radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ކަމެއް
ނ
(1)
ދެރަގޮތެއް
މިސާލު:
އޭނާ
މަސްއަލަ
ޖެއްސިޔަކަސް
ކަލެއަކަށް
ކަމެއް
ނުވާނެއެވެ
(2)
ބޭނުމެއް
(3)
މަސައްކަތެއް
(4)
މުހުތާދެއް
)މުސްކުޅިބަހެއް(
(1)
މީހަކު
ކަމެއް
ކޮށްފާނަމޭ
ބުނުމުން
އެކަން
އޭނާއަށް
ނުވެވޭނެކަމަށް
ހީވާތީ
ބުނާ
ބަހެއް
(2)
މީހަކު
ކަމެއް
ކޮށްފާނަމޭ
ބުނީމާ
އެކަން
ކުރުވުމަށް
މަލާމާތުން
ހިތްވަރު
ދިނުމަށް
ބުނާބަހެއް
ފާނައޮންނާނީގާދަށުގައެވެ
ފާރަ
ނ
(1)
ތަނެއް
ނުވަތަ
ބަޔަކު
ރައްކާތެރިކުރުމަށް
ފަރުވާތެރިކަމާއެކު
ބަލަހައްޓާ
ބެލެހެއްޓުން
(2)
ކަމެއް
ހިނގާގޮތް
އޮޅުން
ފިލުވުމަށް
ސިއްރުން
ބަލާ
ބެލުން
(3)
)ބދ (
ކުއްތާ
(4)
)ލ (
ފާރު
ފާރަވެރިކަން
ނ
(1)
ފާރަވެރިކަމުގެ
ވަޒީފާ
(2)
ނއނ
ތަނެއް
ނުވަތަ
ބަޔަކު
ރައްކާތެރި
ކުރުމަށް
ފަރުވާތެރިކަމާއެކު
ބަލަހައްޓާ
ބެލެހެއްޓުން
(3)
ކަމެއް
ހިނގާގޮތް
އޮޅުން
ފިލުވަން
ސިއްރުން
ބަލާބެލުން
ފާރަވެރިވުން
މ
(1)
ތަނެއް
ނުވަތަ
ބަޔަކު
ރައްކާތެރި
ކުރުމަށް
ފަރުވާތެރިކަމާއެކު
ބެލެހެއްޓުން
(2)
ކަމެއް
ހިނގާގޮތް
އޮޅުން
ފިލުވުމަށް
ސއިްރުން
ބެލުން
ފާރަވެރިޔާ
ނ
(1)
ތަނެއް
ނުވަތަ
ބަޔަކު
ރައްކާތެރިކުރުމަށް
ފަރުވާތެރި
ކަމާއެކު
ބަލަހައްޓަން
ހުންނަ
މީހާ
(2)
ކަމެއް
ހިނގާގޮތް
އޮޅުން
ފިލުވަން
ސިއްރުން
ބަލަން
ހުންނަ
މީހާ
ފާޅު ކޮށްދިނުން
މ
(1)
ކުރިން
އެނގިފައި
ނުވާ
ކަމެއް
ޢާންމުކޮށްލައި
ދިނުން
(2)
އެހެން
މީހުންނަށް
އެނގޭ
ގޮތް
ހަދައިދިނުން
(3)
ހާމަވާނެ
ގޮތް
ހެދުން
(4)
ތަނެއް
ނުވަތަ
އެއްޗެއް
ފެންނަ
ގޮތް
ހެދުން
ފާޅުކުރުން
މ
(1)
ކުރިން
އެނގިފައިނުވާ
ކަމެއް
ޢާއްމު
ކުރުން
(2)
އެހެން
މީހުންނަށް
އެނގޭ
ގޮތް
ހެދުން
(3)
ކަޝްފު
ކުރުން
(4)
ހާމަކުރުން
ފާޅުވުން
މ
(1)
ސިއްރުވެފައިވާ
ކަމެއް
އެނގުން
(2)
ނިވައިވެފައިވާ
އެއްޗެއްގެ
ނިވާކަން
ކެނޑުން
(3)
ހާމަވުން
ފާޅުވެއެނގުން
މ
ވަންހަނާއެއް
ނެތި
ކަމެއް
ސާފުވުން
ފާކުރުން
މ
(1)
ވަކިވަރަކަށް
ދޮންވެފައި
ހުންނަމޭވާ
ފައްކާވެގެން
މަޑުވާނެ
ގޮތް
ހެދުން
(2)
ބަނބުކެޔޮ
ވަޅުލައިގެން
މަޑުވާގޮތް
ހެދުން
(3)
ކެކުރި
ފިތައިގެން
މަޑުވާގޮތް
ހެދުން
(4)
ދަނޑި
ފަދަ
އެއްޗެހި
މޫދު
އަޅައިގެން
ތޮށި
މަޑުކުރުން
(5)
އޮޅުގައި
ނުވަތަ
މޫދުގައި
އަޅައިގެން
ބޮނބި
މަޑުކުރުން
(6)
މަޖާޒު:
ތިމާކުރަންޖެހޭ
ކަމެއް
ބޮލުން
ނައްޓައިލައިގެން
އަނެކެއްގެ
ބޮލުގައި
އެޅުވުން
(7)
އުނދަގުލެއް
ޖެއްސުން
ފާއިތުކުރުން
މ
(1)
ވެއަތުކުރުން
(2)
ވަކި
ވަގުތަކު
ކުރަންވީ
ކަމެއް
އެވަގުތުގައި
ނުކޮށް
ދޫކޮށްލުން
ފާއްދައިލުން
މ
(1)
އަލިކަމެއް
ފާޅުވުން
(2)
ނިވަލެއްގެ
ތެރެއިން
ހާމަވުން
(3)
ދިޔާ
އެއްޗެއްގެ
ތެރޭގައި
ހުންނަ
އޮލަ
ހިމުން
ބައި
އަޑިއަށް
ފޮނުވައިލުން
(4)
)ހ (
އެއްޗެއްގެ
ތެރޭގައި
ހުންނަ
ރަނގަޅު
ނުވަތަ
ކުދި
ބޮޑު
ވަކި
ކޮށްލުން
(5)
ނީރާލުން
ފާވުން
މ
(1)
މޭވާފަދަ
ތަކެތި
ދޮންވެގެންގޮސް
މަޑުވުން
(2)
ބަނބުކެޔޮ
ފަދަ
ތަކެތި
އެއްޗަކަށްލައި
ބަންދުކޮށް
ހާސްކުރީމާ
މަޑުވުން
(3)
ބަލިމަޑުކަން
މެދުވެރިވާ
މެދުވެރިވުމަށް
ބުނެއުޅޭ
ބަހެއް
(4)
ކަމެއް
ނުބައިކޮށްފާނެ
ފަދަ
މީހަކު
ތަނަކަށް
އައުމުން
ބުނެއުޅޭ
ބަހެއް
މިސާލު:
އެއްވެސް
ކަމެއް
ނުނިމުނީ
އޭނާ
އެތަނަށް
ފާވެގެންނެވެ
(5)
ހަށިގަނޑުގެ
ތަނަކަށް
ހާނީއްކައެއް
ލިބި
އެތާނގެ
ލޭނުބައި
ވުމުގެ
ސަބަބުން
މަޑުވުން
(6)
އެއްޗެހި
ނުވަތަ
ފެން
ފެންގަނޑު
ތަޣައްޔަރުވެގެން
ނުބައިވުން
ފާފަވެރިވުން
މ
ދީނުގައި
މަނާ
ކޮށްފައިވާ
ކަމެއް
ކުރެވުން
ފާފަޔާމަތިވުން
މ
މަޖާޒު:
ނުކުރާކަމެއް
ބޮލުގައި
އެޅެވުން
)މުސްކުޅިބަސް(
ނުބައިކަންތައް
ކުރާމީހާއަށް
އެހެންމީހަކުވެސް
އެފަދަ
ކަމެއް
ކުރާނެއޭ
ހީވާނެކަން
އަންގައިދިނުމަށް
ބޭނުންކުރާ
ބަހެއް
ފުޅަށް
ބުޑުން
ދަންޏާ
ދޮން
ޙަސަނަށް
ހީވާނީ
ކެޔޮގަނޑު
ކަނޑާ
ހެންނެވެ
ފުޅަލިކެނޑުން
މ
(1)
ފުޅަފުގެ
މުޑިއަށް
ފުޅަލި
އައްސައިފައި
ހުންނަވާފަށް
ކަނޑައިލުން
(2)
މަޖާޒު:
ހިފެހެއްޓިފައި
އޮތް
ކަމެއް
ދޫކޮށްލުން
ފެންވުން
މ
(1)
އެއްޗެއް
ވިރި
ދިޔާވުން
(2)
މަޖާޒު:
ކަމެއް
މާދެރަވުން
(3)
އެއްޗަކަށް
ނުވުން
(4)
ތަނެއް
އަޑިޔަށް
ދިއުން
ފެންމަތިއަނދިރިވުން
މ
އުޑުމައްޗަށް
އަންނަ
ބަނަކަމެއްގެ
ސަބަބުން
ނުވަތަ
އިރު
އޮއްސުމުގެ
ސަބަބުން
ދުނިޔެމަތި
އަނދިރިވުން
މިއީ
ކަނޑު
ދަތުރުކުރުމުގައި
ބޭނުންކުރާ
ބަހެކެވެ
ފޮސްގަނޑު
ނ
)ހ.(
(1)
ފޮސް
ލަކުޑި.
(2)
އެއްވެސް
އާރެއް
ނުވަތަ
ހަރުކަމެއް
ނެތް
ލަކުޑި
(3)
މަޖާޒު:
ފަލަވެގެން
ހެލިފެލިވުން
އުނދަގޫ
ކަންނެތް
މީހާ
«
36
37
38
39
40
41
42
43
44
»