radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ގަނޑު
ނ
(1)
އެއްޗެއް
ދެރަކޮށްލުމުގެ
ގޮތުން
ބުނާބަހެއް.
މިސާލު:
މުންޑުގަނޑު.
(2)
މުޅި
އެތިކަން
އެންގުމަށް
ބުނާ
ބަހެއް.
މިސާލު:
ކެޔޮގަނޑު.
(3)
އަންހެނުންނާއި
ޅަދަރިންނަށް
ލޯބިން
ވަކިނަމަކާ
ގުޅުވައިގެން
ކިޔާ
ނަމެއް.
މިސާލު:
)ހ(
ލޯބިގަނޑު.
)ށ(
ކުއްޖާގަނޑު.
(4)
ހަށިގަނޑުގެ
ލޭ
ނުބައިވުމުގެ
ސަބަބުން
ދުޅަވާ
މުލިހި
ފާޑުގެ
ތަނެއް.
މިސާލު:
އޭނާގެ
އުކުޅުވަޅުގައި
ގަނޑެއް
ނަގައިފިއެވެ.
(5)
ލަކުޑިން
ހަދައިފައިވާ
އެއްޗެއް
މަރާމާތު
ކުރުމަށާއި
އަދި
މިނޫންވެސް
ގޮތަކުން
ލަކުޑިގަނޑަކަށް
ގުޅާލާ
ލަކުޑީގެ
ބައި.
(6)
ވަކި
ސަރަހައްދެއް
ކަނޑަ
އެޅުމުގެ
ގޮތުން
ބުނާ
ބަހެއް.
މިސާލު:
ތަންގަނޑު
މީހުން.
(7)
އެއްޗެއްގެ
ބައެއްކަން
ދޭހަކޮށްދިނުމަށް
ބުނާ
ބަހެއް.
މިސާލު:
މަސްގަނޑު.
(8)
ތަގަރި.
(9)
ފިނިވެގެން
ގޮސް
ވާހަރު.
)01(
ގަނޑުފިއްލާ
ކުޅޭއިރު
ފިލުވައި
ނިވާކޮށްފައި
އޮންނަމީހާ
(11)
ބައެއް
ކުޅިވަރު
ކުޅުމަށް
ބުނެއުޅޭ
ބަހެއް
މިސާލު:
)ހ(
ރާޒުވާ
ގަނޑެއް
ޖަހައިލުން
)ށ(
ތާސްގަނޑެއް
ޖަހައިލުން
(21)
ކަރުދާސްއަރި
މިސާލު:
ކަރުދާސްގަނޑު
ކަންވާރުފުރުވުން
މކ
އެންގަނޑުދޫކުރުން
ކަންފަތިލަވަ
ނ
)ސ (
ކަންފަތު
ފޫޅުގަނޑު
ކަންފަތް
ނ
(1)
އަޑުއިވޭގުނަވަން.
(2)
އިހުޒަމާނުގެ
ބޮޑުބަޑީގެ
މެދަށްވުރެ
ފަހަތުގައި
ފޯލިކޮށް
ދެފަރާތަށް
ނެރެފައި
އޮންނަތަން.
(3)
ކަންފަތް
ތާކިހަލުގައި
ކަންފަތް
ނިވާކުރާން
ދެފަރާތުގައި
އެލިފައި
އޮންނަ
ފޮތިގަނޑު
ކަންފަތް ތާކިހާ
ނ
ދެފަރާތުން
ދެކަންފަތްގަނޑު
ބާލައިފައި
ހުންނަ
ރަތް
ތާކިހަލެއް
މިއީ
ބަޑިކޮށީ
މީހުން
ރަތްކުރުއްޕިލާއިރު
އަޅާތާކިހަލެވެ
ކަންގަނޑު
ނ
(1)
ބޮލުގައި
އަޅާ
ރުމާލާ
ފޮށާފަދަ
ތަކެތި
އޮޅައިފައި
ހުންނައިރު
އެއިން
ނެރެފައި
ހުންނަ
ކަން
ނުވަތަ
ކޮޅު.
(2)
އަނދެ
އުޅޭ
އެއްޗެހީގެ
ހަތަރުކަން.
(3)
ނުތޯޑުވައި
ހުންނަ
މުންޑާއި
ފޮށާފަދަ
ތަކެތި
އަނދެފައި
ހުންނައިރު
އުނގަނޑު
ރޮދިގަނޑު
ދަށުން
ކުރި
މައްޗަށް
ނެރެފައި
ހުންނަ
ކަން
ނުވަތަ
ކޮޅު
ކަންޒަށްލުން
މ
ހަނގުބޭކަލުންނާއި
އަވަށުމީހުންފަދަ
މީހުންކުރެ
މަސައްކަތަށް
ކުށް
ކުރާ
މީހުނަށާއި
މަސައްކަތަށް
ނުނުކުންނަ
މީހުންނަށް
އަދަބު
ދިނުމުގެ
ގޮތުން
ކޮންމެވެސް
ގަނބާ
ކިސަޑު
ގަނޑަކަށް
އެރުވުން
ގަނޑުވަރުތެރެ
ވަށާ
މިކަންޒު
އޮތް
ޒަމާނުގައި
އެފަދަ
މީހުން
އަރުވަނީ
އެކަންޒަށެވެ
ކަރުފިލާ
ނ
)ޅ (
ފިލާގަނޑުގެ
އެންމެ
ފަހަތުގައި
މުލަށްގަނޑަށް
ކަނޑައިފައި
އޮންނަ
ފިލާ
ކަރުފޮތި
ނ
މަސްދޯނީގެ
ފިލާގަނޑުގެ
ފަހުފޮތި
ކަރުދާސް
ނ
(1)
ގަސްގަހާއި
ފައިބަރު
ހުންނަ
އެހެން
ތަކެތިން
ތައްޔާރުކޮށްފައި
ހުންނަ
ތުނިގަނޑު
މިބޭނުން
ކުރަނީ
ލިޔާށާއި
ކުރަހާށާއި
ޗާޕުކުރާށެވެ
(2)
ސެމިނާ
ފަދަ
ބައްދަލުވުންތަކަށް
ހުށަހެޅުމަށް
ވަކި
މައިގަނޑު
ނަމެއްގެ
މައްޗަށް
ތައްޔާރުކޮށްފައިވާ
ދިރާސާ
ކަރުލުން
މ
(1)
ސަރުބަތާއި
ދިވެހި
ހަކުރުފަދަ
ތަކެތީގައި
ގަނޑުގަނޑަށާއި
ފުއްފުކަށް
ހަކުރު
އުފެދުން
(2)
ބޮނޑިއާއި
މެޓާ
ފަދަ
ތަކެތި
ހިލައި
ވަރުވެގެން
ބާލަން
ވީމާ
ދޯބުރާލިހަކުރު
ނުވަތަ
ނަބާޒު
ހަކުރު
މުގުރައިފައި
އެޅުން
(3)
ދިވެހި
ހަކުރު
ކަރުލާގޮތް
ހެދުން
ކަރެފޮއްތާ
ނ
)ގ (
މަސްދޯނީގެ
ފިލާގަނޑުގެ
ފަހުފޮތި
ކަބީލާ
ނ
އޮޑިދޯނި
ފަހަރު
ބަނުމުގައި
ދެލަކުޑިގަނޑު
ހަރުކުރާންޖަހާ
މަޢްދަނީ
އިއްޔެއް
މިހަރުކުރަނީ
ވަސަރު
ލައްވައި
މަލަރުކޮށް
ގެންނެވެ
ކަޅަހަނދި
ނ
ހަނދީގެ
ބާވަތެއް.
މިމަހުގެ
ކުލައަކީ
ވަރަށް
ގަދަ
އަޅިކުލައަކަށްދާ
ކަޅު
ކުލައެކެވެ.
މަހުގެ
ކަރުތާފަތްގަނޑުގެ
މަތީ
ކައިރީގައި
ކަޅުކުލައިގެ
ލަފެއް
ހުރެއެވެ
އަނގައިގެ
މަތީ
ތަލީގައި
ދެބަރިއަކަށް
ދަތް
ހުރެއެވެ
ކަޅަށް ޖެއްސުން
މ
މަޖާޒު:
ހިލޭއަންހެނުން
ހޯދަން
ރޭގަނޑު
ގޭގޭދޮށަށް
ދިއުން
ކަޅަންމަސް
ނ
ފަރުމަހުގެ
ބާވަތެއް
މިއީ
ތުން
އޫކޮށް
ހުންނަ
ކަޅުކުލައިގެ
މަހެކެވެ
މިމަހުގެ
ނަގޫފަތްކައިރީ
ދެފަރާތު
ކުރަގަނޑު
ހުންނާނީ
ތޫނު
ކައްޓެއްގޮތަށް
ދެފަރާތަށް
ނުކުމެފައެވެ
މިއީ
ތެޔޮކަންގަދަ
މަހެކެވެ
މަސްގަނޑު
ހުންނާނީ
ހުދުކުލައިގަ
އެވެ
ކަޅަމަސް
ނ
)ޅ
(
ވާލަން
މަހުގެ
ބާވަތެއް
މިއީ
ކަޅުކުލައިގެ
މަހެކެވެ
މިމަހުގެ
ނިގޫފަތްގަނޑުގެ
ބުޑުގައި
ދެފަރާތުގައި
ދެކަށި
ހުންނާނެއެވެ
ނިގޫފަތުގެ
ދެކޮޅު
ހުންނާނީ
ހިމަދިގު
ދެނަރުވާހެންނެވެ
ކަޅިހި
ނ
(1)
ފިލޮޅުގެ
ބާވަތެއް
މިމަހުގެ
ކުލައަކީ
މަޑުވައިލެޓުކުލައާ
ގުޅޭ
މުށިކުލައެކެވެ
މަހުގެ
ތުންފަތް
ހުންނަނީ
ފިޔާތޮށި
ކުލައެއްގައެވެ
މަހުގެ
ކަރުތާފަތްގަނޑުގައި
މަތީ
ތުން
ކައިރީގައި
ރަތްކުލައިގެ
ލަފެއް
ހުރެއެވެ
(2)
ކިއްސަރުވަޑާން
ކުރާ
މީހުން
ފާހަގަ
ލާން
ދެލިޖައްސާ
ކަށަވަރު
ކަޅިހިއަބު
ނ
ދެއެއްޗެއް
ހިމުން
ކުރަން
އެކަތި
އަނެކައްޗާއި
ގާތްކޮށް
އެކަތީގެ
އަރިމަތި
ހުންނަގޮތަށް
އަނެކަތީގެ
އަރިމަތި
ހެދުމަށް
ކަޅިހި
އަޅާއިރު
ދެއެތިގަނޑު
ދޭތެރެ
އެއްވަރު
ކުރުމަށްޓަކައި
ދެއެތިގަނޑު
ދޭތެރެ
ދުރުކުރުމަށް
ދެއެތިގަނޑު
ދޭތެރެއަށްޖަހާއަބު
ކަޅިމަސް
ނ
ކަނޑުމަހުގެ
މަސްގަނޑުގެ
އަރިމަތީގައި
ކަޅުކޮށް
އޮންނަތަން
ކަޅިސް
ނ
)ހ (
ރޭގަނޑުގެ
އަނދިރި
«
34
35
36
37
38
39
40
41
42
»