radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ހުން
ނ
(1)
ހަށިގަނޑު
ހޫނުވާ
ބައްޔެއް
މިބަލީގެ
ކިތަންމެ
ބާވަތެއް
ހުރެއެވެ
(2)
)އ ކ (
ބަރުއެއްޗެހި
ނަގާއިރު
ބާރުލާން
ބުނާބަހެއް
(3)
ތިމާޔާ
ޒުވާބުކުރާ
މީހަކު
ދެރަކޮށްލާން
އިއްވާއަޑެއް
ގިރިސްބަޑި
ނ
އުނދަގޫ
ތަންތަނަށް
ގިރިސްޖެހުމަށް
ހަދައިފައި
އޮންނައާލަތެއް
މިހަދައިފައި
ހުންނަނީ
އެތެރެއަށް
ގިރިސް
އެޅޭގޮތަށެވެ
ގިރިޓީ
ނ
(1)
މަޢުދަނުން
ހަދައިފައި
ވާ
އެއްޗެއްގެ
ބޭރަށް
ރަން
ނުވަތަ
ރިހި
ބޭނުންކޮށްގެން
އަރުވައިފައި
ހުންނަ
ކުލަ.
(2)
މަޖާޒު:
ޙަޤީޤަތް
ފޮރުވޭގޮތަށް
ދައްކައިފައި
ހުންނަ
ދަޅަ
ނުވަތަ
ކުލަ
ގިރިޓީކުރުން
މ
ރިއްސާއި
ލޮއިން
ހަދައިފައި
ހުންނަ
ގަހަނާގައި
ގިރިޓީފެނާއި
ކަރަންޓާ
ގުޅައިގެން
ރަން
ނުވަތަ
ރިހިކުލަ
ޖެއްސުން
ގިރުނބާމަސް
ނ
)ޏ.(
ކޮލީގެ
ބާވަތެއް.
މިއީ
ރަތްރީނދޫ
ރޮނގުތަކެއް
ދިގަށް
ހުންނަ
މަހެކެވެ
މިމަހަކީ
ގިރުނބާއަކާ
ވައްތަރު
ގޮތަކަށް
ފުފޭ
މަހެކެވެ
ގިރުނބާފިލާ
ނ
ގިރުނބާގެ
ފިލަޔާ
ވައްތަރަށް
ފަތްހުންނަ
ފަތްޕިލާވެއްޔެއް
އެގަހުގެ
ފަތްވާނީ
ދެތިންއިންޗިވަރެވެ
ފަތުގައި
ކުދިކުދި
ކަށިތަކެއް
ހުރެއެވެ
މީގެ
ފަތްބޯވެފައި
ބިނދޭހާ
މުރަނައެވެ
ފަތުގެ
ތުނޑުކޮޅުހިމައެވެ
ގިރުން
މ
(1)
ހަރުއެއްޗެއް
ނުވަތަ
ތަތްއެއްޗެއް
ދިޔާއެއްޗަކާ
ނުވަތަ
އޮލައެއްޗަކާ
އެކުވުން
ނުވަތަ
އެއްކުރުން.
(2)
ރާޅާއި
އޮއިގެ
ސަބަބުން
ރަށެއްގެ
ފަސްގަނޑުން
އުނިވަމުން
ދިޔުން
(3)
އޮއްޓަރު
އެއްޗެއްގައި
ހުންނަ
ހިލަ
ނުވަތަ
ވެލި
ވަކިކުރުމަށް
ފެނަށް
އަޅައިގެން
ނާށިގަނޑެއްފަދަ
އެއްޗަކުން
ދެބައި
ވަކިކުރުން
(4)
ފާރުގަނޑެއް
ނުބައިވެގެން
ހަލާކުވެގެން
ދިޔުން
(5)
ހިރުގަނޑުގައި
އުފެދޭ
ބައްޔެއްގެ
ސަބަބުން
ހިރުގަނޑު
ހަލާކުވަމުން
ދިޔުން
(6)
މޭވާފަދަ
ތަކެތި
ދޮންވެ
ފައްކާވެގެންގޮސް
ދިޔަފައިބާވަރަށް
ފާވުން
(7)
ވިރުން
ގިރުދާން
ނ
(1)
ޖާދޫއިން
އުފައްދައިފައި
ހުންނަތަން
(2)
ޖާދޫގަރުންތިބޭތަން
ގިއުޅި
ނ
ނޫފެހިކުލައިގައި
ބޮނޑިކޮށް
ހުންނަ
ފަރުމަހެއް
މިމަހުގެ
ލޮލުގެ
ކުރީގައި
އަޑިވެފައި
ހުންނަ
ދިގުރޮނގެއް
ހުރެއެވެ
ކަންފަތްގަނޑު
ކުރުވެފައި
އޭގެ
ކޮޅުވަށެވެ
މަތީ
ކޮތަރިބައިގައި
ކަޅުކުލައިގެ
ލައްތަކެއް
ހުރެއެވެ
ގިއުޅުއަތުކުރި
ނ
އުޅަބޮށިން
ފެށިގެން
ތިރިޔަށް
ރީތިކޮށް
މަސްޖަހައިފައި
ހުރުމާއެކު
އަތުކުރިޔަށް
ހިމަވެފައި
ހުންނަ
އަތުކުރި
ގިއުގަނޑު
ނ
(1)
ފުރޭމު
(2)
އޮނިގަނޑު
(3)
މަޖާޒު:
އެކިއެކި
މަސައްކަތަށް
ކަނޑައެޅިފައި
ހުންނަ
މިންގަނޑު
(4)
)ހ (
މަތިވަޑާންގަނޑު
ގިއްގެޅުން
މ
(1)
އަނެކަކު
ގަންނަވައިލި
ގަންނަވައިލުމަކުން
ވެއްޓި
އިނދަޖެހުން
މަޖާޒު:
(2)
މީހަކު
ކުރިކަމަކުން
އަނެކެއްގެ
އަގުވެއްޓުން
ނުވަތަ
މަޤާމް
ދަށްވުން
(3)
ވާހަކައަކުން
ނުވަތަ
ޒުވާބަކުން
ދެރަވުން
ގިއްސާ
ނ
ތަރުކާރީގެ
ބާވަތެއް
މިއީ
ތޮރައަކަށްވުރެ
ދިގުކޮށް
ޗިޗަންޑާއަށް
ވުރެ
ކުރުކޮށް
ހުންނަ
އެއްޗެކެވެ
މިއީ
ވެލެއްގައި
އަޅާ
އެއްޗެކެވެ
މީގެ
ތޮށިގަނޑު
ވަރަށް
ހަރުވާނެއެވެ
ގިފިލި
ނ
(1)
ގިފިއްޔަށްދާން
ހަދައިފައި
ހުންނަތަން
(2)
ޤަޟާޙާޖަތް
ކުރުމަށާއި
ހިނައިޠާހިރުވުމަށްޓަކައި
ވަށައިގެން
ފާރުރާނައިފައި
ނުވަތަ
ފުޅައްއަޅައި
ވަޅުބަހައްޓައިފައި
އޮންނަތަން
މިތަންތަން
ހުންނާނީ
މަތިހިޔާނުކޮށެވެ
ގިތެޔޮ
ނ
(1)
ގެރިބަކަރި
ފަދަ
ޖަނަވާރުގެ
ކިރުންނާއި
ތަރުކާރީގެ
ބާވަތްތަކުން
އުފައްދައި
ގަނޑުކޮށްފައި
ހުންނަތެލެއް
(2)
ބަކަރީގެ
ފިރިހެން
އެތި
(3)
މަޖާޒު:
ޖިންސީ
އެދުން
ޙައްދު
ފަހަނަޅައިފައިވާ
ފިރިހެނުންނަށް
ކިޔާނަމެއް
ގިތެޔޮއެޅިގުޅިއަކުންވަހެއްނުފިލާނެ
)މުސްކުޅިބަހެއް(
ތިމާ
ކުރަމުން
އައި
ކަމެއް
ކުރުން
ހުއްޓާލިޔަސް
އެކަމަކަށް
ބޭނުންކުރި
ތަކެތި
ކޮންމެވެސް
ވަރަކަށް
ހުންނާނެކަން
އެންގުމަށްޓަކައި
ބުނެއުޅޭ
ބަހެއް
މިސާލަކަށް:
ރީތިކޮށް
ލިޔާމީހަކު
ލިއުން
ހުއްޓާލިއަސް
އޭނާގެ
އަތުގައި
ގަލަމެއް
ޖަހާނެ
އޮނުކޮޅެއް
އޮތުން
އެއްތެޔޮ
ފުރާމީހަކު
އެމަސައްކަތް
ހުއްޓާލިޔަސް
އޭނާގެ
އަތުގައި
އެއްތެޔޮ
ކޮޅެއް
އޮތުން
ގިތެޔޮމިރުސް
ނ
މިރުހުގެ
ބާވަތެއް
މިއީ
ރަހަ
ވަރަށްމީރު
ކުޅިރަހަ
ގަދަ
މިރުހެކެވެ
މި
މިރުސް
ހުންނަނީ
ތިންއަރިޔަށް
ވާކަހަލަ
ގޮތަކަށް
ކުރުފަލަކޮށެވެ
ތޮށިގަނޑުގައި
އަޑިއަޑިކޮޅު
ހުރެއެވެ
މީގެ
ތަފާތު
ވައްތަރުތައް
ހުރެއެވެ
މިސާލު:
)ހ(
ފިއްތިގިތިޔޮ
މިރުސް
)ށ(
ފަގުޑި
މިރުސް
ގިލަބެއްދުން
މ
ގިލަޖެހުން
ގިލިގިލިކޮށްޓުން
މ
ހީލިހުންނަ
ތަންތާގައި
ކޮށްޓައި
ހެދުން
ގިލިސްރީނު އުނގުރި
ނ
ބަނޑުހިކިގެން
ބޮޑުކަމު
ނުދެވުން
ފަދަ
ކަންތައް
ދިމާވެގެން
އެކަމުގެ
ފަރުވާއަށް
ފުރަގަސް
ފަރާތަށް
ޖަހަން
ތައްޔާރު
ކޮށްފައި
ހުންނަ
އުނގުރިއެއް
ގިލޭފައްޓަރު
ނ
ކުޑަކުދިން
ކަރުގައި
އަޅަން
ރަން
ނުވަތަ
ރިހިން
ހަދައިފައި
ހުންނަ
މުދިލީ
އެއްފަށް
ފައްޓަރު
«
314
315
316
317
318
319
320
321
322
»