radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ފަތް
ނ
(1)
ގަހާއިވެޔޮ
ހެދެމުންދާއިރު
އޭގެ
އަރިމަތިން
ނުކުންނަމުން
ދާ
ތަނޑެއް
ހުންނަ
އެއްޗެއް.
ގަސްގަހުގެ
ހިޔާ
އޮންނަނީ
މީގެ
ސަބަބުންނެވެ.
މިވަރަށް
ތަފާތު
ގޮތްގޮތަށް
ތަފާތު
ކުލަކުލައިގައި
ހުރެއެވެ.
ޢާއްމުކޮށް
ހުންނަނީ
ފެހިކުލައިގައެވެ.
(2)
ބައެއްގަސް
އުފެދިފައި
ހުންނައިރު
ގަސްގަނޑެއް
ނެތި
ބުޑުން
ފަޅައިފައި
ހުންނަ
ތަފާތު
ކުލަކުލައިގެ
އެކި
ސިފަޔަށް
ހުންނަ
އެއްޗެހި.
(3)
ދީނީ
ގޮތުން
ނުވަތަ
ޤާނޫނީ
ގޮތުން
ލިޔެވޭ
ބައެއް
ޒާތުގެ
ލިއުން.
މިސާލު:
ހިބަފަތް.
އަތޮޅުވެރިކަމުގެ
ފަތް.
(4)
ދޫންޏާއި
ކުކުޅުހާފަދަ
ތަކެތީގެ
ފިޔައިގައްޔާއި
މުޅިގައިގައި
ފަޅައިފައި
ހުންނަ
އެއްޗެހި
(5)
މަޖާޒު:
ބޮލުގައި
ހުންނަ
އިސްތަށި
ހުބޮށި
ނ
(1)
އަންހެނުންގެ
ކުރިމަތީ
ދޮރުގެ
ކައިރިފަށް
(2)
ފަރުޖުގެ
ތުންފަތް
ހުޅި
ނ
(1)
ޒީނަތަށް
ބޮލުއިސްތަށިގަނޑުން
ޖަހާ
ގޮށް
(2)
ގުޅަކޮށް
ހައްޔަރުކޮށްފައި
އޮންނަ
އިސްތަށި
ގަނޑު
(3)
އަންހެނުންގެ
ރުމާއޮޅާން
ކައްޗޭ
ބޯފަދަ
ތަކެތީގައި
ފޮތީން
ބަންނަ
ބޮނޑި
(4)
ބައެއް
ދޫނީގެ
ބޮޅުގައި
ވަކީން
އުފުލިފައި
ހުންނަ
ފަތްކޮޅު
(5)
ސިންގާ
އަސްފަދަ
ތަކެތީގެ
ކަނދުރާމަތީގައި
ވަކީން
ދިގުކޮށް
އޮންނަ
ކެހެރިގަނޑު
(6)
)ޏ ސ (
ނާޅި
ލާހިފަދަ
ތަކެތީން
މިނާއިރު
އުސްތުނބަށް
ހުންނަތަން
(7)
ރާޅު
އުފުލިގެންދާއިރު
ވަކީން
އުސްކޮށް
ހުންނަތަން
ހުޅުނބުފިލާ
ނ
ފަތްޕިލާވެއްޔެއް
މިއީ
ވިނަހުންނަ
ތަންތާ
ގައި
ހެދޭގަހެކެވެ
މީގެ
ފަތްހުންނާނީ
ކޮޅުވައްކޮށް
ކުދިކުދި
ކޮށެވެ
ފަތްބުރަނދަގޮޑީފަތާ
ވަރަށް
ވައްތަރުވާނެއެވެ
މިފަތުގެ
ދިޔަ
ދުޅަވާތަންތާގައި
ވަށައެވެ
ހުކުރެދި
ނ
ބޭހަށް
ބޭނުންކުރާ
ފަތްޕިލާވެއްޔެއް
މިއީ
ގާތްގަޑަކަށް
ދެފޫޓުބަޔަށް
ހެދޭގަހެކެވެ
ފަތްތައް
ހުންނާނީ
ކުރަދިފަތާއި
ވައްތަރުކޮށް
އެއަށްވުރެ
މާތުނިކޮށެވެ
ހުއި
ނ
(1)
ހިމަދިގުކޮށް
ފަތް
ހުންނަ
ވިނަ
(2)
މޫދުވިނަ
(3)
)ލ (
މުގުރާމުގެ
ބާވަތެއް
ހުއިފަތުމަސް
ނ
ފަރުމަހުގެބާވަތެއް
މިބާވަތުގެ
ބޮޑެތިމަސް
ދިރިއުޅެނީ
މާކަނޑުގައެވެ
ފަޅުތެރެއަށްވަދެއުޅޭ
މީގެކުދިމަސް
ދުވެއުޅެނީ
އަރިއަށް
ތިބެގެން
ވަރަށް
މަޑުމަޑުންނެވެ
މިގޮތަށް
މިމަސްދުވާއިރު
ހީވަނީ
މަރުވެފައިވާ
ހުއިފަތް
ކޮޅެއް
އޮޔާ
ދާހެނެވެ
މަހުގެ
ކުލައަކީ
ގަދަމުށިކުލައެވެ
މަހުގެ
ނިގޫފަތް
ހުންނަނީ
ވަށްކޮށެވެ
ހުއިފަތުފިލޮޅު
ނ
ފިލޮޅުގެ
ބާވަތެއް
މިމަހުގެ
ތުން
ދިގުވެފައި
މަހުގެ
ހަށިގަނޑުގައި
ހުންނަ
ހުޅުބުތައް
ހަރުވެފައި
ބޮޑެއްޗެވެ
މަހުގެ
ބޮލުގެ
މަތީބަޔާއި
ކަރުތާފަތް
އަދިކަންފަތްގަނޑުގެ
ބުޑުދޮށުގައި
ހުޅުނބެއްނުހުރެއެވެ
މިމަހުގެ
ކުލައަކީ
މުށިކުލައެވެ
ހުއްދަފަތް
ނ
އިހުގައި
ވެރިކަމުގެ
ފަރާތުން
އެކިއެކި
ގޮތްގޮތުން
މަނާވެފައި
ހުންނަ
ކަންތައްކުރުމުގެ
އިޒުނަދެއްވުމަށް
ދެއްވާ
ފަތްކޮޅު
ހުވަނދުބޭސް
ނ
މީރުވަސްދުވާ
ބޭހުގެ
ބާވަތްތަކެއް.
އެއީ
ކެލާ
ބޮކަރު
ކަޅަނގާރި
ލާދަން
ފޮތި
ހުވަނދު
މަހުލަނބޯއޮށް
ކޮއްޗޭފަތް
ހުއިސުން
ކުމުންޒާނި
މިއެވެ
ހުވަނދުކޮތަން
ނ
ފަތުގައި
މީރުވަސްދުވާ
ކުޑަވަރެއްގެ
ގަހެއް.
މިގަހަކީ
ފަތްބޯކޮށް
ހުންނަ
ފަތުގައި
ކެހެރިހުންނަ
ޅަނދޮޅުކޮށް
ހެދޭ
ގަހެކެވެ
މިއީ
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ހުވަފަތުނަ
ނ
)ބދ (
ހުވަފަތް
ހުދުހުތްޕިލާ
ނ
ތިރިކޮށް
ހެދޭގަހެއް.
މީގެ
ކޮންމެ
ފަތްވަޅެއްގައި
ހުދުކުލައިގެ
ކުޑަކުޑަ
މާބޮޑިއެއް
ހުންނާނެއެވެ.
ފަތްހުންނާނީ
ދެކޮޅަށް
ހިމަކޮށް
ވަރަށް
ކުދިކުދިކޮށެވެ
މީގައި
ކިރު
ވަރަށް
ގިނައެވެ
ހުދުކާޅު
ނ
(1)
ހުދުފަތް
ހުންނަ
ކާޅު.
މިއީވަރަށްމަދު
އެއްޗެކެވެ.
(2)
މަޖާޒު:
ތިމާގެ
މީހަކު
ނުވަތަ
ރައްޓެއްސަކު
އެތައް
ދުވަހަކު
ނައިސްހުރެފައި
ގެއަށްއައިމައި
ހިތްހެޔޮކަމާއިއެކު
ސަމާސާއަށް
ބުނެއުޅޭ
ބަހެއް
މިބަސް
ބުނެއުޅޭ
ގޮތަކީ
"އައްދޭ!
ހުދުކާޅެއްދޯ!"
(3)
ނާދިރުއެއްޗެހި
ހުސްނުހީނާ
ނ
މީރުވަސްދުވާ
މަލެއް
އަޅާގަހެއް
މިއީ
ވާކޮށްފެތުރި
ހެދޭގަހެކެވެ
މިއީ
ފަތްގިނަ
ގަހެކެވެ
މާހުންނާނީ
މަޑުފެހިކުލައިގައި
ކޯޅިކޯޅިއަށެވެ
މިމާހުންނާނީ
ކުޑަކޮށް
ހިމަދިގުކޮށެވެ
މީގެ
މަލުގައި
ހުންނަނީ
ފަސް
ފިޔައެވެ
މިގަހުގައި
އަޅާމާ
ހަތްފަހަރަށް
ފޮޅެއެވެ
ހޫ
ނ
)ޏ ސ (
(1)
ލޯލި
(2)
އުއްދަނޑިފަތާއި
އޮނުފަތް
ފަދަ
ފަތްފަތުގައި
ހުންނަ
ތޫނު
ކެހެރި
(3)
)ލ (
ހުއި
ހެމަވަތި
ނ
)ގ (
ފަތް
ހިމަދިގުކޮށް
ބަދަބަދަޔަށް
ހެދޭތަނޑު
ހިމަވެލެއް
މިވެލުގެ
ފަތުގެ
ބުޑުދޮށުގައި
ނޫކުލައިގެ
ކުދިމަލެއް
ހުންނާނެއެވެ
ހެޔޮލަފާ
ނއ
(1)
އަޚްލާޤު
ރަނގަޅު
(2)
ޚުލްޤުހެޔޮ
(3)
އަޅުވެރި
(4)
ޢިއްފަތްތެރި
(5)
އޯގާވެރި
ހެޔޮލަފާކަން
ނއނ
(1)
އަޚުލާގު
ރަގަޅުކަން
(2)
ޚުލްގު
ހެޔޮކަން
(3)
އަޅުވެރިކަން
(4)
ޢިއްފަތްތެރިކަން
(5)
އޯގާވެރިކަން
ހެޔޮލަފާވުން
މ
(1)
އަޚުލާގު
ރަނގަޅުވުން
(2)
ޚުލްގު
ހެޔޮވުން
(3)
އަޅުވެރިވުން
(4)
ޢިއްފަތްތެރިވުން
(5)
އޯގާވެރިވުން
ހޮނޑު
ނ
(1)
އެތުގެނޭފަތް
(2)
މަދިރި
އާއި
މާބުރު
ފަދަ
ތަކެތި
އެއްޗެހިބޯން
ބޭނުންކުރާ
ތުން
«
1
2
3
4
5
6
7
8
»