radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ބޭ
ނ
(1)
ދުވަސްވެ
މުސްކުޅިވެފައިވާ
ފިރިހެނާ.
(2)
ބޭބެ
ކިޔާ
މީހުންނަށް
ކިޔައި
އުޅޭގޮތެއް.
މިސާލު:
ދޮންބޭ
ކުޑަބޭ
ކަތީބުބޭ
ބޮއި
ނ
(1)
ތަނެއް
ނުވަތަ
އެއްޗެއް
ފާހަގަކުރުމަށްޓަކައި
ފެންމަތީ
އޮންނާނެހެން
ހަރުކޮށްފައި
ނުވަތަ
އުޅަނދުފަހަރު
އެޅުމަށް
ފެންމަތީ
އޮންނާނެހެން
ހަރުކޮށްފައި
އޮންނަ
ކޮންމެ
އެއްޗެއް
(2)
އުޅަނދުފަހަރު
ތަނެއްގައި
ނުވަތަ
އެއްޗެއްގައި
ޖެހިގެން
ގެއްލުމެއްވިޔަ
ނުދިނުމަށް
ކައިރިފަށުން
ބޭރުން
އެލުވައި
ހަރުކޮށްފައި
އޮންނަ
އެއްޗެއް
(3)
ބުއިން
މިބަހުގެ
ވާކަމާއި
އަމުރު
ބޮއްބޯ
ނ
)ސ.(
ކިރުއެރިފައިވާ
އުރަމަތި.
މިއި
ކުޑަކުދިން
ވާހަކަދައްކައި
އުޅޭއިރު
ކިޔައި
އުޅޭ
ގޮތެކެވެ.
ފެން
ނުވަތަ
ދަޅު
ކިރުފަދަ
އެއްޗެހި
ބޯން
ބޭނުންވީމާވެސް
މިހެން
ކިޔައެވެ
ބޮއްކުރާ
ނ
ދޯނިފަހަރު
ބަންނަ
ގޮތަށް
ބަނދެފައި
ހުންނަ
ކުޑަ
އުޅަނދެއް
މިބަނދެފައި
ހުންނަނީ
ކޮލި
ބޮޑުކޮންނެވެ.
މިއީ
ފަލިޖަހައިގެން
ނުވަތަ
ރިތުގެ
ބޭނުންކޮށްގެން
ދުއްވާ
އެއްޗެކެވެ
މި
ކުރިން
ޢާއްމުކޮށް
ބޭނުންކޮށް
އުޅެނީ
ދަތުރުވެރިން
އޮޑިފަހަރަށް
އަރާ
ފޭބުމަށެވެ
މީގައި
ކުނބެއް
ހުންގާނެއް
ނުހުންނާނެއެވެ
ބޮއްޔާދިއުން
މ
ވާރުނަގައި
އުޅުނު
ޒަމާނުގައި
އެކިއެކި
އަތޮޅު
އަތޮޅުން
ފުނަވާރަށްނެގޭ
ބޮލި
ބަލާ
ރަސްމީ
ގޮތުން
ހަނގުބޭކަލުން
ދިއުން
ބޮވައިގަތުން
މ
ބުއިމަކަށް
މާބޮޑަށް
ބޭނުންވުން
ބޮވުން
މ
(1)
ބޯހިތްވުން
(2)
ބޯންބޭނުންވުން
(3)
ތިމާގެ
އިޚުތިޔާރަކާ
ނުލައި
ދިޔާއެއްޗެއް
އަރުތެރެޔަށް
ދިއުން
(4)
ބޮއިނިމުން
(5)
)ޏ ސ(
މަޅިމެހުން
ބޮފައިމީހާ
ނ
)ސ (
(1)
ބަފާބޭ
(2)
ބަފާކަލޭގެ
ބޮލާކޮޅު
ނ
އެނދު
އަޑި
ފަދަތަންތާނގައި
އާދަވެގެން
އޮށޯވެ
ތިބޭއިރު
ބޯބާއްވާ
ކޮޅު
ބޮލާފޮށާއެޅުން
މ
(1)
އަނދެގެން
ހުންނަ
އެއްޗެއްގެ
ތިރީކައިރި
ފުރަގަހުން
ނަގައި
މޫނާއި
ބޮލާ
ނިވާކުރުން
(2)
ބޭޒާރުވުން
މަޖާޒު:
(3)
އަލިފާން
ނުފެންނަ
ވަރަށް
މަތީގައި
އަޅިބުރުން
ބޮލި ދިއްލުން
މ
ފަޅުމަތީގައި
ތިބޭ
ބޮލި
އޭގެ
ބުރަކަށި
ފެންނަވަރަށް
މަސްގަނޑު
ހާމަކޮށްގެން
ތިބީމާ
ކިޔާގޮތެއް
ބޮލިބަނުން
މ
(1)
ބޮލިންކޮއްޓޭ
ހެދުން
(2)
އޮޅިމެދު
ރަށްރަށުން
އަހަރުއަހަރަށް
ދޭންވާބޮލި
ހަނގުބޭކަލުން
ދުރުވެ
ނެންގެވުން
ބޮލިކެއްކުން
މ
ފެންކައްކާ
ބޮއްޔަށް
ބޭސް
އަޅައިގެން
ކެއްކުން
ބޮލިފެން
ނ
ކަރުތާފަތު
ވިހަޔަށް
ބޯންދޭ
ފެނެއް
މިއީ
ފެންކައްކާ
ބޮއްޔަށް
އެކަމަށް
ބޭނުންކުރާ
ބޭސްއަޅައިގެން
ކައްކާ
ފެނެކެވެ
ބޮލީ ދަތުރު
ނ
އޮޅިމެދު
ރަށްރަށުން
އަހަރަށް
ދޭންވާބޮލި
ބަންނާން
ތިލަލީ
ދަނޑި
ހިއްޕަވައިގެން
ހަނގުބޭކަލުން
ދުރުވާ
ދަތުރު
ބޮލުގައި އެޅުން
މ
(1)
ތާކިހަލާއި
ރުމާ
ފަދަތަކެތި
ބޮލުގައި
ބޭއްވުން
(2)
މަޖާޒު:
ކަމަކާ
ހަވާލުވުން
ބޮޑަބޭބެ
ނ
)ލ(
ބޮޑުބޭބެ
ބޮޑަބޭއް
ނ
)ސ (
ބޮޑެތި
ބޭނގު
ބޮޑަދެއްކުން
މ
(1)
ދެކޮޅުވެރިކަމަކާ
ނުލައި
ދެރަނުވާންވެގެން
ގޮތް
ދޫނުކޮށް
އުޅުން.
(2)
ކަމެއް
ކުރާހިތުން
ހުރެ
ގޮތްދޫނުކުރުމުގެ
ގޮތުން
އެކަމެއް
ނުކުރާން
ބުނުން.
(3)
ބޭނުންވުމާއެކުވެސް
ބޭނުންނުވާގޮތް
ދެއްކުން.
(4)
ގާތްމީހަކު
ލައްވައި
ތިމާ
ބޭނުންކަމެއް
ކުރުވުމަށްޓަކައި
ނުކިޔަމަންތެރިކަމެއް
ނުވަތަ
ނުރުހުމެއް
ދެއްކުން
ބޮޑު ދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެ
(މުސްކުޅިބަހެއް)
ރަށުގެ
މަތީ
ދަރަޖައިގެ
ދެމީހަކު
ދެމެދުގައި
ދެކޮޅުވެރިކަމެއް
ހިނގަންޏާ
ދަށުގައި
ތިބޭ
މީހުންނަށް
ގެއްލުން
ލިބޭނޭކަން
އެންގުމުގެ
ގޮތުން
ބުނެއުޅޭ
ބަހެއް
ބޮޑުހަނޑޫ
ނ
ކަމުވޮށި
ބޭފުޅުންނާއި
ބޮޑުބޭކަލުންނާއި
ކަނބަލުންނަށް
ސަރުކާރުން
އިހުގައި
އިނާޔަތެއްގެ
ގޮތުގައި
ދެއްވި
އެއްޗެއް
މިއީ
މަހަކު
03
ނާޅިމަގުން
ދެއްވި
ހަނޑުލެކެވެ
«
37
38
39
40
41
42
43
44
45
»