radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ނުން
އ
(ޏ،
ސ)
(1)
ނޫނޭ (2)
ނޫންތަ؟
ކުއްޅަފިލާ
ނ
ބިމުން
ފަޅައިގެން
ބޮނޑިބޮނޑިއަށް
ހެދޭ
ވިނައެއް
މީގެ
ފަތްތައް
ހުންނާނީ
ކޮޅަށެވެ
މިއީ
ކާންބޭނުން
ކުރާ
ފަތެކެވެ
ކުއްތާ
ނ
(1)
ބަޅު.
(2)
ހަތަރެސްފައި
ޖަހައިގެން
އުޅޭ
ނަގޫ
އިދިފުށަށް
ގުދުކޮށް
އޮންނަ
ވައްވައްޖަހާ
ޙައިވާނެއް.
މި
ގިނައިރަށް
އޮންނަނީ
އަނގަހުޅުވައިގެން
ދޫނެރެގެން
ޒާތަކަށް
ނޭވާ
ލައިލައެވެ
މީވަރަށް
ވިސްނުން
ތޫނު
ހުޝިޔާރު
އެއްޗެކެވެ
އަދި
އޮޅުވާ
ވަފާތެރި
ޙައިވާނެކެވެ
ކުއްޔަށްދިނުން
މ
(1)
އުޖޫރައަށްދިނުން
(2)
ކިރިއްޔާއަށް
ދިނުން
ކުމުންޒާނި
ނ
ހުވަނދު
ބޭހުގެ
ބާވަތެއް.
މިއީ
ގަހެއްގެ
ކިރެކެވެ.
މިހުންނަނީ
ނީކުނޑި
ކުލައިގައެވެ.
ދުންއަޅާށާއި
އަތަރު
ހަދަންވެސް
ބޭނުންކުރެއެވެ
މީގެ
ދުމުގައި
މީރުވަސް
ދުވައެވެ
ކުފުރު
ނ
(1)
ކަލާނގެ
ރަސްކަން
ފުޅު
ވޮޑިގެންވާކަން
ޤަބޫލުނުކުރާ
ނުކުރުން
(2)
ކަލާނގެ
ރަސްކަންފުޅާމެދު
އިހާނެތިކޮށްބުނާ
ބުނުން
(3)
ލިބޭ
ނިއުމަތަށް
ދެކޮޅުހަދާ
ހެދުން
(4)
މަޖާޒު:
ކަމަކާހެދި
މާބޮޑަށް
އެދިގަނެގެން
އުޅޭ
އުޅުން
ކުފުރުވުން
މ
(1)
ކަލާނގެ
ރަސްކަންފުޅު
ވޮޑިވާކަން
ގަބޫލުނުކުރުން
(2)
ކަލާނގެ
ރަސްކަންފުޅާމެދު
އިހާނެތި
ކޮށް
ބުނުން
(3)
ލިބޭ
ނިޢުމަތަށް
ދެކޮޅު
ހެދުން
(4)
މަޖާޒު:
ކަމަކާ
ހެދި
މާބޮޑަށް
އެދިގަނެގެން
އުޅުން
ކުދި
ނއ
(1)
ބޮޑެތީގެ
އިދިކޮޅު.
(2)
ހުރިހައި
މިނަކުން
އުނި
މިބަސް
ބޭނުންކުރަނީ
ގިނައެއްޗެހި
ތަކަކާއި
މެދުގައެވެ.
މިސާލު:
ކުޑަޖަޒީރާއެއް
ކުދިޖަޒީރާތަކެއް
(3)
ހިތާނުވެގެން
މަޑުމަޑުން
ކިޔާއެއްޗެހި
ކުދިރުވާލި
ނ
ފީނިކޮށް
ދަނޑިތައް
ވަކިވަކިން
ވާކޮށްހެދޭ
ގަހެއް
މީގެ
ދަނޑިވަރަށް
ވަރުގަދަވާނެއެވެ
މިގަހުގެފަތުގައި
ވަރަށްނުބައި
ހިތިވަހެއް
ހުންނާނެއެވެ
މާހުންނާނީ
އުނިއޮށެއްގެ
ބޮޑުމިނުގައި
އެތެރެހުސްކޮށެވެ
މަލުގެ
ސިފައަކީ
އާފަލެއްގެ
ސިފައެވެ
ކުލައަކީ
ފެހިކުލައެވެ
މީގެވަކި
ލަބަރިބަންނަން
ބޭނުންކުރެއެވެ
މީގެފަތަކީ
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ކުދިދުންފަތް
ނ
(1)
ދުންފަތުގެ
ބާވަތެއް
މިއީ
ބޮޑުދުންފަތާ
ޚިލާފަށް
ފަތްބޯ
ދުންފަތެކެވެ
ފަތްހުންނާނީ
ވަށްކޮށް
ކުދިކޮށެވެ
މިއީ
ޢާންމުކޮށް
ދުފަން
ބޭނުންކުރާ
ދުންފަތެކެވެ
މީގެރަހަ
ގަދަވާނެއެވެ
(2)
ދުފާފަތް
(3)
ކުދިފަތް
ކުދިލުނބޯ
ނ
ކަށިގިނަގަހެއްގައި
އަޅާވަކެއް
މިއީ
ގަހުގެ
ފަތްވަޅުން
ނުކުންނަ
ވަށްކޮށް
ހުންނަ
ކުޑަކުޑަ
ވަކެކެވެ.
ދޮންނުވާއިރު
ބޭރުތޮށިގަނޑު
ހުންނަނީ
ގަދަ
ފެހިކުލައިގައެވެ.
މިކަހަލަ
ގިތި
ކުދިލުނބޯ
ގެ
ދިޔަ
ތެރަހަށް
ބޭނުންކުރެއެވެ.
ކުދިލުނބޯ
ދޮންވުމުން
ހުންނަނީ
ގަދަ
ރަތްކުލައިގައެވެ.
މީގެ
ދިޔަފޮނިވާނެއެވެ.
ދޮން
ކުދިލުނބޯ
ކައިވެސް
އުޅެއެވެ.
މިގަހުގެ
ލަކުޑިޔަކީ
ކީލި
ހިމުން
އާރުލާ
ރީތި
އޮފެއް
ހުންނަ
ލަކުޑިއެކެވެ
ކުދީނާ
ނ
ބިމުންމައްޗަށް
ވަރަށް
ކުޑަކޮށް
ހެދޭ
ގަހެއް.
މިއީ
ޒަވިވަހެއްދުވާ
އާވި
ކުޅިރަހައެއްދޭ
ފެހިކުލަގަދަ
ފަތެކެވެ.
މިފަތް
ހުންނަނީ
ދެކޮޅު
ވަށްކޮށް
މެދަށް
ފުޅާކޮށްނެވެ.
ހަވާދާއި
ޝަރުބަތާއި
ސަޓަނި
ހެދުމަށާއި
ބޭހަށްވެސް
މިފަތް
ބޭނުންކޮށް
އުޅެއެވެ
ކުލާތި
ނ
(1)
ކުނބު
ކުރީގައި
ގަދަކުރަން
އަޅާ
ބަންދު
އަދި
އެކަމަށް
ބަންނަ
ބަނުން
(2)
)ގ (
ގޮނޑުދޮށަށް
ލައްވާ
ތާރުވައްތަރުގެ
ތެޔޮގުޅަގުޅަ
ކުސަ
ނ
(1)
ދެގަނޑެއްޗެއް
އެއްކުރާން
ރޯނުން
ނުވަތަ
ނަނުން
ފުރާ
ބައިން.
މިގޮތަށް
ހުންނަ
ކޮންމެ
ބައިނެއް.
(2)
ފުށާއި
ހުންޏާއި
ހަކުރާ
އަޅައިގެން
ހިލާ
ކާ
އެއްޗެއް.
(3)
މަޖާޒު:
އެއްޗަކަށްނުވާހެން
ކުރާކަންތައް
ނުވަތަ
ހަދާ
އެއްޗެއްނޫނީ
ދައްކާ
ވާހަކަ
ކުސަފުރުން
މ
ދޭއްޗެއް
އެއްކުރުމަށް
ރޯނުން
ނުވަތަ
ނަނުން
ބައިނެއް
ފުރުން
ކުސް
ނ
(1)
ކުޑަކުއްޖަކު
ކަމެއް
އެދިގެން
ކުކުރާލުމަކާއެކީ
ތަކުރާރުކޮށްބުނާ
ބުނުން
(2)
ކުކުޅުހައު
ބައެއްފަހަރަށް
އަނެކައްޗަށް
އަންގާން
ގޮއްވާ
އަޑު
ކުޑަރިޔާ
ނ
(1)
އޮޑިދޯނިފަހަރުގެ
ރިޔާބައިގައި
ހިމެނޭ
އެންމެ
ކުޑަރިޔާ.
މިއީ
މައިކުނބަށްނަގާ
ރިޔަލެކެވެ.
މިރިޔާ
ބޭނުންކުރަނީ
ވިލާގަނޑުގެ
ވައިތެރޭގައި
އުޅަނދު
ކަނޑުހެޔަށް
ނުބާއްވައި
ދުއްވުމަށާއި
ހަޅައިގެ
ގަދަވައިގައި
ދުއްވުމަށެވެ.
އަދި
ވައިމަޑުއިރު
ބާރަށް
ދުއްވުމަށްޓަކައި
އޮޑީގެ
ކުރިއަށް
ދައްސޫރައިގައި
ދިއްކޮށް
ތޫރިކޮޅުމަތީވަލުން
ކުނބުކުރިޔަށް
މިރިޔާ
ނަގައިފައިހުރެއެވެ
(2)
ޖީބުރިޔާ
ކުޑަދޮޅި
ނ
ބުރުގާއަޅާ
މީހުންނާއި
އަންހެނުން
ނަމާދުކުރާއިރު
ބޮލުއިސްތަށިތައް
ހިފެހެއްޓުމަށް
އަޅާ
ދޮޅިޖެހި
ފޮތިކޮޅު
ކޫސް
ނ
މަޑުމަޑު
ގޮތަކަށް
އިއްވާލާ
އަޑެއް.
މިބަސް
ބޭނުންކޮށް
އުޅެނީ
ހިތްވަރުގަދަކަމުން
ނުވަތަ
ފިނޑިކަމުން
އަޑެއް
އިއްވައިނުލައި
ހުންނަ
ހުރުމާ
މެދުގައެވެ.
މިސާލު:
)ހ(
އެވަރަށްތެޅިއިރު
ކޫސްވެސް
ކިޔައެއް
ނުލައެވެ.
)ށ(
ގެޔަށްވަދެ
ހިތުހުރިގޮތަކަށް
އުޅެފައި
ދިޔައިރު
ކޫސްކިޔައިލަން
ކެރުނު
މީހަކުވެސްނެތެވެ
ކޫސްކިޔުން
މ
މަޑުމަޑުގޮތަކަށް
އަޑެއް
އިއްވައިލުން.
މިބަސް
ބޭނުންކޮށް
އުޅެނީ
ހިތްވަރުގަދަކަމުން
ނުވަތަ
ފިނޑިކަމުން
އަޑެއް
އިއްވައިނުލައި
ހުންނަ
ހުރުމާ
މެދުގައެވެ
ކެހިދިނުން
މ
މަކަރުވެރިގޮތުން
މީހަކަށް
ގެއްލުމެއް
ދިނުން
«
43
44
45
46
47
48
49
50
51
»