radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ފޮނި
ނ
(1)
މާމަލުގެ
ކަރުގަނޑުގައި
ހުންނަ
އޮލަ
ފެންފޮދު.
(2)
މާމުޔާއި
ހަކުރު
ފަދަ
ތަކެތީގައި
ދޭރަހަ.
(3)
މޭވާގައި
ހުންނަ
ހަކުރުގެ
ރަހަ.
(4)
މަޖާޒު:
ތިމާގެ
މޮޅުކަމާއި
ކުޅަދާނަކަން
ދެއްކުމަށް
ދައްކާ
ވާހަކަ
(5)
ނއ
ތިމާއާއި
އެކަށީގެންވާ
ވަރަށްވުރެ
މައްޗަށް
ބޮޑާވެގަނެގެން
އުޅޭ
އުޅުން
(6)
ދެވޭ
ދޮން
(7)
އަރާމާއި
ރާޙަތާއި
އުފާ
(8)
ބަސްބަހުގައި
ހުންނަ
ބަލާޣަތްތެރިކަން
ކީނައްތު
ނ
)މަލިކު(
ހެދިކާގެ
ބާވަތެއް
މިއީ
ގަބުޅި
ހުންޏާއި
ހަކުރާ
އެއްކޮށްގެން
ތައްޔާރުކުރާ
ފޮނި
ހެދިކާއެކެވެ
މިއެންމެ
ވައްތަރުވާނީ
ހުނިހަކުރާއެވެ
ކުނބުސް
ނ
އަޅި
އުނދުނުގައި
ފިހެއުޅޭ
ފޮނި
ބޯކިބަލެއް
ކުންނާރު
ނ
އެނބޫވައްތަރަކަށް
ހުންނަ
އެއަށްވުރެ
އޮށްކުޑަ
މޭވާއެއް
މީގެ
ކިތަންމެ
ވައްތަރެއް
ހުރެއެވެ
އޭގެތެރޭގައި
ހުތްކުންނާރާއި
ފޮނިކުންނާރު
ހިމެނެއެވެ
ކުޅަނދުރު
ނ
އުދުހިއުޅޭ
ކަށިޖަހާސޫތްޕެއް.
މިހުންނަނީ
ރީނދޫ
ކުލައިގައެވެ.
މިއުޅެނީ
އަމިއްލައަށް
ހަތާހަދައިގެންނެވެ.
މީގެތެރެއިން
މާމުއިކުޅަނދުރަކީ
މާމަލުންފޮނި
ބޮއިގެން
މާމުއި
އުފައްދާ
ސޫތްޕެކެވެ
ކުޅިތޮށި
ނ
ފޮނިތޮށީގެ
ކުޅިގަދަ
ބާވަތް
މިހުންނަނީ
ތަންކޮޅެއް
ތުނިކޮށެވެ
ކުދިލުނބޯ
ނ
ކަށިގިނަގަހެއްގައި
އަޅާވަކެއް
މިއީ
ގަހުގެ
ފަތްވަޅުން
ނުކުންނަ
ވަށްކޮށް
ހުންނަ
ކުޑަކުޑަ
ވަކެކެވެ.
ދޮންނުވާއިރު
ބޭރުތޮށިގަނޑު
ހުންނަނީ
ގަދަ
ފެހިކުލައިގައެވެ.
މިކަހަލަ
ގިތި
ކުދިލުނބޯ
ގެ
ދިޔަ
ތެރަހަށް
ބޭނުންކުރެއެވެ.
ކުދިލުނބޯ
ދޮންވުމުން
ހުންނަނީ
ގަދަ
ރަތްކުލައިގައެވެ.
މީގެ
ދިޔަފޮނިވާނެއެވެ.
ދޮން
ކުދިލުނބޯ
ކައިވެސް
އުޅެއެވެ.
މިގަހުގެ
ލަކުޑިޔަކީ
ކީލި
ހިމުން
އާރުލާ
ރީތި
އޮފެއް
ހުންނަ
ލަކުޑިއެކެވެ
ކޭކު
ނ
ފުށާއި
ހަކުރާއި
ބަޓަރާއި
ބިހާއި
އެއްކޮށްގެން
ފުފޭގޮތަށް
ފިހާ
ފޮނިކާއެއްޗެއް
މި
އެކިވަރުވަރަށް
އެކި
ސިފަސިފައަށް
ހަދައެވެ
ކޮކާ
ނ
(1)
ހަށިގަނޑު
ކުޑަ
ފިޔަގަނޑުބޮޑު
އުދުހޭ
ސޫތްޕެއް
މިއުޅެނީ
މާމަލުގެ
ފޮނިބޮއިގެންނެވެ
މީގެ
ވަރަށް
ގިނަ
ވައްތަރު
ހުރެއެވެ
މީގެ
ފިޔަގަނޑު
ތަފާތު
ކުލަކުލައިގައި
ހުރެއެވެ
(2)
މޫދުގައި
އުޅޭ
ފަތިމަހެއް
(3)
ކޮކާލުގެ
ސިފައިގައި
ހަދައިގެން
އެއްލާން
ގެންގުޅޭ
ބާވަތެއްގެ
ގުޑިޔެއް
(4)
ބާވަތެއްގެ
ބޮއްޔެއް
ކޮލުދަތް
ނ
(1)
ފޭރާދަތާ
ޖެހިގެން
ހިރުގަނޑުގެ
ކަނާ
ހަމަޔަށް
ހުންނަ
ދަތްތައް
(2)
ފުށުން
ހަދައިފައި
ތެލުލައި
ހަކުރުލައިފައި
ހުންނަ
ފޮނި
ހެދިކާއެއްޗެއް
މިހަދައިފައި
ހުންނަނީ
ކޮލުދަތާ
ވައްތަރު
ގޮތަކަށެވެ
އަނބު
ނ
ބިޔަވާ
ގަހެއްގައި
އަޅާ
މަޝްހޫރުމޭވާއެއް.
މިއީ
ގިތިއިރު
ހުތް
ދޮންވީމާ
ފޮނިމޭވާއެކެވެ
މިޔަށް
"ފޮނިއަނބު"
މިހެންވެސް
ކިޔައެވެ
އަނބުޅަ
އަނބަށްވުރެކުދި
އެފާޑަށްހުންނަ
ހުތްމޭވާއެއް.
މިދޮންވީމާ
ލާނީހުތް
ފޮނިރަހައެކެވެ
އަނގަފަޗަރާ
ނ
ފޮނިވާހަކަ
ދައްކައި
ސަޅިކަނޑައި
އުޅޭ
އަނގަގަދަމީހާ
މިއީވެސް
މަލާމާތުގެ
ގޮތުން
ބުނާބަހެކެވެ
އަންދަރުސާ
ނ
ފުއްގަނޑު
ކަމީރުކޮށްގެން
ކުކުޅުބިސްލައިގެން
ތެލުލާ
ފޮނިކާއެއްޗެއް
މިހުންނާނީ
ދޮންކެޔޮކަޖުރު
ފާޑަށެވެ
އައިސްކިރީމް
ނ
ގަނޑުފެނުން
ފިނިކޮށްގެން
ހަދާ
ފޮނި
ބުއިމެއް
އަމާޒުފަތްގަނޑު
ނ
(1)
ބަޑި
ނުވަތަ
ދުނި
އަމާޒަށް
ޖަހާން
ފަރިތަކުރާއިރު
އެދިމާގައި
ބަހައްޓައިފައި
ހުންނަ
ފިލާގަނޑު
މީގައި
ހުންނާނީ
ފާހަގައެއް
ލައިފައެވެ
މަޖާޒު:
(2)
ކަމެއްކުރާން
ގަސްދުކޮށްފައިވާގޮތް
(3)
ތިމާ
ނުހަނު
ބޮޑަށް
އެދޭކަމަކާއިމެދު
މަސައްކަތްކޮށްގެން
ލިބޭން
އަންނަފޮނި
ނަތީޖާ
އަތަ
ނ
(1)
މަޝްހޫރު
ފޮނި
މޭވާއެއް
މީގެ
ދެބާވަތެއްހުރެއެވެ
އެއީ
ދިވެހި
އަތައާއި
ވިލާތު
އަތަޔާއެވެ
ދިވެހި
އަތަ
ހުންނަނީ
ފެހިކުލައިގައި
ފިތްތަކެއް
ހެން
ވަށްކޮށެވެ
ވިލާތު
އަތަ
ހުންނަނީ
މުށިކުލައިގައި
ބޭރު
އޮމާންކޮށެވެ
(2)
ހުޅަނގުގެ
ތޭރަވަނަ
ނަކަތުގެ
ނަން
އަތުރޮށި
ނ
ފުޠޫރު
ދޮލަނގު
ހަދާއިރު
ހަދާ
ރޮއްޓެއް
މި
ހުންނާނީ
ފޮނިރޮށި
ހަދާގޮތަށް
ހަދައި
ތައްގަނޑަކަށް
އޮބާފައެވެ
އަލަނާސި
ނ
ޅަބޯކެޔޮގަހެއްކަހަލަ
ގަހެއްގެކުރިން
ނުކުންނަ
ރަތްކުލައެއްގެ
ފޮނި
މޭވާއެއް
މިހުންނާނީ
ބޮޑެތި
އުންތަކެއް
ފަޅައިފައެވެ
މިމޭވާގެމަތީކުރިވެސްދާނީ
ހެދެމުންނެވެ
ނަމަވެސް
އެކުރިޔަކު
ދެނެއް
މޭވާއެއްނުގަންނާނެއެވެ
މީވަރަށްމީރު
އަދި
މީރުވަސްދުވާ
މަޝްހޫރު
މޭވާއެކެވެ
އަލީބޮޚާރި
ނ
ކުންނާރަކަށްވުރެ
ތަންކޮޅެއްބަޑު
ފޮނިމޭވާއެއް
މީގެ
އޮށުތެރޭގައި
ބަދަނެއްކަހަލަ
އޮށެއް
އޮންނާނެއެވެ
މިގިނައިން
ގެންގުޅެނީ
ހިއްކައިގެންނެވެ
ރާގުންޑާއަށްވެސް
މިހެންކިޔައެވެ
އަޗާ
ނ
(1)
ފޮނިވާހަކަ
(2)
އ
މީހަކު
ހަދާފައިއޮތް
އެއްޗެއް
ނުވަތަ
ދެއްކި
ވާހަކައެއް
ނުވަތަ
ކުރިކަމެއް
ރަނގަޅުވެގެން
ބުނެއުޅޭ
ބަހެއް
މަލާމާތުގެ
ގޮތުގައިވެސް
މިބަސް
ބޭނުންކުރެއެވެ
«
1
2
3
4
5
6
7
8
9
»