radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ބޭ
ނ
(1)
ދުވަސްވެ
މުސްކުޅިވެފައިވާ
ފިރިހެނާ.
(2)
ބޭބެ
ކިޔާ
މީހުންނަށް
ކިޔައި
އުޅޭގޮތެއް.
މިސާލު:
ދޮންބޭ
ކުޑަބޭ
ކަތީބުބޭ
ކާފޫރުމެޓާ
ނ
އެތެރެއަށް
ކާފުރު
ތޮޅިއޮށެއްކަހަލަ
އޮށެއްލާފައި
ބޭރުގައި
އުންހުންނަ
ލާގުޅައެއްވަރުގެ
މެޓައެއް
މިގެނެސް
އުޅުނީ
ބަންގާޅުންނެވެ
ކާފޫރުތޮޅި
ނ
ކާފޫރުތޮޅި
ގަހުގެ
ވަކި.
މިއީ
ތިން
އަރިޔަށް
ފުއްޕުން
ހުރެފައި
މަޑު
ބޯތޮށްޓެއްގެތެރޭގައި
ތިންބަރިޔަށް
ކުދިކުދި
ކަޅުއޮށްތަކެއް
ހުންނަ
ކުޑަކުޑަ
ތޮޅިޔެކެވެ.
މިތޮޅިއަކީ
ވަހާއި
ރަހައިގައި
އާވިގޮތް
ހުންނަ
މީރުއެއްޗެކެވެ.
މިއީ
ބޭހަށާއި
ކާބާވަތްތަކުގެ
ރަހަމީރުކުރަން
ބޭނުންކުރާ
އެއްޗެކެވެ
ކާތަށްޓަށްވެލިއެޅުން
މ
މަޖާޒު:
ކާންބޯންލިބޭ
ފަރާތަކުން
އެލިބޭއެއްޗެއް
މަނާވާނޭގޮތެއް
ތިމާ
މެދުވެރި
ކުރުން
ކާލި
ނ
(1)
އެކިއެކި
ބޭނުމުގައި
ހުރަސްކޮށް
ބަނދެފައި
އޮންނަ
ދެގަނޑެތި.
މިސާލު:
)ހ(
އުއި
ވަށާ
ކާލި.
)ށ(
ވާ
އަޅާން
އުޅި
އަނބުރާ
ކާލި.
(2)
ރާރުކާއި
ބިލެތް
ކަނޑާހަރުފަދަ
އެއްޗެހީގައި
ބަންނަ
ގަޅި
(3)
)ހ(
ފޮތްގޮނޑި
(4)
ކޭލި
ކާޑު
ނ
(1)
ކެއުމަށް
ބޭނުންކުރާ
މައިގަނޑު
ބާވަތްތައް
ކަމުގައިވާ
ހަނޑޫ
ހަކުރު
ފުށް.
(2)
އެކިއެކި
ބޭނުމުގައި
ރީތިމިނަކަށް
ހަދައިގެން
ގެންގުޅޭ
ބޯކަރުދާސްކޮޅު.
މިސާލު:
)ހ(
އެޑްރެސްކާޑު.
)ށ(
ޕޯސްޓުކާޑު.
)ނ(
ދަޢުވަތުކާޑު.
)ރ(
ހެޔޮއެދުންތަކުގެ
ކާޑު.
(3)
އިލެކްޓްރޯނިކް
ބައެއްތަކެތީގެ
ޚިދުމަތް
ލިބިގަތުމަށްޓަކައި
ބޭނުންކުރުމަށް
ޕުލާސްޓިކުން
ނުވަތަ
މަޢުދަނީ
އެއްޗަކުން
ތުނިކޮށް
ފަތިކޮށް
ހަދައިފައި
ހުންނަ
އެއްޗެއް.
މިސާލު:
)ހ(
ފޯނުކާޑު.
)ށ(
ކުރެޑިޓްކާޑް.
)ނ(
ތަޅުދަނޑިކާޑު.
)ރ(
އަވަސްފައިސާ
ކާޑު.
(4)
މުދައު
ކޮންޓްރޯލްކޮށްގެން
އުޅޭ
ތަންތާނގައި
އެގެއަކަށްތަކެތި
ގެންނަންވީ
ޢަދަދު
ލިޔެފައިވާ
ކަރުދާސްކޮޅު.
(5)
މުދައު
ކޮންޓްރޯލް
ކޮށްގެން
އުޅޭ
ތަންތާނގައި
މީހަކަށް
ނުވަތަ
ބަޔަކަށް
ކޮންޓްރޯލް
ޤަވާޢިދުން
ދޫކޮށްފައިވާ
ކާބޯތަކެތީގެ
ކޮއްތު.
(6)
ކޮމްޕިއުޓަރުފަދަ
އެއްޗެހީގައި
އެކިއެކި
ވާޖިބުތައް
އަދާކުރުމަށްނަގައި
ބަދަލު
ކުރެވޭގޮތަށް
ޖަހައިފައި
ހުންނަ
ބޯޑު
(7)
)ބދ (
ފިރިހެން
ހަށި
ކިހާ
އ
(1)
މިންވަރު
ނުވަތަ
ވަގުތު
އޮޅުން
ފިލުވަން
ސުވާލުކުރުމަށް
ބޭނުންކުރާ
އަކުރެއް
މިސާލު:
)ހ(
ކިހާވަރެއްތޯ؟
)ށ(
ކިހާތާކު
ދާނުތޯ؟
(2)
ދެރަވެގެން
ނުވަތަ
ހައިރާންވެގެން
ނުވަތަ
ނުރުހިގެން
ބުނާ
ބަހުގެ
ތެރޭގައި
ބޭނުންކުރާ
އަކުރެއް
މިސާލު:
)ހ(
ކިހާ
ދެރަ
)ށ(
ކިހާ
ރީތި
)ނ(
ކިހާ
ބޮޑުކަމެއް
)ރ(
ކިހާ
ގޯސް
ކިހިނަކުން
އކ
ގޮތް
އޮޅުން
ފިލުވަން
ސުވާލުކުރުމަށް
ބޭނުންކުރާ
އަކުރެއް
މިސާލު:
)ހ(
ކިހިނަކުންގަތީ
)ށ(
ކިހިނަކުންދާނީ
)ނ(
އަންނާނީ
ކިހިނަކުން
ކިހިލިޖެހުން
މ
(1)
އުކުޅުގައި
ކުއްޖަކު
ބޭންދުން
(2)
އުފުލުމަށްޓަކައި
އެއްޗެއް
ކިހިލީގައިލުން
ކިނދުކާށި
ނ
ކުއްޖާއަށް
ހަތްދުވަސްވެގެން
ބޮލުންބާލާ
އިސްތައްޓާއި
ކަނޑާ
ނިޔަފައްޗާއި
ވެއްޓޭ
ފޫޅު
ދެނާށީގެ
ތެރެއަށްލައި
އެކާށި
ހެހުނު
ބޮނބިގަނޑު
އޭގެ
ބޭރުންލައި
ބަނދެފައި
އޮންނަކާށި
ކިރިކެޓު
ނ
ދަނޑުގައިކުޅޭ
ކުޅިވަރެއް
މިކުޅިވަރުގައި
ބައިވެރިވާނީ
ދެޓީމެވެ
ޓީމެއްގައި
11
ކުޅުންތެރީންނެވެ
އެއްބަޔަކު
ބޯޅަ
ހޮވަން
ތިބޭއިރު
އަނެއްބައިގެ
ދެކުޅުންތެރީން
ކުޅެން
އަރާތިބެއެވެ
ބިމަށް
ޖަހާފައި
ހުންނަ
ތިންދަނޑީބުރީގެ
ކުރިމަތީގައި
ކުޅޭމީހާ
އޮވެގެން
ހޮވާޓީމުގެ
މީހަކު
އެއްލާބޯޅައިގައި
ފިލާގަނޑަކުންޖަހައި
ލަނޑު
ހަދައެވެ
ނުވަތަ
ދުވެގެން
ލަނޑު
ހަދައެވެ
ދަނޑިބުރިތައް
ޖަހައިފައި
ހުންނަނީ
މެދުރިއަޅައިފައި
އޮންނަ
ތަނެއްގައި
ދެކޮޅުގައެވެ
ކިރިއްސުން
މ
(1)
ތޫނުކަމަކުން
އޮށީން
ފަންވަތްތައް
ވިދިވިދިގެން
ވަކިކުރަމުން
ގަޔާދުރަށް
ގެންދިއުން
(2)
ކެޔޮފަތް
ދަޅީން
ވަކިކުރަމުން
ގަޔާދުރަށް
ގެންދިއުން
(3)
ތޫނު
އެއްޗަކުން
އެޅިގެން
ހަށިގަނޑުގެ
ބޭރުފުށުން
ތަނެއް
ދިގުކޮށް
ނޮޅިގެންދިއުން
ކިރުނު
ނ
އަތްކަންކުރާ
މީހުނާއި
ދަގަނޑުތަޅާ
މީހުން
ތަޅާ
އެތިގަނޑު
ތަޅަން
ބާއްވާ
ދަގަނޑުގަނޑު
މީގެ
ތެރެއިން
އަތްކަން
ކުރާ
މީހުން
ބޭނުންކުރާ
ކިރުނު
ހަދައިފައި
ހުންނަނީ
ހަތަރު
އަރިޔަށް
ހަތަރު
ފަސް
އިންޗީގެ
އުސްމިނުގައި
އޮންނަ
ލަކުޑި
ގަނޑެއްގެ
މެދަށް
ދަގަނޑުބުރިޔެއް
ޖަހައިގެންނެވެ
ކިރުބޯތުން
ނ
ކިރުބޯފުޅީގައި
ޖަހަން
ބޭނުންކުރާ
ތުން
ކިރުޅިޔަބިބީ
ނ
ބިބީމަހުގެ
ބާވަތެއް
މި
މަސް
ފަރު
ފަޅުތަކުގެ
ބޭރުގެ
ފުންހިސާބުތަކުގައި
ދިރިއުޅެއެވެ
މަހުގެ
މައިގަނޑު
ކުލައަކީ
ރަތްރީނދޫ
ކުލައެވެ
ކިރުކޯޅި
ނ
ކިރުތިނައިގެ
ބާވަތެއް
މިއީ
ބޭހަށް
ބޭނުންކުރާ
ފަތްޕިލާވެއްޔެކެވެ
މި
ގަސް
ހުންނާނީ
އާދައިގެ
ކިރުތިނަ
ގަހަށްވުރެ
ތަންކޮޅެއް
ދިގުކޮށެވެ
މިގަހުގެ
މާގަނޑު
ބޮޑުވާނެއެވެ
ކިރުވައިގުގޫ
ނ
ވައިގުގުލުގެ
ބާވަތެއް
މި
ވައިގުގޫ
ބިސް
ވައިގުގުލަށްވުރެ
ހިތިވާނެއެވެ
މިހުންނާނީ
މަޑު
ރީނދޫ
ކުލައިގައެވެ
މިއީ
ބޭހުގެ
ބާވަތެކެވެ
ކިރުފެލާއިލާގަނޑު
ނ
ކާށިހުނިން
ކިރުފެލުމަށްޓަކައި
ބޭނުންކުރެވޭ
އިލާގަނޑު
)މިއީ
ދިވެހި
ރުކުގެ
އިލާ
ކަފައިގެން
ވަކިސިފައަކަށް
ހަދައިފައި
އޮންނަ
އެއްޗެކެވެ
ކިރުތިނަ
ނ
ވިނައިގެ
ތެރޭގައި
ހެދޭ
ކިރު
ގިނަ
ކުޑަ
ގަހެއް
މިއީ
ބޭހަށް
ގެންގުޅޭ
ފަތްޕިލާ
ވެއްޔެކެވެ
ކިބާ
ނ
(1)
ދުންކިބާ.
(2)
ތިލޭރުންގެ
އުނދުން.
(3)
ގަނޑުވަރުތެރެ
ބައިކޮށްފައި
އޮންނަގޮތުން
ރަސްގެފާނު
އުޅުއްވާ
ބަޔަށާއި
ބޭފުޅުން
އުޅުއްވާ
ބަޔަށް
ކިޔާފައި
އޮންނަ
ނަމެއް.
މިސާލު:
ބޮޑުކިބާ
ކުޑަކިބާ
ކިބާވަރު
ނ
ރޮށިދަމަން
ހަދައިފައި
ހުންނަ
އެއްޗެއް
މިހުންނާނީ
ލަކުޑިން
އެތެރެއާއި
ބޭރު
ވަށްކޮށް
ލިޔެ
މަތި
ކުޑަކޮށް
ފުއްޕާލާފައެވެ
«
48
49
50
51
52
53
54
55
56
»