radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ލީ
ނ
(1)
އުކުނުގެ
ބިސް
(2)
ލުން
މިބަހުގެ
ނިމި
ނިމުނުކަން
ތިންމުގޯލި
ނ
ވަކިދުރުމިނެއްގައި
ތިންމުގޯލި
އަޅައިގެން
ފިލާގަނޑަކާއި
ޓެނިސް
ބޯޅައަކުން
ކުޅޭ
ކުޅިވަރެއް.
މިކުޅިވަރު
ކުޅޭއިރު
ބައެއްގައިތިބޭ
މީހުންގެ
ވަކިޢަދަދެއް
ކަނޑައެޅިފައެއްނޯވެއެވެ.
ކުޅޭގޮތަކީ
ބޯޅައެއްލީމާ
ފިލާގަނޑުންޖަހައި
ބޯޅަދުއްވައިލުމާއެކު
އަރާ
މުގޯއްޔަށް
ނުވަތަ
ކޮޅުމުގޯއްޔަށް
ދުވެއަންނަނީއެވެ.
މިގޮތަށް
ދުވަނިކޮށް
މުގޯއްޔަށް
ނޭރެނީސް
ކުޅުންތެރިޔާގައިގައި
ނުވަތަ
އަރަންދާ
މުގޯލިތެރޭގައި
ބޯޅައިން
ޖަހައިފިނަމަ
ކުޅުންތެރިޔާ
ނުބައިވީއެވެ.
ކުޅުންތެރިޔާ
ޖަހާބޯޅަ
ހިފައިފިނަމަ
މުޅިބައި
ނުބައިވީއެވެ
ތިންޖަންގީކައްޕި
ނ
ތިންފުރޮޅުލީކައްޕި
ތިރޮނަ
ނ
)ބދ (
(1)
ތިންއިރުވަރު
(2)
)ސ (
ހީނލީމާ
ކޮޅުގައި
ހުންނަ
އަޑިކޮޅު
ތިމަރަވައި
ނ
ތިމަރަބަލީގެ
ވައްތަރެއް
މިބަލީގައި
އުރަވަޅީގެ
ހަންގަނޑު
ހިރުވައި
ކަހާގޮތްވެ
ތޮށިބޯވެ
އެތިގަނޑުގަނޑަށް
ހަންނެއްޓެއެވެ
ތިމަރަލުން
މ
(1)
ތެލިތެލީގައްޔާއި
ލޯގަނޑުފަދަ
ތަކެތީގެ
އެތެރޭގައި
ތިމަރަ
ދިޔާކޮށްގެން
ހޭކުން
(2)
މަސްބާނާ
ބުޅީގެ
ބޭރުގައި
ތިމަރަ
ދުއްވުން
ތިމާގެކަން
ނއނ
އާއިލީ
ގޮތުން
ގުޅުން
ހުރިކަން
ތިމާގެކަންބެހެއްޓުން
މ
(1)
ތިމާގެ
ކަމުގެ
ގުޅުން
ބޭއްވުން
(2)
އާއިލީ
ގުޅުން
ބެހެއްޓުން
ތިމާގެމީހާ
ނ
އާއިލީ
ގޮތުން
ގުޅޭމީހާ
ތުތި
ނ
)މ (
މޫދުގައި
ފޮތިކެނޑޭގޮތަށް
ގާކޮޅެއް
އެއްލީމާކެނޑޭފޮތި
ތޫނު
ނއ
(1)
ކޮށި
މިބަހުގެ
އިދިކޮޅު
(2)
އެއްޗެއްގައި
ހުންނަ
ކެނޑޭގޮތް
ނުވަތަ
ވިރުވާލާގޮތް
(3)
މިޔަލީ
ތަކެތީގެ
މިޔައިގައި
ހުންނަ
ފަސޭހައިން
ބުރިކުރެވޭ
ނުވަތަ
ކެފޭގޮތް
(4)
ވިސްނުންތެރި
(5)
ހިތްއަލި
(6)
ތޫރިކޮށްހުންނަ
(7)
އިވުމާއި
ފެނުމުގެ
ބާރުގަދަ
ތޫނުބޭސް
ނ
ތޫނު
ކަމުގެ
އަސަރު
ހުންނަ
ޚާއްޞަ
ބޭހެއް.
މިބޭސް
ބޭނުންކުރަނީ
ހަށިގަނޑުގެ
ބޭރަށް
ޖެހޭ
ބައެއް
ބަލީގައި
އުފެދިފައި
ހުންނަ
ނުބައި
ތަންތަނާއި
މަސްގަނޑު
ގިރުވައިލުމަށާއި
ބައެއް
ތަންތަނުގެ
މަސްކޮށައިލުމަށްޓަކައްޔާއި
އެމަސްގަނޑު
މަރައިލުމަށެވެ
ތޫތުގަސް
ނ
ތުނޑުލީ
ފަތްތަކެއް
ހުންނަ
ވާކޮށް
ހެދޭގަހެއް
މިގަހުގައި
އަޅާނީ
ހިމަދިގުކޮށް
ހުންނަ
އިންޗިއެއް
ނުވަތަ
ދޮޅުއިންޗީގެ
ބޮޑުމިނުގެ
ހުތްފޮނިރަހަލާ
މޭވާއެކެވެ
މިދޮންވީމާ
ހުންނާނީ
ކަޅުރަތް
ކުލައިގައެވެ
ތެއުގުޅާސާދާކުރުން
މ
)މިސާލުބަހެއް(
(1)
ޙަޤީޤަތާ
އިދިކޮޅުން
ފޮނިކެނޑުން
(2)
ޚިޔާލީ
ފޮލާކެއްކުން
ތެމިފޯވުން
މ
(1)
އެކީއެކަށްތެމުން
(2)
ފެލައިލީމާ
ތިކިތަޅާވަރަށް
ތެމުން
ތެލެކެހި
ނ
)ސ (
ކައްކާތެލީގެ
ވަތުގައި
ހިފައިފައިހުންނަބައި
ތެޔޮގުޅާސާދާ
މ
ޚިޔާލީފޮލާ
ތެޔޮގުޅާސާދާކުރުން
މ
ޚިޔާލީފޮލާކެއްކުން
ތޭރި
ނ
(1)
ކުޑަދޮރުގެ
ދެއޮޅި
ދޭތެރޭގައި
ލަކުޑިން
ނުވަތަ
ދަގަނޑުން
ޖަހައިފައި
ހުންނަ
އެއްޗެހި.
(2)
ލަކުޑިން
ހަދައިފައި
ހުންނަ
ބައެއް
ތަކެތީގެ
ދެފައިކޮޅު
ދޭތެރެއަށް
ލައްވައިފައި
ހުންނަ
ހިމަދިގު
އެއްޗެހި.
މި
ވަށްކޮށާއި
ހަތަރު
އަރިއަށާއި
ދިގުހަރު
އަޅައިގެން
ލިޔެފައިވެސް
ހުރެއެވެ
މިސާލު:
)ހ(
އަދަރާދަގޮނޑީގެ
ތޭރި
)ށ(
އުނދޯލީގެ
ފަޑީގައި
ހުންނަތޭރި
(3)
ފަހާފޮށީގެ
ބަރަނި
އޮޅަން
ހަދައިފައި
ހުންނަ
އެއްޗެއް
(4)
ސަރަކައިގެ
ރޮދިއޮޅަން
ހުންނަ
ފޯލި
(5)
ފޭރާން
ވިޔާއިރު
އޮޅަން
ހުންނައެތި
ލަނގިރި
ނ
މާގަނޑުލީ
ކުރުދަނޑިޔާއި
މާފަތަި
ހިފައިގެން
ބެރުޖަހައިފައި
ލަވަކިޔަމުން
ކުޅޭ
ކުޅިވަރެއް
ލައިދެމުން
މ
(1)
އޮޑިފަހަރު
އޮޑިކޮޅަށް
ކުރިޔަށް
ނުގެންދެވިގެން
ދުރަށް
ނަގިއްޔެއްގެ
ބާލައި
އެނަގިލީގެ
ވަލުގައި
ހިފައި
ދަމައިފައި
އޮޑި
ކުރިޔަށް
ގެންދިޔުން
(2)
މީހަކު
ނުވަތަ
ކުއްޖަކު
ވަކިތަނެއްގައި
ހަމަ
ނުޖެހިގެން
އެއްތަނުން
އަނެއްތަނަށް
ގެންދިއުން
«
32
33
34
35
36
37
38
39
40
»