radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ބޭ
ނ
(1)
ދުވަސްވެ
މުސްކުޅިވެފައިވާ
ފިރިހެނާ.
(2)
ބޭބެ
ކިޔާ
މީހުންނަށް
ކިޔައި
އުޅޭގޮތެއް.
މިސާލު:
ދޮންބޭ
ކުޑަބޭ
ކަތީބުބޭ
ބުރުނާލު
ނ
ފަންގިފިލާ
ތައްޓުފަދަ
ތަންތަނަށް
އެޅޭފެން
ބޭރުވާން
ހުންނަލޯވަޅު
ބުރުދާވަކަރު
ނ
އުސްކޮށްހެދޭ
ގަހެއްގެ
ލަކުޑި.
މިގަހުގެ
ފަތުގެ
ތަނޑިދިގުވާނެއެވެ
ފަތް
ހުންނަނީ
ތުނޑުތުނޑުލައިފައެވެ
މިއީ
ހުދުކުލައިގެ
މަލެއްއަޅާ
ގޮފިބަލިގަހެކެވެ
މިގަހުގެ
އާރު
ހުންނަނީ
ދޮންމުށިކުލައެއްގައެވެ
އާރުގައި
މާޒާން
ކުރެހުންހުރެއެވެ
އާރުގެ
ބޭރުއޮޅުފަށްހުންނަނީ
ދޮންހުދުކުލައެއްގައެވެ
ލަކުޑިގަނޑު
މަށައިލުމުން
މީރުވަހެއް
ދުވާނެއެވެ
ބުރޮޅި
ނ
އޮށްބޭހުގެ
ފަސްބާވަތުގެ
ތެރެއިން
އެއްބާވަތެއް
މިއީ
ވަށްކޮށް
އެއްކޮޅު
ތަނޑެއްގެ
ސިފައަށް
ކުޑަކޮށް
ދިގުވެލައިފައި
ހުންނަ
އެއްޗެކެވެ
ބޭރު
ހުންނާނީ
އޮމާންކޮށެވެ
މީގެ
ކުލައަކީ
މުށިކުލައަކަށްދާ
އަޅި
ކުލައެކެވެ
ޢާއްމުކޮށް
ބޭހަށް
ބޭނުން
ކުރަނީ
ބުރޮޅިގެ
ބޭރެވެ
ބައެއްކަހަލަ
ބޭހަށް
މީގެ
މަދުވެސް
ބޭނުން
ކުރެއެވެ
ބުޅަދެލި
ނ
)އ.(
ފަޅުބޭރު
ތޮށިމަތީގައި
އުޅޭ
ލަނޑާވައްތަރުގެ
މަހެއް.
މިއީ
މަޑުފެހިކުލައެއްގައި
ހުންނަ
ލޮނދި
މަހެކެވެ.
އެންމެ
ބޮޑެތިކޮށް
ހުންނަނީ
ގާތްގަނޑަކަށް
ކައިވަތެއް
ވަރަށެވެ
ބުޅަލުލޯ
ނ
ޖަވާހިރެއްގެ
ނަން
މިހުންނާނީ
ބުޅަލެއްގެ
ލޯހެންނެވެ
މީގެ
ކުލައަކީ
މަޑުނޫކުލައެވެ
އަނގޮޓީގައި
ޖަހާ
އެހަކަށް
މިބޭނުންކޮށް
އުޅެއެވެ
ބުޅާގޯނިންބޭރުވުން
މަޖާޒު:
ބޭޒާރުވުން
ބުޅި
ނ
ކޮޅު
ގުދުކޮށް
އޮންނަ
އޭގައި
އެއްޗިހި
އަޅުވަން
ބޭނުންކުރާ
އެއްޗެއް
މިސާލު:
މަސްބާނާބުޅި
ފުރާޅުގެޓިނު
ހިފަހައްޓާން
އަޅުވާބުޅި
ބުޅިޖެހުން
މ
(1)
މަސްބާނާ
ބުޅިހެދުން
(2)
ދޮށީގެ
މިޔަވާލީގައި
ލައިފައި
އޮންނަބުޅި
މަސްބޭނުމަށްޓަކައި
ހޫރައިފައި
ކަނޑަށްޖެހުން
ބުއްފުޅި
ނ
ކުޑަ
ކުދިންނަށް
ދިޔާ
ތަކެތި
ދޭން
ބޭނުންކުރާ
ފުޅި
ބުއްދިބޯ
ނ
(1)
ވިސްނުންތެރިޔާ
(2)
ތިމާ
ބޭނުންވެގެން
އުޅޭކަމެއް
ހާސިލުކޮށް
ގަތުމަށް
ކުޅަދާނަ
މީހާ
(3)
ހީލަތްތެރިޔާ
(4)
މަކަރުވެރިޔާ
ބޫސްބޫސް
އ
ބުލާ
ގެންނަން
ބޭނުންވީމާ
ބުޅަލަށް
އަންނަން
ގޮވާލާގޮތް
ބެހިގެންދިއުން
މ
(1)
ދަތުރުކުރާ
އުޅަނދަކަށް
ލިބޭ
ގެއްލުމެއްގެ
ސަބަބުން
މިސްރާބު
އޮޅިގެން
ނުވަތަ
މިނޫންވެސް
ސަބަބަކާހުރެ
ދެވޭނުދެވޭ
ތަނެއް
ނޭނގި
ދެވުން.
(2)
ފުރާދުއްވާ
އެއްޗެއް
އަޅައިފައި
އޮއްވާ
ވައުކެނޑިގެން
އޮޔާދިއުން
ބެނޑި
ނ
)ސ (
(1)
އައްޑޫ
ބޮނޑި
(2)
ވަށްކޮށް
ފޮތިން
ފަހައިފައި
އޮންނަ
ކުޅެން
ގެންގުޅޭ
ގުޅައެއް
(3)
މަހުގެ
ކަށިފޮތި
ކަހައިގެން
ހަދައި
ހިއްކައިފައި
ހުންނަ
ގުޅަ
(4)
އެއްބާވަތެއްގެ
އެތައް
އެއްޗެއް
އެއްކޮށް
ބަނދެފައި
އޮންނަ
ބަންޑެލި
(5)
ފޯލިކޮށް
ހަދައި
ބޭރުގައި
ފަތްލައިފައި
ހުންނަ
ފޮނިކާއެއްޗެއް
ބެން
ނ
ތޮށީބޭރުން
ކަނޑާގުޅިގެން
ތިލަކޮށް
ހުންނަ
އެތެރެ
އެނގޭ
ފަށަލަ
ބެންކު ކުރުން
މ
(1)
ބޭންކުގައިވާ
އެކައުންޓެއްގައި
ފައިސާ
ޖަމާކުރުން
(2)
ބެންކަށްލުން
ބެންޗު
ނ
(1)
ބައެއް
ކުޅިވަރުގައި
ޓީމުގައި
ހިމެނޭ
ރިޒާވު
ކުޅުންތެރިންނާއި
ޓީމުގެ
ކަންތައް
ބަލަހައްޓާ
މީހުން
ދަނޑުން
ބޭރުގައި
ނުވަތަ
ކޯޓުން
ބޭރުގައި
ތިބޭ
ގޮނޑި
(2)
ދިގުގޮނޑި
ބެރު
ނ
(1)
މިއުޒިކުގެ
އާލަތެއް
މިއީ
އޮނިގަނޑެއްގެ
އެއްކޮޅުގައި
ނުވަތަ
ދެކޮޅުގައި
ހަން
ނުވަތަ
އެފާޑުގެ
އެހެން
އެއްޗެއް
އަޅައިގެން
ހަދާ
އެއްޗެކެވެ
މީގެ
އަޑު
ނެރެނީ
ޖަހައިގެންނެވެ
(2)
މިޔުޒިކުގެ
ހަމަޔާ
ގުޅޭގޮތަށް
ވަކި
ތަރުތީބަކުން
ޖަހާ
އަޑު
(3)
ކަރަންޓު
ބޭނުންކޮށްގެން
ނުވަތަ
އެނޫންވެސް
ގޮތަކުން
ބެރުގެ
އަޑު
ނެރެން
ހަދައިފައިވާ
އެތި
ބެރުކޮޅުބޭލުން
މ
އިހުގައި
ގަޑުވަރުތެރޭ
ބޭފުޅަކު
ބެރުކޮޅު
ޖައްސަވާން
ވެގެން
ނާބުސް
ޚާނުން
އެތަނަކަށް
ބެރުގެންގޮސް
ބެހެއްޓުން
ބެރުޖެހުން
މ
(1)
އޮނިގަނޑެއްގެ
އެއްކޮޅުގައި
ނުވަތަ
ދެކޮޅުގައި
ހަން
ނުވަތަ
އެފާޑުގެ
އެހެން
އެއްޗެއް
އަޅައިގެން
ހަދާ
އެއްޗެއްގައި
ޖެހުން
(2)
މިއުޒިކުގެ
ހަމަޔާ
ގުޅޭގޮތަށް
ވަކިތަރުތީބަކުން
އެއްޗެއްގައި
ނުވަތަ
ތަނެއްގައިޖެހުން
(3)
ކަރަންޓު
ބޭނުންކޮށްގެން
ނުވަތަ
އެނޫން
ވެސް
ގޮތަކުން
ބެރުގެ
އަޑު
ނެރެން
ހަދައިފައިވާ
އެއްޗަކުން
އަޑުނެރުން
ބެކްޓީރީއާ
ނ
ލޮލަށް
ފެންނަ
ވަރަށް
ވުރެކުދި
ދިރޭއެއްޗެހީގެ
ބާވަތެއް
މިބާވަތުގެ
ބައެއް
ވައްތަރުތައް
ހިމެނެނީ
ތަފާތު
ބަލިތައް
ޖައްސާ
ޖަރާސީމުގެ
ތެރޭގައެވެ
އަނެއްބައި
ވައްތަރުތަކަކީ
އިންސާނުންނާއި
ޙައިވާނުންގެ
ހަޖަމުގެ
ނިޡާމަށް
ނުވަތަ
ޗީޒްފަދަ
ކާނާ
ތައްޔާރުކުރުމަށް
ނުވަތަ
ގަސްގަހާގެހީގެ
ކާނާ
ހޯދުމުގެ
ނިޡާމަށް
ކޮންމެހެން
ބޭނުންވާ
ވައްތަރުތަކެކެވެ
«
32
33
34
35
36
37
38
39
40
»