radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ޅައި
ނ
(1)
މިނިކާ
ސޫފި
(2)
ޖަނަވާރަކާ
އެއްފަދަކުރުމަށް
މީހުނާ
ދިމާއަށް
ބުނާބަހެއް
(3)
އޮޑިދޯނިފަހަރަށް
އެއްޗެހި
އަރުވާންވެގެން
ވަތުތެރޭ
ހުރަހަށް
ބަހައްޓާ
ލަކުޑިފަދަ
އެއްޗެހި
ފެތުރުން
މ
(1)
ހާމަކުރުން.
(2)
މަޢުލޫމާތު
ޢާއްމުކުރުން.
(3)
ތަރަފާލު
ކުނާ
ސާންތިފަދަ
އެއްޗެއް
އެޅުން.
(4)
ފޮތިފަދަ
އެއްޗެއް
ތަނެއްގައި
ނިއުޅައިފައި
ބެހެއްޓުން.
ނުވަތަ
ތަނެއްގައި
ބާއްވައި
ނިއުޅުން.
(5)
ރޭޑިޔޯގެ
ޒަރީޢާއިން
ދުރަށް
އަޑުފޮނުވުން.
(6)
ފުންޏަކަށް
ހުންނަ
އެއްޗެއް
ދުރަށް
ބެހިގެން
ދިއުން.
(7)
ބައެއް
ކަހަލަ
ކަންކަމާއި
ތަކެތި
ގިނަވަމުން
ދިއުން.
މިސާލު:
ރޯގާފެތުރުން
ޚަބަރު
ފެތުރުން
ފެތުރިއާއި
ދަދު
ފަދަ
ތަކެތި
ހެދެމުން
ބޮޑުވަމުން
ދިއުން
(8)
ފަތުގައި
ނުވަތަ
ކަފަފަދަ
އެއްޗެއްގައި
ވަކިގޮތަކަށް
ބޭސް
ހޭކުން
(9)
ތުންތުން
މަތިން
ވާހަކަ
ނަގުލު
ކުރުން
ފެޝަން
ނ
(1)
އެއިރަކު
މީހުން
ހެދުން
އަޅައި
އުޅޭގޮތް
ނުވަތަ
ބޯކޮށައި
އުޅޭ
ވައްތަރު
(2)
އެއިރަކު
މީހުން
އެންމެ
ރުހޭ
ވައްތަރުތައް
ފޭރާންކާފަނި
ނ
ފޮއްޗާއި
ކަރުދާސް
ފަދަ
އެއްޗެހީގެ
ތެރޭގައި
އުފެދިގެން
އެއްޗެހި
ހަލާކުކުރާ
ފަންޏެއް
މިފަނި
ކަރުދާހުގައިވެސް
ލޯވަޅު
އަޅައި
ހަލާކު
ކުރެއެވެ
ނަމަވެސް
މިއީ
ކަތުރުފަންޏެއް
ނޫނެވެ
ފޮށިފެޅުން
މ
(1)
މީހުންގެ
ފޮށި
ފަދަ
ތަކެތި
ފަޅައިގެން
ވައްކަން
ކުރުން.
(2)
މަޖާޒު:
ފަށުވި
ފަންނުގެ
ތެރޭގައި
ހިމެނޭ
އަނެކެއްގެ
އުފެއްދުމެއް
ނުވަތަ
އުފެއްދުމެއްގެ
ބައެއް
ތިމާގެ
އަމިއްލަ
އެއްޗެއްގެ
ގޮތުގައި
ބޭނުންކުރުން
ފޮށިގަނޑުމީހުން
ނ
ވިޔަފާރިކުރާ
ތަކެތި
ފޮށިގަނޑަކަށް
އަޅައިގެން
ވިއްކަން
ތިބޭ
މީހުން
ފޮނިބޯކިބާ
ނ
ފުށާއި
ހަކުރާއި
އެއްކޮށް
ހުނި
ނުވަތަ
ބޯކިރު
އަޅައި
ގިރައިގެން
ފިހާ
ހެދިކާ
އެއްޗެއް
ފޮނިކަލިޔާ
ނ
ގިތެޔޮ
އަޅައިގެން
ފޮނިކޮށް
ކައްކާ
ބަތެއް
ފޮނިތޮށިހަވާދު
ނ
ފޮނިތޮށި
ކާފޫރުތޮޅި
ކަރަންފޫ
ތަޅައި
ހިމުންކޮށްފައި
ހުންނަ
ކުނޑި
ފޮނިލޯލި
ނ
ބޭހަށް
ބޭނުންކުރާ
ކުދިވިނައެއް.
މީގައިވަރަށް
ކުދިކުދި
މާތަކެއް
އަޅައެވެ.
ފަތް
ކޮއްޗޭފަތާ
އެއްގޮތެވެ.
ނަމަވެސް
މިފަތުގައި
ބޯކޮށް
ކެހެރި
ފަޅައިފައި
ހުރެއެވެ
ފޮނިގަދަކަން
ނއނ
ހަކުރު
އަޅައިގެން
ހަދައިފައި
ހުންނަ
އެއްޗެއްގެ
ހަކުރުގެ
ރަހަ
މާ
ގަދަކަން
ފޮނުމަތުދަރު
ނ
ފޮނުމަތުގެ
ކަށީގެ
ދެފަރާތަށް
މިޔަ
އަޅައިފައި
ހުންނަބައި
ފޮނުމަތުދަރުޖެހުން
މ
ފޮނުމަތުގެ
ދަރުބޮޑުކުރުން
)ފޮނުމަތުގެ
ކަށީގެ
ދެފަރާތަށް
މިޔަ
އަޅައިފައި
ހުންނަބައި
ކުޑަވުމުން
އަލުން
އެބައި
ހެދުން
ފޮރިބުއިން
މ
ކައްކާ
ހިއްކައިފައި
ހުންނަ
ކަނޑުމަހުގައި
ފޮރިއަޅައި
މަސްގަނޑުކައި
ހަލާކު
ކުރުން
ފޮރުވާލުން
މ
(1)
ރައްކާކޮށްލުން.
(2)
ނިވާކޮށްލުން.
(3)
ފޮރުވުން
މިބަސް
ލުއިކޮށް
ބުނާގޮތް
(4)
ވަޅެއް
ނުވަތަ
އަޑިގަނޑެއް
ފަދަތަނަކަށް
ފަސްއަޅައި
މަތިއެއްވަރުކޮށްލުން
(5)
ސިއްރުކޮށްލުން
(6)
)ހ (
ފޮހެލުން
ފޮޅި
ނ
(1)
ފުށް
ގިރައި
ތަވަޔަށް
އަޅައިގެން
ފިހާއެއްޗެއް
(2)
ސާފު
ކުރުމުގެ
މާނައިގައި
ބޭނުން
ކުރެވޭ
"ފޮޅުން"
މިބަހުގެ
ނިމި
ނިމުނުކަން
މިސާލު:
އޭނާ
މޭޒުމަތި
ފޮޅިއެވެ
ފޮޅިތަވާ
ނ
ފޮޅިފިހަން
ގެންގުޅޭ
އެއްޗެއް
މިހުންނާނީ
ލޮއިން
ތުނިކޮށް
ވައްކޮށް
ހަދައި
ކައިރިފަށެއް
އަޅައި
ދެ
އުޅައް
ޖަހައިފައެވެ
ފޮޅުން
މ
(1)
މާމަލުގެ
ފިޔަތައް
ހުޅުވުން.
(2)
ގޮވާމާއި
ހަވާދު
ފަދަ
ތަކެތީގެ
ކުނޑި
ފިލުވުމަށް
ނުވަތަ
އޭގެ
އެކިއެކި
ބައިބައި
ވަކިކުރުމަށް
ބަތްޕޮޅި
ނުވަތަ
ދޮލަނގެއް
ފަދަ
އެއްޗަކަށް
އަޅައިގެން
ވަކިގޮތަކަށް
ޙަރަކާތްކުރުން
(3)
ތަނެއްގައި
ހުރި
ހިރަފުހާއި
މަކުނުވާ
ފަދަ
އެއްޗިހި
ފޮތިގަނޑެއް
ނުވަތަ
އެނޫންވެސް
އެއްޗަކުން
ތަޅައިގެން
ސާފުކުރުން
(4)
ހަނާކުރާއިރު
ގޮވާމުގައި
މާޖެހުން
(5)
ތަންތަނުން
ދަވާދު
ދަބަރު
ފަދަ
އެއްޗިހި
އުފުލި
ކެނޑިކެނޑިގެން
ނެއްޓުން
(6)
އެކިއެކި
ގޮތްގޮތް
ދިމާވެގެން
ގައިގެ
ހަން
ތޮށިތަކެއްހެން
ނެއްޓެމުން
ދިއުން
(7)
ތަނަކަށް
އެޅިފައި
ނުވަތަ
ތަނެއްގައި
ހަރުލައިފައި
ހުންނަފެން
އަތުގެ
ނުވަތަ
އެނޫންވެސް
އެއްޗެއްގެ
ޙަރަކާތުން
ބުރުވައިލުން
(8)
ނޭފަތުގައި
ހުންނަ
އަރިދަފުސް
ނެރެ
ސާފުކޮށްލުން
(9)
މަޖާޒު:
އުފަލުން
ގޮސް
މޫނުމަތި
އުޖާލެވެގެން
ދިއުން
ފޮޅުކަނޑައިގެން ދިއުން
މ
ނަގާފައިވާ
ނުވަތަ
ލާފައިވާ
ފޮޅެއް
ފަޅައިގެން
ދިއުން
ފޮޅުވައިލުން
މ
(1)
ހުޅުވައިލުން
(2)
ނިއުޅައިލުން
(3)
ވޮލީ
ކުޅޭއިރު
ބޯޅަ
މައްޗަށް
ފޮނުވައިލުމަށް
އަތުގެ
އިނގިލި
ތަކަށް
ގެންނަ
ޙަރަކާތް
ގެނައުން
(4)
ގައިގައި
ހިފަހައްޓާފައި
ހުރިމީހަކު
ގައިން
ނައްޓުވައިލުން
ފޮއިއެޅުން
މ
ބިނދޭ
ތަންތާގައި
ފުރަތަމަ
އަޅާ
ބޭސް
ގަނޑު
ނެގުމަށްފަހު
އައިބު
ހުރިނަމަ
ޅަކުރުމުގެ
ބޭސް
އަޅައި
ކަށިގަނޑު
ހަމަޖެއްސުމަށް
ފޮއި
ހިންގުން
«
39
40
41
42
43
44
45
46
47
»