radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ކުރާ
ނ
(1)
ބިންބިއާއި
އުރައާއި
ކުދިބަތްފަދަ
ގަސްގަހާއި
އަދި
މިގޮތަށް
ހެދޭ
ބައެއް
ވިނަގަސްގަހުގެ
އޮށް
ހުންނަ
މާގަނޑު
(2)
މިސްކިތު
ލާގެ
ފަދަ
ތަންތާނގައި
ނަމޫނާ
ކުރައެއްގެ
ސިފައިގައި
ވައްގަޑު
ނެތި
ލިޔެފައި
ހުންނަ
ކުޑަ
ތަނބެއް
(3)
ވައްގަޑުން
އެއްޗެހި
އޮއްސާން
ހަދައިފައި
ހުންނަ
ބާވަތް
ބާވަތުގެ
ކަންވާރު
މިސާލު:
)ހ(
ނަމޫނާކުރާ
)ށ(
ސައިކުރާ
ކުކުރާމުގުރުން
މ
(1)
ރުއިމާއެކު
ކުކުރުން
(2)
ކުރާންޖެހުނު
މަސައްކަތެއްގެ
ބުރަކަމުން
ނުވަތަ
ލިބޭ
ވޭނެއްގެ
ގަދަކަމުން
ނުހަނު
ބޮޑަށް
ކުކުރުން
ކުކުޅުވަހި
ނ
(1)
ދެފުރާޅަށް
ހިޔާކުރާ
ތަންތާނގެ
ކޮޅުން
ހުރަސްވަކަރާއި
ފައިދޮށާ
ދެމެދު.
(2)
ތެދު
ބިމެއް
ނަމަ
ފުރާޅަށް
ކަތިކޮށްފައިވާ
ހިސާބު
ކުކުޅުފައިފިލާ
ނ
ބޭހަށް
ބޭނުންކުރާ
ފަތްޕިލާވެލީގެ
ބާވަތެއް
މިއީ
އެއްތަންޑުގަނޑަކަށް
ހެދޭ
ގަހެކެވެ
މީގައި
އަޅަނީ
ރީނދޫކުލައިގެ
މަލެކެވެ
މިގަހުގެ
ފަތުގައި
ކެހެރި
ގޮތެއް
ހުންނާނެއެވެ
ފަތް
ހުންނަނީ
ފަސްތުނޑަކަށް
ކުކުޅުފަޔާއި
ވައްތަރު
ގޮތަކަށެވެ
ކުކުޅުގުއިދޮއްވުމެކޭ އެއްގޮތްވުން
)ގބ
(
ފައިދާއެއްނެތްކަމެއް
ތަކުރާރުކޮށް
ކުރަންޖެހުމުން
ބުނެއުޅޭ
ބަހެއް
ކުއްޅަފިލާ
ނ
ބިމުން
ފަޅައިގެން
ބޮނޑިބޮނޑިއަށް
ހެދޭ
ވިނައެއް
މީގެ
ފަތްތައް
ހުންނާނީ
ކޮޅަށެވެ
މިއީ
ކާންބޭނުން
ކުރާ
ފަތެކެވެ
ކުއްލާބުތެލި
ނ
އިހުގައި
ރޯދަމަހު
ކޮންމެ
ދުވަހަކު
އިރު
އޮއްސޭއިރަށް
ގަނޑުވަރުތެރޭ
ކުއްލާބުގެއަށް
ފޮނުވާ
ކަލިޔާ
ބިރިންޖީތެލި.
މިތެލީގައި
ވިހިނާޅި
ހަނޑުލުގެ
ބަތާއި
އެޔާވާނެ
ގުޅަމަހާއި
ހަކުރާއި
ލޮނުލުނބޯ
ހުންނާނެއެވެ.
މިއީ
އަތޮޅު
އަތޮޅު
ދެއްވައިފައި
ތިއްބަވާ
ބޭކަލުންނާއި
ބޮޑެތި
ފަޅު
ރަށްރަށް
ދެއްވައިފައި
ތިއްބަވާ
ބޭކަލުން
ފޮނުވަންޖެހޭ
ކެއުމެކެވެ.
މިފޮނުވާނީ
އެކިދުވަހު
އެކި
ބޭކަލުންނެވެ.
މިއީ
ގަނޑުވަރުތެރޭގައި
އުޅޭ
މީހުންނަށް
ދޭ
ކެއުމެކެވެ
މިކެއުން
ގެންދާއިރު
ލިބުނު
އެންމެ
ބޮޑު
ކުރުނބާ
އިހަލެއް
ގެންދާނެއެވެ
މިކުރުނބާއިހާ
ދަނޑި
މާރުލައިގެން
ގެންދަނިކޮށް
ފަގީރުކުދިން
މިއިހާ
ކަނޑައިލައިގެން
ބަހައިލުމީ
ހުއްދަކަމަކަށްވާތީ
ވަރަށް
މަދު
އިހަލެއްނޫނީ
ގަނޑުވަރުތެރެޔަށް
ގެންދެވޭ
ކަމަކަށް
ނުވެއެވެ
ކުފީރު
ނ
(1)
ދަތިތަންތަން
ސާފުކުރާން
ބޮނބިނަރުން
ބަނދެގެން
ގެންގުޅޭ
ފިހި
(2)
އެކިއެކ
ބޭނުމަށްޓަކައި
ބަނދެފައި
އޮންނަ
ފިހިގަނޑު
ކުފުރު
ނ
(1)
ކަލާނގެ
ރަސްކަން
ފުޅު
ވޮޑިގެންވާކަން
ޤަބޫލުނުކުރާ
ނުކުރުން
(2)
ކަލާނގެ
ރަސްކަންފުޅާމެދު
އިހާނެތިކޮށްބުނާ
ބުނުން
(3)
ލިބޭ
ނިއުމަތަށް
ދެކޮޅުހަދާ
ހެދުން
(4)
މަޖާޒު:
ކަމަކާހެދި
މާބޮޑަށް
އެދިގަނެގެން
އުޅޭ
އުޅުން
ކުދިރުވާލި
ނ
ފީނިކޮށް
ދަނޑިތައް
ވަކިވަކިން
ވާކޮށްހެދޭ
ގަހެއް
މީގެ
ދަނޑިވަރަށް
ވަރުގަދަވާނެއެވެ
މިގަހުގެފަތުގައި
ވަރަށްނުބައި
ހިތިވަހެއް
ހުންނާނެއެވެ
މާހުންނާނީ
އުނިއޮށެއްގެ
ބޮޑުމިނުގައި
އެތެރެހުސްކޮށެވެ
މަލުގެ
ސިފައަކީ
އާފަލެއްގެ
ސިފައެވެ
ކުލައަކީ
ފެހިކުލައެވެ
މީގެވަކި
ލަބަރިބަންނަން
ބޭނުންކުރެއެވެ
މީގެފަތަކީ
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ކުދިބަތް
ނ
ގޮވާމުގެ
ބާވަތެއް.
މިގަންނަނީ
ނާބަންނަހުއީގެ
މާގަނޑުކަހަލަ
ރީތި
އެއްކޮޅަކަށް
ހިމަކުރާ
ގަނޑެއް
ގައެވެ
ކުދިބޭކަލުން
ނ
ރަސްމީ
ޢިއްޒަތުގެ
ކަންތަކުގައި
ރަސްގެފާނާ
އެންމެ
އަރިހަށްތިބޭ
ޚާދިމުން
މިއީ
އެތެރެކޮއިލުގެ
އެތައްކަމެއް
ކުރާން
ބަތާ
ދެއްވާފައިތިބޭ
ރަސްމީ
ބައެކެވެ
ކުދިދުންފަތް
ނ
(1)
ދުންފަތުގެ
ބާވަތެއް
މިއީ
ބޮޑުދުންފަތާ
ޚިލާފަށް
ފަތްބޯ
ދުންފަތެކެވެ
ފަތްހުންނާނީ
ވަށްކޮށް
ކުދިކޮށެވެ
މިއީ
ޢާންމުކޮށް
ދުފަން
ބޭނުންކުރާ
ދުންފަތެކެވެ
މީގެރަހަ
ގަދަވާނެއެވެ
(2)
ދުފާފަތް
(3)
ކުދިފަތް
ކުލަބު
ނ
(1)
ޚާއްޞަ
މަޤުޞަދަކަށްޓަކައި
އެކުވެރިވެފައިވާ
ޖަމާޢަތް
(2)
ޖަމާޢަތެއްގެ
މީހުން
ކުޅިވަރުކުޅެ
ޚިޔާލުބަދަލުކޮށް
ހަދާން
ބައްދަލުކުރާ
ގެ
ކުލަފާނަ
ނ
ފާނައިގެ
ބާވަތެއް.
މިމަހުގެ
ކުލައަކީ
މުށިކުލައެވެ.
މުޅިމަހުގައި
ކަޅުކުލައިގެ
ތިކިތަކެއް
ހުރެއެވެ.
ދެއަރިމަތީގައި
ކަޅުކުލައިގެ
ލައްތަކެއްހުރެއެވެ.
މިއީ
ވަރަށް
ތަފާތު
ކުލަކުލައަށް
ކުލަ
ބަދަލުކުރާ
މަހެކެވެ
ކުލީ މީހުން
ނ
ކުއްޔަށް
މަސައްކަތް
ކުރާ
މީހުން
ކުލުނު
ނ
(1)
ލޯބި
(2)
ދެޖިންސުގެ
ދެމެދުގައި
ފާޅުކުރާ
ޝަހުވާނީ
އެދުން
ކުސަ
ނ
(1)
ދެގަނޑެއްޗެއް
އެއްކުރާން
ރޯނުން
ނުވަތަ
ނަނުން
ފުރާ
ބައިން.
މިގޮތަށް
ހުންނަ
ކޮންމެ
ބައިނެއް.
(2)
ފުށާއި
ހުންޏާއި
ހަކުރާ
އަޅައިގެން
ހިލާ
ކާ
އެއްޗެއް.
(3)
މަޖާޒު:
އެއްޗަކަށްނުވާހެން
ކުރާކަންތައް
ނުވަތަ
ހަދާ
އެއްޗެއްނޫނީ
ދައްކާ
ވާހަކަ
ކުސް
ނ
(1)
ކުޑަކުއްޖަކު
ކަމެއް
އެދިގެން
ކުކުރާލުމަކާއެކީ
ތަކުރާރުކޮށްބުނާ
ބުނުން
(2)
ކުކުޅުހައު
ބައެއްފަހަރަށް
އަނެކައްޗަށް
އަންގާން
ގޮއްވާ
އަޑު
ކުސްތެޅުން
މ
ކުޑަކުއްޖަކު
ކަމަކަށް
އެދިގެން
ކުކުރުމާއެކު
ތަކުރާރުކޮށް
ކިޔުން
ކުޑަދޮޅި
ނ
ބުރުގާއަޅާ
މީހުންނާއި
އަންހެނުން
ނަމާދުކުރާއިރު
ބޮލުއިސްތަށިތައް
ހިފެހެއްޓުމަށް
އަޅާ
ދޮޅިޖެހި
ފޮތިކޮޅު
«
33
34
35
36
37
38
39
40
41
»