radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ނީ
ނ
(1)
ހަނޑޫފަދަ
ތަކެތި
ފޮޅީމާ
ނެގޭ
އެންމެ
ހިމުންބައި
(2)
އޮޑި
ފަހަރުގެ
ކުނބުގެ
ކުރީގައި
ސާމޯރުޖަހަން
ހިމަކޮށްފައި
ހުންނަ
ތަންކޮޅު
(3)
ބދ
ކުރީކޮޅު
ކަމިޝަން
ނ
މަސައްކަތެއް
ނުވަތަ
ވިޔަފާރިއެއް
ހޯދައިދިން
ކަމަށްޓަކައި
އެކަމަކުން
ލިބޭ
އާމްދަނީގެ
ތެރެއިން
އެކަން
ހޯދައިދިން
ފަރާތަށް
ދޭ
ފައިސާ
ކަމީރު
ނ
(1)
ކުދި
ތައްޓަށް
އަޅައިގެން
ފެނުގެއާވިން
ކައްކާ
ފޮނިކާއެއްޗެއް.
މިހުންނަނީ
ހަލުވިދާހެން
ބެދިފައެވެ.
މިހަދަނީ
ހަނޑުލު
ފުށާއި
ބޯކިރާއި
ހަކުރުންނެވެ
(2)
ބައެއް
އެއްޗެހި
ހަދާން
ތައްޔާރުކުރާ
ފުށްގަނޑަށް
ރުކުރާ
ނުވަތަ
ކާށިފެން
ފަދަ
އެއްޗެހި
އަޅައިގެން
ކުރާ
ރާމާ
ކަފަ
ނ
(1)
ގަހެއްގައިއަޅާ
ވަކެއްގެތެރޭގައި
ހުންނަ
ކެހެރިވައްތަރުގެ
ހުދުކުލައިގެ
ހާވިޔާއެއްޗެއް.
މީގެ
ދެވައްތަރެއްހުރެއެވެ.
އެއްވައްތަރު
ބޭނުންކުރަނީ
ފޭރާން
ވިޔުމަށާއި
ރޮދިއުފެއްދުމަށެވެ.
އަނެއްވައްތަރެއް
ބޭނުންކުރަނީ
ބާލީހަށާއި
ގޮދަޑިފަދަތަކެއްޗަށް
ލެއްވުމަށެވެ.
(2)
ބައެއްމޭވާ
ފީވެގެންޖަހާ
ކަފަހެން
ހުންނަފޫ
(3)
ދަންޑެހެލު
ބޭކަލުންނަށް
ވީއްލިފައި
ހުންނަ
ކަލާސީމީހާ
(4)
ހަވަރުގެ
އެކިއެކި
މަސައްކަތް
ކުރަންވީމާ
ދޮށިމޭނާބޭކަލަކު
ބޮޑުބޭކަލުންނަށް
އަންގާ
ފޮނުއްވުމަށް
ހުންނަމީހާ
(5)
މަޖާޒު:
ޖަމާޢަތެއްގެ
ނުވަތަ
ގެއެއްގެ
މީހުންކުރެ
އެންމެ
ބަސްނުވިކޭމީހާ
ކަފާސްތޮޅި
ނ
މޫދުގައި
އުޅޭ
ތޮޅީގެ
ބާވަތެއް
މިތޮޅި
ހުންނަނީ
ބޮނޑިބަތް
ތޮޅިފާޑަށް
ތުންގަނޑުގެ
ދެފަޅި
އެއްވަރަށެވެ
މިއީ
ތުންދިގު
ތޮޅީގެ
ކުދި
އެއްޗެހި
ކަމަށްވެސް
ބުނެއެވެ
ކަފިހިމަސް
ނ
ފަރުމަހުގެބާވަތެއް
މިއީ
ކަނޑުގައި
އުޅޭ
ބޮޑެތިމަސްމަހުގެ
ނިވަލުގައްޔާއި
ކަނޑުގައި
އޮޔާދާ
އޮއިވާލި
އެތިގަނޑުގަނޑުގެ
ނިވަލުގައި
އުޅޭމަހެކެވެ
މަހުގެ
ހުރަހަށް
ކަޅުކުލައިގެ
ފުޅާ
ގަޅިތަކެއްހުރެއެވެ
އަރިމަތީގައި
ހުންނަނީ
ރިހިވިދުން
ކުލައެވެ
މަހުގެ
މަތީބައިގައި
ނޫކުލައިގެ
ކުދިލައްތަކެއް
ހުރެއެވެ
ކަފިކޮޅު
ނ
ނަކަތްތެރިން
އިރުވަރު
ބަލަން
ބޭނުންކުރާ
މިންގަނޑެއް
މިއީ
ޑަބްލިޔޫ
އަކުރެއް
ހެންހުންނަ
ކުރެހުމެކެވެ
މިއިން
ބަލަނީ
އަރަމުންދާނަކަތްތަކާއި
ފައިބަމުން
ދާނަކަތްތަކެވެ
ކަފުރުތޮޅި
ނ
ކާފޫރުތޮޅިފާޑަށް
އެއަށްވުރެ
ބޮޑެތިކޮށް
ހުންނަ
ތޮޅިއެއް.
މީގެ
ގަސްހުންނަނީ
ކަރަންކާގަސްހެން
އެއަށްވުރެ
ބޮޑެތިކޮންނެވެ
ކަފުލޯ
ނ
މަޢުދަނީ
ދެތިންބާވަތެއް
އެއްކޮށްގެން
ހަދާލޯއެއް
ކަދާމާލި
ނ
ކުޅުދުއްފުށީގައި
"ދަމުހިނގުމޭ"
ކިޔާކުޅިވަރުގައި
ބައިވެރިވާނަށާ
މީހުން.
މިމީހުންތިބޭނީ
"މާލިހެދުމޭ"
ކިޔާ
ހެދުންއަޅާފައެވެ.
މިއިން
ކޮންމެ
މާއްޔެއްގެ
އަތުގައި
ކަދާމައްޗަކާއި
ލޯ
ކައްޓަކާ
އޮންނާނެއެވެ.
އެމީހުން
ނަށާއިރު
އެކަށީން
މަތިގަނޑުގައި
ލަވަހަމަކޮށް
ޖަހާނެއެވެ.
މާލިތައްތިބޭނީ
ފޭލިއަނދެފައި
ކަކުލައިހަމަޔަށް
ހުންނަވަރުގެ
އަތްދިގު
ހުދުލިބާހެއްލައިފައި
އުނަގަނޑުމަތީ
ތެޔޮރުމާލެއް
ބަނދެލާފައެވެ.
އަދިއުނަގަނޑާ
ހަމަޔަށް
އެލިފައިއޮންނަވަރުގެ
ހުދުފޮށައެއް
ބޮލުގައި
އަޅުވައި
އޭގެމަތިން
ރަތްރުމާލެއް
)ކަނުންކަނަށް
ފަތްޖަހާފައި(
ކަނދުރާމަތިން
ގެނެސް
ކަރުގައި
ބައްދާފައި
އޮންނާނެ
އެވެ
ކަދުރު
ނ
އެތެރޭގައި
ހަރުއޮށެއް
އޮންނަ
ފޮނިމޭވާއެއް
އަޅަނީ
ރުކެއްގައެވެ
މި
ރުއް
ގިނައިން
ހެދެނީ
ހިކިހޫނު
ބިންބިމުގައެވެ
ކަދޫ
ނ
ފުފޫ
ފާޑުގެ
ތަރުކާރީއެއް
މިއަޅަނީ
ވެލެއްގައެވެ
މިހަރުވީމާ
ތޮށިގަނޑުވެސް
ހަރުވާނެއެވެ
ކަތިރިނދަލި
ނ
ރިނދަލީގެ
ބާވަތެއް
މިއީއާދައިގެ
ރިނދައްޔަށްވުރެ
ހިމަދިގުކޮށްހުންނަ
ރިނދައްޔެކެވެ
މީގެ
އެއްކޮޅުއޮންނާނީ
ފަޅިބުރެއްގޮތަށެވެ
އަނެއްކޮޅު
ކުޑަކޮށް
ތޫރިވާނެއެވެ
މީގެދެފަޅިވަރު
ހުޅުވައިލީމައި
ފެންނާނީ
ކޮކާހުންނަ
ބައްޓަމަށްވުރެ
ދިގުބައްޓަމެއްގެ
ކޮކާލެއް
ގޮތަށެވެ
ކަތިރިޔާ
ނ
އެއްކަނަށް
ދިގުކޮށް
ތިންކަނަށް
ހުންނަރިޔާ
ފަރުމާނުގައި
ހަރުކުރަނީ
މީގެއެންމެދިގު
ކައިރިއެވެ
ކަތިވަޅި
ނ
ތިލައިގެ
ކުރީކޮޅު
ފުޅާކޮށް
ބޯވަށްކޮށް
ހަދައިފައި
ހުންނަ
ވަޅިއެއް
މިވަޅީގެ
މުށްގަނޑު
ހުންނާނީ
ކުރުފަލަކޮށެވެ
)މުސްކުޅިބަހެއް(
ކުރިމަސައްކަތާއި
މަސައްކަތްކުރި
ވަޞީލަތާއި
އުއްމީދު
ގެއްލުމުން
ބުނެއުޅޭ
ބަހެއް
ކަތިވަޅިގެއްލި
މަރިޔަނބުގެއްލި
ކޮށި
ދަނޑުވެސް
ގެއްލުނީއެވެ
ކަތުރާން
ނ
ވަކިބާވަތެއްގެ
ގަސްގަހުންނަގާ
ކަޅުކުލައިގެ
އޮލަތެލެއް.
ކަތުރާންހަދަނީ
މިތެޔޮ
މަޑުގިނީގައި
ކައްކައިގެންނެވެ.
މިއި
މީރުވަހެއްދުވާ
ކަޅުކުލަ
ގަދަ
ހަރު
އެއްޗެކެވެ
ދިވެހީން
ޢާއްމުކޮށް
މިބޭނުންކުރަނީ
ރޯގާ
މޮޅުއިރު
ދުންއަޅާށާއި
ދެލަކުޑިގަނޑު
ތަތްކުރާށެވެ
ކަތުރުމަސް
ނ
ކަނޑުގައިއުޅޭ
ބިޔަމަހެއް
މިމަހުގެ
ތުންގަޑުދިގުވެފައި
ފަތިވާނެއެވެ
ތުންގަޑުވައްތަރުވާނީ
ހިބަރުގެ
ތުނބާއެވެ
މިމަހުގެ
ތުންގަޑުގައިޖެހުނު
ކޮންމެއެއްޗެއް
ބުރިކޮށްލާނެއެވެ
ކަލަރު
ނ
(1)
އަންހެނުންގެ
ބޮނބިފަޅިމައްޗާއި
ކަރުވަޅު
ނިވައި
ކުރާންލައި
ގިރުވާނު
އަޅައިފައި
ހުންނަ
ކޮނޑުކެނޑިއެއް
މިކޮނޑުކެނޑި
އަންހެނުން
ލައި
އުޅެނީ
ބޯވަޅުއެޅި
ލިބާހާ
އެކުގައެވެ
(2)
އަންހެނުންގެ
ބޯވަޅު
އެޅިލިބާހުގައި
އަޅަން
ވަކިން
ހަދައިފައި
ހުންނަ
ގިރުވާނު
ކަލަރުބިބީ
ނ
ބިބީމަހުގެ
ބާވަތެއް
މިމަހުގެކުލައަކީ
މަޑުމުށިކުލައެވެ
މަހުގެ
ތުންކޮޅުގައި
ހުދުކުލައިގެ
ކުދިކުދި
ރޮނގުތަކެއް
ހުރެއެވެ
ނިގޫފަތް
ހުންނަނީ
ފަނޑު
ރަތްކުލައެއްގައެވެ
ބޮލުގެ
ނިމޭ
ހިސާބުން
ކަރުތާފަތްގަނޑު
މަތީން
މަހުގެ
ހުރަހަށް
ފުޅާ
ހުދު
ރޮނގެއް
ހުރެއެވެ
މިމަހަށް
ކަލަރުބިބީ
ކިއުނީ
މިހުދު
ރޮނގަށް
ނިސްބަތްކޮށެވެ
ކަލައިކުރުން
މ
ދަގަނޑުން
ހަދައިފައިހުންނަ
އެއްޗެހީގައި
ދަބަރުޖެހިޔަ
ނުދިނުމަށް
ތުތިޔާއަށް
ލުން
މިކަންކުރަނީ
އެ
އެއްޗެއް
އަލިފާން
އާވީގެ
ތެރެއަށް
ލައިގެން
ސާފުކުރުމަށްފަހު
މޫސަދަރު
ހާކައި
އެއަށްފަހު
ކުޑަކޮށް
ހޫނުކޮށްފައި
ވިރުވައިފައިހުރި
ތުތިޔާގެ
ތެރެއަށް
ލައިގެންނެވެ
ތުތިޔައިން
ނަގައި
މޫސަދަރުކޮޅެއް
އެއެއްޗެއްގެ
މައްޗަށް
އެޅުމުން
ތުތިޔާ
ހުންނާނީ
އެއެއްޗެއްގައި
ހަރުލައިފައެވެ
«
46
47
48
49
50
51
52
53
54
»