radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
އާދަ
ނ
(1)
ވަކިޤަވާޢިދަކަށް
ހިނގަމުން
އަންނަކަމެއް
(2)
ބައެއްކަންތައް
ކުރާތަނަށް
ބޭރުމީހުންވަނީމާ
ދޭންޖެހޭ
ދަރަނި
(3)
ރަސްމީ
ބައެއްތަންތަނަށް
ވަނުން
ހުއްދަކުރުމަށްޓަކައިދޭ
ފައިސާ
(4)
ކުރަމުން
އަންނަކަމެއް
ބީފާނު
ނ
އާދައިގެ
އަންހެނުން
ނަށްވުރެ
ތަންކޮޅެއް
މޮޅު
އަންހެނުންނަށް
ކިޔާ
އުޅުނު
ވަނަމެއް
ބުޅަލުދޫ
ނ
އާދަކޮށް
ހަދާ
ވަރަށްވުރެ
ކުދިކޮށް
ހަދައިފައި
ހުންނަ
ހުނިހަކުރު
ފަތަފޮޅި
ބެރުލަވަ
ނ
(1)
ސަމާތާރާގައި
ޖަހާއާދައިގެ
ލަވައެއް
(2)
ބެރުގައިޖަހާ
ރާގު
ބޭރަށް ހިންގުން
ނ
އާދަޔާ
ޚިލާފަށް
ގިނައިން
ބޮޑުކަމުދާންވާ
ބައްޔެއް
ބޭރަށްލުން
މ
(1)
ތަނަކުން
ނެރެލުން
(2)
ނޯކިރީކަމުން
ވަކިކުރުން
(3)
ވިހައިގެން
ހަތްދުވަސްވާ
ދުވަހު
އާދަކާދައިގެ
މަތިން
މައިމީހާޔާ
ދަރިފުޅު
ގޭތެރެއިން
ބޭރަށް
ނެރުން
ބޮންޑާފާނަ
ނ
އޮޅުފާނައިގެ
ބާވަތެއް.
މިއީ
އާދައިގެ
ފާނައަށްވުރެ
ބިޔަ
ނިގޫފަތުގެ
ކޮޅު
އެއްވަރަކަށް
ހުންނަ
އަނގަ
ބޮޑު
ދަތްތޫނު
ގަދަރަތްކުލައިގެ
މަހެކެވެ.
މަހުގެ
ވަށައިގެން
ގަދަ
މުށިކުލައިން
ކައިރިއެޅިފައި
ހުންނަ
ނޫކުލައިގެ
ތިކިތަކެއް
ހުރެއެވެ.
އަދި
ބުރިކަށިމަތީގައި
ހުރަހަށްވާގޮތަށް
ފުޅާ
ދެތިން
ގަޅި
ހުރެއެވެ
ބޮލާކޮޅު
ނ
އެނދު
އަޑި
ފަދަތަންތާނގައި
އާދަވެގެން
އޮށޯވެ
ތިބޭއިރު
ބޯބާއްވާ
ކޮޅު
ބޮލިގަނޑު ކުޅުން
މ
ރިހާކުރު
ބޮލީގެ
ކުދި
ހަބޮލިން
ކުޅޭ
ކުޅިވަރެއް.
މިބޮލިތަކަށް
ހުންނާނީ
ތިމަރައަޅައިފައެވެ.
ކުޅޭނީ
ދެމީހުން
ނުވަތަ
3
މީހުން
ނުވަތަ
4
މީހުނެވެ
މިކުޅިވަރުގައި
ދެއަތް
ތިލައިގެ
ތެރޭގައި
ބޮލިތައް
ތަޅުވައިލައިފައި
ކުޅޭތަނަށްއަޅާ
ލަނީއެވެ
ބޮލިތައް
އެތުރޭ
ގޮތަކުން
މެދުގައި
ހުންނަބަންޑާރަ
ގަނޑޭކިޔާ
އާދައިގެ
ކުދިބޮލިތަކުން
ބޮލި
ލިބެމުންދާނެއެވެ
އެއްބޮލިބަންޑުންޖެހި
އަނެއް
5
ބޮލި
އުއްޑުން
އޮވެއްޖެނަމަ
އެއެޅުނީ
ފައްސިއްސެކެވެ
އެކަތި
އުއްޑުން
ޖެހިފައި
އަނެއްފަހެތި
ބަންޑުން
ޖެހިއްޖެނަމަ
އެއެޅުނީ
ދަހެކެވެ
ބޮޑައިބުރަކި
ނ
)ވ.(
ބުރަކީގެ
ބާވަތެއް.
މިބުރަކި
އާދައިގެ
ބުރެއްކަށްވުރެ
ތަންކޮޅެއް
ބޮޑެތިވާނެއެވެ.
މީގެ
ބޮޑުމިން
ގާތްގަނޑަކަށް
ދޮޅު
އިންޗި
ވަރުވާނެއެވެ
ބޮޑުހިތި
ނ
(1)
އިހުގައި
ރަސްކަމުގެ
ފަރާތުން
ރަސްމީގޮތުން
ފާހަގަ
ކުރާ
ދެދުވަހާއި
އެދެދުވަހުގެ
ރެއަށް
ކިޔާ
އުޅުނު
ނަމެއް.
ރަމަޟާންމަހުގެ
ބާވީސް
ވަނަ
ދުވަހަކީ
ހެންވޭރު
ބޮޑުހިތި
ދުވަހެވެ.
އެދުވަހުގެ
ރެއަކީ
ހެންވޭރު
ބޮޑުހިތި
ވިލޭރެއެވެ.
ރަމަޟާންމަހުގެ
ސައުވީސް
ވަނަ
ދުވަހަކީ
މާފަންނު
ބޮޑު
ހިތި
ދުވަހެއެވެ.
އެދުވަހުގެރެއަކީ
މާފަންނު
ބޮޑުހިތި
ވިލޭރެއެވެ.
ހެންވޭރު
ބޮޑުހިތި
ވިލޭރޭ
ރަދުން
ރަސްމީ
ޢިއްޒަތުގައި
ހިއްޗަށް
ވަޑައިގަންނަވާނީ
ލޮނުޒިޔާރަތްކޮޅުގައި
ހުންނަ
ޙަބުޝީގެފާނުގެ
މަޤާމުފުޅަށް
ޒިޔާރަތްކުރައްވައި
ފާތިޙާ
ވިދާޅުވާށެވެ.
މާފަންނު
ބޮޑުހިތިވިލޭރޭ
ރަދުން
ޢިއްޒަތުގައި
ވަޑައިގަންނަވަނީ
ޢަލިރަސްގެފާނުގެ
ޒިޔާރަތަށް
ފާތިޙާ
ވިދާޅުވާށެވެ. (2)
މާލެއަތޮޅުގެ
ފަޅުރަށެއް (3)
އާދައިގެ
ހިތިގަސް
ބޮޑުމުރާކި
ނ
މުރާކީގެ
ބާވަތެއް
މި
މުރާކި
އާދައިގެ
މުރާތްކަށްވުރެ
ބޮޑެތިވެފައި
ފޮނިވާނެއެވެ
ބޮޑުފާގަ
ނ
ފާގައިގެ
ބޮޑެތި
ވައްތަރު
މިހުންނާނީ
އާދައިގެ
ފާގަޔަށްވުރެ
އުންތައް
ތަންކޮޅެއް
ފަތާކޮށެވެ
ބޮޑުމިން
އާދައިގެ
ތޮރަޔާ
ގާތްކުރާނެއެވެ
ބޮޑުފިނިހައް
ނ
ފިނިހަކުގެ
ބާވަތެއް.
މިހުންނަނީ
ފޫއެނބުރި
ފާޑަށް
އެއަށްވުރެ
ފަލަކޮށްނެވެ.
މިއީ
ގަސްގަހަށް
ގެއްލުންދޭ
އެއްޗެކެވެ.
މިފިނިހަކައަކީ
ވަރަށް
އަވަހަށް
ގިނަވާ
ވިހަ
އެއްޗެކެވެ
މީގެ
ތޮށިގަނޑު
އާދައިގެ
ފިނިހަކުގެ
ތޮށިގަނޑަށްވުރެ
ތުނިވާނެއެވެ
މިފިނިކަމުގެ
ތޮށިގަނޑުގައި
ހުންނަނީ
ގަދަމުށިކުލައެވެ
ތޮށިގަނޑުގައި
ފަނޑު
މާޒާން
ކުރެހުމެއް
ހުރެއެވެ
ބޮޑުފޭލި
ނ
ފިރިހެނުން
އަނދެއުޅުނު
ފޭއްޔެއް
މި
ފޭލި
އާދައިގެ
ފޭއްޔަށްވުރެ
ބޮޑެތިވާނެއެވެ
މިއީ
ރަސްމީ
ކަންކަމުގައި
އަނދެ
އުޅުނު
ފޭއްޔެކެވެ
(4) )ޅ( ބޯވަޅުގައި އަޅާއެއްޗެހި ބޯވަޅު
ނ
(1)
އަންހެނުންގެ
އާދައިގެ
ދިވެހި
ލިބާހު
ކަރުވަޅުގެ
ކައިރީގައި
އަޅައިފައި
ހުންނަ
ހިރުތަކަކާއި
ޖަހައިފައި
ހުންނަ
ބަގިޔާތައް
މީގައި
ކަސަބާއި
ބާދަލަޔާއި
ފަށުޔާއި
އުއިބޭނުންކުރެއެވެ
(2)
އަންހެނުންގެ
ހެދުމުގެ
ކަރުގައި
ވަށައިގެން
ގޮތްގޮތަށް
އަޅައިފައި
ހުންނަ
ފޮތިކޮޅު
(3)
ފޮތިބޯވަޅު
ޅަހަނޑޫ
ނ
ހަނޑުލުގެ
ބާވަތެއް.
މިއީ
އާދައިގެ
ހަނޑުލަށްވުރެ
އަވަހަށް
މަޑުވާ
ހުދު
ހަނޑުލެކެވެ
ދިވެހީން
އާއްމުކޮށް
މިހަނޑޫ
ބޭނުންކޮށްއުޅެނީ
ބަތްޕެނާއި
ބޮނޑިބަތް
ކެއްކުމަށެވެ
ޅޮސްމިޔަރު
ނ
ނިދަން
މިޔަރުގެ
ވައްތަރެއް.
މިއީ
އާދައިގެ
މިޔަރަށްވުރެ
ކުރު
ބަނޑުބޮޑު
މިޔަރެކެވެ
ކަންފަތް
ތަންކޮޅެއް
ދިގުވާނެއެވެ
މިއީ
ވަކިން
އުޅޭ
މިޔަރެކެވެ
އޮޔާދާ
އެތިއެތި
ކޮޅުގެ
ކައިރީ
ހުއްޓި
ހުންނާނެއެވެ
ކަހަނަގެނޑި
ނ
)ޏ (
ބުރަނދަ
ގޮނޑީގެ
މޫދިގު
ވައްތަރު
މިއީ
ފެތުރި
ހެދޭ
ގަހެކެވެ
މީގެ
ފަތް
އާދައިގެ
ބުރަނދަ
ގޮނޑީގެ
ފަތަށްވުރެ
ބޮޑެތިވާނެއެވެ
މިއީ
ބޭހަށްވެސް
ބޭނުންކުރާ
އެއްޗެކެވެ
ކަނބައިދިކިލެގެ
ނ
ކަބައިދިކިލެގެ
ކަމަށް
ކޮލިލައްވާފައިވާ
އަންހެނާ.
މިއީ
ރާއްޖޭގެ
އިހުގެ
އާދަކާދައިގެ
ކަންކަމުގައްޔާއި
ރަސްކަމުގެ
ޢިއްޒަތުގެ
ކަންތަކުގައި
ލަފާހޯއްދަވައި
އަދި
ޢިއްޒަތުގެ
ބައެއް
ކަންކަމުގައި
ބޭނުން
ހިއްޕަވާ
އަންހެން
ތިންކިލެގެއިން
ތެރެއިން
އެއް
ކިލެގެއެވެ
ކަނބުލޭގެ
ނ
ނަމުން
ނުބުނެ
އަންހެނަކާ
ދިމާއަށް
ބުނާގޮތް
މިގޮތަށް
ކިޔައިއުޅެނީ
އާދައިގެ
އަންހެނުންނާ
ދިމާއަށެވެ
«
1
2
3
4
5
6
7
8
»