radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ވ
ތާނައިގެ
ނުވަވަނަ
އަކުރު
ހާލުހާލުން
ނ
މަދުމަދުން
މިބަސްބޭނުންކުރަނީ
ފެނިދެނިވުމާ
ގުޅުވައިގެންނެވެ
މިސާލު:
)ހ(
އޭނާ
މަގުމަތިން
ހާލުހާލުން
ފެނެއެވެ
)ށ(
އޭނާ
ހާލުހާލުން
މިގެއަށް
އާދެއެވެ
ހާލުގައިޖެހުން
މ
(1)
ކާބޯތަކެތިހުސްވެ
އަތްމަތި
ދަތިވުން
(2)
ދަތުރުވެރީން
ކަނޑުދަތުރުގައި
ދަތުރުގެއްލި
ފެނާއި
ކާބޯތަކެތި
ހުސްވެބިކަވުން
ހާގޮވުން
މ
މަޖާޒު:
ފަތިސްވުން
ހާސަރު
ނ
(1)
މާނަޔެއްނެތް
ބަސްތަކެއް
(2)
ތާކުންތާކު
ނުޖެހޭ
ވާހަކަ
ހާސިލު
(1)
ރަށަކުން
ބޭރުވާ
މުދަލަކުން
ސަރުކާރަށް
ނުވަތަ
ރަށު
މީހުންނަށް
ނަގާބައި
(2)
ލިބޭލިބުން
(3)
ހޯދާހޯދުން
(4)
ފުދޭފުދުން
ހާސިލުމާސިލު
ނ
ރަށަށް
ބޭރުން
އަންނަ
މުދަލުންނާއި
ރަށުން
ބޭރުވާ
މުދަލުން
ސަރުކާރަށް
ނުވަތަ
ރަށުމީހުންނަށް
ނަގާތަކެތި
ހާސް
ނ
(1)
ދިހަސަތޭކަ
0001
(2)
ނުތަނަވަސް
(3)
ބަންދުކަމުގެ
ސަބަބުންވާ
ދަތި
(4)
ނޭވާލާން
ވާއުނދަގޫ
4 ވަނަ މާނަބަލާ! ހާސްކަން
ނއނ
(1)
ދަތިކަން.
(2)
ނުތަނަވަސްކަން
"ހާސް"
މިބަހުގެ
2 3
ހާސްވުން
މ
(1)
ނޭވާދަތިވުން
(2)
ނުތަނަވަސްވުން
(3)
ބަންދުވުން
(4)
ކަންތައް
ބޮޑުވެގެން
ކުރާނެ
ނުކުރާނެކަމެއް
ނޭނގުން
ހާސްފައި
ނ
(1)
ނުހަނު
ފައިގިނަ
ކަޅުރަތް
ކުލައިގެ
ފަންޏެއް
މިގިނައިން
އުޅެނީ
ފީފަން
ފުރާޅުގައެވެ
(2)
ކުނބުރޮށި
ފަނި
ހާސްގަނޑުފޮތީތާކިހާ
ނ
ކުލަކުލައިގެ
ފޮތިކޮޅުތަކެއް
އެއްކޮށްގެން
ހަދައިފައި
ހުންނަތާކިހަލެއް.
މީގެ
ދެބާވަތެއް
ހުރެއެވެ.
އެއްވައްތަރަކީ
ރަތާ
ހުދާ
ކަޅާ
ރީނދުލާ
މިހަތަރުކުލައިގެ
ފޮތިފޮތިކޮޅުން
ގޮޅިހަމަކޮށް
ހަދައިފައި
ހުންނަވައްތަރެކެވެ
ބޭރުގެ
ތަންތާނގެ
ބޮޑުން
ފަގުޑިއޮޅައިފައި
ހުންނަނީ
މިބާވަތުގެ
ތާކިހަލުގައެވެ
ރާއްޖޭގެ
ރަސްމީ
ބަޔެއްހެދުމުގައި
މިކަހަލަތާކިހާ
ބޭނުންކޮށް
އުޅުނެވެ
އަނެއް
ވައްތަރަކީ
ކުލަކުލައިގެ
ފަށުއިން
ތަންކޮޅެއް
ދިގުކޮށް
ވިޔެފައި
ހުންނަވައްތަރެކެވެ
އިހުގެ
ސޯޅިޔާއިން
އަޅާއުޅުނީ
މިކަހަލަތާކިހަލެވެ
ހާޑަށްދެމުން
މ
ހާޑުވަލަށް
ބާރުކުރުން
ހާޑަށްތިރިކުރުން
މ
ހާޑުމަޅިތިރިއަށް
ޖައްސައި
ހާޑުވަލަށް
ދަމައި
ތިރިކުރުން
ހާޑު
ނ
ފަރުމާނު
ކުނބާ
ދުރުވިޔަނުދޭން
ބައްދާމަޅި
"ހައް" ބަލާ! ހާޑުހައް
ނ
ހާޑުލައްވާކައްޕި
ހާޑުކިއްލާ
ނ
(1)
ބޭނުންނުހިފޭ
ތަކެތި
ލާތަން
(2)
އުކައިލަންވެފައިހުންނަ
ތަކެތި
ފަހަރެއްގައި
ބޭނުންހިފިދާނޭ
ކަމަށްޓަކައި
އުކާނުލާ
ބަހައްޓާތަން
ހާޑުމަޅި
ނ
ރިޔަލުގާ
ހާޑުލާން
ބޭނުންކުރާ
ވަޅުގައި
ފަރުމާނާއެކު
ކުނބު
ކުރީގައި
އަޅުވަން
ހަދާމަޅި
ހާޑުމަތީދޮށިއެޅުން
މ
ހާޑުވާކައިރީގައި
ހުރެގެން
ދޮށިއެޅުން
ހާޑުފަށް
ނ
(1)
ރިޔަލުގައި
ހާޑުލުމަށް
ބޭނުންކުރާ
ވައުގަނޑު
(2)
ހާޑު
ހަކަށް
ލައްވައިފައި
ހުންނަވައު
ހާޑުލުން
މ
ފަރުމާނު
ކުނބާ
ދުރުވިޔަނުދޭން
ބައްދާމަޅި
ބެއްދުން
«
40
41
42
43
44
45
46
47
48
»