radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ގަނޑު
ނ
(1)
އެއްޗެއް
ދެރަކޮށްލުމުގެ
ގޮތުން
ބުނާބަހެއް.
މިސާލު:
މުންޑުގަނޑު.
(2)
މުޅި
އެތިކަން
އެންގުމަށް
ބުނާ
ބަހެއް.
މިސާލު:
ކެޔޮގަނޑު.
(3)
އަންހެނުންނާއި
ޅަދަރިންނަށް
ލޯބިން
ވަކިނަމަކާ
ގުޅުވައިގެން
ކިޔާ
ނަމެއް.
މިސާލު:
)ހ(
ލޯބިގަނޑު.
)ށ(
ކުއްޖާގަނޑު.
(4)
ހަށިގަނޑުގެ
ލޭ
ނުބައިވުމުގެ
ސަބަބުން
ދުޅަވާ
މުލިހި
ފާޑުގެ
ތަނެއް.
މިސާލު:
އޭނާގެ
އުކުޅުވަޅުގައި
ގަނޑެއް
ނަގައިފިއެވެ.
(5)
ލަކުޑިން
ހަދައިފައިވާ
އެއްޗެއް
މަރާމާތު
ކުރުމަށާއި
އަދި
މިނޫންވެސް
ގޮތަކުން
ލަކުޑިގަނޑަކަށް
ގުޅާލާ
ލަކުޑީގެ
ބައި.
(6)
ވަކި
ސަރަހައްދެއް
ކަނޑަ
އެޅުމުގެ
ގޮތުން
ބުނާ
ބަހެއް.
މިސާލު:
ތަންގަނޑު
މީހުން.
(7)
އެއްޗެއްގެ
ބައެއްކަން
ދޭހަކޮށްދިނުމަށް
ބުނާ
ބަހެއް.
މިސާލު:
މަސްގަނޑު.
(8)
ތަގަރި.
(9)
ފިނިވެގެން
ގޮސް
ވާހަރު.
)01(
ގަނޑުފިއްލާ
ކުޅޭއިރު
ފިލުވައި
ނިވާކޮށްފައި
އޮންނަމީހާ
(11)
ބައެއް
ކުޅިވަރު
ކުޅުމަށް
ބުނެއުޅޭ
ބަހެއް
މިސާލު:
)ހ(
ރާޒުވާ
ގަނޑެއް
ޖަހައިލުން
)ށ(
ތާސްގަނޑެއް
ޖަހައިލުން
(21)
ކަރުދާސްއަރި
މިސާލު:
ކަރުދާސްގަނޑު
ކަނޑުފެން
ނ
ކަނޑުގެ
ލޮނުގަނޑު
ކަނޑުތުރަފަތް
ނ
(1)
މަސާރީ
(2)
އެނދުވަށައިގެން
ދަމާ
ފޮތިގަނޑު
ކަނޑުގުރުވަ
ނ
ގުރުވައިގެ
ބާވަތެއް.
މިއީ
ކުދިކުދި
ހުޅުނބުތަކެއް
ހުންނަ
ހަންގަނޑުބޯ
ރީތި
މަހެކެވެ.
މަހުގެ
ދިގަށް
ކަޅު
ނުވަތަ
ގަދަމުށި
ކުލައިގެ
ފުޅާ
ރޮނގުތަކެއް
ހުރެއެވެ.
ތުނބާއި
ކޮތަރިތަކާއި
މަހުގެ
މަތީބައި
ހުންނަނީ
ދޮންރީނދޫ
ކުލައިގައެވެ.
ކޮތަރިތަކާއި
ނިގޫފަތުގައި
ކަޅުކުލައިގެ
ލައްތަކެއް
ހުރެއެވެ
މަހުގެ
ބަނޑުދަށް
ފަރާތުގައި
ހުންނަނީ
ރިހި
ހުދުކުލައެވެ
ކަނޑުގެރި
ނ
ވާލަންމަސް
ޢާއިލާގެމަހެއް.
މިމަހުގެ
ސިފައާއި
އުޅުން
ވާލަންމަހާއި
ވަރަށް
ވައްތަރުވާނެއެވެ.
މިބާވަތުގެ
ފިރިހެންމަހުގެ
ނިތްމަތިން
މަހުގެ
ކުރިއަށްވާ
ގޮތަށް
ދަޅެއް
ފަޅާފައިހުރެއެވެ.
އަންހެންމަހުގެ
ނިތްމަތި
ހުންނަނީ
ގޮތްބެއްހެން
އުސްވެފައެވެ.
މަހުގެ
މަތީބައިގެ
ކުލައަކީ
ގަދައަޅިކުލައެވެ
ބަނޑުދަށްފަރާތް
ހުންނަނީ
ފަނޑުހުދު
ކުލައެއްގައެވެ
މަހުގެ
އަނގަ
ކުޑަވާނެއެވެ
ހަންގަނޑު
ބޯވެފައި
ކުދިކުދި
ހުޅުނބުތަކެއް
ހުރެއެވެ
ކަނި
ނ
(1)
އަލިފާނުން
ބުރައިގެންދާ
ކުދިކުދި
އަލިފާންކޮޅު.
(2)
އަލިފާނުގެ
ތެރެއިން
ވަރަށް
ކުޑަމިން
ވަރެއް.
(3)
ދެއެއްޗެއް
ޖެހިގެން
ނުވަތަ
ކޭރުވިގެން
އުފެދޭ
އަލިފާންކޮޅު.
(4)
ލޮލަށް
ލިބޭ
ހާނީއްކައަކުން
ނުވަތަ
ކުރި
ބާރަކުން
ފެންނަހެން
ހީވާ
އަލިއަލިކޮޅު.
(5)
އެންމެ
ހިމަފޮދު
ވާރޭގެތިކި.
(6)
ބައްތިއާއި
ވޮށްފަދަ
ދިއްލާ
އެއްޗެހީގެ
ފީތާ
އަނދާފައިހުންނަ
ދެލިކޮޅު.
(7)
އެކިއެކި
ބޭނުމަށް
ގެންގުޅޭ
ކޮޅު
ދެކަތްޕަށް
ހުންނަ
ދަނޑި.
(8)
ބައެއްޒާތުގެ
މަސްބާނަން
އަރާން
މޫދުގައި
ޖަހާ
ދުނބުރި
ކަފިގަނޑު.
(9)
އަންނައެއްޗެހީގެ
ކަށިފަތީގެ
އެއްމެކައިރިފަށް.
)01(
ދޮރުގެ
ދެފަރާތުގެ
ދެގަނޑެތި.
(11)
ގޭގެ
މަތިވަޑާންގަނޑުގައި
ގޮތްގޮތަށް
ވިއްދައިފައި
ހުންނަ
އެއްޗެހި.
(21)
ހަތަރެސްކަން
ރިޔަލުގެ
ތިރީކޮޅުގެ
ދެކަން.
)31(
މާމުޔާއި
ހަކުރު
ފަދަ
ތަކެތި
ހިސާބަކަށް
ވާނުބައި
)41(
ދިއްލައިފައި
ހުންނަ
ބައެއް
އެއްޗެއްހީގެ
ހުޅުގަނޑުވާ
ކުޑަ
ކަނިކުރަދި
ނ
ކަނިއަޅާން
ގިލަމަތީ
ހުރަހަށް
އަޅައިފައި
އޮންނަ
ކުރަދިގަނޑު
ކަނިކުރުން
މ
(1)
ބައްތިފަދަ
ތަކެތީގެ
ހުޅުގަނޑު
ކުޑަކުރުން.
(2)
ބޮކިފަދަތަކެތީގެ
އަލިމަޑުކުރުން.
(3)
މާމުޔާއި
ހަކުރުފަދަ
ތަކެތި
ބަހަށްޓައިގެން
ނުބައި
ކުރުން
ކަނިކެނޑުން
މ
(1)
ވޮށުގެ
ފުކުންނާއި
ބައްތީގެ
ފީތާއިން
އަނދައިފައި
ހުންނަތަންކޮޅު
ކަނޑައިވަކިކުރުން
(2)
އަންނަ
އެއްޗެހީގެ
ކައިރިފަށް
ކެނޑުން
(3)
ކަނިއަޅައިފައި
ހުރިވާގަނޑު
އުފުރައިގެން
ދިއުން
ކަނިއެޅުން
މ
(1)
ކަނިކުރަދީގައި
ކަނީވާގަނޑު
ހަރުކުރުން
(2)
ދައްސޫރައިގެ
ކޮޅުގައި
މޯރާއެއްސުން
ކަނިވާ
ނ
ކަނީވާގަނޑު
ކަނިވާގަނޑު
ނ
ކަނިހަރުކުރާ
ވާގަނޑު
ކަނިވުން
މ
(1)
ބައްތިފަދަ
ތަކެތީގެ
ހުޅުގަނޑު
ކުޑަވުން
(2)
ހަކުރާއި
މާމުއިފަދަ
ތަކެތި
ހިސާބަކަށް
ނުބައިވުން
ކަނިގަނޑުޖެހުން
މ
ކަނިގަނޑުހެރުން
ކަނުހިރުގަނޑު
ނ
ކޮލުގެ
އެންމެ
އެތެރޭގައި
ހުންނަ
ދަތުގެ
ބިތްދޮށު
ހިރުގަނޑު
ކަންހުދުކުރުން
މ
ކަންހުދުރުމާލުގެ
ހަތަރު
ކަނުގައި
ހުންނަ
ހަތަރެސް
ކަން
ހަތަރު
ގޮޅިން.
)ރުމާއޮޅީމާ(
ފެންނަން
ހުންނަ
ތަންތަން
އުނގުޅައި
ސާފުކޮށް
ހުދުކުރުން.
މިކަންކުރާގޮތަކީ
މިކަމަށް
ތައްޔާރުކޮށްފައި
އޮންނަ
ފިލާ
ފޮއްޗެއްގައި
ގިނަ
ފަށް
ހުންނާނެހެން
ހުދު
ފޮތިކޮޅެއް
ފަތްޖަހައި
އޮޅައިލައިފައި
ކަންގަނޑުގެ
ދަށަށް
ލައްވައިގެން
ބޮނބިން
ހަދައިފައި
އޮންނަ
"ދަނޑި"
ކޮޅަކުން
ފެންލައިގެން
އުނގުޅައި
ސާފުކޮށްފައި
އަސުރުމާ
އޮށުގެ
އެތެރޭގައި
އޮންނަ
ފުށްކޮޅުނަގައިގެން
ފެންޖަހައި
ފިއްތައި
ގަށައިފައި
ކަން
ތަކުގައި
ހާކައި
އެއްވަރުކުރަނީ
އެވެ.
މިފުށް
ހާކާނީ
ހަރުލަކުޑީގެ
އޮމާން
ދަނޑި
ކޮޅަކުންނެވެ.
ފަހަކަށް
އައިސް
މިގޮތަށްކަން
ހުދު
ކުރުމުގެ
ބަދަލުގައި
ހުދުކުރަނީ
ކަރުދާސް
ތަތްކޮށް
ގެންނެވެ
ކަންހުދު
ރުމާ
ލަކީ
ފަސްރޮނގު
ރުމާލެވެ
ކަންނާޑި
ނ
މޫނުބަލާ
ލޯގަނޑު
ކަންނެޔޮބަލިކަން
ނ
ލޭނުބައިވުމުގެ
ސަބަބުން
ހަށިގަނޑުގެ
ބައެއްތަންތަނުގައި
ނަގާ
މުލިހި
ފާޑުގެ
ގަނޑެއް
ގިނައިން
މިގަނޑު
ނަގަނީ
އަތްފަޔާއި
އުކުޅުވަޅު
ފަދަ
ތަންތާނގައެވެ
ކަންބަޅިގަނޑު
ނ
ގައިގައިލާ
ރަޖާގަނޑު
ކަންއިލި
ނ
ކުދިވަރުގެ
މަހަށް
ހަރާން
ގެންގުޅޭ
ކަނިފަށްލީ
ދަގަނޑު
ކަންވަނުން
މ
ނިޔަފަތީގެ
ކަން
އެއިނގިލީގެ
މަސްގަނޑު
ތެރެއަށް
ހެރުން
«
33
34
35
36
37
38
39
40
41
»