radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ހުނ
އ
ނުރުހުމުގެ
ގޮތުން
ނުވަތަ
ނުރުހިގެން
އިއްވާލާ
އަޑެއް.
މިސާލު:
ހުނ
އެހެންތަހީކުރީ
ޖީބަށްޖެހުން
މ
ބޭރަށް
ފެންނަން
ހުންނަގޮތަށް
ޖީބަށް
އެއްޗެއްލުން
ޖީބު
ނ
(1)
ގަމީހާއި
ލިބާހާއި
ކޯޓާއި
ދަބަހާއި
ކަމަރުފަދަ
އެއްޗެހީގައި
އެއްޗެހި
އެޅޭގޮތަށް
ހަދައިފައި
ހުންނަތަން
(2)
ތުންމަތިރިޔާ
ޖީޕު
ނ
އެއްގަމުގައި
ދުއްވާ
އިންޖީނުލީ
އެއްޗެއް
މިއީ
ގިޔަރު
ޖެއްސީމާ
ހަތަރު
ފުރޮޅުވެސް
އެނބުރޭގޮތަށް
ހަދައިފައި
ހުންނަ
އެއްޗެކެވެ
ޖުމްހޫރީމޭވާ
ނ
ބޭރުގައި
ހަރުތޮށި
ގަނޑެއް
ހުންނަ
އެތެރޭގައި
ކެކުރި
އޮށްތަކެއް
ކަހަލަ
އެއަށްވުރެ
ބޮޑެތި
އޮށްތަކެއް
ހުންނަ
މޭވާއެއް
ޖުޒާމުބަލި
ނ
ހަށިގަނޑުގެ
ހިއްސުތަކަށް
ޙަމަލާދޭ
މައިކޮބެކްޓީރިއަލް
ލެޕްރާ
ކިޔާ
ފަންޏެއް
ނުވަތަ
ޖަރާސީމެއްގެ
ސަބަބުން
ޖެހޭ
ބައްޔެއް
މިއީ
ގައިން
ގަޔަށް
އަރާ
ބައްޔެކެވެ
ގިނައިން
މިބަލިފާޅުވަނީ
މޫނާއި
ނޭފަތާއި
ކަންފަތް
ފަދަ
ތަންތަނުންނެވެ
ޢާންމުކޮށް
މިބަލީގެ
އަސަރު
ހުންނަ
ތަންތާނގައި
އިޙްސާސެއް
ނުހުރެއެވެ
ޖޫރީން
ނ
ޝަރުޢީކަންކަމުގައި
ކަމަކާބެހޭގޮތުން
ޢަދުލުވެރިގޮތެއް
ނިންމުމަށް
ހޮވައިފައިވާ
ކޮމެޓީއެއްގެ
މީހުން
މިމީހުން
ތިބޭނީ
ހުވާ
ކޮށްގެންނެވެ
ޖެހުން
މ
(1)
މީހެއްގެ
ނުވަތަ
ޖަނަވާރެއްފަދަ
އެއްޗެއްގެ
ގައިގައި
ބޮނޑި
ޔެއް
އެޅުން.
(2)
ދެމީހެއްގެ
ދެމެދުގައި
އަރާރުން
ނުވަތަ
ދެކޮޅު
ވެރިކަން
އުފެދޭގޮތްވުން
(3)
ބައެއްކަހަލަ
ތަކެތި
ހެދުން
މިސާލު:
)ހ(
ބުޅިޖެހުން
)ށ(
ހުޅިޖެހުން
)ނ(
ގޮނޑިމޭޒުފަދަ
ތަކެތި
ޖެހުން
(4)
މިޔުޒިކުގެ
ބައެއްކަހަލަ
ތަކެތި
ކުޅުން
މިސާލު:
)ހ(
ބެރުޖެހުން
)ށ(
ތަބުލާޖެހުން
(5)
ދެމީހަކު
ނުވަތަ
ދެއެއްޗެއް
އައިސް
ލައިގަތުން
(6)
ބައެއްކަހަލަ
އެއްޗެހި
ވެއްދުން
މިސާލު:
)ހ(
ބަސްތާ
އަށް
ބަންބުޑި
ޖެހުން
)ށ(
މޮހޮރުޖެހުން
(7)
ކިޔުމުގައި
ނުވަތަ
ޓައިޕުން
ލިޔުމުގައި
ކުށެއްވުން
މިސާލު:
)ހ(
އޭނާ
އަލްޙަމްދު
ކިޔެވިއިރު
ވަރަށް
ގިނަ
ކުށްޖެހުނެވެ
)ށ(
މިލިޔުން
ކުށް
ނުޖަހައި
ޓައިޕް
ކުރެވޭތޯ
ބަލާށެވެ
(8)
ބައެއް
ކަހަލަ
ކަންތައްކުރުން
މިސާލު:
)ހ(
ކުޅުޖެހުން
)ށ(
ދަނޑިޖެހުން
)ނ(
ބަޑިޖެހުން
)ރ(
ފަލިޖެހުން
(9)
ބައެއް
ހާލަތުތައް
މެދުވެރިވުން
މިސާލު:
)ހ(
ބަނޑަށް
ޖެހުން
)ށ(
ބިތްޖެހުން
)ނ(
ލޯބިޖެހުން
)01(
ދަތީގައި
ނުވަތަ
މަޅިފަތީގައި
ތިބުން
މިސާލު:
)ހ(
ދަތީގައި
ޖެހުން
)ށ(
މަޅިފަތީގައި
ޖެހުން
(11)
ތަތްކުރުން
މިސާލު:
)ހ(
ސިމެންތިޖެހުން
)ށ(
މުށިޖެހުން
ޖެއްސުން
މ
(1)
ޖެހުން
މިބަސް
ކުރުވުމުގެ
މާނައިގައި
ބުނާގޮތް.
(2)
ލޮލަށް
ލިބޭ
ގެއްލުމެއްގެ
ސަބަބުން
ނުވަތަ
ލޮލަށް
ކުނިކޮޅެއްފަދަ
އެއްޗެއް
ވެއްޓުމުގެ
ސަބަބުން
ލޮލުގައި
އެއްޗެއް
ޖެހޭހެން
ހީވުން
(3)
މަދު
އެތިއެތި
ފޮދުން
ބޯންދިނުން
މިސާލު:
)ހ(
ފަނިތިކި
ޖެއްސުން
)ށ(
ބުއްޖެއްސުން
(4)
ބަނދަރުކުރުން
މިސާލު:
މާލެ
ދާނީ
ގަލުފަޅުގައި
ޖައްސައިފައެވެ
(5)
އުދުހޭ
ބައެއްތަކެތި
ތިރި
ކުރުން
މިސާލު:
މަތިންދާބޯޓު
ޖެއްސުން
(6)
އަނެކަކު
ރުޅިއެރުވުމަށް
ކުރާ
ކަންތައް
ޖޭމު
ނ
(1)
ގަހެއްގައިއަޅާ
ކުދިކުދިމޭވާއެއް
މީގެ
އެތެރޭގައި
ހުންނާނީ
ފޮނިރަހަލާ
ދިޔަޔާ
އެކުވެފައިވާ
ކުދިކުދި
ފުއްތަކެއްކަހަލަ
އޮށްތަކެކެވެ
(2)
ހަކުރު
އަޅައިގެން
މޭވާއިން
ކައްކައި
ތައްޔާރުކުރާ
ކާ
އެއްޗެއް
މިބޭނުންކުރަނީ
ޕާންފަދަ
އެއްޗެހީގައި
ޖަހައިގެން
ކެއުން
ފަދަ
ކަންކަމަށެވެ
ޖޯކަރު
ނ
(1)
ތާސްބައިގައި
ވަކިރަނގައެއްގައި
ނުހިމެނޭގޮތަށް
އޮންނަ
ގަނޑެއް
މިގަނޑުގައި
ކުރަހައިފައި
ހުންނާނީ
ހެއްވާސިފަޔަކަށްހުންނަ
ސޫރައެކެވެ
މިގަނޑު
ބޭނުންކޮށްގެން
ތާސްބައިން
ޚާއްޞަ
ކުޅިވަރެއް
ކުޅެއެވެ
(2)
މަޖާޒު:
ހެއްވާގޮތް
ހުންނަމީހާ
ޖޯލި
ނ
އިށީނދެ
އޮށޯވެ
ހެދުމަށް
އެތެރެއަށް
ފުންކޮށް
ހުންނާނެ
ހެން
ގޮޅިހުންނަ
ގޮތަށް
ރޯނުފަދަ
އެއްޗަކުން
ގަތައިފައި
ނުވަތަ
ގޯނި
ފަދަ
އެއްޗެއް
ޖަހައިގެން
ދަނޑިން
ނުވަތަ
ދަގަނޑުހޮޅިން
ހަދައިފައި
ހުންނަ
އެއްޗެއް
ޖޯގުރަފީ
ނ
(1)
ބިމުގެ
ސަޠުޙާއި
ބިމުގެ
އާބާދީއާއި
ބިމުގައިވާ
ދިރޭ
ތަކެއްޗާއި
)ފުރާނަ
އެޅުއްވި
ތަކެއްޗާ
ގަސްގަހާގެހި(
ބެހޭ
ޢިލްމު
(2)
ބިމުގެ
ގުދްރަތީ
ހާލަތްތަކާއި
ސިޔާސީ
ބެހުންތަކާބެހޭ
ޢިލްމު
ޖޯޑު
ނ
(1)
އެއްނަސްލެއްގެ
ދެޖިންސުގެދޭތި
(2)
ބައެއް
ކަހަލަ
އެއްޗެހީގެ
ދެކިބަ
(3)
ސައިބޯޖޯޑު
(4)
މަޖާޒު:
މާބޮޑަށް
ގުޅިގެން
އުޅޭ
ދެމީހުން
ޖޯޑުކުރުވުން
މ
(1)
ޖިންސީގުޅުން
ހިންގުވުން
(2)
އެއްމަލުގެ
ކަރުގަނޑުގައި
ހުންނަފުށް
އަނެއްމަލުގެ
ކަރުގަނޑުގައި
އުނގުޅުން
ޖޯޑުވުން
މ
(1)
ދެޖިންސުގެ
ދެމީހުން
ނުވަތަ
ދެޖިންސުގެދޭތި
ޖިންސީ
ގުޅުން
ހިންގުން
(2)
ޖިމާޢުވުން
ޗަސް
ނ
(1)
ބައެއް
އެއްޗެހި
ކައްކާއިރު
މާބޮޑަށް
މަޑުވީމާ
ހުންނަގޮތް.
(2)
ފަސްހުންނަ
ތަނަކަށް
ދިޔާ
އެއްޗެއް
މާގިނައިން
އެޅުނީމާވާގޮތް.
(3)
ޗޮސް.
(4)
ދޮންކޭލާއި
ފަޅޯ
ފަދަ
ތަކެތި
ދޮންވެގެން
ގޮސް
އެތެރެ
ގިރޭވަރަށްވާ
ފާ
ޗާކު
ނ
ހުޅުވައި
ލެއްޕޭގޮތަށް
ހުންނަވަޅި
މިހުންނަނީ
މުށްގަނޑުގެ
ތެރެއަށް
ތިލަ
މަޅައިލެވޭ
ގޮތަށެވެ
ޗާޓު
ނ
(1)
ޤައުމު
ޤައުމާއި
ރަށްރަށް
އެތުރިފައިވާ
ގޮތްރޮނގު
ކުރެހުމުން
ދައްކައިދޭ
ކުރެހުން
(2)
ތަނެއްގެ
މަގުމަތާއި
ތަންތަން
ހުންނަގޮތް
ރޮނގު
ކުރެހުމުން
ދައްކައިފައިވާ
ކުރެހުން
(3)
ދިރޭ
އެއްޗެހީގެ
ހަށިގަނޑު
ހުންނަގޮތް
ރޮނގުކުރެހުމުން
ދައްކައިފައިވާ
ކުރެހުން
ޗާޕު
ނ
)ހ (
ފޮތްފޮތާއި
ލިއުމާއި
ކުރެހުން
ކަރުދާހަށް
ކޮޕީކުރާއިރު
ވަކި
އެއްޗަކަށް
ނަގައި
އޭގައި
ދެލި
އުނގުޅައި
އޮބައިގެން
ކޮޕީ
ކުރާކުރުން
މިގޮތުން
ކަރުދާހާއި
ފޮތިފަދަ
އެއްޗެތީގައި
ކުރެހުންތަކާއި
ޑިޒައިންތައް
ޗާޕުކޮށް
ހަދައެވެ
މިހާރަކަށް
އައިސް
މިމަސައްކަތަށް
ގިނައިން
ބޭނުންކޮށް
އުޅެނީ
މިކަމަށް
ހަދައިފައި
ހުންނަ
މެޝިނެވެ
ޗާޕުކުރުން
މ
ފޮތްފޮތާއި
ލިޔުމާއި
ކުރެހުން
ވަކި
އެއްޗަކަށް
ނަގައި
އޭގައި
ދެލި
އުނގުޅައި
އޮބައިގެން
ނުވަތަ
ވަކި
ބާވަތެއްގެ
އެއްޗެއްގައި
ލިޔެ
އޭގައި
ދެލި
އުނގުޅައި
އޮބައިގެން
ކަރުދާހަށް
ކޮޕީކުރުން
މިހާރަކަށް
އައިސް
މިކަމަށް
ބޭނުންކުރަނީ
މިކަމަށް
ތައްޔާރުކޮށްފައި
ހުންނަ
މެޝިނެވެ
«
350
351
352
353
354
355
356
357
358
»