radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ޔ
ނ
ތާނައިގެ
އެކާވީސް
ވަނައަކުރު
ޒުވާބު
ނ
(1)
ޖަދަލު
(2)
ދެކޮޅުވެރިކަމުގެ
ގޮތުން
ދެފަރާތުން
ރައްދު
ކުރާ
ބަސް
(3)
ދެމީހަކު
ނުވަތަ
ގިނަބަޔަކުވާ
އަރާރުން
(4)
ޖަވާބު
(5)
ގިނަބަޔަކުވެގެން
ލަވަކިޔާއިރު
ނަގާކިޔާމީހާގެ
ފަހަތުން
އެހެން
މީހުން
ކިޔަންޖެހޭބައި
ޒުވާބުކިޔުން
މ
އަންބާފަދަ
ބައެއްކަހަލަ
ލަވަކިޔާއިރު
ނަގާކިޔާމީހާ
ކިޔާބައިކީމާ
އޭގެ
ޖަވާބުގައި
ކިޔާބައި
ދެންތިބިމީހުން
ކިޔުން
ޒުވާބުކުރުން
މ
(1)
ޖަދަލު
ކުރުން
(2)
ދެމީހަކު
ނުވަތަ
ގިނަބަޔަކު
އަރާރުންވުން
ޓައިޕުރައިޓަރު
ނ
އިނގިލިތަކުގެކުރި
ބޭނުންކޮށްގެން
ދެލީގެ
ރިބަން
ފަށަކުން
ލިޔެވޭގޮތަށް
ހަދައިފައި
ހުންނަ
މެޝިނެއް
މީގައި
އަކުރުތައް
ފެންނަގޮތަށް
ފިތްތަކެއް
ހުރެއެވެ
އެއިން
ފިތަކަށް
އޮބައިލުމުން
އެއަކުރެއް
ކަރުދާހުގައި
ޖެހެއެވެ
ޓައިޕުކުރުން
މ
ޓައިޕްރައިޓަރަކުން
ލިޔުމެއް
ލިޔުން
ޓައީ
ނ
(1)
ގަމީހުގެ
ގިރުވާނުގެ
ދަށުން
ކަރުވަށައިލައިފައި
ގެނެސް
ލަގޮނޑިވަޅާދިމާއިން
ގޮށެއް
ޖަހައިފައި
ތިރިޔަށް
އެލުވައިލައިފައި
ހުންނަ
ފޮތިކޮޅެއް
މިހުންނަނީ
އެއްކޮޅަށް
ފަލަކޮށް
އަނެއް
ކޮޅަށް
ހިމަކޮށެވެ
(2)
ވަކިގޮތަކަށް
ޖަހާގޮށެއް
ޓަފަރު
ނ
ނަވުގެ
ބޮޑުކުނބަށް
ނެގޭ
ހަތަރުވަނަރިޔާ
ޓަގު
ނ
ކަނޑުގައި
ދުއްވާ
އުޅަނދު
ފަހަރާއި
ބޯޓް
ބައްތެއްޔާއި
ބަނޑު
ފަހަރު
ކަފުޖަހައިގެން
ދެމުމަށް
ބާރުގަދަ
އިންޖީނެއް
އަޅައިފައި
ހުންނަ
އުޅަނދެއް
ޓަސް
ނ
(1)
މުރަނައެއްޗެއް
ކުއްލިއަކަށް
ބިނދޭއިރު
އިވޭއަޑު
(2)
ހަމަ
ވަގުތުގައި
ކުއްލިޔަކަށް
ކަމެއްވީކަން
އަންގައިދޭ
ބަހެއް
ޓާމް
ނ
ތަޢުލީމީ
އަހަރުގައިވާ
ދުވަސްތައް
ކިޔަވައިދިނުމަށް
ބަހައިލައިފައިވާ
މުއްދަތުންކުރެ
މުއްދަތެއް
މިސާލު:
މިއަހަރުގެ
ފުރަތަމަ
ޓާމުގެ
ކިޔެވުން
ނިމޭނީ
އެޕްރީލުމަހުގެ
ނިޔަލަށެވެ
ޓިނބުލި
ނ
(1)
ސަތަރިއާއި
ފަރުދާފަދަ
ތަކެތި
ދެމުމަށްޓަކައި
ހަރުކޮށްފައި
ހުންނަ
އަނގޮޓިއެއްކަހަލަ
ވަށްބޮޅެއް
(2)
ތާކިހަލާއި
ބޯ
ހެދުންފަދަ
ތަކެތީގައި
ވައިވެއްދުމަށްޓަކައި
ކަނޑާ
ލޯވަޅުގެ
ކައިރިފަށް
ހަލާ
ކުވިޔަ
ނުދިނުމަށް
ހަރުކުރާ
ވަށްބޮޅެއް
ޢާއްމުކޮށް
މިހަދައިފައި
ހުންނަނީ
މަޢުދަނީ
އެއްޗަކުންނެވެ
ޓިނު
ނ
(1)
ތަންތަން
ހިޔާކުރަން
ފުރާޅުގައި
ޖަހަންހަދައިފައި
ހުންނަ
އެއްޗެއް
މިހުންނަނީ
އަޑިއުސްކޮށް
މަގުހުންނަގޮތަށް
ހަދައިފައެވެ
މިދަގަނޑުންނާއި
އެލްމެނިއަމުންނާއި
ސިމެންތިފަދަ
ތަކެތިން
ހަދައިފައި
ހުރެއެވެ
(2)
ހުދުކުލައިގައި
ހުންނަ
މަޑު
މަޢުދަނެއް
ޓިނުޖެހުން
މ
(1)
ޢިމާރާތެއް
ޓިނުން
ހިޔާކުރުން
(2)
ޓިނުން
ބިތްބެއްދުން
ޓިންޓިން
ނ
(1)
ގަޑިންޖަހާއަޑު
(2)
ލޯބަނޑިޔާފަދަ
އެއްޗެހީގައި
ދަގަނޑު
ފަދަ
މަޢުދަނީ
އެތިކޮޅަކުން
ޖެހީމާ
ގޮވާއަޑު
ޓިކެޓު
ނ
ވަކިސިފަޔަކަށް
ކަރުދާހުން
ތައްޔާރުކޮށްފައި
ހުންނަ
އެއްޗެއް.
މިއީ
ކަމަކަށް
ނުވަތަ
އެއްޗަކަށް
އަގުދައްކައިފައިވާ
ކަމުގެ
ހެއްކެއްގެ
ގޮތުން
ދޫކުރާ
އެއްޗެކެވެ.
މިދެއްކުމުން
ވަކިތަނަކަށް
ވަނުމަށް
ނުވަތަ
ވަކި
އުޅަނދަކުން
ނުވަތަ
ވަކިއެއްޗަކުން
ދަތުރުކުރުމަށް
ހުއްދަ
ލިބެއެވެ
ޓިއުޝަން
ނ
(1)
ފިލާވަޅުތައް
ދަސްކޮށްދިނުމަށްޓަކައި
ގޭގޭގައި
ކިޔަވައިދޭ
ކިޔަވައިދިނުން.
(2)
މަދަރުސާއެއްގައި
މުޤައްރަރާ
އެއްގޮތަށް
ކިޔަވައިދޭ
ކިޔަވައި
ދިނުމުގައި
އިތުރަށްދެވޭ
އެހީގެ
ގޮތުގައި
ކިޔަވައިދޭ
ކިޔަވައިދިނުން
ޓިޕުސް
ނ
ލިބޭ
ޚިދުމަތަށް
ދޭންޖެހޭ
ފައިސާގެއިތުރަށް
އެޚިދުމަތެއް
ލިބުމުގައި
މެދުވެރިވި
ފަރާތަކަށް
ހިތްހެޔޮކަމާއެކު
ދޭ
ފައިސާގެ
މިންވަރެއް
ޓިޕުސްދިނުން
މ
ލިބޭ
ޚިދުމަތަކަށް
ދޭންޖެހޭ
ފައިސާގެ
އިތުރަށް
އެޚިދުމަތެއް
ލިބުމުގައި
މެދުވެރިވި
ފަރާތަކަށް
ހިތްހެޔޮކަމާއެކު
ދޭ
ފައިސާގެ
މިންވަރެއް
ދިނުން
ޓީބީ
ނ
(1)
ކެއްސުންބަލި
(2)
އިނގިރޭސި
ލަފުޒެއް
ކަމުގައިވާ
ޓިއުބަރކިއުލޯސިސް
މިބަސް
ކުރުކޮށް
ކިޔާގޮތް
ޓީޗަރު
ނ
ކިޔަވައިދޭމީހާ
«
349
350
351
352
353
354
355
356
357
»