radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ޓ
ނ
ތާނައިގެ
ވިހިވަނަ
އަކުރު
ބުޅިއަޅައިކެއުން
މ
ފައިދަށަށް
ލައިގެންވަކި
ތަކުން
ހިފަހައްޓައި
ދަމާވިދައިކެއުން
ބުޅިމަތިކުރުން
މ
(1)
މަސްބާނާއިރު
އެންގަޑު
ކައްވަންދިނުން
(2)
މަޖާޒު:
އަތްމަތި
ވާންދެން
ބަލަހައްޓައިގެން
ހުރުން
(3)
މަޅިމަތިކުރުން
ބުޅިޖެހުން
މ
(1)
މަސްބާނާ
ބުޅިހެދުން
(2)
ދޮށީގެ
މިޔަވާލީގައި
ލައިފައި
އޮންނަބުޅި
މަސްބޭނުމަށްޓަކައި
ހޫރައިފައި
ކަނޑަށްޖެހުން
ބުއިން
މ
(1)
ބޯންގެންގުޅޭ
ދިޔާ
އެއްޗިހި.
(2)
ދިޔާތަކެތި
ދިރުވުން.
(3)
ލޮވުން.
(4)
ފަންޏާއި
މާބުރުފަދަ
ތަކެތި
ލަކުޑިއާއި
ހިކިތަކެތި
އެތެރޭގައި
ހޮއިހެދޭ
ގޮތަށް
ކެއުން.
(5)
އޮށްވަޅު
ކުޅުމުގައި
ހިނދޭވަޅާ
ދިމާވާގޮތަށް
އަނެއްފަރާތު
ވަޅުގައި
ހުންނަ
ފުއްތައް
ނެގުން.
(6)
ދިޔާ
އެއްޗެއް
ހިކި
އެއްޗެއްގެ
ތެރެއަށް
ދެމުން.
(7)
ބިޑި
ސުއްޓާ
ސިގިރެޓް
ގުޑުގުޑާ
ފަދަ
ތަކެތިން
ދުން
އަނގަޔަށް
ދެމުން
(8)
އެއްޗެއްގައި
ނުވަތަ
ތަނެއްގައި
އަނގަ
ޖަހައިގެން
އެތެރެއަށް
ދެމުން
(9)
އެއްޗެއްގާ
ހުރި
ހިމަލޯވަޅަކުން
އޭގެ
ތެރެއަށް
ފެންވަނުން
)01(
ލަކުޑިގަނޑެއް
ހުޅުރޯނުވެ
ވަކިގޮތަކަށް
އަނދަމުން
ދިއުން
ބުމަރު ޖަހައިގެންއިނުން
)މިސާލުބަހެއް(
އެއްދިމާއެއް
ބަލަހައްޓައިގެން
އަނގައިން
ނުބުނެ
ހައިރާންވެފައި
އިންނަ
އިނުމަށް
ބުނާބަހެއް
ބުދުފައްޅި
ނ
ބުދަށް
އަޅުކަން
ކުރާ
ދީންދީނުގެ
މީހުން
އަޅުކަން
ކުރުމަށް
ބުދުބަހައްޓާ
ފައިހުންނަ
އިމާރާތް
ބުލަޑްބޭންކު
ނ
ނުބައިނުވާގޮތަށް
ލޭ
ރައްކާކޮށްފައި
ބަހައްޓާތަން
ބުލިބުލި
ނ
ބޯތަށްޓަށްވުރެ
ފުންކޮށް
ފުޅާމައްޗާ
ދާދި
އެއްވަރަކަށް
ހުންނަ
މަތިޖެހި
ކަންވާރެއް
ބުލެކުބޯޑު
ނ
(1)
މަދަރުސާފަދަ
ކިޔަވައިދޭ
ތަންތާނގައި
ދަރިވަރުންނަށް
މަށިފޯލިން
އެއްޗެތި
ލިޔެދޭން
ހުންނަ
ކަޅުފިލާގަނޑު
(2)
ވަގުތީގޮތުން
އެކިއެކި
ތަކެތިލިޔެ
އިޢުލާނު
ކޮށްހެދެމަށް
މަށިފޯލިން
ލިޔާން
ބަހައްޓައިފައި
ހުންނަ
ކަޅުފިލާގަނޑެއް
ބުލެކްމޭލުކުރުން
މ
މީހުން
ސިއްރުން
ކޮށްފައިހުންނަ
ކުށްތަކާ
އަބުރާ
އިއްޒަތަށްޓަކާ
ނުވަތަ
ލިބިދާނެ
ގެއްލުމަކަށްޓަކައި
ވަންހަނާކޮށްފައި
ހުންނަ
ކަންތައްތަކުގައި
މަޢުލޫމާތު
ލިބިފައިވާކަމުގެ
ބިރުދައްކައިގެން
ފައިސާއާ
ތަކެތި
ހޯދުން
ބުޑު
ނ
(1)
ގަހުގެ
ބިމާ
ގުޅިފައިވާ
ބައި.
(2)
ބިމަށްޖަހައިފައި
ހުންނަ
އެއްޗެއްގެ
ބިމުގައި
ޖެހިފައި
ހުންނަ
ހިސާބު.
(3)
ކައިރި.
މިސާލު:
ފާރުބުޑުގައި
ބިތްބުޑުގައި
ފުޅައްބުޑުގައި
މުނިބުޑުގައި
ފައިބުޑުގައި
(4)
ފިނދުމަސްގަނޑު
(5)
ދަނޑި
ނުވަތަ
ރިތްފަދަ
އެއްޗެހީގެ
ފަލަކޮޅު
(6)
އެއްޗެއް
ބިމަށް
ގަދަކުރުމަށް
ކޮންކްރީޓުން
ބިމުއަޑީގައި
ހަދާބައި
(7)
ބިމަށްޖަހާ
އެއްޗެއް
ގަދަކުރަން
ބިންމަތީގައި
ހަދައިފައި
ހުންނަބައި
ބޫޓުޕޮލިސް
ނ
ފައިވާނާ
ބޫޓުފަދަތަކެތި
ފާލީސްކޮށް
އޮފުއެރުވުމަށް
ހާކާއެއްޗެއް
ބެންކު
ނ
ފައިސާ
ބަލަހައްޓައި
ދިނުމާއި
ލޯނު
ދޫކުރުމާއި
އެއްވައްތަރެއްގެ
ފައިސާއަނެއް
ވައްތަރެއްގެ
ފައިސާއަށް
ބަދަލުކޮށްދިނުމުގެ
ފައިސާގެ
ވިޔަފާރިކުރާ
އިދާރާ
ބެންކު ކުރުން
މ
(1)
ބޭންކުގައިވާ
އެކައުންޓެއްގައި
ފައިސާ
ޖަމާކުރުން
(2)
ބެންކަށްލުން
ބެންޗު
ނ
(1)
ބައެއް
ކުޅިވަރުގައި
ޓީމުގައި
ހިމެނޭ
ރިޒާވު
ކުޅުންތެރިންނާއި
ޓީމުގެ
ކަންތައް
ބަލަހައްޓާ
މީހުން
ދަނޑުން
ބޭރުގައި
ނުވަތަ
ކޯޓުން
ބޭރުގައި
ތިބޭ
ގޮނޑި
(2)
ދިގުގޮނޑި
ބެރި
ނ
(1)
ގޭގެ
މަތިވަޑާންގަނޑުމަތީ
ހުރަހަށް
އަޅާވަކަރު
(2)
ފިލަޔާއި
ފައްޗަށްވުރެ
ބޯކޮށް
ހަތަރު
އަރިއަށް
ކީހައިފައި
ހުންނަ
ލަކުޑި
(3)
ފަންގިފިލާ
ހިފަހައްޓަން
ހުރަހަށް
އަޅާ
އެއްޗެހި
ބެރު
ނ
(1)
މިއުޒިކުގެ
އާލަތެއް
މިއީ
އޮނިގަނޑެއްގެ
އެއްކޮޅުގައި
ނުވަތަ
ދެކޮޅުގައި
ހަން
ނުވަތަ
އެފާޑުގެ
އެހެން
އެއްޗެއް
އަޅައިގެން
ހަދާ
އެއްޗެކެވެ
މީގެ
އަޑު
ނެރެނީ
ޖަހައިގެންނެވެ
(2)
މިޔުޒިކުގެ
ހަމަޔާ
ގުޅޭގޮތަށް
ވަކި
ތަރުތީބަކުން
ޖަހާ
އަޑު
(3)
ކަރަންޓު
ބޭނުންކޮށްގެން
ނުވަތަ
އެނޫންވެސް
ގޮތަކުން
ބެރުގެ
އަޑު
ނެރެން
ހަދައިފައިވާ
އެތި
ބެރުހުއްޓާލަވަބައި
ނ
ސަމާހުއްޓުމަށާއި
އަދިވެސް
އެހެނިހެން
ގޮތްގޮތުން
ޖަހާ
ދަނޑިބެރު
ހުއްޓާން
ޖަހާލަވަ
ބެރުކޮޅުބޭލުން
މ
އިހުގައި
ގަޑުވަރުތެރޭ
ބޭފުޅަކު
ބެރުކޮޅު
ޖައްސަވާން
ވެގެން
ނާބުސް
ޚާނުން
އެތަނަކަށް
ބެރުގެންގޮސް
ބެހެއްޓުން
ބެރުޖެހުން
މ
(1)
އޮނިގަނޑެއްގެ
އެއްކޮޅުގައި
ނުވަތަ
ދެކޮޅުގައި
ހަން
ނުވަތަ
އެފާޑުގެ
އެހެން
އެއްޗެއް
އަޅައިގެން
ހަދާ
އެއްޗެއްގައި
ޖެހުން
(2)
މިއުޒިކުގެ
ހަމަޔާ
ގުޅޭގޮތަށް
ވަކިތަރުތީބަކުން
އެއްޗެއްގައި
ނުވަތަ
ތަނެއްގައިޖެހުން
(3)
ކަރަންޓު
ބޭނުންކޮށްގެން
ނުވަތަ
އެނޫން
ވެސް
ގޮތަކުން
ބެރުގެ
އަޑު
ނެރެން
ހަދައިފައިވާ
އެއްޗަކުން
އަޑުނެރުން
«
29
30
31
32
33
34
35
36
37
»