radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ގާ
ނ
(1)
ކެލްސިޔަމް
ކާބަނޭޓުން
ކަނޑުގެ
މާހައުލުގައި
އުފެދިގެން
ބޮޑުވާ
ހަރުއެއްޗެއް.
މިއީ
އޭގެ
އަމިއްލަ
ޒާތުގައި
އުފެދި
ގިނަވާ
އެއްޗެކެވެ
(2)
ރާތަލެއްގެ
ހަތަރުބައިކުޅަ
އެއްބައި
(3)
ބައެއްކަހަލަ
ތަކެތި
ހިކިގެންވާހަރު
މިސާލު:
އުވަތައް
ހުރީ
ގާވެފައެވެ
(4)
ގަސްގަހާ
ގެހި
ކުރިލަމުން
ހެދޭގޮތް
ހުއްޓޭ
ހުއްޓުން
މިސާލު:
އެމިރުސްގަސް
މިހާރު
ގާވެއްޖެއެވެ
(5)
މަޖާޒު:
ކުދިން
އުމުރާ
އެއްވަރަށް
ބޮޑުނުވެ
ވާހަރު
މިސާލު:
އެކުއްޖާއެހެރީ
ގާވެފައެވެ
(6)
ހިތްކޮށި
މިސާލު:
އެއީ
ވަރަށް
ހިތްގާ
ކުއްޖެކެވެ
ފަޅޯބަޑި
ނ
ކުދިންކުޅެން
އޮނުން
ހަދާއެއްޗެއް.
މިހަދައިފައި
އޮންނަނީ
ގާތްގަނޑަކަށް
ފޫޓެއްވަރުގެ
އޮނުބަދައެއްގެ
ލޯވަޅުން
ހިނގާވަރުގެ
މުށްލީ
ދަނޑިކޮޅެއްލައިފައެވެ.
މިބަޑީގެ
އުންޑައަކީ
އޮނުކޮޅުގެ
ދެކޮޅަށް
ލައްވާ
ގިތި
ދެ
ފަޅޯކޮޅެވެ
މިބަޑި
މަގޫ
ދަނޑިންވެސް
ހަދައެވެ
ފަޅޯފެން
ނ
)ޏ ސ (
ފަޅޯ
ގާނައިގެން
ހަކުރާއި
އަސޭމިރުސް
އަޅައިގެން
ކައްކާ
ފަނި
ފައިހަމަކުރުން
މ
(1)
މީހުންނާއެކު
ހިނގާއިރު
ފައި
އެއްވަރުކުރުން
(2)
މަޖާޒު:
އަނެކަކާ
އެއް
ހަމައެއްގައި
އުޅެވޭވަރު
ކުރުން
ފައިއުފުރުން
މ
މަޖާޒު:
ސާބިތުވެ
ނުވަތަ
ގާއިމްވެ
ތިބި
ތަނެއް
ދޫކޮށްލައިފައި
ދިއުން
ފައިމަގުހިނގުން
މ
ހިނގާފައި
ތަންތަނަށް
ދިޔުން
ފައިދޮށަށްއައުން
މ
ކަމަކަށް
މާބޮޑަށް
އެދިގެން
ނުވަތަ
ކަމަކާ
މާބޮޑަށް
ދެރަވެގެން
މީހެއްގެ
ގާތަށް
ދިއުން
ފައިދޮށަށްދިއުން
މ
ދެރަވެގެން
މީހެއްގެ
ގާތަށް
ގޮސް
އާދޭސް
ކުރުން
ފައިދޮށްބެލުން
މ
ހިނގާބިގާވެ
އުޅޭއިރު
ބިންމައްޗަށް
ބެލުން
ފައްތި
ނއ
)ބދ (
ގާތް
ފަތަރާސީހިނގުން
ނ
ފަތަރާސީ
ކަމާއެކު
ހިނގާ
ހިނގުން
ފަތްކިޔުން
މ
(1)
އިހުގައި
ނައިބުކަމަށް
ހިނގާ
ދުވަހު
ކިޔުމަށް
ރަސްމީގޮތުން
ލިޔެފައި
އޮންނަ
ފަތްކޮޅު
ރައްޔިތުންނަށް
ކިޔަވައިދީ
އިއްވުން
(2)
އިހުގައި
އަތޮޅުވެރިކަމުގެ
ފަތްކޮޅު
ރައްޔިތުންނަށް
އިއްވުން
(3)
ފޮތެއް
ކިޔުން
ފަތްތޫރަހިންގުން
މ
(1)
ކަންއޮތްގޮތް
ބުނެދީ
ބަޔާންކޮށް
ފައުޅުކޮށް
ހެދުން
(2)
ސަރުކާރުން
ރާއްޖެ
ތެރެއަށާއި
މާލެއަށް
އަންގާ
ޢާއްމު
އެންގުންތައް
އެންގުން
ފަލީތާލުން
މ
(1)
ފަލީތާ
ހަރުކުރުން
ނުވަތަ
ގުޅުން
(2)
މަޖާޒު:
ކަމެއް
ކުރުމަށްޓަކައި
މީހަކާ
ނުވަތަ
ބަޔަކު
މީހުންނާ
ގުޅައިގެން
އެކަމެއްވޭތޯ
ބަލަން
އެތަނަކަށް
ގިނަގިނައިން
ގޮސް
އުޅުން
(3)
ކަމެއް
ނުބައި
ކުރުމަށް
މީހެއްގެ
ގާތުގައި
ވާހަކަތަކެއް
ދައްކައިފައި
ނުދެނުހުރި
ކަމަށް
ހަދައިގެން
ހުރުން
ފަގުޑިމިރުސް
ނ
(1)
ފަތާކޮށް
ހުންނަ
ގިތެޔޮމިރުސް
(2)
ފަނާގާ
މިރުސް
ފަސޭހަކުރުން
މ
(1)
ބައްޔަކަށް
ފަރުވާކޮށް
ރަނގަޅުކުރުން
)ގަދަކުރުން (
(2)
އަތްގާތް
ކޮށްދިނުން
(3)
އުނދަގުލާ
ދަތިތައް
ފިލުވުން
ފަސްބެރުގައިޖެހުން
މ
ގާއޮޑީލަވައިގެ
އަންބާބެރު
ޖަހާއިރު
ޖަހާފަސްބެރުޖެހުން
)އިހުގައި
ރާތީބު
ކުރާއިރުވެސް
މި
އަންބާ
ބެރު
ޖަހައެވެ
ފަސްފުޅިކިޔެވުން
މ
އިހުގައި
ގަނޑުވަރު
ތެރޭގައި
ހުންނަ
ލޯގަނޑުން
ފަސްފުޅިޔަށް
ޖެހީމާ
)ރޭގަނޑު
އެގާރަ
ޖެހީމާ(
މެދު
ޒިޔާރަތް
ދޮށުގައި
ދުޢާވެރިކަން
ކިޔެވުން
ފަސްފުޅިދުމާދިއުން
މ
އިހުގައި
ގަނޑުވަރު
ތެރޭގައި
ހުންނަ
ދަމުއަށީގެ
ލޯގަނޑުން
ފަސް
ފުޅިޔަށް
ޖެހީމާ
)ރޭގަނޑު
އެގާރަޖެހީމާ(
އަލިފާން
އަޅައިފައި
ހުންނަ
މުޖުމަރާއަކަށް
ދުން
އަޅައިގެން
ކުދިބޭކަލަކު
އެހިފައިގެން
ހިއްތަން
ދޮރާށިން
ނުކުމުގެން
މެދުޒިޔާރަތް
ދޮށަށްގޮސް
އެތާނގައި
ދުޢާވެރިކަން
ކިޔަވަން
ތިބޭ
މީހުންގެ
ގާތުގައި
ބެހެއްޓުން
ފާހިޖެހުން
މ
(1)
ކާށިތަކެއް
އެއްކޮށް
ފަތީލުން.
(2)
ބުޅީގެ
ފިލިތުގާ
ލޯވަޅެއް
އަޅާ
ނުވަތަ
ބުޅީގެ
ފިލިތުކޮޅު
ހިމަކޮށް
ލަނބައިލައި
ނަނު
ނުވަތަ
ކަންވާރު
ލެއްވޭގޮތަށް
ހެދުން
(3)
ނަނުފަދަ
އެއްޗެއްގެ
ކޮޅު
އަނެކައްޗަކާ
ގުޅުވުމަށް
ބޮޅެއް
ހެދުން
ފާނަބަސަނދު
ނ
ހަމުގެ
ބައްޔެއް.
މިއީވަރަށް
އަވަހަށް
ފެތުރޭ
ބައްޔެކެވެ.
މިބަލީގެ
ފަނި
ހަށިގަނޑަށް
ވަންނަތާ
11
ދުވަހާ
81
ދުވަހާ
ދޭތެރޭގައި
ގަދައަށް
ހުން
އާދެއެވެ.
ހުން
އަންނަތާ
42
ގަޑިއިރުގެ
ތެރޭގައި
ރަތްކުލައިގެ
ބިހިތަކެއް
ނަގައެވެ.
މިބިހިތައް
ބޮޑެތިވެ
ފޮޅުތަކަކަށް
ބަދަލުވެ
ކުރަމަގާލިލައި
21
ދުވަސް
ފަހުން
ކުރަމަގާލިތައް
ނެއްޓިދެއެވެ
«
45
46
47
48
49
50
51
52
53
»