radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ސާލު
ނ
ކެހެރި
ފޮތި
ނުވަތަ
މަޚްމާ
ފާޑުގެ
ފޮތިން
ތައްޔާރު
ކޮށްފައި
އޮންނަ
ފޮތިގަނޑެއް
މީގައި
ފަށުވިން
މާޖަހައި
ވަށައިގެން
ކުރެހުންތައް
އަޅައިފައި
ހުރެއެވެ
ސަނގަލާޖެއްސުން
މ
ދިގުވަލެއް
ފަދަ
އެއްޗެއް
ފަށަކާޖެހިފަށެއް
އޮންނަ
ގޮތަށް
މަތިމައްޗަށް
ވަށްކޮށް
އޮޅުން
މިސާލު:
ތިޔަ
ސަލާމަތި
ސަނގަލާ
ޖައްސާށެވެ
ސަނަދު
ނ
(1)
ވަކިކަމެއްގެ
މުޤައްރަރާ
އެއްގޮތަށް
ކުރެވޭ
އިމްތިޙާނަކުން
ފާސްވުމުން
އެކަމުގެ
ހަނދާނަކަށް
ދޭލިއުން
މިސާލު:
ކާތިބުކަމުގެ
ސަނަދު
(2)
އާއްމުކޮށް
ޤަބޫލުކުރެވޭ
ފެންވަރަކަށް
ވަކިކަމެއް
ކުރެވޭކަން
ބަޔާން
ކުރުމުގެ
ގޮތުންދޭ
ލިޔުން
ސަންގުގެރި ސޫޖީބޯހެން
)މިސާލުބަހެއް(
ކެއިން
ބުއިމުގެ
އަދަބުތަކަށް
ބެލުމެއްނެތި
ދިޔާއެއްޗެއް
ބޯންފެށުމުން
ބުނެއުޅޭ
ބަހެއް
ސަރުބަތު
ނ
(1)
ހަކުރާއި
ފެނާ
އެއްކޮށް
ކޮންމެވެސް
ކަހަލަ
އެސެންސަކުން
ރަހަލައްވައިފައި
ހުންނަ
އޮލަފަނި
(2)
މޭވާ
އަކުން
ނަގައިފައިވާ
ޖޫހަށް
ހަކުރު
އަޅައި
އޮލަކޮށްފައި
ހުންނަ
ފަނި
(3)
ބޭހަށް
ބޭނުންކުރުމަށް
ބައެއް
ބާވަތުގެ
ތަކެތިން
ކައްކާ
އޮލަފަންޏެއް
މިސާލު:
ވޭމުއި
ސަރުބަތު
ސައިމާ
ނ
ފަތުގައި
ތުނޑު
ހުންނަ
މެދުމިނަކަށް
ހެދޭ
ގަހެއްގައި
އަޅާ
ބޮޑުމަލެއް
މީގެ
އެކިވަރައްތަރު
ހުރެއެވެ
މިސާލު:
)ހ(
ކަރުލީ
ސައިމާ
)ށ(
ބޮނޑި
ސައިމާ
ސަތަން
ނ
ސަތޭކަވަޅު.
މިސާލު:
އޭކަން
ދަހަން
ސަތަން
ސަލާމަތިޖެހުން
މ
ބައެއް
ރަސްމީ
ކަންތަކުގައި
ބަޑިބެރު
ފަށަން
ޖަހާ
ބެރެއް
ޖެހުން
މިސާލު:
)ހ(
މަޖުލިސުއްތަޝްރީފާތު
ފެށޭނީ
ތިންބަޑި
ޖެހުމާއެކު
ބަޑިބެރުން
ސަލާމަތި
ފެށީމައެވެ
)ށ(
ގަނޑުވަރު
ތެރޭގެ
ބޭފުޅަކު
އަންހެން
ބޭފުޅަކައިގެން
ރައްކާވެއްޖެނަމަ
ބަޑިބެރު
ފަށާނީ
ސަލާމަތިންނެވެ
ސަޕުލައި
ނ
(1)
ގެއަކަށް
ނުވަތަ
ތަނަކަށް
ކަރަންޓް
ދިނުމަށް
ދަމައިފައިވާ
ފަލަނަރު
(2)
ބޭނުންވާ
ހުރިހާ
ސާމާނު
މިސާލު:
ރިސޯޓުގެ
ސަޕުލައި
ސަޠުޙު
ނ
(1)
ފެންމަތި
(2)
ހަމަ
ތަނެއްގެ
ނުވަތަ
އެއްޗެއްގެ
މަތި
މިސާލު:
ބިމުގެ
ސަޠުޙު
ސާރި
ނ
(1)
ދޯނިފަހަރުގެ
ކުނބާ
ދިމާއަށް
އަޅައިފައި
އޮންނަ
ހުރަސް
ފިލައެއް
(2)
ހަތަރެއް
މިސާލު:
ދުއިދުއި
ސާރި
ސިލްސިލާ
ނ
(1)
ޗޭނު.
(2)
އެކައްޗެއްގެ
ފަހަތުން
ވިދިގެން
އޭގެ
އަނެކައްޗެއް
އަންނަ
ގޮތަށް
ހުންނަ
އެއްޗެހި
މިސާލު:
)ހ(
ފޮތުގެ
ސިލްސިލާ
)ށ(
މަޒުމޫނުތަކުގެ
ސިލްސިލާ
)ނ(
ފިލްމުގެ
ސިލްސިލާ
ސީދިއޮޑިއަށްސައިތާނުއަރައިއިންހެން
)މިސާލުބަހެއް(
މީހަކު
ކަމަކާ
މާ
ގަޔާނުވެ
މޫނު
އަނެއް
ފަރާތަށް
އަނބުރައިލައިގެން
އިނުމުން
ބުނެއުޅޭ
ބަހެއް
ސުންކަން
ނ
(1)
އެއްޗަކުން
ނަގާ
މަދުމިންވަރެއް
މިސާލު:
ކައްކައިފައި
ހުރި
ބޮނޑިބަތްތެލި
ސުންކަމަށް
ގޮސް
ހުސްވެއްޖެއެވެ
(2)
ޖަމާޢަތެއްގެ
ތެރެއިން
ކުރަންޖެހޭ
ކަމަކަށް
ބޯބޯމަތިން
ނަގާ
ފައިސާ
(3)
އިހުގައި
ހަވަރުގެ
ބަޔަކު
ނުކުމެ
ފިހާރަ
ފިހާރައިން
ނަގައި
އުޅުނު
ފައިސާއެއް
(4)
އިހުގައި
ބަނދަރަށް
އަންނަ
ބޯޓުފަހަރުން
ނަގައި
އުޅުނު
މުދަލުގެ
ބާވަތްތައް
ސުރެ
އ
ފެށިގެން
މިބަސް
ބޭނުންކުރަނީ
ވަގުތާ
ނުވަތަ
ޒަމާނާ
ގުޅުވައި
ގެންނެވެ
މިސާލު:
)ހ(
ދުނިޔެ
ފެށުނީއްސުރެ
)ށ(
ދޭއް
ޖެހީއްސުރެ
ސޮހުން
މ
(1)
ބަނދެފައި
ނުވަތަ
އައްސައިފައިވާ
އެއްޗެއް
ދޫވެގެން
ތިރިޔަށް
ޖެހުން
(2)
ތިރިޔަށް
އެލުން
މިސާލު:
އެ
ގަމީސް
އޮތީ
މާބޮޑަށް
ސޮހިފައެވެ
(3)
ތިރިޔަށްވެއްޓުން
މިސާލު:
)ހ(
ފަޓްލޫނު
ސޮހުން
)ށ(
މުންޑު
ސޮހުން
(4)
އެއްލައިފައި
ހުންނަ
ތެލަނގަ
ފަދަ
ތަކެތި
ވައިމަޑުވެގެން
ތިރިވުން
ޑަޒަން
ނ
އެއްވައްތަރެއްގެ
ބާރައެތި
މިސާލު:
އަލިފާން
ފޮށި
ޑަޒަނެއް
ޑޮލަރު
ނ
ބައެއް
ޤައުމުތަކުގައި
ބޭނުންކުރާ
ފައިސާއެއްގެ
ނަން
މިސާލު:
)ހ(
އެމެރިކާގެ
ޑޮލަރު
)ށ(
ސިންގަޕޫރު
ޑޮލަރު
ޒައްރެއްގެމިންވަރު
ނ
(1)
ހަމަލޮލުން
ނުފެންނަހާ
ކުޑަމިންވަރު
(2)
އެންމެ
ކުޑަ
މިންވަރު
މިއީ
މިސާލުގެ
ގޮތުން
ކުޑަކަން
އެންގުމަށްޓަކައި
ބުނާ
ބަހެކެވެ
ޒަވި
ނއ
(1)
ގަދަ
ދިލަގޮތް
ހުންނަ
(2)
ކުޅިކަމާއި
ދިލަ
ހުންނަ
(3)
ނ
ކުއްލިއަކަށް
އަންނަ
ގަދަރުޅި
މިސާލު:
މުޙަންމަދަކީ
ވަރަށް
ޒަވިގަދަ
ކުއްޖެކެވެ
ޒީލަ
ނ
(1)
ތޫލިކޮށް
ގަދައަށް
އިވޭއަޑެއް
ސިފަކުރަން
ބޭނުންކުރާ
ބަހެއް
މިސާލު:
ޒީލައަޑު
(2)
މަޖާޒު:
ރުޅި
މިސާލު:
އެއީ
ވަރަށް
ޒީލަގަދަ
މީހެކެވެ
«
42
43
44
45
46
47
48
»