radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ވަސް
ނ
(1)
ނޭފަތުން
ކުރެވޭ
އިޙުސާސް.
މިސާލު:
މީރުވަސް
ނުބައިވަސް
(2)
ދެފުރާޅަށް
ހިޔާކުރާ
ތަންތާގެ
މަތިވަޑާން
ގަނޑުގެ
މެދުގައި
ކޮޅަށް
ޖަހާފައި
ހުންނަ
ތޮނަތަކުގެ
މަތީގައި
އޮންނަ
ވަކަރު
(3)
އުދޯލިފަދަ
އެއްޗިހި
އެލުވާފައި
އޮންނަ
ހުރަސް
ހިކަނދި
ނ
(1)
ލޯއަދިރި
ވަސްނުބައި
ދިރޭ
އެއްޗެއް
މިވައްތަރުވާނީ
މީދަލާއެވެ
(2)
ބައެއް
މަސްމަހުގެ
ބަނޑުތެރޭ
އޮންނަ
އެއްޗެއް
ހިއަދެވިކަމަނާބޯ
ނ
ހިޔަތޮނަ
މިއީ
މުލުގައި
މީރުވަސްދުވާ
ވިނައެކެވެ
ހިއްމަލާދުވަސް
ނ
)ސ (
ދަތުރެއްގެ
ފެށުމަށް
ގަސްދުކުރާ
އެންމެ
ފަހުދުވަސް
ހިއްޗަށްވަޑައިގަތުން
މ
(1)
ރަމަޟާންމަހު
22،
24،
26،
28
މިދުވަސް
ދުވަހު
ހަވީރު
ނުވަތަ
މިދުވަސް
ދުވަހާއި
ވިދިގެން
އަންނަ
ރޭރޭ
ކުރާރަސްމީ
ކަންތައް
އަދާ
ކުރެއްވުމަށް
ރަދުން
ނުވަތަ
ހަތްކޮޅު
ނަގާ
ބޭފުޅުން
އެދުވަހަށް
ޚާއްޞަ
ވެގެންވާ
ޒިޔާރަތެއްގެ
ދޮށަށް
ރަސްމީގޮތުގައި
ވަޑައިގަތުން (2)
"ހިތި"
ބަލާ!
ހިތި
ނ
(1)
ހަބަރުގައި
ހުންނަރަހަ.
(2)
ބާވަތެއްގެ
ފަތްކުދި
ބޮޑުގަހެއް.
(3)
ހިތިގަހުގެ
އޮށް.
(4)
ބަތާލައިގެން
ކާން
ފުނޑި
ހަވާދުނުލާ
ކައްކާ
ދޮންރީނދޫ
ކުލައިގެ
ދިޔައެއް.
މީގެ
ތެރެއަށް
ހިތި
ދަމުއިލުމީ
ކޮންމެހެން
ބޭނުން
ކަމެކެވެ.
(5)
ހިޔާނުކޮށް
ހުންނަ
ފެންގަނޑުގައި
އުފެދޭ
ދޮން
ފެހި
ކުލައިގެ
ކުދިކުދި
ދިރޭއެއްޗެއް.
މީގެ
ބޮޑުމިންވާނީ
ގެރެވިފުކެއް
ވަރެވެ.
އެކަމަކު
އޭގެ
ސަބަބުން
މުޅި
ފެންގަނޑު
އޮންނާނީ
އޮލަވެފައެވެ.
(6)
ބަބުކޭލުގެ
ތެރޭގައި
ހެދިފައި
ހުއްޓާ
ފެންނަ
ފެހިކުލައިގެ
ބައްޔެއް.
(7)
ރަމަޟާންމަހުގެ
22،
24،
26،
28
މިދުވަސް
ދުވަހާއި
މިދުވަސްދުވަހާއި
ވިދިގެން
އަންނަރޭރޭ
ކޮށްއުޅުނު
ރަސްމީ
ކަންތައްތަކެއް (8)
ނއ
ރަހައާއި
ގުޅޭ
ގޮތުން
ބޭނުންކުރާ
ނަންއިތުރެއް
މިސާލު:
ހިތިބޭހެއް (9)
މަޖާޒު:
ކަމަކުންނުކުންނަ
ދެރަނަތީޖާ:
މިސާލު
ހިތިނަތީޖާ (10)
ހިތަށްކުރާ
ވޭނީ
އަސަރު
މިސާލު:
ހިތިހިތާމަ
(11)
"ހިތުން"
މިބަހުގެ
ނިމިނިމުނުކަން
ހިތިވުން
މ
(1)
ހިތިރަހަދިނުން
(2)
މަލާއި
މޭވާފަދަ
ތަކެއްޗަށް
ލިބޭ
ހާނީކައަކުން
އޭގެ
ރަހަޔާއި
ވަސް
ބަދަލުވުން
(3)
މަޖާޒު:
ނުބައިވުން
ހިތިދުވަސް
ނ
ރަމަޟާންމަހު
22،
24،
26،
28
މި
ހަތަރު
ދުވަސް.
މިއީ
ރަސްމީ
ގޮތުން
ރަސްކަލަކު
ބައެއް
ވަލީވެރިންގެ
ޒިޔާރަތަށް
ފާތިޙާ
ވިދާޅުވުމަށް
ވަޑައިގަންނަވާ
ދުވަސް
ދުވަހެވެ.
(1)
ހެންވޭރު
ބޮޑު
ހިތީގައި
ޙަބްޝީގެފާނުގެ
މަޤާމްފުޅަށް.
(2)
މާފަންނު
ބޮޑު
ހިތީގައި
އަލި
ރަސްގެފާނު
ޒިޔާރަތަށް.
(3)
ހެންވޭރު
ކުޑަހިތީގައި
މެދުޒިޔާރަތަށް.
(4)
މާފަންނު
ކުޑަހިތީގައި
ފަޤީހު
ސުލައިމާނު
ޒިޔާރަތަށެވެ.
ފަހުން
މިކަމުގެ
ރަސްމިއްޔާތު
ރޭގަނޑަށް
ބަދަލުވީމާ
އޮންނަނީ
23،
25،
27،
29
މިރޭ
ތަކުގައެވެ
ހިތުނެތްގޮތް
ނ
(1)
ހިތަށްވެސް
ނާރާ
ފަދަ
ކަންތައް
(2)
ތަނަވަސްކަމުގެ
ކޮޅުނެތް
ކޮޅު
މިސާލު:
އައްޔަށް
އެ
މާވަހަރު
ހޮވުނުފަހުން
އެ
އާއިލާ
ހިތުނެތްގޮތަށް
ދިރިއުޅެމުން
ގެންދެއެވެ
ހިތްފުރިއެރުން
މ
(1)
މާބޮޑަށްހިތްއުފާވުން
(2)
މާބޮޑަށް
ހިތަށް
ހަމަޖެހުމާއި
ތަނަވަސްކަން
ލިބުން
ހިތްދަތި
ނއ
(1)
ހިތް
ނުތަނަވަސް
ވެފައިވާ
(2)
ކަންބޮޑުވެފައިވާ
(3)
ފިކުރުބޮޑުވެފައިވާ
(4)
ހިތާމަ
ލިބިގެންވާ
ހިތްދަތިކަން
ނއނ
(1)
ހިތްނުތަނަވަސްކަން
(2)
ކަންބޮޑުވެފައިވާކަން
(3)
ފިކުރުބޮޑުވެފައިވާކަން
(4)
ހިތާމަ
ލިބިގެންވާކަން
ހިތްދަތިކުރުން
މ
(1)
ހިތާމަކުރުން
(2)
ހިތްނުތަނަވަސް
ކުރުން
(3)
ފިކުރުބޮޑު
ކުރުން
ހިތްދަތިވުން
މ
(1)
ހިތާމަވުން
(2)
ހިތްނުތަނަވަސްވުން
(3)
ފިކުރުބޮޑުވުން
ހިތްތޫނު
ނއ
(1)
ހިތުންދަސްވުން
އަވަސް
(2)
ދަސްކުރުމުގެ
ބާރުގަދަ
ހިތްތޫނުކަން
ނއނ
(1)
ހިތުދަސްވުން
އަވަސްކަން
(2)
ދަސްކުރުމުގެ
ބާރުގަދަކަން
ހިތްތެޅުން
މ
(1)
ހިތުގެ
ހަރަކާތް
އިތުރުވުން
(2)
ހިތުގައި
ބިރެއް
ނުވަތަ
ވަސްވާހެއް
އުފެއްދުން
(3)
ކަންބޮޑުވުން
(4)
ހިތަށް
ކުއްލިޔަކަށް
އަސަރުކުރުން
ހިލަކިހުނު
ނ
ބައްޔެއްގެ
ނަން.
މިބަލީގައި
ކުޑަކަމުދިއުން
ދަތިވެ
ބަނޑުގައިރިހި
ކުރިމަތި
ފަރާތުން
ހިލަ
ނުވަތަ
ވެލިކަހަލަ
އެއްޗެއް
އަންނާނެއެވެ.
އަޞްލުގައި
ކިހުނުބައްޔާއި
ހިލަ
އުފެދޭ
ބައްޔާއި
މާބޮޑުގުޅުމެއް
ނޯވެއެވެ
ނަމަވެސް
ދެބަލީގައިމެ
އަވަސް
އަވަހަށް
ކުޑަކަމުދާން
ޖެހިފައި
ކުޑަކަމުދާއިރު
ތަދުވާގޮތްވާތީ
ހިލަކިހުނޭ
ކިޔާފައިވަނީއެވެ
ހިޔަންޏަށްމުޑިނެގުން
މ
(1)
ބައެއް
ޖަނަވާރު
ހިޔަންޏެއް
ފެނިގެން
އެއީ
އަސްލޭ
ހީކޮށް
އެއާ
ދިމާއަށް
މުޑިނެގުން.
(2)
މަޖާޒު:
ކަމެއް
ޙާސިލުވެދާނޭކަމަށް
ހީކޮށް
އޭގެ
އަސްލެއްނެތި
އެކަމެއް
ލިބިއްޖެނަމަ
ކުރަންވީ
ަކަންތައްތައް
ހޯދައި
މީހުން
ހިނިއަންނަ
ދަރަޖައަށް
އެކަމައިގެން
އުޅުން
މިސާލު:
ޖައްރާފައިގެ
ވެރިކަން
ލިބިދާނެކަމަށް
ހީކޮށް
ޖައްރާފައިގައި
އުޅޭ
މީހުންކުރެން
އޭގެ
ވާހަކައަހައި
އަވަސްއަވަހަސް
އިންޖީނުގެއަށް
ވަދެ
މީހުން
ހިނިއަންނަ
ދަރަޖައަށް
އުޅުން
ހިޔާބޮޑުގަސް
ނ
(1)
ބޮޑުތަނަށް
ހިޔާފެތުރިފައިވާ
ގަސް.
(2)
މަޖާޒު:
މީހުންނަށް
ބޮޑަށް
އެހީފޯރުވާ
ތަނަވަސް
މީހާ
ހިޖުރައޮޅުން
މ
(1)
ހިޖުރައިންވީ
ދުވަސް
އޮޅުން
(2)
މަޖާޒު:
އެއްބަސްވީ
ގޮތާ
ޚިލާފަށް
ކަން
ހިނގާން
ފެށީމާ
ތިމާޔަށް
އޮޅުން
އެރުން
(3)
ހަދާނެ
ނުހަދާނެ
ގޮތެއް
ނޭނގުން
(4)
މުސްކުޅި
ވެގެން
ގޯސްމަތިންލުން
«
1
2
3
4
5
6
7
»