radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ފަތް
ނ
(1)
ގަހާއިވެޔޮ
ހެދެމުންދާއިރު
އޭގެ
އަރިމަތިން
ނުކުންނަމުން
ދާ
ތަނޑެއް
ހުންނަ
އެއްޗެއް.
ގަސްގަހުގެ
ހިޔާ
އޮންނަނީ
މީގެ
ސަބަބުންނެވެ.
މިވަރަށް
ތަފާތު
ގޮތްގޮތަށް
ތަފާތު
ކުލަކުލައިގައި
ހުރެއެވެ.
ޢާއްމުކޮށް
ހުންނަނީ
ފެހިކުލައިގައެވެ.
(2)
ބައެއްގަސް
އުފެދިފައި
ހުންނައިރު
ގަސްގަނޑެއް
ނެތި
ބުޑުން
ފަޅައިފައި
ހުންނަ
ތަފާތު
ކުލަކުލައިގެ
އެކި
ސިފަޔަށް
ހުންނަ
އެއްޗެހި.
(3)
ދީނީ
ގޮތުން
ނުވަތަ
ޤާނޫނީ
ގޮތުން
ލިޔެވޭ
ބައެއް
ޒާތުގެ
ލިއުން.
މިސާލު:
ހިބަފަތް.
އަތޮޅުވެރިކަމުގެ
ފަތް.
(4)
ދޫންޏާއި
ކުކުޅުހާފަދަ
ތަކެތީގެ
ފިޔައިގައްޔާއި
މުޅިގައިގައި
ފަޅައިފައި
ހުންނަ
އެއްޗެހި
(5)
މަޖާޒު:
ބޮލުގައި
ހުންނަ
އިސްތަށި
ލަދުގަސް
ނ
(1)
ތިރިކޮށް
ހެދޭ
ރަތްފެހި
ކުލައިގެ
ކުޑަގަހެއް
ކިރިޔާވެސް
އަޑެއް
އިވި
ޙަރަކާތެއްވެ
އެގަހަށް
ލޮޅުން
އަރާގޮތެއް
މެދުވެރި
ވެއްޖެނަމަ
އެގަހުގެ
ފަތްތައް
މޯޅިކުރެއެވެ
(2)
މަޖާޒު:
މާބޮޑަށް
ލަދުގަންނަ
އަންހެން
ކުއްޖާ
ލަގަނާފަތާ
ނ
)ގ (
އޮޑިދޯނިފަހަރުގެ
ކުނބުގެ
ކޮޅުފަސްކޮޅަށް
އޮންނަ
އިންނަފަތް
ލަސްކެޅެ
ނ
)ޏ (
ބޭހަށް
ބޭނުންކުރާ
ފިލާވެއްޔެއް
މިއީ
ވެލަށް
ދުވާ
އެއްޗެކެވެ
ފަތް
ހުންނާނީ
ހިމަދިގުކޮށެވެ
ލާރިފެލާ
ނ
)ސ.(
ފަތްޕިލާވެލީގެ
ބާވަތެއް.
މީގެ
ފަތުގެ
ސިފަ
ލާރީގެ
ސިފައާ
ވައްތަރުވާނެއެވެ.
މިއީ
ފެހިކުލަގަދަ
ބިންމަތީ
ލަހުން
ފެތުރޭ
ތިރި
ވިނައެކެވެ
ލިލީ
ނ
ކަނދޮޅުފަތާ
އެއްވައްތަރަށް
ފަތް
ހުންނަ
ތަނޑާއި
ފިޔަދިގު
ހުދުކުލައިގެ
މާ
އަޅާގަހެއް
ލީން
ނ
)ބދ (
(1)
ފިލީގެއަޑު
(2)
ލިޔުނީ
މިސާލު:
މިފަތް
މަލިން
މޫސާއަޅާލީން
ލޮނުމިރުސް
ނ
ހިކިމިރުހާއި
ފިޔަޔާއި
ލޮނުމެދާއި
ހިކަނދިފަތް
ކުޑަލޮނުކޮޅަކާ
އެކު
ފުނޑައި
ހިމުންކޮށް
ތައްޔާރުކުރާ
މިރުސް
ލޮނުމިރުސް ހަވާދު
ނ
ލޮނުމެދު
ފިޔާ
މިރުސް
ހިކަނދިފަތް
އަސޭމިރުސް
ދިރި
މިބާވަތްތަކުން
ތައްޔާރުކުރެވޭ
ހަވާދު
ލޯލި
ނ
ހަށިގަނޑުގައި
ހިމަކޮށް
ކުރުކޮށް
ފަތްތުނިކޮށް
ހުންނަ
އިސްތަށި
ގަނދާފެލާފަތް
ނ
)ސ (
ގެދަފަތް
ގަންޖާ
ނ
ހިމަކޮށް
ވާކޮށް
ހެދޭ
ގަހެއްގެ
މާގަނޑާއެކު
ހިއްކައިފައި
ހުންނަ
ފަތް.
މިބޭނުންކުރަނީ
މަސްތުވުމަށްޓަކައި
ސިނގިރޭޓުގެ
ގޮތުގައި
ބުއިމަށެވެ
ގަންޖު
ނ
ކުރަފަތްފަދަ
ތަކެތިލާން
ހަމުން
ހަދައިފައި
ހުންނައުރަ
ގައިހެދުން
މ
(1)
ދޫނިސޫފާސޫފި
އޭގެ
ފަތްގަނޑު
ރީތިކުރުމަށްޓަކައި
ފިޔަގަނޑު
ތަޅުވައި
ތުނބުން
ގައިގެ
ފަތްތައް
އޮމާންކުރުން
(2)
މަޖާޒު:
ހެދުމާއި
އިސްތަށިގަނޑު
ރީތިކުރުމަށް
އިރުއިރުކޮޅާ
އެކި
ގޮތްގޮތްހަދައި
ފަރިބަލައިހެދުން
ގައިކެހެނބުޅި
ނ
ތިރިކޮށް
ހެދޭގަހެއް
މިގަހުގެ
ފަތް
ހުންނަނީ
ވަށް
ބުރަކަށެވެ
ފަތުގެ
ކައިރީގައި
ތުނޑުތުނޑު
ހުރެއެވެ
މިގަހުގެ
ފަތްގައިގެހަމުގައި
ޖެހުމުން
ގައިކަހާނެއެވެ
ގަދަބިންފާޅަ
ނ
ގަސްގަހަށާއި
ތަންތަނަށް
ހަކިހިއްޕަމުން
ހެދެމުންއަރާ
ވަރުގަދަ
ވެލެއް.
މިވެލުގެ
ފަތްހުންނާނީ
ބޮޑަތިކޮށް
އަލަފަތާ
ވައްތަރު
ގޮތަކަށެވެ
ގަސް
ނ
(1)
ބިމުން
ފަޅައިގެން
ބިމަށް
މޫލައި
ހެދޭ
އެއްޗެއް
މީގައި
ގަސްކަނދަކާއި
މުލާއި
ފަތް
އެކުލެވެއެވެ
މިއީ
ތަފާތު
އުސްމިނަށް
ތަފާތު
ވައްތަރު
ވައްތަރަށް
ހުންނަ
އެއްޗެކެވެ
މީގެ
ތެރޭގައި
ބޭހަށާއި
އިންސާނުންގެ
ކެއުމަށާއި
ލަކުޑިއަށާއި
ދަރަށް
ބޭނުންކުރާ
ބާވަތްތައް
ހިމެނެއެވެ
އިންސާނުންގެ
ކެއުމަށް
ބޭނުންވާ
މައިގަނޑު
ބައިތައް
ލިބެނީ
މިއިންނެވެ
(2)
ފެނުގައި
ހެދޭ
މުލާއިފަތާއި
ގަސްކަނދު
ހުންނަ
ބާވަތްތައް
(3)
ގަސްގަހުގެ
ސިފައިގައި
ހަދައިފައި
ހުންނަ
އެއްޗެހި
ގަޓަރި
ނ
އެއްކޮށް
ބަންޑެލިކޮށްފައި
ހުންނަ
އެއްވައްތަރުގެ
މުދާ
މިސާލު:
)ހ(
އުއި
ގަޓަރި
)ށ(
ދުންފަތް
ގަޓަރި
)ނ(
ކަރުދާސް
ގަޓަރި
ގިރުނބާފިލާ
ނ
ގިރުނބާގެ
ފިލަޔާ
ވައްތަރަށް
ފަތްހުންނަ
ފަތްޕިލާވެއްޔެއް
އެގަހުގެ
ފަތްވާނީ
ދެތިންއިންޗިވަރެވެ
ފަތުގައި
ކުދިކުދި
ކަށިތަކެއް
ހުރެއެވެ
މީގެ
ފަތްބޯވެފައި
ބިނދޭހާ
މުރަނައެވެ
ފަތުގެ
ތުނޑުކޮޅުހިމައެވެ
ގިއުޅި
ނ
ނޫފެހިކުލައިގައި
ބޮނޑިކޮށް
ހުންނަ
ފަރުމަހެއް
މިމަހުގެ
ލޮލުގެ
ކުރީގައި
އަޑިވެފައި
ހުންނަ
ދިގުރޮނގެއް
ހުރެއެވެ
ކަންފަތްގަނޑު
ކުރުވެފައި
އޭގެ
ކޮޅުވަށެވެ
މަތީ
ކޮތަރިބައިގައި
ކަޅުކުލައިގެ
ލައްތަކެއް
ހުރެއެވެ
ގިތެޔޮކޯޅި
ނ
ފަތްޕިލާވެލީގެ
ބާވަތެއް
މިއީ
ތިރިކޮށް
ހެދޭ
ގަހެކެވެ
ދިވެހި
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
«
34
35
36
37
38
39
40
41
»