radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ނީ
ނ
(1)
ހަނޑޫފަދަ
ތަކެތި
ފޮޅީމާ
ނެގޭ
އެންމެ
ހިމުންބައި
(2)
އޮޑި
ފަހަރުގެ
ކުނބުގެ
ކުރީގައި
ސާމޯރުޖަހަން
ހިމަކޮށްފައި
ހުންނަ
ތަންކޮޅު
(3)
ބދ
ކުރީކޮޅު
ބޭސްކަރަ
ނ
އަރިދަފުސް
ރޯގާއަށް
ބޭނުންކުރާ
ދިވެހި
ބޭހެއް.
މިއީ
ދުންނިކަފަތް
ފެނުކައްކައިގެން
ނުވަތަ
ޅައަންނާރު
ފޮޅިކޮށްގެން
ހިއްތަލަފުށް
ނުވަތަ
ގޮދަން
ފުށުގައި
މަތިކަރާބޭހާ
ދިޔާ
ހަކުރު
އަޅައިގެން
ހިލާ
ބޭހެކެވެ
މިބޭސް
ހިލުމުގައި
ފޮނިތޮށި
ކާފޫރުތޮޅި
އަޅައެވެ
ފޮނިތޮށި
ކާފޫރުތޮޅި
އަޅާނީ
ބޭސްގަނޑު
ހަރުވަމުން
އަންނަ
އިރުއެވެ
ބޭސްގޯނބިލި
ނ
އޮށް
ބޭހުގެ
ތެރޭން
ހިމެނޭ
ކުޑަވަރެއްގެ
އޮށެއް
މިހުންނާނީ
ގޯނބިލީގެ
ސިފައިގައެވެ
ބޮހ
އ
ކޮބާ
ކިހާވަރެއްވި
އަހެރެންބުނިގޮތަށް
ނޫންމިވީ؟
މިހެން
ބުނެއުޅެނީ
ދެމީހަކު
ޒުވާބުކުރަމުންގޮސް
ތިމާބުނިގޮތް
ވީމައެވެ
ބޮށިގަނޑަ
ނ
)ސ.(
(1)
ވިހައިގެން
އުޅޭ
މީހުންނަށް
ބޯންދޭން
ތައްޔާރުކުރާ
ބޭހެއް.
މިއީ
މަތިކަރާ
ބޭހާއި
ގަސްގަހުގެމޫ
އެއްކޮށްގެން
ހަދާ
ބޭހެކެވެ.
މިބޭހަށް
"ބޮށިގަނޑަ"
މިހެން
ކިޔަނީ
މައިގަނޑު
އެއްޗަކަށް
ވަނީ
ބޯށިގަހުގައި
އަންނަ
ޅަބޯށިގަނޑުކަމަށް
ވާތީއެވެ.
(2)
ގަސްގަހުގައި
އެއްތަނޑަކަށް
ނުފޮޅި
ހުންނަ
މާގަނޑު
ބޮނބިފަޅީވައި
ނ
ހާނީއްކައެއް
ދުޅައެއްނުވެ
ބޮނބިފަޅީގައި
ރިހޭރިހުން
ބޮނބިދެލި
ނ
ބޮނބި
އަންދައި
ދެއްޔަށްވީމާ
އަޅިޔަށް
ނުވަނީސް
ފެންޖަހައި
ނިއްވައި
ފައިހުންނަދެލި
ބޮނދު
ނ
(1)
ރާޒުވާކުޅިބައިގެވެރިކުޅި.
(2)
ކަނޑުމަތީގައި
އުޅޭ
ކުޑަވަރެއްގެ
ދޫންޏެއް.
މިދޫނީގެ
ފިޔަހުންނާނީ
ހަނިކޮށެވެ.
ވަރަފަތް
ތައް
ހުންނަނީ
ތޫރިކޮށެވެ.
(3)
މަޖާޒު:
ރަނގަޅަށް
ބޮޑުނުވެ
ހުންނަމީހާ.
(4)
)ގ.(
ލަނޑާ
ބޮނޑަނަ
ގޮނޑުދޮށު
ދޫނީގެ
ބާވެތެއް.
މިއީ
ހަށިގަނޑު
ބޮނޑިމަސް
ތުންކުރު
ދޫންޏެކެވެ.
މިދޫނީގެ
ދެފިޔައިގެ
މަތީ
ފަރާތާއި
ބުރިކަށިމައްޗާއި
ބޮލުތަލަމަތީ
ގައި
ހުންނަނީ
އަޅިކުލައެވެ
ކަރު
ދަށުން
ފެށިގެން
ބަނޑުދަށާއި
ފިނދުފަތް
ހުންނަނީ
ހުދުކުލައެއްގައެވެ
ތުންހުންނަނީ
ކަޅުއަޅި
ކުލައިގައެވެ
ބޮނޑަންއިލޮލި
ނ
ގޮނޑު
ދޮށު
ދޫނީގެ
ބާވަތެއް.
މިއީ
ބޮނޑަނައާއި
ވައްތަރު
ދޫންޏެކެވެ.
މީގެ
ތުން
ދިގުވެފައި
ތުނބުގެކުރީކޮޅު
ހުންނަނީ
ތިރިއަށް
ލެނބި
ލައިފައެވެ.
ތުނބުގެކުލައަކީ
ކަޅުދަނބުކުލައެވެ
ދޫނީގެ
ބުރަކަށިމަތީގައި
ހުންނަނީ
އަޅި
މުށި
ކުލައެވެ
ބަނޑުދޮށް
ހުންނަނީ
ހުދުކުލައެއްގައެވެ
ފިޔައިގެ
ކުރުފަތްބައިގެމަތީ
ކައިރި
ހުންނަނީ
ހުދުކުލައިގައެވެ
ބޮނޑަވަކި
ނ
(1)
ކަނޑުގަސް
ޒާތުގެ
ބޮޑުގަހެއް.
މިގަސް
ހެދެނީ
ގާތްގަނޑަކަށް
01
މީޓަރާ
51
މީޓަރާ
ދެމެދު
އުސްމިނުގައެވެ.
މިގަހުގެ
ލަކުޑިއަކީ
ވަރުގަދަ
ހަރު
ލަކުޑިއެކެވެ.
(2)
ބޮޑަވަކި
ގަހުގެ
ވައް
މިވައް
ހުންނަނީ
އަރިއަރިޔަށް
ހިމަދިގުކޮށެވެ
ކަނޑޫވަކަށްވުރެ
ބޮޑުވާނެއެވެ
ވަކުގެ
ފޫޅުގަނޑު
ހުންނާނީ
ވަކިގަނޑެއްހެނެވެ
ބޮނޑި
ނ
(1)
ފޮތިފަށްތަކެއް
އޮޅައިގެން
ހަދައިފައި
އޮންނަ
ހަރު
ގުޅައެއް.
މިއީ
ގަނޑު
ފިއްލާކުޅޭއިރު
ފޮރުވަން
ހަދައިފައި
އޮންނަ
އެއްޗެކެވެ.
(2)
ބޮނޑިކުޅުމަށް
ގެންގުޅޭ
ރަބަރު
ބޯޅަ.
(3)
މަހުގެ
ކަށިފަތިކަހައިގެން
ނަގާ
މަހުން
ގުޅަވަށައިގެން
ކައްކައިދިލަ
ޖައްސާފައި
އޮންނަ
ގުޅަ.
(4)
އެއްކޮށް
ބަނދެފައި
އޮންނަ
އެއްބާވަތެއްގެ
އެއްޗެހި
މިސާލު:
)ހ(
ބިލެތްބޮނޑި
)ށ(
ރޯނުބޮނޑި
)ނ(
ފަންބޮނޑި
(5)
ފޯލިކޮށް
ހަދައި
ބޭރުގައި
ފަތްލައިފައި
ހުންނަ
ފޮނި
ހެދިކާއެއްޗެއް:
ޢާއްމުކޮށް
މިހަދައި
އުޅެނީ
ގަބުޅި
ހުންޏާއި
ދިވެހި
ހަކުރާ
އެއްކޮށް
ހިލައިގެންނެވެ.
މިސާލު:
ހުވަދޫބޮނޑި.
(6)
މީހުންނާއި
ޖަނަވާރުގެ
ގައިގައި
ޖަހާ
އެތިފަހަރު.
(7)
ލިބޭކެހި
ނުވަތަ
ދޭކެހި
(8)
ފޮނިބޯކިބާ
(9)
)ސ ޏ (
ބޭނޑި
)01(
ވެށުން
ބޮނޑިބަތް
ނ
ހަނޑުލާއި
ގޮދަނާއި
ސާގާއި
ބަނބުކެޔޮ
ފަދަ
ތަކެތިން
ކައްކާ
ފޮނިކާއެއްޗެއް
ބަނބުކޭލުގައި
ކައްކަނީ
ކުދިކޮށް
ކޮށައިގެންނެވެ
ގޮވާމުގެ
ބާވަތްތަކުގައި
ކައްކަނީ
ހުރިގޮތަށެވެ
މިކެކުނީމާ
ހުންނާނީ
ތަތްކޮންނެވެ
ބޮނޑިބަތްބޮލި
ނ
ބޮލީގެ
ބާވަތެއް.
މިއީ
ދޮޅު
އިންޗިއެއްހާ
ބޮޑުމިނުގެ
ތޮށިގަނޑު
ވަރަށް
ބޯކޮށް
ހުންނަ
ބޮއްޔެކެވެ
މިބޮލީގެ
ބުރިކަށިމަތި
ހުންނަނީ
ދޮންކުލައިގެ
ތިކިތަކަކުން
މާތަކެއް
ޖަހައިފައި
ހުންނަ
ކަހަލަ
ގޮތަކަށެވެ
މިތިކިތައް
ހުންނަގޮތުން
ވައްތަރުވާނީ
ކުދިބަތު
ބޮނޑިބަތް
ތައްޓަށް
އަޅައިފައި
ހުންނައިރު
ފެންނަ
ގޮތާއެވެ
ބޮނޑިކަނދޮޅު
ނ
ކަނދޮޅުގެ
ބާވަތެއް
މި
ގަހުގެ
ފަތް
ހިމަދިގުވެފައި
ފެހިކުލަ
ގަދަވާނެއެވެ
ގަސް
ވައްތަރުވާނީ
ލިލީ
ގަހާއެވެ
ލިލީއަށްވުރެ
ކުދިވާނެއެވެ
މާ
ހުންނާނީ
ތިރީބައި
ތާޅަފިލިމާ
ހުންނަ
ގޮތަށެވެ
މަތީބައި
ހުންނާނީ
ލިލީމަލާ
އެއްގޮތަށެވެ
މަލުގެ
ކުލަޔަކީ
ހުދު
ކުލައެވެ
މިއީ
ބޮޑު
ފިޔާގެ
ސިފައިގައި
އޮންނަ
ގޮނޑިއެއް
އޮންނަ
ކަނދޮޅެކެވެ
ބޮނޑިކުޅުން
މ
އެތެރޭގައި
ހޮއި
ނޯންނަގޮތަށް
ރަބަރުން
ހަދައިފައި
އޮންނަ
ބޯޅަޔަކުން
ކުޅޭ
ކުޅިވަރެއް
ކުޅުން.
މިކުޅިވަރުކުޅޭނީ
މީހުން
ދެބަޔަށް
ބަހާލައިގެންނެވެ.
ކުޅޭނީ
ބިންމަތީގައި
ބޯޅަޖަހައިގެން
މައްޗަށް
އެރީމާ
އަތުން
ކަނދު
ހުރަސްކޮށް
ޖަހައިގެންނެވެ.
މީގައި
ސައްޕު
ޖަހާނީ
ފައިންނެވެ.
އަތްމަތި
ފޯލީގައި
އަތް
ޖެހިއްޖެނަމަ
ނުބައިވެފައިތިބި
މީހުން
ދިރޭނެއެވެ
ބޮނޑިމަސްކާށި
ނ
ރޯދަޔަށް
ހަނދުބަލާރޭ
ފައިންޕުޅު
ހިފައި
ނިމޭއިރަށް
ދާލަބޮޑުއަށި
ކައިރީގައި
ހަނގުބޭކަލުންނަށް
ތައްޔާރުކޮށްފައި
ހުންނަ
މާހެފުން
މީގައި
ހުންނާނީ
ބޮނޑިއާއި
އާރޮހާއި
މަހާއި
ކާއްޓެވެ
ބޮނޑިފޮރުވުން
މ
ގަނޑު
ފިއްލާ
ކުޅޭއިރު
މޮޅުވާބައިގެ
މީހުން
ކުރާ
ކަމެއް.
މިކަންކުރާގޮތަކީ
21
ލަނޑު
ހަމަވީމާ
ބޮނޑި
ފޮރުވަނީއެވެ.
ދެރަވިމީހުން
ބޮނޑި
ހޯދަމުންގޮސް
ފެނިއްޖެނަމަ
މޮޅުވިބައިގެ
މީހުން
ރިހަޔާބަތާ
ކައްކައިފައި
އަނެއްބަޔަށް
ކާންދޭން
ޖެހުނީއެވެ.
ބޮނޑިނު
ފެނިއްޖެނަމަ
އެމީހުން
ބޮނޑިފޮރުވި
މީހުން
ރިހަޔާބަތާ
ކައްކައިފައި
ކާންދޭން
ޖެހޭނެއެވެ
ބޮނޑު
ނ
ހަތަރެސްފައި
ހުންނަ
ސޫތްޕެއް
މިއީ
ހޯނާ
ވައްތަރުގޮތަކަށް
އޮންނަ
ހޯނަށްވުރެ
ބޮޑު
ސޫތްޕެކެވެ
މީގެ
ނަގޫދިގެވެ
މިއީ
ހަންގަނޑުބޯ
ހަމުގައި
ހުޅުނބު
ވައްތަރު
އެއްޗެއް
ހުންނަ
އެއްޗެކެވެ
މީތި
ބިސްއަޅަނީ
ބިމުގައި
ވަޅު
ކޮނެގެންނެވެ
މިޢާންމުކޮށް
އުޅެނީ
ގަސްގަހުގައެވެ
ބޮނޑުބިސްހިމެރި
ނ
ހިމެރީގެ
ބާވަތެއް
މިބާވަތުގެ
ހިމެރީގެ
އޮށް
ހުންނާނީ
ބޮނޑުބިހުގެ
ސިފައިގައެވެ
ބޮނޑޮބޮލް
ނ
)ޏ (
(1)
އެމުގެ
ބާވަތެއް
މިމަސް
ހުންނާނީ
ބޯކޮޅަށް
ތަންކޮޅެއް
ބޮޑުކޮށް
ނިގޫކޮޅަށް
ހިމަކޮށެވެ
(2)
ރާޒުވާގެ
ބޮޑުބޯ
«
34
35
36
37
38
39
40
41
42
»