radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
މުށި
ނ
(1)
ރަތްކުލައާއި
އަޅިކުލައާ
އެއްވީމާ
ނިކުންނަ
ކުލަތައް
(2)
އަތްކަންކުރާ
މީހުން
ރަންރިހިތަޅަން
ގެންގުޅޭއެތި
(3)
ބިންމަތީގައި
ގޮޅި
ގޮޅިއަށް
ރޮނގު
)މުށިގެ(
އަޅައިގެން
ކުޑަކުދިން
ކުޅޭ
ކުޅިވަރެއް
(4)
ތަވައާއި
ފުފޭފަދަ
އެއްޗެހި
ހެދުމަށް
ކޯރު
ކިސަޑުން
ހަދާއެއްޗެއް
(5)
ގަސްއިންދުމަށް
ހަދައިފައި
ހުންނަ
އެއްޗެހި
(6)
އެއްޗެހި
ދޮންނަން
ހަދައިފައި
ހުންނަ
މުށިގަނޑު
ރޮނގުތެޔޮމަސް
ނ
ފަރުމަހުގެ
ބާވަތެއް
މިއީ
މަސްގަނޑުގެ
ތެޔޮކަންގަދަ
ފަރުމަހުގެ
ބާވަތެކެވެ
އުމުރުން
ގިނަ
ދުވަސްވީވަރަކަށް
ކުލަގަދަވަމުންގޮސް
ކަޅުކުލައަށް
ބަދަލުވާ
ގަދަމުށި
ކުލައިގެ
މަހެކެވެ
މިމަހުގެ
ނިގޫފަތް
ކުޑަވާނެއެވެ
ނިގޫކޮޅުގެ
ދެފަރާތުގައި
ކުޑަދެކުރަގަނޑާއި
ބޮޑު
ކުރަގަނޑެއް
ހުރެއެވެ
ބަނގަލާހަނދި
ނ
ކަޅުހަނދީގެ
ބާވަތެއް
މިއީ
ފަނޑު
ދޮންކުލައެއްއަރާ
ކަޅުމުށިކުލައިގެ
މަހެކެވެ
ނިގޫފަތް
ހުންނާނީ
ދެކަފިވެފައެވެ
ބަރަބޯ
ނ
ތަރުކާރީގެ
ބާވަތެއް.
ބަރަބޮލަކީ
ސިފަޔާއި
ބޮޑުމިނާއި
ކުލަ
ތަފާތުކޮށް
ހުންނަ
ތަރުކާރީއެކެވެ.
ވަށްކޮށް
ފަތާކޮށާއި
އަދި
ވަށްކޮށް
ދިގުކޮށްވެސް
ހުރެއެވެ.
ބަރަބޯ
ހުންނަނީ
އެކި
ބޮޑުމިނުގައެވެ.
ބަރަބޮލުގެ
ތެރޭގައި
ފެހިކުލައިގެ
ބަރަބޮލާއި
މުށިކުލައިގެ
ބަރަބޯހުރެއެވެ.
ލައްލައް
ޖަހައިފައި
ފެހިކުލައިގައި
ހުންނަ
ބަރަބޮލާއި
މަޑުމުށި
ކުލައެއްގައި
ހުންނަ
ބަރަބޯވެސް
ހުރެއެވެ.
ބަރަބޯވެލަކީ
ވަރުގަދަކޮށް
ފެތުރިހެދޭ
ފަތް
ބޮޑެތިކޮށް
ވެޔޮގަނޑުގައި
ހަރުކެހެރިއެއް
ހުންނަ
އަދި
އިސްފިރޭނުތަކެއްހެން
އޮޅިފައި
ހުންނަ
ނަރުވާތަކެއް
ހުންނަ
ވެލެކެވެ
ބަތްޕެންހިކާ
ނ
ހިކާގެ
ބާވަތެއް.
މިމަހުގެ
މަތީބައިގެ
ކުލައަކީ
މުށިކުލައެވެ.
ބޮލުން
ފެށިގެން
މަހުގެދިގަށް
ފުޅާ
ގަދަ
މުށިކުލައިގެ
ބޭންޑެއް
ހުރެއެވެ
ބުރިކަށިމަތީގައި
ހުންނަނީ
މުށިކުލައެވެ
ބަނޑުދަށް
ފަރާތުގެ
ކުލައަކީ
މަޑު
ރީނދޫ
ކުލައެވެ
ބަތްޕޮޅިކޮކާ
ނ
ކޮކާ
މަހުގެ
ބާވަތެއް
މިއީ
މުށިކުލަޔާއި
އޮރެންޖު
ކުލައިގެ
ކުރެހުން
ތަކެއް
ހުންނަ
މަހެކެވެ
މިމަސް
ހުންނަނީ
ކޮކާލަކާ
ވައްތަރު
ގޮތަކަށެވެ
ބަތްޕޮޅިމަސް
ނ
ފަރުފަޅުގަޔާއި
އެތެރެވަރީގައި
ދިރިއުޅޭ
މަހެއް
މިހުންނަނީ
ބަތްޕޮޅި
ބުރަށެވެ
މަހުގެ
ކުލަޔަކީ
އަޅިކުލަޔާއި
މުށިކުލައެވެ
ކޮތަރިބަޔާއި
ނިގޫފަތުގައި
ހުންނަނީ
މުށިކުލައެވެ
ބާފޮތިފާނަ
ނ
ފާނައިގެ
ބާވަތެއް
މިމަހުގެ
ނިގޫފަތުގެ
ކޮޅުހުންނަނީ
ވަށްކޮށެވެ
މަހުގެ
ކުލައަކީ
އަޅިމުށި
ކުލައެވެ
ބުރިކަށިމަތީގައި
ހުދުކުލައިގެ
ލައްތަކެއް
ހުރެއެވެ
މިމަސްމަރުވުމުން
މުޅިމަސް
ގަދައަޅި
ކުލައަށް
ބަދަލުވެ
ހަސްނެތިބާވެފައިވާ
ފޮތިގަނޑެއްގެ
ކުލައަށް
ބަދަލުވެދެއެވެ
ބާދިރީ
ނ
ގޮވާމުގެ
ބާވަތެއް
މިއީ
އޮނުފަތްހެއް
ހިމަދިކޮށް
ފަތްހުންނަ
ގަހެއްގައި
ނިކުންނަ
ދިގުކުރާ
ގަނޑެއްގައި
އަޅާ
އޮށްޓަރެކެވެ
މީގެ
ކުލައަކީ
ގަދަމުށިކުލައެވެ
މިގަސްހެދެނީ
ގާތްގަނޑަކަށް
4
ފޫޓު
5
ފޫޓަށެވެ
މިއީ
ކުދިބަތް
ހުންނަ
ފާޑަށްއެއަށްވުރެ
ބޮޑެތިކޮށް
ހުންނަ
ގޮވާމެކެވެ
ބާތުންމަސް
ނ
ހަނދީގެ
ބާވަތެއް
މިއީ
ހަލުވިމަހާ
ވައްތަރު
މަހެކެވެ
މިމަހުގެ
މަތީބައިގެ
ކުލައަކީ
ފެހިކުލައަކަށްދާ
މުށިކުލައެކެވެ
ބަނޑުދޮށް
ފަރާތާއި
އަރިމަތި
ހުންނަނީ
ރިހި
ހުދުކުލައިގައެވެ
ކަރުތާފަތްގަނޑުގެ
މަތީބައިގެ
ކޮޅުގައި
ކަޅުކުލައިގެ
ކުޑަލަފެއް
ހުރެއެވެ
ބިންބި
ނ
ގޮވާމުގެ
ބާވަތެއް
މިއީ
އިނގިލިތަކެއްހެން
ހުންނަ
ކުރާގަނޑެއްގައި
ގަންނަ
ފުއްކުދި
ގޮވާމެކެވެ
މިގޮވާމުގެ
ބޭރުގައި
ހިލަތޮށްޓެއް
ހުންނާނެއެވެ
މިހަރުވީމާ
ހުންނާނީ
ގަދަރަތްކުލައިގައި
ނުވަތަ
މުށި
ކުލައިގައެވެ
ނުވަތަ
ކަޅު
ރަތްކުލައިގައެވެ
މިގޮވާމުގެ
ފުއްތައް
ހުންނަނީ
ވަށްކޮށެވެ
ބިންބޯހަނދި
ނ
)އ (
ހަނދީގެ
ބާވަތެއް
މިއީ
ފަނޑު
މުށިކުލައިގެ
ދަޅައެއް
އަޅާ
ފެހި
ނޫކުލައިގެ
މަހެކެވެ
ކަރުތާފަތުގެ
މަތީގައި
ކަޅުކުލައިގެ
ލަފެއް
ހުންނާނެއެވެ
ބިސްބޮލި
ނ
ބޮލީގެ
ބާވަތެއް
މިބޮލީގެ
ބޭރު
ހުންނަނީ
ހުދުކުލައިގައެވެ
އެތެރެ
ފުށުގައި
ހުންނަނީ
ދަނބު
މުށިކުލައެވެ
ބޮލީގެ
ކުރީ
ކޮޅާއި
ފަހަތުކޮޅު
ދުރަށް
ނުކުމެފައި
ހުރުމާއެކު
މައްޗަށް
ފުރޮޅިފައި
ކަހަލަ
ގޮތަކަށް
ހުރެއެވެ
ބުރުދާވަކަރު
ނ
އުސްކޮށްހެދޭ
ގަހެއްގެ
ލަކުޑި.
މިގަހުގެ
ފަތުގެ
ތަނޑިދިގުވާނެއެވެ
ފަތް
ހުންނަނީ
ތުނޑުތުނޑުލައިފައެވެ
މިއީ
ހުދުކުލައިގެ
މަލެއްއަޅާ
ގޮފިބަލިގަހެކެވެ
މިގަހުގެ
އާރު
ހުންނަނީ
ދޮންމުށިކުލައެއްގައެވެ
އާރުގައި
މާޒާން
ކުރެހުންހުރެއެވެ
އާރުގެ
ބޭރުއޮޅުފަށްހުންނަނީ
ދޮންހުދުކުލައެއްގައެވެ
ލަކުޑިގަނޑު
މަށައިލުމުން
މީރުވަހެއް
ދުވާނެއެވެ
ބުރޮޅި
ނ
އޮށްބޭހުގެ
ފަސްބާވަތުގެ
ތެރެއިން
އެއްބާވަތެއް
މިއީ
ވަށްކޮށް
އެއްކޮޅު
ތަނޑެއްގެ
ސިފައަށް
ކުޑަކޮށް
ދިގުވެލައިފައި
ހުންނަ
އެއްޗެކެވެ
ބޭރު
ހުންނާނީ
އޮމާންކޮށެވެ
މީގެ
ކުލައަކީ
މުށިކުލައަކަށްދާ
އަޅި
ކުލައެކެވެ
ޢާއްމުކޮށް
ބޭހަށް
ބޭނުން
ކުރަނީ
ބުރޮޅިގެ
ބޭރެވެ
ބައެއްކަހަލަ
ބޭހަށް
މީގެ
މަދުވެސް
ބޭނުން
ކުރެއެވެ
ބުޅިތުނބި
ނ
ގޮނޑުދޮށު
ދޫނީގެ
ބާވަތެއް
މިއީ
އޮޅުކޮށްގެން
ގޯތިތެރޭގައި
ގެންގުޅޭ
އުމުރު
ދިގު
ދޫންޏެކެވެ
މީގެ
ދެތިން
ވައްތަރެއް
އުޅެއެވެ
މިދޫނީގެ
ތުން
ހުންނަނީ
ދިގުކޮށް
ގުދުކޮށްނެވެ
ފައިދިގުވާނެއެވެ
ފަތްތަކުގައި
ދޮން
ކުލައަކާއި
ގަދަ
މުށިކުލައަކުން
ދެފަތް
ކިރުޅިވެފައި
ހުރެއެވެ
ބަނޑުދަށް
ފަރާތް
ހުންނަނީ
ހުދުކުލައެއްގައެވެ
މިއީ
ބައެއް
ދުވަސްވަރަށް
ގިނަގިނައިން
ގޮވާލަގޮވާލާ
އިންނަ
ދޫންޏެކެވެ
އެގޮތަށް
ގޮވަން
ފެށީމާ
ވިއްސާރަ
މޫސުން
ކައިރިވަނީކަމަށް
ލަފާކޮށް
"ފެނަށްގޮވަނީއޭ"
ދިވެހިން
ކިޔައިއުޅެއެވެ
ބެރެބެދިދަންބޮޑު
ނ
ދަންބޮޑުގެބާވަތެއް
މިއީ
ބެރެބެދިކުލައާއި
އެއްފަދަ
ރަތްކުލައެއް
ހުންނަ
ކުޑަވަރެއްގެ
މަހެކެވެ
ހުޅުނބުތަކުގެ
ކައިރިފަށައި
ކަރުތާފަތުގެ
މަތީ
ކައިރިފަށް
ގަދަމުށިކުލައެއްގައި
ހުރުމާއެކު
ނިގޫފަތް
ހުންނަނީ
ހުދުކުލައިގައެވެ
ބޭނޑު
ނ
ކަނޑުމަތީ
ދޫންޏެއް.
މިއީ
ފިޔަގަނޑު
ވަރަށް
ތޫރިކޮށް
ހުންނަ
ދޫންޏެކެވެ.
މިދޫނީގެ
ފިޔައިގެ
މަތީ
ފަރާތާއި
ބޮލާއި
ކަނދުރާ
މަތީގައި
ހުންނާނީ
ކަޅުކުލައާއި
ގާތް
ގަދަ
މުށިކުލައެވެ.
ބަނޑުދޮށް
ހުންނާނީ
ހުދުކުލައިގައެވެ.
ފަޔާއި
ތުނބުގައި
ހުންނަނީ
ކަޅުކުލައެވެ.
މިދޫނީގެ
ބޮޑުމިނަކީ
ގާތްގަނޑަކަށް
ފަނަރަ
ނުވަތަ
ސަތާރަ
އިންޗިއެވެ
ބޮނޑަންއިލޮލި
ނ
ގޮނޑު
ދޮށު
ދޫނީގެ
ބާވަތެއް.
މިއީ
ބޮނޑަނައާއި
ވައްތަރު
ދޫންޏެކެވެ.
މީގެ
ތުން
ދިގުވެފައި
ތުނބުގެކުރީކޮޅު
ހުންނަނީ
ތިރިއަށް
ލެނބި
ލައިފައެވެ.
ތުނބުގެކުލައަކީ
ކަޅުދަނބުކުލައެވެ
ދޫނީގެ
ބުރަކަށިމަތީގައި
ހުންނަނީ
އަޅި
މުށި
ކުލައެވެ
ބަނޑުދޮށް
ހުންނަނީ
ހުދުކުލައެއްގައެވެ
ފިޔައިގެ
ކުރުފަތްބައިގެމަތީ
ކައިރި
ހުންނަނީ
ހުދުކުލައިގައެވެ
ބޮންޑާފާނަ
ނ
އޮޅުފާނައިގެ
ބާވަތެއް.
މިއީ
އާދައިގެ
ފާނައަށްވުރެ
ބިޔަ
ނިގޫފަތުގެ
ކޮޅު
އެއްވަރަކަށް
ހުންނަ
އަނގަ
ބޮޑު
ދަތްތޫނު
ގަދަރަތްކުލައިގެ
މަހެކެވެ.
މަހުގެ
ވަށައިގެން
ގަދަ
މުށިކުލައިން
ކައިރިއެޅިފައި
ހުންނަ
ނޫކުލައިގެ
ތިކިތަކެއް
ހުރެއެވެ.
އަދި
ބުރިކަށިމަތީގައި
ހުރަހަށްވާގޮތަށް
ފުޅާ
ދެތިން
ގަޅި
ހުރެއެވެ
ބޮޑުހޯގުޅާ
ނ
ކަނޑުމަތީ
ދޫންޏެއް
މިދޫނީގެ
ބޮޑުމިނަކީ
ގާތްގަނޑަކަށް
51
ވަރަކަށް
އިންޗިއެވެ
މުޅިދޫނީގެ
ކުލައަކީ
ކަޅުކުލައާއި
ގާތްކުރާ
ގަދަމުށިކުލައެވެ
ތުން
ހުންނަނީ
ކަޅު
އަޅިކުލައެއްގައެވެ
ފައިގެ
ކުލައާއި
ހަށިގަނޑުގެ
ކުލަ
އެއްގޮތްވާނެއެވެ
ދޫނީގެނިސްބަތުން
ތުންދިގުކޮށް
ގަދަފަދަކޮށް
ދައްކައެވެ
ފިނދުފަތް
ހުންނާނީ
ކުރިއަށް
ފޭހިފައި
ހުންނަގޮތަށެވެ
ބިސްއަޅާއުމުރުގެ
ދޫނީގެ
ފިޔައިގެ
ދަށްފަރާތާއި
އެކުބަނޑުދޮށް
ފަރާތް
ހުންނާނީ
ހުދުކުލައިގައެވެ
«
1
2
3
4
5
6
7
»