radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ޅައި
ނ
(1)
މިނިކާ
ސޫފި
(2)
ޖަނަވާރަކާ
އެއްފަދަކުރުމަށް
މީހުނާ
ދިމާއަށް
ބުނާބަހެއް
(3)
އޮޑިދޯނިފަހަރަށް
އެއްޗެހި
އަރުވާންވެގެން
ވަތުތެރޭ
ހުރަހަށް
ބަހައްޓާ
ލަކުޑިފަދަ
އެއްޗެހި
ވަރުންއެޅުން
މ
(1)
ދެއެއްޗެއް
ނުވަތަ
އެއަށްވުރެ
ގިނަ
އެއްޗިހިތަކެއްގެ
މޮޅުދެރަ
ނުވަތަ
ގިނަ
މަދުމިނުން
ނުވަތަ
ދިގު
ކުރުމިނުން
ނުވަތަ
ބޮޑު
ކުޑަ
މިނުން
އަޅައިބެލުން.
(2)
ބައިބެހުމަށްޓަކައި
ބަޔަކު
މޮޅުދެރަ
ނުވަތަ
ދިގު
ކުރުމިނުން
ހަމަ
ހަމަ
ވާގޮތަށް
ބައިތިއްބުން
މިންގަނޑު
ނ
(1)
މިން
އަޅަން
ގެންގުޅޭ
އެތި
(2)
މިންވަރު
މިސާލު:
އަސާސީ
ތަޢުލީމަށް
ކަނޑައަޅައިފައިވާ
މިންވަރު
ކަމުގެ
ލަޔާޤަތު
ހުންނަންވާ
މިންވަރު
މުޤައްރަރުގައިވާ
މިންވަރު
ފަތިޖެހުން
މ
ދެގަނޑުފޮތި
އެއްކޮށްފައި
ނުވަތަ
ފޮތިގަނޑެއް
މަޅައިލައިފައި
ރޮދިޖެހުން
ހައްދު
ނ
(1)
ޒިނޭކުރުމުން
ނުވަތަ
ރާބުއިމުން
އެމީހާގެ
ގައިގައި
ދުއްރައިން
ތަޅާތެޅުން.
(2)
މީހަކާ
ދިމާއަށް
ޒިނޭކޮށް
ފިޔޭ
ބުނެ
ޒިނޭ
ސާބިތުނުވީމާ
އެބުނި
މީހާގެ
ގައިގައި
ދުއްރައިން
ތަޅާތެޅުން.
(3)
މިން.
(4)
ހިސާބު.
މިސާލު:
)ހ(
ހައްދުފަހަނަޅައި
ހިނގައްޖެއޭ
ބުނެފިނަމަ
އެއީ
މިނަށްވުރެ
އިތުރަށް
ދިޔައީއެވެ
)ށ(
މީނާ
ދުންބުއިމުގެ
ހައްދެއްނެތޭ
ބުނެފިނަމަ
އެއީ
ދުންބުއިމުގެ
ވަކިމިންވަރެއްނެތީއެވެ
ހައްދުންނެއްޓުން
މ
ހައްދު
ފަހަނަޅައި
ދިއުން
ހަވާ
ނ
(1)
އުޑާއި
ބިމާއި
ދެމެދުގައި
ވާ
ހުސްތަން
(2)
ބަޑިބޭސްއަޅައިގެން
ހަދާ
މައްޗަށް
އަރާއެއްޗެއް
ހަދިޔާވަށި
ނ
ހަދިޔާއަޅައިގެން
ގެންދާ
ވަށި
ހަތަރުކަންކައްޓަށްހިފުން
މ
އޮޑިދޯނިފަހަރު
އަޅާއިރު
ދެމައްޔާ
ކައިރިން
ބޭރު
ހަތަރުފަރާތަށް
ވައު
ހިފައިފައި
އޮޑިއަޅައިފައި
އޮތުން
ހަތަރުފަށްއެއްތެޔޮ
ނ
ސިޔާސީ
ބޮޑެތި
އަދަބު
ދިނުމަށްޓަކައި
ހަތަރު
އެއްތެލުން
ހަދައިފައި
ހުންނަ
ހަންމުށި
މީގެ
ކުރީކޮޅު
ހުންނާނީ
ހަތަރުފަށް
ވަކީންނެވެ
ފަހަތުގައި
އެއްތެޔޮ
އޮޅައި
ހަތަރުފަށް
އެއްކޮށްފައެވެ
މިހަންމުށި
އޮންނަނީ
އެތެރެކޮއިލުގައެވެ
ހަތާތަޅައިލުން
މ
(1)
ކުޅަނދުރުގެހަތާ
ހަލާކު
ކޮށްލުން
(2)
މަޖާޒު:
ތިމާއުޅޭގެ
ނުވަތަ
ތިމާ
އެތަނަކާ
ގުޅިފައިވާތަނެއް
ތިމާގެ
ކިބައިން
ނިގުޅައިގަތުން
ނުވަތަ
ނައްތައިލުން
ހަތި
ނ
(1)
ފީވެފައިހުންނަ
ރުއްބުޑުން
ފަޅާ
ފަށަލަ
ފަށަލައަށް
ހުންނަ
ހުދު
ރީނދޫ
ކުލައިގެ
ގަދަކަންފަތް
ތެތް
ލަކުޑި
ގަނޑެއް
ހިކެމުން
އަންނަ
އިރުވެސް
މިކަހަލައެއްޗިހި
ފަޅައެވެ
(2)
މޫދުން
ފަޅައިފައި
ހުންނަ
ބާވަތެއްގެ
ގަލެއް
ހަތްއަތްތަވާޅީންގާނެގުން
މ
ރިޔަނު
ދެކޮޅުން
މުގޯއްޔެއް
އަޅަމުން
ގޮސް
ހަތްމުގޯލި
އަޅައި
ކޮންމެ
މުގޯއްޔެއްގައި
ހަތްގައުކޮޅު
ބާއްވައިގެން
ކުޅޭ
ކުޅިވަރެއް
މިކުޅިވަރުގައި
އެއް
މުގޯލި
ދޮށުގައި
އުޑަފައިން
އިށީނދެ
ގައުކޮޅެއް
ހިފައިގެން
ތެދުވެ
ހިންދަމާލައި
ދެން
ޖެހިގެން
ހުރި
މުގޯލި
ކައިރީގައި
އުޑަފައިން
އިށީދެ
ބާއްވަނީއެވެ
މިގޮތް
މަތީން
އެއް
މުގޯއްޔަށް
ފަހު
އަނެއް
މުގޯލި
ހުސްކުރަމުންގޮސް
ހަތްމުގޯލި
ހުސްކުރަނީއެވެ
ހަސްކާދިނުން
މ
މަޖާޒު:
(1)
އެއްޗެހިގޮވުން
(2)
ވެރިޔަކު
އޭނާގެ
ދަށުގައިވާ
މީހަކަށް
ކޯފާވުން
(3)
)ސ (
މާބޮޑަށް
ތަޅައި
ހާނީއްކަކުރުން
ހާނަރު
ނ
ބޮނބިތަޅައި
ކުނޑިފިލުވައިފައި
ލީލި
ނާޅައި
ހުންނަ
ނަރު
ހާސްގަނޑުފޮތީތާކިހާ
ނ
ކުލަކުލައިގެ
ފޮތިކޮޅުތަކެއް
އެއްކޮށްގެން
ހަދައިފައި
ހުންނަތާކިހަލެއް.
މީގެ
ދެބާވަތެއް
ހުރެއެވެ.
އެއްވައްތަރަކީ
ރަތާ
ހުދާ
ކަޅާ
ރީނދުލާ
މިހަތަރުކުލައިގެ
ފޮތިފޮތިކޮޅުން
ގޮޅިހަމަކޮށް
ހަދައިފައި
ހުންނަވައްތަރެކެވެ
ބޭރުގެ
ތަންތާނގެ
ބޮޑުން
ފަގުޑިއޮޅައިފައި
ހުންނަނީ
މިބާވަތުގެ
ތާކިހަލުގައެވެ
ރާއްޖޭގެ
ރަސްމީ
ބަޔެއްހެދުމުގައި
މިކަހަލަތާކިހާ
ބޭނުންކޮށް
އުޅުނެވެ
އަނެއް
ވައްތަރަކީ
ކުލަކުލައިގެ
ފަށުއިން
ތަންކޮޅެއް
ދިގުކޮށް
ވިޔެފައި
ހުންނަވައްތަރެކެވެ
އިހުގެ
ސޯޅިޔާއިން
އަޅާއުޅުނީ
މިކަހަލަތާކިހަލެވެ
ހިނގަހަލި
ނ
(1)
ދާބަންނަރޮދި
އޮޅައިގެން
ގެންގުޅޭ
އެތި
(2)
ކިނާރީ
ވިޔަން
ކަސަބު
އޮޅައިގެން
ގެންގުޅޭއެތި
ހިނިވެސް ފަރުބަދަ ކަނޑައެވެ
(މުސްކުޅިބަހެއް)
ކިތަންމެ
އުނދަގޫކަމެއްވެސް
އެކަމަކާ
ގަދައަޅައި
މަސައްކަތް
ކުރުމުން
ފުރިހަމަ
ކުރެވިދާނެކަން
އެންގުމަށް
ބުނެއުޅޭބަހެއް
ހިނޭ
ނ
(1)
ވެލާ
ކަހަނބު
ފަދަތަކެތި
ބިސް
އަޅައިފައި
އެތަން
ފޮރުވުމަށް
ފަސްގަނޑަށް
ހަދާގޮތް
މަޖާޒު:
(2)
ފަސްގަނޑު
ހާވައިފައިހުންނަ
ހުރުން
(3)
ތަންމަތިއަޅައިފައިހުރި
އެނދެއްގެ
ފޮތިގަނޑު
ބޮނޑިކޮށްލައި
ބާލިސްތަކާއި
އެއްޗިހި
އެފުށް
މިފުށަށް
ޖަހާ
ޖެހުން
ހިނޭޖެހުން
މ
(1)
ވެލާ
ކަހަނބު
ފަދަ
ތަކެތި
ބިސްއަޅައިފައި
ބިސްވަޅު
ނާންގާން
ފަސްގަނޑު
އެގޮތް
މިގޮތަށް
ހޭވުން
މަޖާޒު:
(2)
ބިންމަތީގައި
ނުވަތަ
ފަސް
ފުންޏެއްގައި
ބަކައެޅުން
(3)
ގައިގެ
އެތަން
މިތާގައި
އުނގުޅޭ
ގޮތަށް
ބައެއްކަހަލަ
މަސައްކަތް
ކުރުން
މިސާލު:
ރިހާކުރު
ނުވަތަ
ދިޔާހަކުރު
ފަދަ
ތަކެތިން
ހިނޭޖެހުން
ހިރިކުއްޅަ
ނ
ބޭހަށް
ބޭނުންކުރާ
ފަތްޕިލާވެއްޔެއް.
މިފަތް
ހުންނާނީ
ތަނޑެއްނެތި
ގަހުން
ފަޅައިފައެވެ.
މިފަތުގެ
ސިފަ
ހުންނަނީ
ކުއްޅަ
ފިލާފަތާ
ވައްތަރު
ގޮތަކަށެވެ.
މާހުންނަނީ
މަލުގެ
ބުޑު
ފެހިކޮށް
ފިޔަތަކަށް
ފެށޭ
ހިސާބު
މަޑުފިޔާތޮށި
ކުލައަކުން
ފެށިގެން
ކުލަގަދަވަމުންގޮސް
މަލުގެ
ކުރީކޮޅު
ވައިލެޓު
ކުލައިގައެވެ
ފިޔަތައް
ހުންނާނީ
ނަރުތަކެއްހެއް
ހިމަކޮށެވެ
«
1
2
3
4
5
6
7
»