radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ސާލު
ނ
ކެހެރި
ފޮތި
ނުވަތަ
މަޚްމާ
ފާޑުގެ
ފޮތިން
ތައްޔާރު
ކޮށްފައި
އޮންނަ
ފޮތިގަނޑެއް
މީގައި
ފަށުވިން
މާޖަހައި
ވަށައިގެން
ކުރެހުންތައް
އަޅައިފައި
ހުރެއެވެ
ޓަކައި
އ
ގުޅުން
ދޭހަކޮށްދޭ
އަކުރެއް
މިސާލު:
)ހ(
އަހަންނަށްޓަކައި
)ށ(
ލޯތްބަށްޓަކައި
)ނ(
ޤައުމަށްޓަކައި
ޓަކި
ނ
(1)
އަތުގެ
އިނގިލިތަކުގެ
މޮށްތަކުން
ޖަހާޖެހުން
(2)
ހަށިގަނޑުގެ
ތަނަކަށް
ކުއްލިއަކަށް
އަރާތަދު
މިސާލު:
މިއުޅެނީ
އުނަގަނޑަށް
ޓަތްކެއް
އަރައިގެންނެވެ
ޓާމް
ނ
ތަޢުލީމީ
އަހަރުގައިވާ
ދުވަސްތައް
ކިޔަވައިދިނުމަށް
ބަހައިލައިފައިވާ
މުއްދަތުންކުރެ
މުއްދަތެއް
މިސާލު:
މިއަހަރުގެ
ފުރަތަމަ
ޓާމުގެ
ކިޔެވުން
ނިމޭނީ
އެޕްރީލުމަހުގެ
ނިޔަލަށެވެ
ޔާ
އ
ނަމަވުމުގެ
އަކުރު
މިސާލު:
)ހ(
ދިނިއްޔާ
)ށ(
އައިއްޔާ
ޔޭ
އ
އެވެ
މިސާލު:
)ހ(
ދަނީޔޭ
)ށ(
ނަގަނީޔޭ
ޔޯ
އ
ބުނިބަސް
އަންގައި
ދިނުމުގެގޮތުން
ބުނާ
ޝައްކުގެ
އަކުރެއް
މިސާލު:
މުޙަންމަދުބުނީ
އިބްރާހީމް
ހިނގައްޖެޔޯ
ޔޯތް
ނ
ރަށްރަށުގެ
ރައްޔިތުން
އެއްކުރުމަށް
ނުވަތަ
ކަމެއް
އަންގައިލުމަށް
ގޭގޭދޮށުން
ދަމުން
އެވާހަކަ
ގޮވާލާއިރު
ފަށަން
ގޮވާލާއެއްޗެއް
މިސާލު:
)ހ(
ޔޯތް
ރަށްމެދަށް
އެއްވާށޯތް
)ށ(
ޔޯތް
މިވެނި
މީހަކު
އެވެނިތާކު
އެބަހުއްޓޯތް
ޕައުންޑް
ނ
(1)
ފައިސާއަށް
ކިޔާ
ނަމެއް
މިސާލު:
)ހ(
އިނގިރޭސި
ވިލާތުގެ
ޕައުންޑް
)ށ(
މިސްރުގެ
ޕައުންޑް
(2)
ކިރުމުގެ
މިނެއް
މިމިން
އެއްވަރީ
ސޯޅައައުންސާއެވެ
ޕިޗު
ނ
(1)
މިއުޒިކު
ކުޅުމުގައި
ނުވަތަ
ލަވަކިޔުމުގައި
ގެންގުޅޭ
އަޑުގެ
ބަރުކަމުގެ
މިންގަނޑު
(2)
ބައެއްކަހަލަ
ކުޅިވަރުތައް
ކުޅެން
ހަދައިފައި
އޮންނަތަން
މިސާލު:
ކިރިކެޓް
ޕިޗު
ޖާގަ
ނ
(1)
ހުސްތަން
(2)
ފުރުސަތު
(3)
ތަން
މިސާލު:
)ހ(
މި
އޮޑީގައި
މީހަކު
ގެންދާނެ
ޖާގައެބައޮތްތަ؟
)ށ(
މިކިލާހުގައި
ކުދިން
ވައްދާނެ
ޖާގައެބައޮތެވެ
)ނ(
ތިޔަކަމާ
ވާހަކަދައްކާނެ
ޖާގައެއްނެތެވެ
ޖިންސު
ނ
(1)
އިންސާނުން
އުފެދިފައިވާ
ދެބައި.
މިސާލު:
އަންހެން
ފިރިހެން
(2)
ނަސްލު
(3)
އާއިލާ
(4)
ބާވަތް
(5)
ފިރިހެނުންނާއި
އަންހެނުންލުމަށް
ތައްޔާރުކޮށްފައި
ހުންނަ
ފަޓުލޫނެއް
މިފަހައިފައި
ހުންނަނީ
ވަރަށް
ބޯފޮއްޗަކުންނެވެ
ޖެހުން
މ
(1)
މީހެއްގެ
ނުވަތަ
ޖަނަވާރެއްފަދަ
އެއްޗެއްގެ
ގައިގައި
ބޮނޑި
ޔެއް
އެޅުން.
(2)
ދެމީހެއްގެ
ދެމެދުގައި
އަރާރުން
ނުވަތަ
ދެކޮޅު
ވެރިކަން
އުފެދޭގޮތްވުން
(3)
ބައެއްކަހަލަ
ތަކެތި
ހެދުން
މިސާލު:
)ހ(
ބުޅިޖެހުން
)ށ(
ހުޅިޖެހުން
)ނ(
ގޮނޑިމޭޒުފަދަ
ތަކެތި
ޖެހުން
(4)
މިޔުޒިކުގެ
ބައެއްކަހަލަ
ތަކެތި
ކުޅުން
މިސާލު:
)ހ(
ބެރުޖެހުން
)ށ(
ތަބުލާޖެހުން
(5)
ދެމީހަކު
ނުވަތަ
ދެއެއްޗެއް
އައިސް
ލައިގަތުން
(6)
ބައެއްކަހަލަ
އެއްޗެހި
ވެއްދުން
މިސާލު:
)ހ(
ބަސްތާ
އަށް
ބަންބުޑި
ޖެހުން
)ށ(
މޮހޮރުޖެހުން
(7)
ކިޔުމުގައި
ނުވަތަ
ޓައިޕުން
ލިޔުމުގައި
ކުށެއްވުން
މިސާލު:
)ހ(
އޭނާ
އަލްޙަމްދު
ކިޔެވިއިރު
ވަރަށް
ގިނަ
ކުށްޖެހުނެވެ
)ށ(
މިލިޔުން
ކުށް
ނުޖަހައި
ޓައިޕް
ކުރެވޭތޯ
ބަލާށެވެ
(8)
ބައެއް
ކަހަލަ
ކަންތައްކުރުން
މިސާލު:
)ހ(
ކުޅުޖެހުން
)ށ(
ދަނޑިޖެހުން
)ނ(
ބަޑިޖެހުން
)ރ(
ފަލިޖެހުން
(9)
ބައެއް
ހާލަތުތައް
މެދުވެރިވުން
މިސާލު:
)ހ(
ބަނޑަށް
ޖެހުން
)ށ(
ބިތްޖެހުން
)ނ(
ލޯބިޖެހުން
)01(
ދަތީގައި
ނުވަތަ
މަޅިފަތީގައި
ތިބުން
މިސާލު:
)ހ(
ދަތީގައި
ޖެހުން
)ށ(
މަޅިފަތީގައި
ޖެހުން
(11)
ތަތްކުރުން
މިސާލު:
)ހ(
ސިމެންތިޖެހުން
)ށ(
މުށިޖެހުން
ޖެއްސުން
މ
(1)
ޖެހުން
މިބަސް
ކުރުވުމުގެ
މާނައިގައި
ބުނާގޮތް.
(2)
ލޮލަށް
ލިބޭ
ގެއްލުމެއްގެ
ސަބަބުން
ނުވަތަ
ލޮލަށް
ކުނިކޮޅެއްފަދަ
އެއްޗެއް
ވެއްޓުމުގެ
ސަބަބުން
ލޮލުގައި
އެއްޗެއް
ޖެހޭހެން
ހީވުން
(3)
މަދު
އެތިއެތި
ފޮދުން
ބޯންދިނުން
މިސާލު:
)ހ(
ފަނިތިކި
ޖެއްސުން
)ށ(
ބުއްޖެއްސުން
(4)
ބަނދަރުކުރުން
މިސާލު:
މާލެ
ދާނީ
ގަލުފަޅުގައި
ޖައްސައިފައެވެ
(5)
އުދުހޭ
ބައެއްތަކެތި
ތިރި
ކުރުން
މިސާލު:
މަތިންދާބޯޓު
ޖެއްސުން
(6)
އަނެކަކު
ރުޅިއެރުވުމަށް
ކުރާ
ކަންތައް
ޗިސް
ނ
(1)
ފިތިގެންވާ
ފިސް
(2)
ދިޔާއެއްޗެއް
ކުއްލިޔަކަށް
ނުކުންނަ
ނުކުތުން
މިސާލު:
އޭނާގެ
ލޮލުން
ޗިސް
ލައިފައި
ކަރުނަ
އަތުވެއްޖެއެވެ
(3)
ތަތްކަމެއް
ނުވަތަ
ތެތްކަމެއް
ހުރި
މުރަނަކަމެއް
ނެތް
އެއްޗެއްވާ
ކުދިކުދި
ޙިއްސު
ނ
(1)
ގުނަވަންތަކުން
އެނގޭ
އެނގުން
(2)
އިންސާނާގެ
ހަށިގަނޑުގައި
ލައްވައިފައިވާ
އެނގުމުގެ
ބާރު
މިސާލު:
)ހ(
އިވުން
)ށ(
ފެނުން
)ނ(
ވަސްލިބުން
ޚަލާސް
ނ
(1)
ނިމޭނިމުން
(2)
ހުސްވާހުސްވުން
(3)
އަދާވާ
އަދާވުން
މިސާލު:
އޭނާގެ
ދަރަނި
ޚަލާސްވެއްޖެއެވެ
ޚުދު
ނއ
(1)
ތިމާ
އަމިއްލައަށް
(2)
ތިމާކަން
ގަދަރުކުރުމަށް
ބުނާބަހެއް
(3)
ނިސްބަތްކުރާ
ފަރާތް
ގަދަކުރުމަށް
ބުނާ
ބަހެއް
މިސާލު:
)ހ(
އެކަން
ކުރީ
ޚުދު
އަހަންނެވެ
)ށ(
އެތަން
ހުޅުއްވައި
ދެއްވީ
ޚުދް
ކީރިތި
މަހާރަދުންނެވެ
ޚުޠުބާ
ނ
ބައެއްނަމާދު
ނުވަތަ
ދީނީ
ބައެއް
މުނާސަބަތާ
ގުޅިގެން
އިއްވޭ
ދީނީ
ނަޞޭޙަތް
މިސާލު:
)ހ(
ހުކުރު
ޚުޠުބާ
)ށ(
ޢީދު
ޚުޠުބާ
)ނ(
ކާވެނީގެ
ޚުޠުބާ
ޠަބީޢަތް
ނ
(1)
އުފެދުމުގައި
ލައްވައިފައިވާގޮތް
މިސާލު:
އަލިފާނުގެ
ޠަބީޢަތް
(2)
މިޒާޖު
(3)
ޚަޞީލަތް
(4)
ފިޠުރަތު
ޤަޟާކުރުން
މ
އެކަމެއްގެ
ވަގުތުގައި
ނުކުރެވިފާއިތުވެފައިވާ
އަޅުކަމެއް
އަލުން
ކުރުން
މިސާލު:
)ހ(
ނަމާދު
ޤަޟާ
ކުރުން
)ށ(
ރޯދަ
ޤަޟާކުރުން
«
43
44
45
46
47
48
»