radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ބޭ
ނ
(1)
ދުވަސްވެ
މުސްކުޅިވެފައިވާ
ފިރިހެނާ.
(2)
ބޭބެ
ކިޔާ
މީހުންނަށް
ކިޔައި
އުޅޭގޮތެއް.
މިސާލު:
ދޮންބޭ
ކުޑަބޭ
ކަތީބުބޭ
ކަމަރީ
ނއ
(1)
އަންހެނުންނަށް
ލިބޭ
މުސްކުޅިސިފަ
(2)
ބައެއްތަކެތި
ދުވަސްވެގެން
ލިބޭ
ދެރަ
ކަމަރު
ނ
(1)
އުނަގަނޑުގައި
އަޅާން
ގެންގުޅޭ
ބަކަލުގައި
އެކި
ވަރުވަރަށް
ހަމަޖެއްސޭގޮތަށް
ހަދައިފައި
ހުންނަ
ބަންދު
(2)
އެކިއެކި
ބޭނުމަށްޓަކައި
މޫނުމަތި
އަޅުވައި
ނެއްޓޭނޭހެން
ހަދައިފައި
ހުންނަ
ބަންދު
މިސާލު:
)ހ(
އަތުކުރީގަޑީކަމަރު
)ށ(
ތަންމަތިބަންނަކަމަރު
ކަމަޅަ
ނ
ދެބޮނބިފަޅި
ދޭތެރޭން
ބޭރާއި
އެތެރެ
ކަމަޅިމަތީ
ނއ
(1)
އައު
(2)
ބައުނުވާ
ގިނައިން
މިބަސް
ބޭނުންކުރަނީ
ފުރާދުއްވާ
އެއްޗެއްސާއި
އަންނައުނާ
މެދުގައެވެ
ކަމަކު
ކއ
(1)
ބޭނުމަކު
(2)
މުހުތާދަކު
ކަމިޝަން
ނ
މަސައްކަތެއް
ނުވަތަ
ވިޔަފާރިއެއް
ހޯދައިދިން
ކަމަށްޓަކައި
އެކަމަކުން
ލިބޭ
އާމްދަނީގެ
ތެރެއިން
އެކަން
ހޯދައިދިން
ފަރާތަށް
ދޭ
ފައިސާ
ކަމުކާމު
ނ
)ބދ (
މަޖިލީސް
އެއްވެތިބޭތަން
)އިހުގައި
މަޖިލިސްކުރަން
ގަނޑުވަރުގައި
ތިބޭ
އަށި
ކަމުފޮޅުން
މ
(1)
ތަނަވަސްކަމެއް
ޙާޞިލުވުން
(2)
ބޭނުންކަމެއްވުން
(3)
ބޭނުންހިފޭގޮތްވުން
ކަމުދާކަށްނެތް
)ގބ
(
(1)
ކަންބޮޑުވުމާއެކު
އަޖައިބުވެގެން
ބުނާ
ބަހެއް
(2)
ބޭނުން
ހިފޭކަންނެތް
ކަމެއް
ނ
(1)
ދެރަގޮތެއް
މިސާލު:
އޭނާ
މަސްއަލަ
ޖެއްސިޔަކަސް
ކަލެއަކަށް
ކަމެއް
ނުވާނެއެވެ
(2)
ބޭނުމެއް
(3)
މަސައްކަތެއް
(4)
މުހުތާދެއް
ކަފަ
ނ
(1)
ގަހެއްގައިއަޅާ
ވަކެއްގެތެރޭގައި
ހުންނަ
ކެހެރިވައްތަރުގެ
ހުދުކުލައިގެ
ހާވިޔާއެއްޗެއް.
މީގެ
ދެވައްތަރެއްހުރެއެވެ.
އެއްވައްތަރު
ބޭނުންކުރަނީ
ފޭރާން
ވިޔުމަށާއި
ރޮދިއުފެއްދުމަށެވެ.
އަނެއްވައްތަރެއް
ބޭނުންކުރަނީ
ބާލީހަށާއި
ގޮދަޑިފަދަތަކެއްޗަށް
ލެއްވުމަށެވެ.
(2)
ބައެއްމޭވާ
ފީވެގެންޖަހާ
ކަފަހެން
ހުންނަފޫ
(3)
ދަންޑެހެލު
ބޭކަލުންނަށް
ވީއްލިފައި
ހުންނަ
ކަލާސީމީހާ
(4)
ހަވަރުގެ
އެކިއެކި
މަސައްކަތް
ކުރަންވީމާ
ދޮށިމޭނާބޭކަލަކު
ބޮޑުބޭކަލުންނަށް
އަންގާ
ފޮނުއްވުމަށް
ހުންނަމީހާ
(5)
މަޖާޒު:
ޖަމާޢަތެއްގެ
ނުވަތަ
ގެއެއްގެ
މީހުންކުރެ
އެންމެ
ބަސްނުވިކޭމީހާ
ކަފަހަނޑޫ
ނ
ދަންޑެހެލު
ބޭކަލުންނަށް
ވީއްލިފައި
ހުންނަ
ކަލާސީ
މީހާއަށާއި
ހަވަރުގެ
އެކިއެކި
މަސައްކަތް
ކުރަންވީމާ
ދޮށިމޭނާ
ބޭކަލަކު
ބޮޑުބޭކަލުންނަށް
އަންގާން
ފޮނުއްވުމަށް
ހުންނަ
މީހާއަށް
ދީއުޅުނު
ބަނޑު
ހަނޑޫ
ކަފާސް
ނ
(1)
ލިޔާ
ދަވާދު
އަޅާއިރު
އޭގެ
ތެރެއަށްލާފައި
އޮންނަ
ރޮދި
ބޮނޑި
ނުވަތަ
ފޮތިކޮޅު.
(2)
ކަރުދާހާއި
އަނބުރާފައި
ހުންނަ
ރޮދިފަދަ
ތަކެތި
ގެންގުޅެ
ގެންގުޅެ
ނުވަތަ
ބޭނުންކުރެވޭ
ގޮތުން
ރޫޅޭގޮތް
ވެގެންވާ
ދެރަ
(3)
ރަބަރުތައްގަނޑު
ޖަހަން
ބޭނުންކުރާ
ދެލިން
ފޯކޮށްފައި
އޮންނައެތި
(4)
މަޖާޒު:
މަސައްކަތް
ކޮށްކޮށް
އެކަމެއް
ނުވެވިގެން
ހިތްވަރު
ދެރަވެގެންވާ
ވަރުބައްޔެއް
ކަފާސްވުން
މ
(1)
ކަރުދާހާއި
ބަރަނި
ފަދަ
ތަކެތި
ގެންގުޅެ
ގެންގުޅެ
ނުވަތަ
ބޭނުން
ކުރެވޭ
ގޮތަކުން
ރޫޅޭގޮތްވުން.
(2)
މަޖާޒު:
މަސައްކަތެއް
ކުރާންއުޅެ
އެކަމެއް
ނުވެވި
ވަރުބަލިވެގެން
ހިތްވަރު
ދެރަވުން
ކަފިކޮޅު
ނ
ނަކަތްތެރިން
އިރުވަރު
ބަލަން
ބޭނުންކުރާ
މިންގަނޑެއް
މިއީ
ޑަބްލިޔޫ
އަކުރެއް
ހެންހުންނަ
ކުރެހުމެކެވެ
މިއިން
ބަލަނީ
އަރަމުންދާނަކަތްތަކާއި
ފައިބަމުން
ދާނަކަތްތަކެވެ
ކަދާމާލި
ނ
ކުޅުދުއްފުށީގައި
"ދަމުހިނގުމޭ"
ކިޔާކުޅިވަރުގައި
ބައިވެރިވާނަށާ
މީހުން.
މިމީހުންތިބޭނީ
"މާލިހެދުމޭ"
ކިޔާ
ހެދުންއަޅާފައެވެ.
މިއިން
ކޮންމެ
މާއްޔެއްގެ
އަތުގައި
ކަދާމައްޗަކާއި
ލޯ
ކައްޓަކާ
އޮންނާނެއެވެ.
އެމީހުން
ނަށާއިރު
އެކަށީން
މަތިގަނޑުގައި
ލަވަހަމަކޮށް
ޖަހާނެއެވެ.
މާލިތައްތިބޭނީ
ފޭލިއަނދެފައި
ކަކުލައިހަމަޔަށް
ހުންނަވަރުގެ
އަތްދިގު
ހުދުލިބާހެއްލައިފައި
އުނަގަނޑުމަތީ
ތެޔޮރުމާލެއް
ބަނދެލާފައެވެ.
އަދިއުނަގަނޑާ
ހަމަޔަށް
އެލިފައިއޮންނަވަރުގެ
ހުދުފޮށައެއް
ބޮލުގައި
އަޅުވައި
އޭގެމަތިން
ރަތްރުމާލެއް
)ކަނުންކަނަށް
ފަތްޖަހާފައި(
ކަނދުރާމަތިން
ގެނެސް
ކަރުގައި
ބައްދާފައި
އޮންނާނެ
އެވެ
ކަތީބުބައި
ނ
އިހުގައި
ރަށްރަށުގެ
ކަތީބުންނަށް
އެރަށެއްގެ
ރައްޔިތުންކުރާ
މަސައްކަތަކުން
ލިބޭއެއްޗަކުން
އޮންނަބައި
މިއީ
ސައުވީސްބައިކުޅަ
އެއްބައެވެ
ކަތުރާން
ނ
ވަކިބާވަތެއްގެ
ގަސްގަހުންނަގާ
ކަޅުކުލައިގެ
އޮލަތެލެއް.
ކަތުރާންހަދަނީ
މިތެޔޮ
މަޑުގިނީގައި
ކައްކައިގެންނެވެ.
މިއި
މީރުވަހެއްދުވާ
ކަޅުކުލަ
ގަދަ
ހަރު
އެއްޗެކެވެ
ދިވެހީން
ޢާއްމުކޮށް
މިބޭނުންކުރަނީ
ރޯގާ
މޮޅުއިރު
ދުންއަޅާށާއި
ދެލަކުޑިގަނޑު
ތަތްކުރާށެވެ
ކަލަމިންޖާ
ނ
ތީމުގޭ
ދަރިކޮޅުގެ
ރަސްރަސްކަލުންގެ
ނަންފުޅުގެ
ފަހަތަށް
ބޭނުންކޮށް
އުޅުނު
ލަޤަބެއް
ކަލާސީ
ނ
(1)
ފުރާދުއްވާ
އެއްޗެހީގެ
ފަޅުވެރިން.
(2)
ބޮޑު
ހަނޑުލާއި
ބަނޑު
ހަނޑޫ
ގޭގެޔަށް
ގެންގޮސް
ދިނުމާއި
އަދި
މިނޫންވެސް
ކިތައްމެކަމެއް
ކުރާން
ތިބޭ
ރަސްމީ
ބަޔެއް
މިއީ
ރަނަހަމައިދި
ބޭކަލެއްގެ
ދަށުގައިވާ
އަށްގުރާބުގެ
ފަޅުވެރިނެވެ
«
46
47
48
49
50
51
52
53
54
»