radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ގަނޑު
ނ
(1)
އެއްޗެއް
ދެރަކޮށްލުމުގެ
ގޮތުން
ބުނާބަހެއް.
މިސާލު:
މުންޑުގަނޑު.
(2)
މުޅި
އެތިކަން
އެންގުމަށް
ބުނާ
ބަހެއް.
މިސާލު:
ކެޔޮގަނޑު.
(3)
އަންހެނުންނާއި
ޅަދަރިންނަށް
ލޯބިން
ވަކިނަމަކާ
ގުޅުވައިގެން
ކިޔާ
ނަމެއް.
މިސާލު:
)ހ(
ލޯބިގަނޑު.
)ށ(
ކުއްޖާގަނޑު.
(4)
ހަށިގަނޑުގެ
ލޭ
ނުބައިވުމުގެ
ސަބަބުން
ދުޅަވާ
މުލިހި
ފާޑުގެ
ތަނެއް.
މިސާލު:
އޭނާގެ
އުކުޅުވަޅުގައި
ގަނޑެއް
ނަގައިފިއެވެ.
(5)
ލަކުޑިން
ހަދައިފައިވާ
އެއްޗެއް
މަރާމާތު
ކުރުމަށާއި
އަދި
މިނޫންވެސް
ގޮތަކުން
ލަކުޑިގަނޑަކަށް
ގުޅާލާ
ލަކުޑީގެ
ބައި.
(6)
ވަކި
ސަރަހައްދެއް
ކަނޑަ
އެޅުމުގެ
ގޮތުން
ބުނާ
ބަހެއް.
މިސާލު:
ތަންގަނޑު
މީހުން.
(7)
އެއްޗެއްގެ
ބައެއްކަން
ދޭހަކޮށްދިނުމަށް
ބުނާ
ބަހެއް.
މިސާލު:
މަސްގަނޑު.
(8)
ތަގަރި.
(9)
ފިނިވެގެން
ގޮސް
ވާހަރު.
)01(
ގަނޑުފިއްލާ
ކުޅޭއިރު
ފިލުވައި
ނިވާކޮށްފައި
އޮންނަމީހާ
(11)
ބައެއް
ކުޅިވަރު
ކުޅުމަށް
ބުނެއުޅޭ
ބަހެއް
މިސާލު:
)ހ(
ރާޒުވާ
ގަނޑެއް
ޖަހައިލުން
)ށ(
ތާސްގަނޑެއް
ޖަހައިލުން
(21)
ކަރުދާސްއަރި
މިސާލު:
ކަރުދާސްގަނޑު
ބެއިވެޔޮ
ނ
ރަތްކުލައިގެ
އޮށެއް
އަޅާވެލެއް
މިއީ
އެއްތެޔޮހެން
ތަނޑުގަނޑު
ދެމެމުން
ވެލަށް
ހެދޭ
ބާވަތެކެވެ
ބެދިގަނޑަ
ނ
ބަދިގަނޑު
ބެދުން
މ
(1)
ދިޔާއެއްޗެހި
އޮލަވެ
ގަނޑުގަތުން
މިސާލު:
ހަލުވިދާއާއި
ކަސްޓަޑު
ފަދަތަކެތި
ކައްކައިފައި
ބެހެއްޓީމާ
ބެދެއެވެ
(2)
ދިޔަވަރު
ހިކެމުންގޮސް
ފަޅުމަތީގެ
ބިންގަނޑު
ހިކުން
މިސާލު:
ދިޔަވަރުހިކި
ފަޅުމަތި
އޮތީ
ބެދިފައެވެ
(3)
މީހާގެ
ކިބައިން
ވެފައި
އޮތްކުށެއް
ސާބިތުވުން
މިސާލު:
އޭނާވަނީ
އެކުށުގައި
ބެދިފައެވެ
(4)
ކުރިޔަށް
ދެވޭނެ
ގޮތެއް
ނެތުން
މިސާލު:
އޭނާކުރި
ކުށެއްގެ
ސަބަބުން
ކުރިޔަށް
ދިއުމުގެ
މަގުއޮތީ
ބެދިފައެވެ
(5)
ދެއެއްޗެއް
ތަތްވެ
އެކަތި
ގަނޑަކަށްވުން
މިސާލު:
އޭނާގެ
އަތުގެ
މުލައް
ދަނޑިން
ވަކިވި
ކަށިގަނޑު
ކުރިފަރުވާއެއްގެ
ސަބަބުން
މިހާރު
ބެދިއްޖެއެވެ
(6)
ހިންމިޔާއި
ލޯވަޅު
ފަދަތަންތަން
ބަންދުވުން
މިސާލު:
ދޯނީގެ
ހިންމިތައްވަނީ
ކޮޅައި
މަދަން
އަޅައިގެން
ބެދިފައެވެ
(7)
އަނގަބެދުން
ވާހަކައެއް
ދައްކައިގެން
ކުރިނުލިބުން
މިސާލު:
އަހަރެންދެއްކި
ވާހަކައިން
އޭނާގެއަނގަބެދިއްޖެއެވެ
(8)
މަޅިޔެއް
ނުވަތަ
ގޮށެއްފަދަ
އެއްޗެއް
ބާރުވުން
މިސާލު:
ފިނދަނަ
މަޅިފަތީގައި
ބެދިއްޖެއެވެ
(9)
ކަޑައްތުވުން
މިސާލު:
މާލެއަތޮޅުން
ބ
އަތޮޅަށް
ދެވޭނީ
ކާށިދޫ
ކަނޑު
ބައްދައިގެންނެވެ
)01(
ކުރިޔަށްނުދެވޭ
ގޮތްވުން
މިސާލު:
އޭނާ
ހިނގަމުން
ދަނިކޮށް
މަގުމަތީގައި
ދުއްވާ
އެއްޗިހީގެ
ސަބަބުން
މަގު
ބެދިއްޖެއެވެ
ބެޓު
ނ
ކިރިކެޓް
ކުޅޭ
ފިލާގަނޑު
ބޭނޑު
ނ
ކަނޑުމަތީ
ދޫންޏެއް.
މިއީ
ފިޔަގަނޑު
ވަރަށް
ތޫރިކޮށް
ހުންނަ
ދޫންޏެކެވެ.
މިދޫނީގެ
ފިޔައިގެ
މަތީ
ފަރާތާއި
ބޮލާއި
ކަނދުރާ
މަތީގައި
ހުންނާނީ
ކަޅުކުލައާއި
ގާތް
ގަދަ
މުށިކުލައެވެ.
ބަނޑުދޮށް
ހުންނާނީ
ހުދުކުލައިގައެވެ.
ފަޔާއި
ތުނބުގައި
ހުންނަނީ
ކަޅުކުލައެވެ.
މިދޫނީގެ
ބޮޑުމިނަކީ
ގާތްގަނޑަކަށް
ފަނަރަ
ނުވަތަ
ސަތާރަ
އިންޗިއެވެ
ބޭރު
ނ
(1)
އެތެރެޔަށް
ނުވާތަން.
މިސާލު:
ގެއިންބޭރު.
ބޭރުމަތި.
(2)
ވަތްހޭލާ
ހިސާބު.
(3)
ގަނޑުވަރުތެރޭ
ބޭފުޅުން
ތިއްބަވާ
ތަންތާނގައި
ބޭރުން
އަންނަ
ޚާއްޞަ
ރައްޓެހިފުޅު
މީހުންނަށް
ކައްކާބަތް.
(4)
ނއ.
އެކަމެއްގެ
އެތަނެއްގެ
އެއްޗެއްގެ
އެބައެއްގެ
ތެރޭގައި
ނުހިމެނޭ
ބޭރުބަނޑަހަ
ނ
އިހުޒަމާނުގައި
ހަވަރުގެ
ތެރޭން
ބޮޑުމުސްކުޅި
ބޭކަލަކު
ނެތްވަރެއްނަމަ
އެވަރަކަށް
ކައްކާ
ކެއްކުން
ތަކުގެ
ކަންތަކާއި
ސިލޭހަބަތް
ކެއްކުމާއި
ކުދި
ބޭކަލުންގެ
ކޮއްތުގެ
ކަންތައް
ބަލަހައްޓައި
މިކަންކަމުގެ
ތަކެތި
ރައްކާކުރާން
ގަނޑުވަރު
ތެރޭގައި
ހުންނަ
ބަނޑަހަ
ބޭރުބަނޑޭރި
ނ
(1)
އިހުގައި
ގަނޑުވަރު
ތެރޭގައި
ބާޒާރާ
ބެހޭކަންތައް
ބަލަހައްޓާ
އުޅޭ
މީހާ
(2)
ގެއެއްގެ
ބާޒާރު
ކުރުމާއި
ބެހޭ
ކަންތައްތައް
ބަލަހައްޓާމީހާ
ބޭރުބޮޑުއަށި
ނ
އިހުގައި
ގަނޑުވަރުތެރޭ
ހުރި
އަށްޓެއް
މިއީ
ހަނގުބޭކަލުން
ދަމަށް
ދުރުވާ
ފަސްއަށިން
ހިއްތަން
ދޮރޯށިން
ބޭރުގައި
ހުންނަ
އަށްޓެވެ
ބޭރެ ހެރަހަ
ނ
)ޏ (
(1)
އެންދަމާން
ފައްތައިފައި
އޮންނަ
ދަލުގެ
އަރާމަތީކުރެވި
(2)
މަތިވަޑާންގަނޑުގެ
ކޮޅު
ބިތުގައި
ހުރަހަށް
އަޅާ
ދެވަކަރު
ބޭދި
ނ
)ގ (
ބަދިގަނޑު
ބޭލާ
ނ
މިޔުޒިކުގެ
އާލާތެއް
މީގެ
މައިގަނޑު
ބައިތަކަކީ
ބަޓަން
ލައިގެން
ހަދައިފައިވާ
ފޮއްޓަކާއި
އެފޮއްޓަށް
ހަރުކޮށްފައި
އޮންނަ
ދަނޑިއެކެވެ
މީގައި
އާންމުކޮށް
ހުންނާނީ
ހަރުނަރު
ފުރައިފައެވެ
މީގެއަޑު
ނެރޭނީ
މިނަރުތައް
އޭތީގެ
ދަނޑިޔާލައި
އިނގިލި
އޮބައި
ކެހެރި
ނުވަތަ
އެފަދަ
އެއްޗެހިވާންކޮށް
ފުރައިފައި
އޮންނަ
ދަނޑިއެއް
ނަރުތަކުގައި
ކާއްތައިގެންނެވެ
ބޭލުން
މ
(1)
މަތީގައި
ހުރިއެއްޗެއް
ތިރިކުރުން.
(2)
އެއްގަމުގައި
އޮތްއެއްޗެއް
ކޮށްޕައި
މޫދަށް
ނުވަތަ
ފެންގަނޑަކަށްލުން
(3)
ހަށިގަނޑުން
ފަޅައިފައި
ހުންނަ
އިސްތައްޓާއި
ގެރިބަކަރިފަދަ
ޖަނަވާރުގެ
ކެހެރި
ތޫނު
އެއްޗަކުން
ކަހައި
ފިލުވުން
(4)
ދަތުރުކޮށްފައި
އައިމީހަކު
އެއްގަމަށް
ގެނައުން
(5)
ރަށުންބޭރަށް
އަންނަމީހަކު
ރަށުގައި
ނުވަތަ
ގެއެއްގައި
ބެހެއްޓުން
(6)
އުޅަނދަކުން
މީހަކު
ނުވަތަ
އެއްޗެއް
އެއްގަމަށް
ނުވަތަ
އެހެން
އެއްޗަކަށް
ނުވަތަ
ތަނަކަށް
ގެންދިއުން
(7)
ދަތުރު
ފަތުރު
ކުރާ
އުޅަނދަކުން
ތަކެއްޗާއި
މީހުން
ހުސްކުރުން
(8)
ރަށެއްގައި
ދިރިއުޅޭބަޔަކު
އެރަށުން
ބޭރުކުރުން
(9)
އެހެލުމުގެ
އިދިކޮޅު
)01(
ކުޅިވަރުކުޅޭ
ދަނޑަކުން
ނުވަތަ
ކޯޓަކުން
މީހުން
ނުވަތަ
ބަޔަކު
ބޭރުކުރުން
ބޭސް އެޅުން
މ
ލޮލަށާއި
ނޭފަތަށާއި
ކަންފަތަށް
ނަމަ
ބޭހުން
ތިކި
ޖެއްސުން.
ހަށިގަނޑުގެ
އެހެން
ތަނެއްގައިނަމަ
ބޭސްގަނޑު
ބޭއްވުން
ނުވަތަ
ހިއްޕުން
ބޭސްކަރަ
ނ
އަރިދަފުސް
ރޯގާއަށް
ބޭނުންކުރާ
ދިވެހި
ބޭހެއް.
މިއީ
ދުންނިކަފަތް
ފެނުކައްކައިގެން
ނުވަތަ
ޅައަންނާރު
ފޮޅިކޮށްގެން
ހިއްތަލަފުށް
ނުވަތަ
ގޮދަން
ފުށުގައި
މަތިކަރާބޭހާ
ދިޔާ
ހަކުރު
އަޅައިގެން
ހިލާ
ބޭހެކެވެ
މިބޭސް
ހިލުމުގައި
ފޮނިތޮށި
ކާފޫރުތޮޅި
އަޅައެވެ
ފޮނިތޮށި
ކާފޫރުތޮޅި
އަޅާނީ
ބޭސްގަނޑު
ހަރުވަމުން
އަންނަ
އިރުއެވެ
ބޮށިގަނޑަ
ނ
)ސ.(
(1)
ވިހައިގެން
އުޅޭ
މީހުންނަށް
ބޯންދޭން
ތައްޔާރުކުރާ
ބޭހެއް.
މިއީ
މަތިކަރާ
ބޭހާއި
ގަސްގަހުގެމޫ
އެއްކޮށްގެން
ހަދާ
ބޭހެކެވެ.
މިބޭހަށް
"ބޮށިގަނޑަ"
މިހެން
ކިޔަނީ
މައިގަނޑު
އެއްޗަކަށް
ވަނީ
ބޯށިގަހުގައި
އަންނަ
ޅަބޯށިގަނޑުކަމަށް
ވާތީއެވެ.
(2)
ގަސްގަހުގައި
އެއްތަނޑަކަށް
ނުފޮޅި
ހުންނަ
މާގަނޑު
ބޮށިގަނޑު
ނ
(1)
ބޯށިގަނޑު
(2)
)މ ޅ (
ވެލަޔާއި
ކަހަނބުގެ
ތޮށިގަނޑު
ބޮނބި
ނ
(1)
ކާށި
ގަބުޅި
ފަދަތަކެތި
ހެހިގެންނަގާ
ތޮށިގަނޑު
(2)
ވިޔާމީހުންގެ
ބަހުރުވައިގައި
ތާންލާން
ގެންގުޅޭ
ފިހި
ބޮނބިއަރި
ނ
ކާއްޓާއި
ކުރުނބާ
ފަދަތަކެތި
ހެހޭއިރު
އޭގެ
ބޮނބިގަނޑުން
ފަހަރަކު
ނައްޓާބައި
ބޮނބިއެޅުން
މ
(1)
ބޮނބި
ފާލުގައި
ބޮނބި
ވަޅުލުން
މިއީ
ބޮނބި
ފާކޮށްގެން
ތަޅައިގެން
ނަރުނެގުމަށް
ކުރާކަމެކެވެ
(2)
)ބ (
ވިޔާން
ފުރައިފައި
ހުންނަ
އުއިގަނޑުގެތާން
ހިއްކާން
ފިހިކޭއްތުން
«
26
27
28
29
30
31
32
33
34
»