radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ފާރު
ނ
(1)
ރާނައިފައި
ހުންނަ
ބިތް
ނުވަތަ
ހުރަސް
(2)
ހަށިގަނޑުގައި
ކެނޑި
ހަލާކުވެފައި
ހުންނަ
ތަންތަން
(3)
ބދ
ވަޅުގަނޑު
ކުރަމަގާލިލުން
މ
(1)
ކެންޑޭ
ތަންތަނާއި
މެށޭ
ތަންތާނގެ
މަތީގައި
ލޭކޮޅު
ހިކުން
(2)
ފަސޭހަވަމުން
އަންނަ
ފާރުކޮޅެއްގެ
މަތީގައި
ތޮށިލުން
ކުޅިބަލާގެ
ނ
(1)
އިހުގައި
އަންހެނުން
މަގުމަތި
ބަލާން
އަރައި
ތިބުމަށް
މަގުމަތީ
ފާރުކައިރީގައި
ތަންކޮޅެއް
އުސްކޮށް
ހަދައި
ހިޔާކޮށްފައި
ހުންނަތަން
(2)
ކުޅިބެލުމަށްޓަކައި
އިށީނދެ
ތިބުމަށް
ހަދައި
ހިޔާކޮށްފައި
ހުންނަތަން
ކެހުން
ނ
(1)
ނ.
ގައިގެ
ހަމުގައި
އުފެދޭ
ހިރުވުމެއް.
(2)
ހިރުވުން
ފިލުވުމަށް
އިނގިލިތަކުގެ
ކޮޅުން
ނުވަތަ
އެހެންވެސް
އެއްޗަކުން
ގައިގެ
ހަމުގައި
ކޭއްތުން
(3)
ރާޅު
އެއްޗަކުން
ތަނެއްގައި
ކޭއްތުން.
(4)
ތޫނު
އެއްޗަކުން
އެއްޗެއްގައި
ކާއްތައިގެން
ކުނޑި
ނެގުން
ނުވަތަ
އުނިކުރުން.
މިސާލު:
)ހ(
ކެލާކެހުން.
)ށ(
އުނބުކެހުން.
(5)
ފާރުގައި
ސިމެންތި
ޖަހާއިރުގައްޔާއި
ތަޅުން
އަޅަމުންދާއިރު
އެއްވަރު
ކުރުމަށް
ސިމެންތިގަނޑު
ފަތިގަނޑަކުން
ކާއްތައި
ހަމަކުރުން
(6)
އިލޮށި
ފައްޗާއި
ފިހިގަނޑު
ފަދަތަކެތީން
ކުނި
އެއްކޮށް
ސާފުކުރުން
މިސާލު:
ކުނިކެހުން.
(7)
ލޮލުގައި
ހުންނަ
ވަކި
ވައްތަރެއްގެ
ބައްޔެއް
ބޭސްއަޅައިގެން
ފިލުވުން.
މިސާލު:
ފުސްކެހުން.
(8)
އުޔާއި
ބަރަންޏާއި
ނަނު
ފަދަ
ތަކެތި
އަތަށް
ނުވަތަ
އެއްޗަކަށް
ދޫދޫކޮށް
އޮޅުން.
(9)
ތަނެއްގައި
ހުރި
އެއްޗެހިތަކެއް
އެއްފަހަރާ
ގިނައިން
ގެންދެވޭގޮތަށް
އަތުން
ނުވަތަ
އެއްޗަކުން
ފަރާތަކަށް
ޖައްސައިލުން.
)01(
ދަމާފޮތިގަނޑެއް
ނުވަތަ
ފަރުދާއެއްފަދަ
އެއްޗެއް
މައްޗާއެކު
އެއްފަރާތްކޮށްލުން.
(11)
އެއްޗެއްގެ
މަތީ
ތޮށި
ތޫނު
އެއްޗެއް
ކާއްތައިގެން
ފިލުވުން
މިސާލު:
ކަނޑޫކެހުން.
(21)
ނަގިލި
ހިލިގެން
ދެމެމުން
ދިޔުން.
މިސާލު:
ނަގިލިކެހުން.
)31(
ހިފައިފައި
ހުންނަންވާ
އެއްޗެއް
ނުހިފައި
ކެހެމުން
ދިއުން.
މިސާލު:
)ހ(
ފުރޮޅުކެހުން.
)ށ.(
ރޯލުކެހުން.
)41(
އެމަށް
ފައްތައިފައި
އޮތް
ދަލެއް
އަތްމައްޗަށް
ދެމުން
މިސާލު:
ދާކެހުން
)51(
ވިލާތައް
ފަރާތްފަރާތަށް
ޖެހުން
މިސާލު:
ވިލާކެހުން
)61(
ކުރުނބާއިން
ހެވާ
ނެގުން
)71(
އުސްކޮށް
ހުންނަ
ފަސްތައް
ފަތުރައި
އެއްވަރުކުރުން
މިސާލު:
ފަސްކެހުން
)81(
ރިޔާ
ފަރުމާނު
މައްޗަށް
ބޮނޑިކުރުން
މިސާލު:
ރިޔާ
ކެހުން
)91(
)ޏ ސ(
ފުނާ
އެޅުން
މިސާލު:
ބޯކެހުން
)02(
މަޖާޒު:
ތުނބުޅި
ބޭލުން
އަނގަފާރުއެޅުން
މ
އަނގަފާރު
ބަލިޖެހުން
އަނގަފިޔަރި
ނ
ހިރުތައް
ފާރުވެ
ނުބައިވާ
ބައްޔެއް
އަރިވުން
މ
(1)
ތެދަށް
ހުންނަންވާ
އެއްޗެއް
އޮލަނބަށް
ނެތުން
)މިސާލު:
އެމުޑި
އެހުރީ
އަރިއަށެވެ (
(2)
ތެދަށް
އޮންނަންވާ
އެއްޗެއް
ރަހައަށް
ނެތުން
)މިސާލު:
އެފާރުއެއޮތީ
އަރިއަށެވެ
އިރުވައިކޮލި
ނ
ކޮންމެ
އަހަރަކު
މުލަ
ނަކަތް
ލައިގަތީމާ
ހެޔޮ
އިރުވަރެއް
ބަލައި
ބަޑިހެލުމަށްފަހު
ރަދުން
ގަނޑުވަރަށް
ވަދެވަޑައިގަތީމާ
ލައި
އުޅުނު
ކޮލި.
މިއީ
ދެބަނޑޮސް
ދޭތެރެއިން
އޮޑިއެއް
ދޯންޏެއް
ނުވަނުމަށާއި
ފާރުދޮށްކޮށައޮ
ދަމަށް
އަރާން
ކުރާ
އަމުރުގެ
ކޮއްޔެވެ
އިރުވައިމައުލޫދު
ނ
އިރުވަޔަށް
ބަޑިހެލީމާ
ބޮޑުދުންދޭ
ފަންސަވީސް
ޒިޔާރަތްދޮށުގައި
ފަންސަވީސްރޭ
ވާދެން
ރެޔަކު
ޒިޔާރަތެއް
ދޮށުގައި
ފޭލިގެ
ޖަހައިހެން
ކިޔައި
އުޅުނު
މައުލޫދު.
މައުލޫދު
ކިޔާނީ
ޒިކުރުވެރީންނެވެ.
މިމައުލޫދު
ފަށައި
މައުލޫދު
ބުނެހަދާނީ
ފަނޑިޔާރުގޭ
ނައިބު
ބޭކަލެކެވެ.
މައުލޫދު
ހުއްޓޭއިރަށް
ބޮޑު
ބަދިގެއިން
ފާރުދޮށު
ކޭމުގެ
ދެކޭން
ގެންނާނެއެވެ.
މިކަން
ކުރާނީ
ސިއްކަގޭ
ހަނގު
ބޭކަލުންނެވެ.
ބަޑިހެލީމާ
މާބަނޑޭރި
ބޭކަލަކު
ސިއްކަގެއަށާއި
ޒިކުރުވެރީންގެ
މުރީދުގެއަށް
އިރުވައި
މައުލޫދު
ކިޔުމުގެ
ޚަބަރާ
ފޮނުއްވާނެއެވެ
އުމަގު
ނ
(1)
އެތެރޭން
ހެދިފައިހުންނަ
ފާރު
(2)
އަނގަކުޑަކޮށް
އެތެރެބޮޑުކޮށް
ހެދިފައިހުންނަފާރު
އުމަގުތެޔޮ
ނ
އުމަގުފާރު
ހިއްކުމަށް
ގުންބާއިން
ދުއްވާތެޔޮ
އޮލަނބުރޯނު
ނ
ރާނާއިރު
ފާރުތެދަށް
ނެގުމަށްޓަކައި
ފާރުގެ
ދެކޮޅުގައި
އޮލަނބުލައިފައި
ޖަހާ
ރޯނު
ވަށައިފާރު
ނ
ތަނެއް
ނުވަތަ
ރަށެއްގެ
ވަށައިގެން
ލެވިފައިވާ
ފާރު
ވަކަރުގެ
ނ
އިހަށް
ކުޑަލާމިގަސްދޮށު
އަތިރިމަތީގައި
ފަހުން
މާރުކޭޓާ
ދިމާއިން
ދެކުނުގައި
ކުރީގެ
އަތިރިމަތީގައި
ސަރުކާރުގެ
ވަކަރު
ރައްކާ
ކުރާން
އަޅައިފައި
ހުރި
ގެއެއް
މިގޭގައި
ސަލާންޖަހާ
ކުދީން
ނިދާއުޅުނެވެ
އޭގެފަހުން
ބަނޑޭރިގެއާ
ދިމާއިން
އަތިރިމަތީ
ފާރު
ކައިރީގައި
އޭރު
އެތާހުރި
ހެލެބެނލިގަސްދޮށު
ދޮރޯށީގެ
ހުޅަނގުން
ސަލާންދޭ
ކުދީން
ނިދާ
އުޅޭން
ދައުލަތުން
އަޅުއްވައިފައިހުރި
ގެއަކަށްވެސް
ކިޔައިއުޅުނީ
ވަކަރުގެއެވެ
ވައްތީނިސަރުބަތު
ނ
ވައްތީނީގައި
ކައްކާ
ސަރުބަތު.
މިއީ
މޭފާރު
ބޭހެކެވެ
ވަލުބުޑު
ނ
(1)
ވަލުކައިރި.
މިސާލު:
ފާރުކައިރި
)ފާރުބުޑު(
ފުޅަށް
ކައިރި
)ފުޅަށްބުޑު(
(2)
ބުޑާއެކު
ވައްޓާލެވިފައިވާ
ވަލުގާ
ހުންނަ
ގަހުގެ
ބުޑު
(3)
ބުޑުން
ބަޔަކާއެކު
ކަޑާ
ވައްޓާލެވިފައިވާ
ވަލުގައި
ހުންނަ
ގަހާ
އެކުވެފައިވާ
ބުޑު
މައިފާރު
ނ
(1)
ރަށްވަށާ
ފާރު
(2)
ބޮޑުފާރު
(3)
ރަށުގެ
ބޭރުފާރު
މައިތޮށި
ނ
(1)
ރަށެއް
ނުވަތަ
ފަޅެއް
ފަދަ
ތަނެއްގައި
ޤުދްރަތީ
ގޮތުން
އުފެދިފައިވާ
ތޮށި
(2)
ރަށެއް
ފަޅެއް
ފަދަ
ތަނެއްގައި
ޤުދްރަތީގޮތުން
އުފެދިފައިވާ
ތޮށިމަތީގައި
ނުވަތަ
ބައެއްގައި
ގަލުންލާތޮށި
ނުވަތަ
ފާރު
މަތިބެދުން
މ
(1)
ގަސްތައް
ބޯވެގެން
މަތިނިވާވުން
(2)
ގައިގައިޖަހާ
ފާރު
ގަނޑުގެ
އަޑިނުބައިވުމާއިއެކު
މަތި
ހިކިފައި
ހުރުން
(3)
ހިޔާކުރާ
ތަންތާނގެ
މަތި
ރަނގަޅަށް
ހިޔާވުން
(4)
ކައްކާ
ތަކެތީގައި
ދުލިލުން
މަސްނުކުތުން
ނ
(1)
ލޮލުގައި
މަސްރޯކުރުން
(2)
ފާރުކޮޅެއްގައި
އިތުރުމަސްކޮޅެއް
އުފެދުން
މަސްރޯކުރުން
މ
(1)
ލޮލުގެ
ތެރެއިން
މަސްނުކުތުން
(2)
ފާރުގަނޑުގަނޑުގައި
ހުންނަންވާ
ވަރަށްވުރެ
އިތުރަށް
މަސްނުކުތުން
«
1
2
3
4
5
6
7
»