radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ކުރިމެރުން
މ
(1)
މީހަކު
ކިޔަމުންދާ
ވާހަކައެއްގެ
އަންނާން
އޮތްތަނުން
ތަންތަންކޮޅު
އެހެން
މީހަކު
ކިޔައިދިނުން
(2)
މީހަކު
ނުވަތަ
ބަޔަކު
ކުރާން
އުޅޭ
ކަމެއް
ވިޔަނުދިނުން
ކުރު
ނއ
(1)
ދިގުގެ
އިދިކޮޅު.
(2)
ދިގުމިނުންމަދު.
(3)
ނ.
މަސްކަނޑުގައި
އުޅޭ
ކުޑަ
ކަޅު
ދޫންޏެއް
މީގެ
ފިނދު
ފަތުގައި
ހުދުކުލައިގެ
ބަންދެއް
ހުރެއެވެ
ކުރުއްޕަތް
ނ
(1)
ޅަ
ރުކުގެ
ގޮނުވަން
ނުތޮޅޭ
ފަން
(2)
ކެޔޮގަހުގެ
ބޯށި
އައުމުގެ
ކުރިޔަށް
ނުކުންނަ
ކުރުފަތް
ކުރުވެލި
ނ
ދުފާ
އެއްޗެހި
އަޅާން
ފަނުން
ވިޔެގެން
ގެންގުޅޭ
ދަބަހެއް
ކަހަލަ
އެއްޗެއް
ކުރުދަނޑި
ނ
)ސ (
މަސްބާނަން
ގެންގުޅޭ
އެންމެ
ކުރުދޮށި
ކުރެހިފާނަ
ނ
ފާނައިގެ
ބާވަތެއް
މިއީ
ރާއްޖޭގެ
ފަރުފަރާއި
ފަޅުތަކުގެ
ބޭރުގައި
އުޅޭ
ވަރަށް
މަދުމަދުން
ފެންނަ
މަހެކެވެ
ކުޅަނދުރު
ނ
އުދުހިއުޅޭ
ކަށިޖަހާސޫތްޕެއް.
މިހުންނަނީ
ރީނދޫ
ކުލައިގައެވެ.
މިއުޅެނީ
އަމިއްލައަށް
ހަތާހަދައިގެންނެވެ.
މީގެތެރެއިން
މާމުއިކުޅަނދުރަކީ
މާމަލުންފޮނި
ބޮއިގެން
މާމުއި
އުފައްދާ
ސޫތްޕެކެވެ
ކުޅަނދުރުފާނަ
ނ
ފާނައިގެ
ބާވަތެއް.
މިއީރާއްޖޭގެ
ފަރުފަޅުތަކުގެ
ބޭރުގައި
ދިރިއުޅޭ
ފައްތައިގެން
ކުރާ
މަސްވެރިކަމުގައި
ބާނާމަހެކެވެ
ކުޅަނދުރުފާނަ
ކިޔައިފައިވަނީ
މަހުގައި
ހުންނަ
ކުދިކުދި
ފިތްތަކަށް
ބަލާފައެވެ
ކުޅި
ނ
(1)
އެއްގަމުގައި
ހެދިފައި
ހުންނަ
ފެންގަނޑު.
(2)
ހެވިކަން
ފަރިތަ
ކުރުމަށް
ކުރާކަންތައް
މީގެ
ކިތަންމެ
ބާވަތެއް
ހުރެއެވެ.
(3)
ބައެއްކުޅިވަރު
ތަކުގައި
ވަކި
ހަމަތަކެއްގެ
މަތިން
ބަދަލުކުރަމުން
ގެންދާ
ފިޔަވަޅުތަކުގެ
ތެރެއިން
ފިޔަވަޅެއް
މިސާލު:
ލަނގިރި
ޖެހުމުގައި
މާފަތިން
ކުޅިހަދައި
ނިމިގެން
ކުރުދަނޑިއަށް
ބަދަލުކުރުން.
(4)
ރާޒުވާއާއި
ފަޗިސްފަދަ
ކުޅިވަރުކުޅޭން
ހަދައިފައި
ހުންނަ
އެއްޗެހީގެ
ތެރެއިން
އެކަތި
(5)
އެކި
ބާވަތުގެ
ބަޑިކުޅި
ހަދާން
ތައްޔާރުކޮށްފައި
ހުންނަ
ބޭސްގަނޑު
(6)
ނއ
މިރުހުގައި
ހުންނަ
ރަހަ
ކުޅިވަރަކަށްހެދުން
މަޖާޒު:
އެކަމެއްގެ
ޙަޤީޤީ
ބޭނުމަށް
ނުވިސްނައި
މަޖަލެއްގެ
ގޮތުގައި
ވަގުތު
ދުއްވައިލުމަށް
އެކަމެއް
ކުރުމުން
ބުނެއުޅޭ
ގޮތެއް
މިސާލު:
ކިޔެވުން
ކުޅިވަރަކަށް
ހަދައިގެން
ދެކޮޅެއް
ނުޖެއްސޭނެއެވެ
ކުޅިފަސް
ނ
(1)
އޮއްވަޅުކުޅޭއިރު
ލިބޭ
ކާމިޔާބީ
(2)
މަޖާޒު:
ކަމެއްގައި
ވާދަކޮށްގެން
ލިބޭ
ކާމިޔާބީ
ކުޅިގަނޑު
ނ
(1)
ރާޒުވައާއި
ތިންހަމައާއި
އޮށްވަޅުފަދަ
ކުޅިވަރުގައި
ކުޅޭން
އަތުރާ
ކުޅުންގަނޑު
(2)
މަޖާޒު:
ނުބައެއް
އުފައްދާން
ރާވާރޭވުން
(3)
ބޭޒާރުނުވެ
ހިނގާ
ނޭދެވޭ
ކަންތައް
ކުޅީކުކުޅު
ނ
އެއްގަމު
ދޫނީގެ
ބާވަތެއް.
މިއީ
ވަލުގައި
އުޅޭ
ދޫންޏެކެވެ.
މިދޫނީގެ
ސިފަ
އެންމެ
ވައްތަރީ
ދިވެހި
ކަނބިއްޔާއެވެ.
ދޫނީގެ
ކުލައަކީ
ދޮން
ރީނދޫކުލައެވެ.
ދޫނީގެ
ފަތް
ހުންނަ
ކުލައާއި
ކުރެހުން
ސިފަކޮށްދައްކަނީ
"ދޮންމިރުސް
ކުކުޅާ"
އެއްކަހަލަ
ގޮތަކަށެވެ.
ތުނބާއި
ފައި
ހުންނަނީ
ދޮންކުލައިގައެވެ.
ބައެއް
ކުކުޅު
ހާލުގައި
ހުންނަ
"ގޮށްކެޔޮފޮތި"
ކަހަލަ
ތަންކޮޅެއް
ތުނބުގެ
މަތީކޮޅުގައި
ހުރެއެވެ
ކުޅުގަނދު
ނ
ބޭހަށް
ގެންގުޅޭ
މުލެއް
މިހުންނަނީ
ދަނޑިތަކެއްހެން
ބުރިބުރިއަށެވެ
މީގެ
ކުލައަކީ
ހުދުކުލައެވެ
ކުޅެންއެރުން
މ
ކުޅިވަރެއް
ކުޅޭއިރު
ކުޅެންވީމީހާ
ކުޅޭތަނަށް
ދިއުން
ކުޅޭކުޅޭ
ނއ
(1)
ކުދިން
ކުޅެން
ގެންގުޅޭ
(2)
ބޭނުންކުޑަ
(3)
ޙަޤީޤީނޫން
(4)
ހަލްކާ
ކުޅޭތާލަވަ
ނ
ގުޅަކުޅޭ
ފަސްގަނޑުގައި
ކުޅިޖަހައި
އުޅުނުއިރު
ބެރުގައި
ޖަހައި
އުޅުނު
ލަވަޔާއި
ފުމޭލަވަތައް
ކުކުޅު
ނ
(1)
މަހާ
ބިހުގެ
ބޭނުމުގައި
އޮޅު
ކޮށްގެން
ގެންގުޅޭ
ދޫންޏެއް
(2)
ހާލުގެ
އަންހެން
އެތި
ކުކުޅުފައިދޮށުވެފިޔޮކެއް މަރެއްނުވާނެ
)މިސާލުބަހެއް(
ކަމެއް
ރަނގަޅަށް
ދަންނަ
މީހަކު
އަތުން
ކަމެއް
ގޯސްނުވާނެކަން
ދެއްކުމަށް
ބުނެއުޅޭ
ބަހެއް
ކުކުޅުގުއިދޮއްވުމެކޭ އެއްގޮތްވުން
)ގބ
(
ފައިދާއެއްނެތްކަމެއް
ތަކުރާރުކޮށް
ކުރަންޖެހުމުން
ބުނެއުޅޭ
ބަހެއް
«
38
39
40
41
42
43
44
45
46
»