radheef.info
ރަދީފު


ނ (1) އެއްޗެއް ދެރަކޮށްލުމުގެ ގޮތުން ބުނާބަހެއް. މިސާލު: މުންޑުގަނޑު. (2) މުޅި އެތިކަން އެންގުމަށް ބުނާ ބަހެއް. މިސާލު: ކެޔޮގަނޑު. (3) އަންހެނުންނާއި ޅަދަރިންނަށް ލޯބިން ވަކިނަމަކާ ގުޅުވައިގެން ކިޔާ ނަމެއް. މިސާލު: )ހ( ލޯބިގަނޑު. )ށ( ކުއްޖާގަނޑު. (4) ހަށިގަނޑުގެ ލޭ ނުބައިވުމުގެ ސަބަބުން ދުޅަވާ މުލިހި ފާޑުގެ ތަނެއް. މިސާލު: އޭނާގެ އުކުޅުވަޅުގައި ގަނޑެއް ނަގައިފިއެވެ. (5) ލަކުޑިން ހަދައިފައިވާ އެއްޗެއް މަރާމާތު ކުރުމަށާއި އަދި މިނޫންވެސް ގޮތަކުން ލަކުޑިގަނޑަކަށް ގުޅާލާ ލަކުޑީގެ ބައި. (6) ވަކި ސަރަހައްދެއް ކަނޑަ އެޅުމުގެ ގޮތުން ބުނާ ބަހެއް. މިސާލު: ތަންގަނޑު މީހުން. (7) އެއްޗެއްގެ ބައެއްކަން ދޭހަކޮށްދިނުމަށް ބުނާ ބަހެއް. މިސާލު: މަސްގަނޑު. (8) ތަގަރި. (9) ފިނިވެގެން ގޮސް ވާހަރު. )01( ގަނޑުފިއްލާ ކުޅޭއިރު ފިލުވައި ނިވާކޮށްފައި އޮންނަމީހާ (11) ބައެއް ކުޅިވަރު ކުޅުމަށް ބުނެއުޅޭ ބަހެއް މިސާލު: )ހ( ރާޒުވާ ގަނޑެއް ޖަހައިލުން )ށ( ތާސްގަނޑެއް ޖަހައިލުން (21) ކަރުދާސްއަރި މިސާލު: ކަރުދާސްގަނޑު
ނ (1) ކެއުމަށް ބޭނުންކުރާ މައިގަނޑު ބާވަތްތައް ކަމުގައިވާ ހަނޑޫ ހަކުރު ފުށް. (2) އެކިއެކި ބޭނުމުގައި ރީތިމިނަކަށް ހަދައިގެން ގެންގުޅޭ ބޯކަރުދާސްކޮޅު. މިސާލު: )ހ( އެޑްރެސްކާޑު. )ށ( ޕޯސްޓުކާޑު. )ނ( ދަޢުވަތުކާޑު. )ރ( ހެޔޮއެދުންތަކުގެ ކާޑު. (3) އިލެކްޓްރޯނިކް ބައެއްތަކެތީގެ ޚިދުމަތް ލިބިގަތުމަށްޓަކައި ބޭނުންކުރުމަށް ޕުލާސްޓިކުން ނުވަތަ މަޢުދަނީ އެއްޗަކުން ތުނިކޮށް ފަތިކޮށް ހަދައިފައި ހުންނަ އެއްޗެއް. މިސާލު: )ހ( ފޯނުކާޑު. )ށ( ކުރެޑިޓްކާޑް. )ނ( ތަޅުދަނޑިކާޑު. )ރ( އަވަސްފައިސާ ކާޑު. (4) މުދައު ކޮންޓްރޯލްކޮށްގެން އުޅޭ ތަންތާނގައި އެގެއަކަށްތަކެތި ގެންނަންވީ ޢަދަދު ލިޔެފައިވާ ކަރުދާސްކޮޅު. (5) މުދައު ކޮންޓްރޯލް ކޮށްގެން އުޅޭ ތަންތާނގައި މީހަކަށް ނުވަތަ ބަޔަކަށް ކޮންޓްރޯލް ޤަވާޢިދުން ދޫކޮށްފައިވާ ކާބޯތަކެތީގެ ކޮއްތު. (6) ކޮމްޕިއުޓަރުފަދަ އެއްޗެހީގައި އެކިއެކި ވާޖިބުތައް އަދާކުރުމަށްނަގައި ބަދަލު ކުރެވޭގޮތަށް ޖަހައިފައި ހުންނަ ބޯޑު (7) )ބދ ( ފިރިހެން ހަށި