radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
މީ
އ
)މިއީ(
ކައިރީގައިވާ
އެއްޗަކީ
ކޮން
އެއްޗެއްކަން
ބުނެދިނުމުގެ
ގޮތުން
ބޭނުންކުރާ
ބަހެއް
މިސާލު:
މީ
އަހަރެންގެ
ޤަލަމެކެވެ
ބޮށިގަނޑަ
ނ
)ސ.(
(1)
ވިހައިގެން
އުޅޭ
މީހުންނަށް
ބޯންދޭން
ތައްޔާރުކުރާ
ބޭހެއް.
މިއީ
މަތިކަރާ
ބޭހާއި
ގަސްގަހުގެމޫ
އެއްކޮށްގެން
ހަދާ
ބޭހެކެވެ.
މިބޭހަށް
"ބޮށިގަނޑަ"
މިހެން
ކިޔަނީ
މައިގަނޑު
އެއްޗަކަށް
ވަނީ
ބޯށިގަހުގައި
އަންނަ
ޅަބޯށިގަނޑުކަމަށް
ވާތީއެވެ.
(2)
ގަސްގަހުގައި
އެއްތަނޑަކަށް
ނުފޮޅި
ހުންނަ
މާގަނޑު
ބޮނބި
ނ
(1)
ކާށި
ގަބުޅި
ފަދަތަކެތި
ހެހިގެންނަގާ
ތޮށިގަނޑު
(2)
ވިޔާމީހުންގެ
ބަހުރުވައިގައި
ތާންލާން
ގެންގުޅޭ
ފިހި
ބޮނބިގަނޑުފުރުވުން
މ
(1)
މީދާމޫދުގައި
ހުންނަ
ކާށިގެއަށް
އަރާން
އޮއިހުންނަގޮތް
ބެލުމަށްޓަކައި
ބޮނބިގަނޑު
މޫދަށް
ބޭލުން
(2)
މަޖާޒު:
ތިމާފާޅުނުވެހުރެގެން
މީހަކު
ލައްވައި
ތިމާއަށް
ކަމެއް
ފަހިވޭތޯ
ބެއްލުން
ބޮނދައިގެންއުޅުން
މ
(1)
ފިލައިގެން
އުޅުން
(2)
މަޖާޒު:
މީހުންގެ
ތެރެއަށް
ނުފެންނަ
ގޮތަކަށް
އުޅުން
ބޮނދާލުން
މ
ދަނޑީކޮށީ
ކުޅިޖަހާއިރު
ހަދާގޮތެއް
މިއީ
ދެދަނޑިބުރީގެ
ދެކޮޅު
ގޮތަކަށް
ޖައްސައިލައިފައި
ދެމީހުން
އޮރިވެލައިގެން
ހަދާގޮތެކެވެ
ބޮނދު
ނ
(1)
ރާޒުވާކުޅިބައިގެވެރިކުޅި.
(2)
ކަނޑުމަތީގައި
އުޅޭ
ކުޑަވަރެއްގެ
ދޫންޏެއް.
މިދޫނީގެ
ފިޔަހުންނާނީ
ހަނިކޮށެވެ.
ވަރަފަތް
ތައް
ހުންނަނީ
ތޫރިކޮށެވެ.
(3)
މަޖާޒު:
ރަނގަޅަށް
ބޮޑުނުވެ
ހުންނަމީހާ.
(4)
)ގ.(
ލަނޑާ
ބޮނދުބުޑަށްސައިކިޔުން
(1)
ރާޒުވާކުޅުމުގައި
ބޮނދަށް
ރައްކާނުވެވޭގޮތަށް
ބޮނދާ
އެންމެކައިރީގެ
ޔަކަށް
ސައިކިޔުން
(2)
މަޖާޒު:
މީހަކަށް
ސަލާމަތް
ނުވެވޭވަރުގެ
ބޮނޑިއެއްދިނުން
ބޮނޑަންއިލޮލި
ނ
ގޮނޑު
ދޮށު
ދޫނީގެ
ބާވަތެއް.
މިއީ
ބޮނޑަނައާއި
ވައްތަރު
ދޫންޏެކެވެ.
މީގެ
ތުން
ދިގުވެފައި
ތުނބުގެކުރީކޮޅު
ހުންނަނީ
ތިރިއަށް
ލެނބި
ލައިފައެވެ.
ތުނބުގެކުލައަކީ
ކަޅުދަނބުކުލައެވެ
ދޫނީގެ
ބުރަކަށިމަތީގައި
ހުންނަނީ
އަޅި
މުށި
ކުލައެވެ
ބަނޑުދޮށް
ހުންނަނީ
ހުދުކުލައެއްގައެވެ
ފިޔައިގެ
ކުރުފަތްބައިގެމަތީ
ކައިރި
ހުންނަނީ
ހުދުކުލައިގައެވެ
ބޮނޑަވަކި
ނ
(1)
ކަނޑުގަސް
ޒާތުގެ
ބޮޑުގަހެއް.
މިގަސް
ހެދެނީ
ގާތްގަނޑަކަށް
01
މީޓަރާ
51
މީޓަރާ
ދެމެދު
އުސްމިނުގައެވެ.
މިގަހުގެ
ލަކުޑިއަކީ
ވަރުގަދަ
ހަރު
ލަކުޑިއެކެވެ.
(2)
ބޮޑަވަކި
ގަހުގެ
ވައް
މިވައް
ހުންނަނީ
އަރިއަރިޔަށް
ހިމަދިގުކޮށެވެ
ކަނޑޫވަކަށްވުރެ
ބޮޑުވާނެއެވެ
ވަކުގެ
ފޫޅުގަނޑު
ހުންނާނީ
ވަކިގަނޑެއްހެނެވެ
ބޮނޑި
ނ
(1)
ފޮތިފަށްތަކެއް
އޮޅައިގެން
ހަދައިފައި
އޮންނަ
ހަރު
ގުޅައެއް.
މިއީ
ގަނޑު
ފިއްލާކުޅޭއިރު
ފޮރުވަން
ހަދައިފައި
އޮންނަ
އެއްޗެކެވެ.
(2)
ބޮނޑިކުޅުމަށް
ގެންގުޅޭ
ރަބަރު
ބޯޅަ.
(3)
މަހުގެ
ކަށިފަތިކަހައިގެން
ނަގާ
މަހުން
ގުޅަވަށައިގެން
ކައްކައިދިލަ
ޖައްސާފައި
އޮންނަ
ގުޅަ.
(4)
އެއްކޮށް
ބަނދެފައި
އޮންނަ
އެއްބާވަތެއްގެ
އެއްޗެހި
މިސާލު:
)ހ(
ބިލެތްބޮނޑި
)ށ(
ރޯނުބޮނޑި
)ނ(
ފަންބޮނޑި
(5)
ފޯލިކޮށް
ހަދައި
ބޭރުގައި
ފަތްލައިފައި
ހުންނަ
ފޮނި
ހެދިކާއެއްޗެއް:
ޢާއްމުކޮށް
މިހަދައި
އުޅެނީ
ގަބުޅި
ހުންޏާއި
ދިވެހި
ހަކުރާ
އެއްކޮށް
ހިލައިގެންނެވެ.
މިސާލު:
ހުވަދޫބޮނޑި.
(6)
މީހުންނާއި
ޖަނަވާރުގެ
ގައިގައި
ޖަހާ
އެތިފަހަރު.
(7)
ލިބޭކެހި
ނުވަތަ
ދޭކެހި
(8)
ފޮނިބޯކިބާ
(9)
)ސ ޏ (
ބޭނޑި
)01(
ވެށުން
ބޮނޑިބަތްޖެހުން
މ
(1)
ތަތްވެލި
ނާއްޓަކަށް
އަޅައި
އެ
ބަންޑުން
ޖަހައިފައި
ނާށީގެ
ސިފައިގައި
ވެލިތައް
ހުންނާނޭހެން
ނާށި
ނެގުން
މީ
ކުޑަކުދިން
ކުޅޭއިރު
ކުރާ
ކަމެކެވެ
(2)
ތަތް
ބޮނޑިބަތް
ފަތުގައި
ޖެހުން
ބޮނޑިކުޅުން
މ
އެތެރޭގައި
ހޮއި
ނޯންނަގޮތަށް
ރަބަރުން
ހަދައިފައި
އޮންނަ
ބޯޅަޔަކުން
ކުޅޭ
ކުޅިވަރެއް
ކުޅުން.
މިކުޅިވަރުކުޅޭނީ
މީހުން
ދެބަޔަށް
ބަހާލައިގެންނެވެ.
ކުޅޭނީ
ބިންމަތީގައި
ބޯޅަޖަހައިގެން
މައްޗަށް
އެރީމާ
އަތުން
ކަނދު
ހުރަސްކޮށް
ޖަހައިގެންނެވެ.
މީގައި
ސައްޕު
ޖަހާނީ
ފައިންނެވެ.
އަތްމަތި
ފޯލީގައި
އަތް
ޖެހިއްޖެނަމަ
ނުބައިވެފައިތިބި
މީހުން
ދިރޭނެއެވެ
ބޮނޑިމަސްކާށި
ނ
ރޯދަޔަށް
ހަނދުބަލާރޭ
ފައިންޕުޅު
ހިފައި
ނިމޭއިރަށް
ދާލަބޮޑުއަށި
ކައިރީގައި
ހަނގުބޭކަލުންނަށް
ތައްޔާރުކޮށްފައި
ހުންނަ
މާހެފުން
މީގައި
ހުންނާނީ
ބޮނޑިއާއި
އާރޮހާއި
މަހާއި
ކާއްޓެވެ
ބޮނޑިފޮރުވުން
މ
ގަނޑު
ފިއްލާ
ކުޅޭއިރު
މޮޅުވާބައިގެ
މީހުން
ކުރާ
ކަމެއް.
މިކަންކުރާގޮތަކީ
21
ލަނޑު
ހަމަވީމާ
ބޮނޑި
ފޮރުވަނީއެވެ.
ދެރަވިމީހުން
ބޮނޑި
ހޯދަމުންގޮސް
ފެނިއްޖެނަމަ
މޮޅުވިބައިގެ
މީހުން
ރިހަޔާބަތާ
ކައްކައިފައި
އަނެއްބަޔަށް
ކާންދޭން
ޖެހުނީއެވެ.
ބޮނޑިނު
ފެނިއްޖެނަމަ
އެމީހުން
ބޮނޑިފޮރުވި
މީހުން
ރިހަޔާބަތާ
ކައްކައިފައި
ކާންދޭން
ޖެހޭނެއެވެ
ބޮނޑު
ނ
ހަތަރެސްފައި
ހުންނަ
ސޫތްޕެއް
މިއީ
ހޯނާ
ވައްތަރުގޮތަކަށް
އޮންނަ
ހޯނަށްވުރެ
ބޮޑު
ސޫތްޕެކެވެ
މީގެ
ނަގޫދިގެވެ
މިއީ
ހަންގަނޑުބޯ
ހަމުގައި
ހުޅުނބު
ވައްތަރު
އެއްޗެއް
ހުންނަ
އެއްޗެކެވެ
މީތި
ބިސްއަޅަނީ
ބިމުގައި
ވަޅު
ކޮނެގެންނެވެ
މިޢާންމުކޮށް
އުޅެނީ
ގަސްގަހުގައެވެ
ބޮން
ނ
ހަތިޔާރެއް
މިއީ
ތަންތަން
ގޮއްވާލަން
ބޭނުންކުރާ
އެއްޗެކެވެ
މީގެ
ތަފާތު
ވައްތަރުތައް
ހުރެއެވެ
ބޮންތިންޖެހުން
މ
ސިލުވާނަށްތެޅުން
)ސިލުވާނު
އެރިމީހާގެގައިގައި
ފިރިމީހާ
ބޮންތިގަނޑަކުން
ޖެހުން
ބޮކަރު
ނ
(1)
މީރުވަސްދުވާ
ލަކުޑިއެއް
މިއީ
ދުންއެޅުމަށާއި
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
މިހުންނަނީ
ކަޅުރަތްކުލައަކަށްދާ
ކުލައެއްގައެވެ
މިއީ
އަތަރު
ހެދުމަށް
ބޭނުންކުރާ
ލަކުޑިއެކެވެ
ބޮކަރުމާ
ނ
(1)
ތާޅަފިއްޔެއްގޮތަށް
ހުންނަ
ރީނދޫކުލައިގެ
މަލެއް
މިމަލުގެ
ތަނޑާވީ
ކޮޅަށް
ހިމަވެފައި
މަލުގެ
ކުރީގެ
އެތެރެއަށް
ހުންނަ
ބައިފުޅާވާނެއެވެ
މިބަޔާއެއްކޮށް
މަލުގައި
ފަސްފިޔަ
ހުރެފައި
އެއްފިޔަ
އަނެއްފިޔައަށް
ހުންނާނީ
ވަކިވެފައެވެ
މިމަލުގައި
ބޮކަރު
ވަހާގާތް
މަޑުލުއި
މީރުވަހެއް
ދުވައެވެ
މިގަހުގެ
ފަތަކީ
އަރިމަތީގައި
ވަރަށް
ގިނަ
ތުނޑުލައިފައި
ކޮޅަށް
ތޫރިކޮށް
ހުންނަ
ހިމަދިގު
ފަތެކެވެ
(2)
ތުނި
ފޮނިތޮށިހެން
ހުންނަ
ބޮކަރުވެސް
ދުވާ
އެއްޗެއް
މިއީ
ދުން
އަޅާން
ގެންގުޅޭ
އެއްޗެކެވެ
ބޮކަރުގަސް
ނ
ފަތްތައް
ބޮނޑިބޮނޑިއަށް
ހުންނަ
ގަސްގަނޑުދިގު
ލަކުޑީގައި
މީރުވަސް
ދުވާ
ގަހެއް
މިއީ
ވަރަށް
އުމުރުދިގު
ގަހެކެވެ
މީގެ
ލަކުޑީން
އަތަރުހަދައެވެ
«
47
48
49
50
51
52
53
54
55
»