radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
މާ
ނ
(1)
ގަސްގަހާ
ގެއްސާއި
ވެޔޮވެލާވެލި
ފޯދުމަށް
ދައްކާ
ޢަލާމާތް.
(2)
އެއިން
މޭވާ
ނުވަތަ
އޮށް
ނުކުންނަ
ފިޔަތަކަކުން
އެކުލެވިގެންވާ
ކުލަ
ރީތި
އެއްޗެއް.
(3)
ނަކަތެއްގެ
ނަން.
)ހުޅަނގު
މޫސުމުގެ
ދިހަވަނަ
ނަކަތް(
(4)
ބޮޑު
)ނ.އ.(
މިސާލު:
މާކަނޑު.
(5)
އަޅައިބެލުމުގެ
ގޮތުން
ބޭނުންކުރާ
ބަހެއް.
މިސާލު:
)ހ(
މާކުޑަ.
)ށ(
މާބޮޑު.
(6)
ނަމަވުމުގެ
މާނައިގައި
ބޭނުންކުރެވޭ
ބަހެއް.
މިސާލު:
)ހ(
އޭނާ
ދިޔައިމާ
އަހަރެން
ދާނަމެވެ
)ށ(
އޭނާ
އައިމާ
އަހަރެން
އަންނާނަމެވެ
ބަނބުކެޔޮ
ނ
ފަލަމަޑީގެ
ބާވަތެއް
މިއަޅަނީ
ފަތް
ބޮޑެތިބިޔަ
ގަހެއްގައެވެ
މިހުންނަނީ
ސައްކޭލަށް
ވުރެ
އޮމާންކޮށް
އެގޮތަށް
ބޭރުގައި
އުން
ޖަހާފައެވެ
އިށީންނެވުން
މ
މާތްބަހުން
ކިޔާ
ބަހުން
އިށީނުމަށް
ކިޔާގޮތް
އިނގިލިމެޅުން
މ
(1)
އިނގިލި
ލެއްޕުން.
(2)
ސިހުރުކޮށްފައި
ނުވަތަ
ރުޅިއައިސްގެން
މީހަކާ
ދިމާއަށް
ނުވަތަ
އެއްޗަކާ
ދިމާއަށް
ޝަހާދަތް
އިނގިލިން
އިޝާރަތްކުރުން
ބައެއްފަހަރަށް
ސަމާސާގެ
ގޮތުންވެސް
މިހެން
ހަދައެވެ
އިނގޭ
އ
މީހަކު
ގާތު
އެއްޗެއް
ބުނެފައި
އެމައްޗަށް
ޞުލްޙަވެރިކަމާއެކު
ބުނެއުޅޭ
ބަހެއް
މިސާލު:
)ހ(
ކޮންމެވެސް
އަންނާތި
އިނގޭ
)ށ(
އަހަރެންވެސް
ދާނަން
އިނގޭ
އިނާމު
ނ
(1)
ރަނގަޅު
ކަމެއްގެ
ބަދަލުގައި
ދޭހަދިޔާ
(2)
ކަމެއްކުރީމާދޭ
ހަދިޔާ
އެލަންގަލަން
ނ
ކުޑަކުދިންކުޅޭ
ކުޅިވަރެއްގެނަން.
މިކުޅިވަރު
ކުޅެދޭވެރިޔަކަށް
އިންނަ
މީހަކަށް
ކިޔަނީ
"މުނި"
މިހެންނެވެ.
ދެން
އެއްކުއްޖަކު
އިލޮށްޓެއް
ހިފައިގެން
މުނީގެ
ކުރިމަތީގައި
ހުންނާނީއެވެ.
އެ
އިލޮށްޓަށް
ކިޔަނީ
"ކަނޑި"
އެވެ.
އެހެންކުދިން
ކައިރީގައި
ވަށްކޮށްލައިގެން
ތިބޭނީއެވެ.
ދެން
މުނި
ކިޔައިދޭނީ
ބަންޖެކެވެ.
މިއޮންނާނީ
ދެބަޔަކަށެވެ.
ކުރީބަޔަކީ
"އެލަންގަލަން
މިލަންގަލަން
ސުދުންޏާ
ފާހަގަލަން
އަބުސީލަން
ނުމަސްލަނޑާ
ހިކާކުރުބުޅި
ވަލަށްފިލަން
ދާންދޭ"
މިހެންކީމާ
އިލޮށި
ހިފައިގެން
ހުންނަ
ކުއްޖާނޫން
ހުރިހާ
ކުދިން
ފިލަންދާނީއެވެ.
ދެންކިޔާނީ
"އަލީލާން
ބަލީލާން
ހަތް
ދެގޮބޮޅި
ފަތީލާން
ފަތިގެންގޮސް
މޫދުލާން
އަރިޔަށްދޫ
ގަހުރަތްމާ
އަދިނުފޮޅޭ
ކުދިރަތްމާ
މާލެމަތިންގޮވާލިހާ
ރަތްދަނޑި
ރަތްކަކާކޯ
އަލިވިލޭތަ
ރޭވިލޭތަ
ހާލެއްތާ
ކުކުޅެކޭ؟"
ތަކާކޮށީ
އެންމެން
ކަތިލާ
މަރަން
ދާންދޭ
ފަހުންމިއަންނަ
ދެސުވާލަށް
ފިލަންދިޔަ
ދެކުދިން
ޖަވާބުދޭންވާނެއެވެ
ދެންއެއިލޮށީން
ނުޖެހި
މުނިކައިރިއަށް
އާދެވުނު
ކުއްޖަކު
މޮޅުވީއެވެ
މިކުއްޖާ
އައިސް
މުނިގައިގައި
އަތްލާފައި
"މުންޏޯތް"
މިހެން
ގޮވާން
ވާނެއެވެ
އިލޮށި
ޖެހިއްޖެނަމަ
ކަތިލެވުނީއެވެ
އެލަވަރު
ނ
(1)
ބެއްދީމާ
ދެއަތުން
ވަށާޖެހޭވަރު
(2)
އަތްގުޅި
އެލަވަރުކެއުން
މ
(1)
ބެއްދީމާ
ދެއަތުން
ވަށާޖެހުން (2)
"އަތްގުޅިކެއުން"
ބަލާ!
އެގްރީމެންޓް
ނ
(1)
ދެމީހަކު
ނުވަތަ
ދެބަޔަކު
ނުވަތަ
ދެދައުލަތެއް
ކަމަކާމެދު
އެއްބަސްވެފައި
ލިޔެ
ދެފަރާތުން
ސޮއިކުރާ
ލިޔުން
(2)
މުޢާހަދާ
(3)
އިޤްރާރުނާމާ
އެސުވާމީންގެ
ނ
މާތް
ރަސްކަލާނގެ
އެސްމައު
ނ
އޮށްބޭހުގެ
ތެރޭގައި
ހިމެނޭ
އެއްޗެއް.
ވަށްކޮށް
ފަތިކޮށް
އެއްފަރާތަށް
ކުޑަ
ފުއްޕުމެއް
ލައިފައި
އަދި
އެފުއްޕުމާ
ދިމާއިން
އަނެއްފަރާތުގައި
ކުޑަ
އަޑިކަމެއް
ހުންނަ
ހުދުކުލައިގެ
ހަރު
އެއްޗެއް
އޭގެ
ކައިރިފަށުގައި
ދެފަޅި
ތަތްކޮށްފައި
ހުންނަ
ކަހަލަ
ގޮތެއް
ހުންނާނެއެވެ
އަދި
ގޭނީމާ
ތެރަސްކަންވެސް
ހުންނާނެއެވެ
އެސްފިޔަޖެހުން
މ
ލޯ
މަރައިލުމާއެކު
ހުޅުވުން
އެޑްމިރަލް
ނ
ކަނޑުމަތީ
ސިފައިންގެ
އެންމެމަތީ
ވެރިޔާ
ކަނޑުމަތީ
ސިފައިން
ނުވަތަ
ކަނޑުގެ
ސަރަޙައްދީ
ހިސާބު
ބެލެހެއްޓުމާ
ޙަވާލުވެގެން
ހުންނަ
އޮފިސަރަށްވެސް
އެޑްމިރަލް
ކިޔައެވެ
އެޔަ
ނ
މާލެއިން
ދެކުނުގެ
ބައެއް
އަތޮޅުއަތޮޅުގައި
އަންހެނަކަށް
ނިސްބަތްކޮށް
އޭނާއޭ
ބުނުމުގެ
ބަދަލުގައި
ބުނެއުޅޭއެއްޗެއް
އެޔޯ
ނ
މާލެއިން
ދެކުނުގެ
ބައެއް
އަތޮޅުއަތޮޅުގައި
ފިރިހެނަކަށް
ނިސްބަތްކޮށް
އޭނާޔޭ
ބުނުމުގެ
ބަދަލުގައި
ބުނެއުޅޭ
އެއްޗެއް.
މިބަސް
ސުވާލެއްގެ
ގޮތުގައިވެސް
ބޭނުންކުރެއެވެ.
މިސާލު:
އެއީކީއްވެގެންހޭ
އެހުމުގެ
ބަދަލުގައި
އެއީކޮންއެއްޗެއްހޭ
އެހުމުގެ
ބަދަލުގައި
އެއީ
ކިހިނެއްހޭ
އެހުމުގެ
ބަދަލުގައި
އޭހޭ
އ
(1)
މީހުންނާއި
ދިމާޔަށް
ރަކިކޮށްލާން
ބުނާއަކުރެއް
(2)
އެއީހޭ
އޭނ
އ
(1)
ކީކޭ
(2)
ނޫނޭ
(3)
ހިތާނުވުމާއެކު
އޯތްޔޭބުނާން
ބުނާ
ގޮތެއް
މިމާނަތައް
ދޭހަވާނީ
ބުނާ
ރާގުންނެވެ
ވަރި
ނ
(1)
ކާވެނީގެ
ގޮށް
މޮހޭމޮހުން
(2)
ފަހަރު
(3)
ޒަމާން
(4)
ފޯވަހި
(5)
ތޮށި
ނުވަތަ
ނާށި
ހުންނަ
ވަކިވަކި
ތަކެތީގެ
ކާން
އޮންނަ
ތަނަށް
ކިޔާ
ނަމެއް
ވަރިންމަ
ނ
(1)
އުތުރާއި
ހުޅަނގާ
ބެދުނުކަން
(2)
ގަލްބު
އަސްތަމާނު
(3)
ވަރުވާ
ކަން
ވަރިޔާއަޅުވާބުނުން
މ
(1)
ތިމާގެ
އަނބިމީހާ
ވަކިކަމެއް
ކޮށްފިނަމަ
ނުވަތަ
ނުކޮށްފިނަމަ
އަނތްބެއް
ނޫނޭ
ބުނުން.
މިސާލު:
އަހަންނާއެކީ
އުޅެން
އަހަރެންގެ
ގެޔަށް
ނުދިޔައްޔާ
ތިޔައީ
އަހަރެންގެ
އަނތްބެއް
ނޫނޭ
ބުނުން.
(2)
ފިރިމީހާ
ތިމާގެ
އަނބިމީހާ
ގާތު
ތިމަންނާ
ވަކިކަމެއް
ކޮށްފިނަމަ
ނުވަތަ
ނުކޮށްފިނަމަ
އަންބެއް
ނޫނޭ
ބުނުން
«
1
2
3
4
5
6
7
8
9
»