ގަނޑުވަރުން
ފެށިގެން
އެވަޑައިގަންނަވާ
ތާކަށް
ވަޑައިގަންނަވާންދެން
ދުންމާރީގައި
ފުމޭ
ހަރުބި
އިސްކަރާބު
ނ
އެއްކޮޅު
ގުދުކޮށް
ތޫނުކޮށްގެން
ގެނގުޅޭ
ފަތިކޮށް
އޮންނަ
ދަގަނޑު
އާލަތެއް.
މިގެންގުޅެނީ
ތަންތާނގައި
ލައިފައި
ހުންނަ
ދަވާދު
ކަހާށެވެ
އިސްކިރީން
ނ
(1)
ގިއުގަނޑެއްގައި
ފަތިޖަހައިގެން
ހަދައިފައި
ހުންނަ
ބިތްގަނޑު
(2)
ބައިސްކޯފުގެ
ތަސްވީރު
އަރާ
ފަރުދާ
އިސްކުރު
ނ
(1)
މައިޒާން
ކަނޑައިފައި
ހުންނަ
ބާވަތެއްގެ
މޮހޮރެއް
މީގެ
ބޯ
ހުންނާނީ
ރެންޗުން
ނުވަތަ
ކަށިގަނޑުން
ހިފޭނޭހެން
ކަނޑައިފައެވެ
(2)
މިގޮތަށް
ކަނޑައިފައި
ހުންނަ
މައިޒާން
އިސްކުރުބޯ
ނ
އިސްކުރުގެ
މަތީކޮޅުގައި
ކަށިގަނޑުން
ހިފާން
ކަނޑައިފައި
ހުންނަ
ތަން
މިތަން
ހުންނާނީ
މޮހޮރު
ބޮލެއްގެ
ސިފައިގައެވެ
«
48
49
50
51
52
53
54
55
56
»