radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
އަށް
އ
ޔަށް.
މިއީ
ނިމުމުގެ
މާނާގައި
ޖުމްލައިގެ
ފަހަތަށް
ގެންނަ
އަކުރެކެވެ.
މީގެމާނަ
ދޭހަވާނީ
އެހެން
އެއްޗަކާއި
ގުޅުނީމައެވެ.
މިސާލު:
ގެއަށް
މަދުރަސާއަށް
ކަލެއަށް
ހައްދު
ނ
(1)
ޒިނޭކުރުމުން
ނުވަތަ
ރާބުއިމުން
އެމީހާގެ
ގައިގައި
ދުއްރައިން
ތަޅާތެޅުން.
(2)
މީހަކާ
ދިމާއަށް
ޒިނޭކޮށް
ފިޔޭ
ބުނެ
ޒިނޭ
ސާބިތުނުވީމާ
އެބުނި
މީހާގެ
ގައިގައި
ދުއްރައިން
ތަޅާތެޅުން.
(3)
މިން.
(4)
ހިސާބު.
މިސާލު:
)ހ(
ހައްދުފަހަނަޅައި
ހިނގައްޖެއޭ
ބުނެފިނަމަ
އެއީ
މިނަށްވުރެ
އިތުރަށް
ދިޔައީއެވެ
)ށ(
މީނާ
ދުންބުއިމުގެ
ހައްދެއްނެތޭ
ބުނެފިނަމަ
އެއީ
ދުންބުއިމުގެ
ވަކިމިންވަރެއްނެތީއެވެ
ހައްދުފަށަށް އެރުން
މ
ކައިވެނިވުމަކާއި
ނުލައި
ދެމަފިރިންގެ
ދަރަޖައަށް
ގައިގޯޅިވެގެން
އުޅުން
ހައްޖުބޯފޮޅި
ނ
(1)
ޙައްޖުމަހު
އަށްވަނަ
ދުވަހު
ފިހާ
ބޯފޮޅި
(2)
"ބޯފޮޅި"
ބަލާ!
ހަވަރަށްދެއްވުން
މ
ދައުލަތަށް
ނުވަތަ
ރަދުންނަށް
ބޮޑުކުށެއް
ކޮށްފި
މީހަކަށް
އަދަބު
ދިނުމަށްޓަކައި
ޚާއްޞަގޮތެއްގައި
ހަނގުބޭކަލުން
ބޭނުން
ކޮންމެ
ގޮތެއް
އެމީހާއަށް
ހަދައިލުމަށް
ރަދުން
އެމީހަކު
އެބޭކަލުންނަށް
ދެއްވުން
ހަވަރުކެނބު
ނ
ބޮޑެތިފަލަ
ކެނބު
އިހުގައި
މިކަހަލަ
ފަލަ
ކެނބު
އަޅަނީ
ހަވަރު
ނުކުންނަވައިގެންނެވެ
އެއަށް
މިނަން
ކިއުނީ
މިހެން
ވެގެންނެވެ
ހަވަރުގޮވައިލުން
ނ
ވަޒީރުންނާއި
ފުރަދާނައިން
ޢީދުރޯދައަށް
ހަވަރަށް
ދެއްވާ
ޖާފަތް
ހަވާދު
ނ
(1)
ރިހަކައްކާއިރުއަޅާ
ދިރި
ދަވިއްގަނދު
ކޮތަނބިރި
ފިޔާ
ލޮނުމެދު
މިރުސް
ފަދަ
ރިހަޔަށްލާން
ބޭނުންކުރާ
ބާވަތްތައް
(2)
އަތްކަންކުރާމީހުން
ރަނުގެ
ބަޔެއް
ގަހަނާގެ
ކުރެހުމުގެ
ތެރެއަށް
އަޅާ
ކަޅުކުލައިގެ
އެއްޗެއް
(3)
ފޮނިތޮށި
ހަވާދު
ހަތަރުފަލުކުނާ
ނ
ރާއްޖޭގައިވިޔާ
ދުރުދުރުގައި
ރޮނގުހުންނަ
ކުނަލެއް
މިއަށް
މިނަން
ކިއުނީ
ވާރުނެގި
ޒަމާނުގައި
ހަތަރު
ފައު
ބޮލީގެ
ބަދަލުގައި
މިކުނާ
ޤަބޫލުކުރާތީއެވެ
ހަތަރުދަން
ނ
(1)
ދުވާލު
ނުވަތަ
ރޭގަނޑުގެ
ހަތަރުބައި
(2)
މުޅި
ދުވާލު
ނުވަތަ
މުޅި
ރޭގަނޑު
(3)
ސާޅީސްއަށް
މޭލުގެ
ދުރުމިން
ހަތަރުދަންފަށް
ނ
ސާޅީސްއަށް
މޭލުގެ
ދުރުމިން
ހަތާވީސް ކިޔެވުން
މ
އިހުގައި
ކޮންމެ
ރޯދަމަހެއްގެ
72
ވިލޭރޭ
ދަރުމަވަންތަ
ރަސްގެފާނު
މިސްކިތުގަޔާއި
ދެގެދޭތެރެގަޔާއި
ކުޑަކިބާ
ބޭރު
ގެކޮޅުތެރޭގައި
ޤުރްއާން
ކިޔެވުން.
މިކަން
ކުރަން
ފަށަނީ
ތަރާވީސްކޮށް
ނިމުނީމާ
ދަރުމަވަންތަ
ރަސްގެފާނު
މިސްކިތުގައި
ބޮޑުކިޔެވެނިންނާއި
ކުދިކިޔެވެނިންނެވެ.
އޭރު
72
ފުކުގައި
ދިއްލާފައި
ހުންނާނެއެވެ.
ކިޔަވާނީ
ފޮތް
ފޮއްޓެކެވެ.
އެއަށްފަހު
ގަނޑުވަރުތެރެއަށް
ދުރުވެ
ދެގެ
ދޭތެރޭގައެވެ.
މިވަގުތު
ކުޑަކިބާ
ބޭރުގެކޮޅު
ތެރޭގައި
ޚަތީބުބޭކަލަކު
ފޮތް
ފޮށިކޮޅެއް
ބެހެއްޓެވީމާ.
"ތިންމަހުރޯދަކިޔަވަން"
އަށްޓަށް
ދުރުވި
ބޭކަލުން
ނައްކާރަ
ޖަހަންދެން
ކިޔަވާނެއެވެ.
ފަހަކަށް
އައިސް
މިކިޔެވުން
ކިޔެވީ
ހުކުރު
މިސްކިތު
ހަރުގޭގައެވެ
ހަތި
ނ
(1)
ފީވެފައިހުންނަ
ރުއްބުޑުން
ފަޅާ
ފަށަލަ
ފަށަލައަށް
ހުންނަ
ހުދު
ރީނދޫ
ކުލައިގެ
ގަދަކަންފަތް
ތެތް
ލަކުޑި
ގަނޑެއް
ހިކެމުން
އަންނަ
އިރުވެސް
މިކަހަލައެއްޗިހި
ފަޅައެވެ
(2)
މޫދުން
ފަޅައިފައި
ހުންނަ
ބާވަތެއްގެ
ގަލެއް
ހަތިކޮޅު
ނ
(1)
މަޑައިގައި
ހަރުކޮށްފައި
އޮންނަ
ހެތުރު
މަޑަދަނޑީގައި
ކުޑަގޮތަކަށް
ހަރުކޮށްލުމަސް
ބޭނުންކުރާ
ބަލިބަލި
ވަކަފަށްފަދަ
ތަކެތި.
(2)
ކުރުމަހަށް
ބުޅިންޖެހުމަށް
ބުޅީގައި
ހަރުކޮށްފައި
އޮންނަ
ހެތުރު
ދޮށްދަނޑީގައި
އައްސާލުމަށް
ގެންގުޅޭފަށް.
(3)
ފައްތައިގެން
މަސްވެރިކަން
ކުރާއިރު
އެންގަނޑު
އަޅާފައި
އޮންނަ
ބުޅި
އަޑިއަށް
ފޮނުވުމަށް
ބުޅިގައިލާ
ބަރު
އައްސާފައި
އޮންނަ
ފަށް.
އެ
ބަރު
އަޑީގައި
ޖެހުމުން
މައްޗަށް
ނަގައި
ނަނު
ތަޅުވާލީމާ
ހަތިފަށް
)ހަތިކޮޅު(
ކަނޑައިގެން
ހިގައިދާނެއެވެ.
(4)
މާލެ
އަތޮޅު
ހުޅަނގު
ދެކުނު
ކަންގައި
އޮންނަ
ކަނޑުއޮޅިއެއް
މިކަނޑުއޮޅި
ވަރަށް
ދުރުން
ހޭލަމުން
ގޮސް
ވަރަށް
ތިލަވާނެއެވެ
ހަތޭލި
ނ
ހަތޭލިކަށިން
ފަހާއިރު
އަތް
ތިލައަށް
މަހަށް
ހަމުން
ހަދައިފައިވާ
އެއްޗެއް
ހަތޭލިކަށި
ނ
ނާފަހަރުގެ
ރިޔަލާއި
ސަތަރިއާއި
ގޯނިފަދަތަކެތި
ފަހަން
ގެންގުލޭ
ފަގަ
ހުންނަ
ކައްޓެއް
މީގެ
ތުނޑަށްވީކޮޅު
އޮންނާނީ
ތިން
އަރިއަށް
ވާގޮތަށް
ކުޑަކޮށް
ފަތާކޮށެވެ
ތުނޑު
ހުންނާނީ
ކުޑަގޮތަކަށް
މައްޗަށް
ޅެނބިފައެވެ
ހަތްހެއްތި
ނ
)ސ (
ހަތްއަމުރު
މިއީ
އިހުޒަމާނުގައި
ކޮންމެ
ހުކުރު
ދުވަހަކު
ހުކުރުން
ފޭބުމަށްފަހު
ވެރީންގެ
ފަރާތުން
ރައްޔިތުންނަށް
ކުރާ
ހަތް
އަމުރެވެ
(1)
މާތްކަލާގެއަށް
ކިޔަމަންތެރިވާހެއްތި
(2)
ޒިނޭނުކުރާ
ހެއްތި
(3)
ވައްކަން
ނުކުރާ
ހެއްތި
(4)
ދޮގުނުހަދާހެއްތި
(5)
ނަމާދުކުރާހެއްތި
(6)
ރޯދަހިފާހެއްތި
(7)
ވެރިންނަށް
ކިޔަމަންގަންނަހެއްތި
ހަތްބަހައްޓާދޮރާށި
ނ
ގަނޑުވަރުތެރޭގައި
ހުންނަ
ޚާއްޞަ
ދޮރާއްޓެއް
ރަސްކަލަކު
ރަސްމީ
ޢިއްޒަތުގައި
ކޮއިލުތެރޭން
ނުކުމެ
ވަޑައިގަތުމަށްފަހު
އަނބުރާ
ކޮއިލު
ތެރެއަށް
ވަޑައިގަންނަވާއިރު
މިދޮރާއްޓާ
ހަމަވުމުން
ހަތްކޮޅުތައް
ހިފައިގެން
ތިބޭ
މީހުން
ކިއެވެނި
ބޭކަލުންގެ
އަށީގެ
ފާރުން
އަޑިކޮށްލެވިފައިވާ
ތަނެއްގައި
ހަތްކޮޅު
ބަހައްޓާތީ
މިދޮރާށްޓަށް
މިނަން
ނިސްބަތްވެފައިވަނީއެވެ
ހަތްދުވަސް
ނ
ކުއްޖަކު
ދުނިޔެއަށް
އުފަންވާތާ
ހަތްވަނަޔަށްވާ
ދުވަސް
ހަތްދުވަސްވުން
ނ
ވިހާތާ
ހަތްވަނައަށް
ވާދުވަސް
ފާހަގަކުރުން
ޅަކުއްޖާގެ
ބޯބާލައި
ނިޔަފަތިކަނޑައި
ޢަޤީޤާ
ކަތިލައި
ނަންކިއައި
ހަދައި
އުޅެނީ
މިދުވަހުއެވެ
އަދި
އާދަވެގެން
މައިމީހާ
ބޭރަށް
ލަނީވެސް
މިދުވަހުގައެވެ
ހަތްދެސްމަތި
ނ
ބދ.
ފަންޑިތަވެރިކަމުގައި
ފާހަގަކުރާ
ދިމާތަކެއް.
އެއީ
ރަށެއްގެ
އެކިދިމާއަށް
ކިޔާހަތްނަން.
އެނަންތަކަކީ
އިރު
ހުޅަނގު
އުތުރު
ދެކުނު
ވަރިންމަ
ނޮރިންމަ
ފެހުން
«
1
2
3
4
5
6
7
»