radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ބޮނޑި
ނ
(1)
ފޮތިފަށްތަކެއް
އޮޅައިގެން
ހަދައިފައި
އޮންނަ
ހަރު
ގުޅައެއް.
މިއީ
ގަނޑު
ފިއްލާކުޅޭއިރު
ފޮރުވަން
ހަދައިފައި
އޮންނަ
އެއްޗެކެވެ.
(2)
ބޮނޑިކުޅުމަށް
ގެންގުޅޭ
ރަބަރު
ބޯޅަ.
(3)
މަހުގެ
ކަށިފަތިކަހައިގެން
ނަގާ
މަހުން
ގުޅަވަށައިގެން
ކައްކައިދިލަ
ޖައްސާފައި
އޮންނަ
ގުޅަ.
(4)
އެއްކޮށް
ބަނދެފައި
އޮންނަ
އެއްބާވަތެއްގެ
އެއްޗެހި
މިސާލު:
)ހ(
ބިލެތްބޮނޑި
)ށ(
ރޯނުބޮނޑި
)ނ(
ފަންބޮނޑި
(5)
ފޯލިކޮށް
ހަދައި
ބޭރުގައި
ފަތްލައިފައި
ހުންނަ
ފޮނި
ހެދިކާއެއްޗެއް:
ޢާއްމުކޮށް
މިހަދައި
އުޅެނީ
ގަބުޅި
ހުންޏާއި
ދިވެހި
ހަކުރާ
އެއްކޮށް
ހިލައިގެންނެވެ.
މިސާލު:
ހުވަދޫބޮނޑި.
(6)
މީހުންނާއި
ޖަނަވާރުގެ
ގައިގައި
ޖަހާ
އެތިފަހަރު.
(7)
ލިބޭކެހި
ނުވަތަ
ދޭކެހި
(8)
ފޮނިބޯކިބާ
(9)
)ސ ޏ (
ބޭނޑި
)01(
ވެށުން
ބޮނޑިދިނުން
މ
(1)
ކެހި
ދިނުން
(2)
ދެރަދިނުން
ބޮނޑިތާން
ނ
(1)
އެތެރެއަށް
ބޭސްއަޅައި
ފޮތީން
ބަނދެފައި
އޮންނަ
ބޮނޑިޔެއް
(2)
ބޮނޑިތާންކުރާ
ފޮތިގަނޑު
ބޮނޑިތާން ކުރުން
މ
(1)
ފޮތިގަނޑެއް
ހޫނުފެނުން
ތެންމައިގެން
ނުވަތަ
ފިނިކުރިފެން
ތެންމައިގެން
ގައިގައި
އޮބުން.
(2)
ބޮނޑިތާން
ހޫނުކޮށްގެން
ފަރުވާޔަކަށްޓަކައި
ގައިގައި
އުނގުޅުން.
(3)
ފަރުވާޔަކަށްޓަކައި
ކޮންމެވެސް
އެއްޗަކުން
މާލީސް
ކުރުން.
(4)
ފަރުވާޔަކަށްޓަކައި
އެއްޗަކުން
ގައިގައި
އޮބުން
ބޮނޑިތާންދެމުން
މ
ބޮނޑިތާން
ގައިގައި
އުނގުޅުން
ބޮނޑިސޮރު
ނ
ލިބޭދެރަ
ބޮކުސަންބޮނޑި
ނ
ގުޅަކޮށް
ބަނދެފައި
އޮންނަ
ފޮތިބޮނޑި
ބޮކުސާބޮނޑި
ނ
ތަރުތީބު
ކުޑަކޮށް
ބަނދެފައި
އޮންނަ
ބޮކުސާ
ޅަބޮނޑިބަތް
ނ
ވިހައިގެން
އުޅޭމީހުންނަށް
ހިލިބޭސްދިނުމުގެ
ކުރީގައި
ދޭން
ބޭސްލައިގެން
ކައްކާ
ބޮނޑިބަތެއް
ކުފުރުބޮނޑި
ނ
(1)
ގަބުޅި
ހުނި
ދިވެހި
ހަކުރު
އަޅައިގެން
ހިލައި
ހިކެންފެށީމާ
ހިއްތަލަފުށްއަޅައި
ރަނގަޅަށް
ހިލުނީމާ
ކުރުއްޕަތަށް
އަޅައި
ބަދަބަދައަށް
ވާގޮތަށް
ބަނދެ
ފެނުކައްކާފައި
ދުމަށްޓަށްލައި
ހިއްކައިފައި
ހުންނަ
ބޮނޑި
(2)
މަޖާޒު:
ފާޑެއްނެތި
ބަނދެފައި
އޮންނަ
ފޮތިބޮނޑި
ކެންބޮނޑި
ނ
)ޏ ސ(
ކޭކުލި
ކެތްކުރިމީހާއަށް ހޫނުބޮނޑިބަތް
)މިސާލުބަހެއް(
ކެތްކުރާ
މީހާޔަށް
ފަހުން
މާ
ރަނގަޅު
ގޮތްގޮތް
ވާނެކަން
އަންގައި
ދިނުމުގެގޮތުން
ބުނެއުޅޭބަހެއް
ކޮއިބޮނޑި
ނ
އިހުގައި
ހަނގުބޭކަލުންގެ
އަނބިން
ވިހޭމާ
އެމީހަކު
އަށީބޭކަލުންނަށް
ދޭންޖެހޭ
ކެއުމެއް.
ނުވަރޭ
ފެނުން
ނުކެނޑެނީސްދޭނަމަ
ކޮންމެވެސް
ކާއެއްޗެއް
ދެނިކޮށް
ފުދުނީއެވެ.
އޭގެ
ފަސްވެއްޖެނަމަ
ދޭންވާނީ
ހަތަރުނާޅި
އަވެއްޔާއި
އެޔާވާނެ
އެހެން
އެއްޗެއްސެވެ
އަށްބޮނޑިންހަތަރުބޮނޑިޖެހުން
މ
ބިލެތް
ފައްތަރުލައި
ކަފައިގެން
ދެގަނޑު
ބިލެތުން
އެއްގަނޑު
މަގުން
ހަދައި
ދަތްޕެއްގައި
ޖެހުން
މިގޮތަށް
ޖަހާނީ
އަށްބޮނޑިބިލެތް
ކަފައިގެން
ހަތަރު
ބޮނޑިކަމުގައެވެ
އަންބޮނޑި
ނ
(1)
ދެކޮޅު
ނުތޯޑުވާ
އެއްޗެތި
އަންނަ
ޒަމާނުގައި
އަނޮދެގެން
ހުންނަ
އެތީގެ
މަތީ
ދެކަން
ގަނޑުން
ކުރިމައްޗަށް
ވާނޭހެން
ހަދާ
ބޮނޑިއެއް
)ހ (
(2)
ތަންބޮނޑި
އަންބޮނޑިޖެހުން
މ
އަންބޮނޑިހެދުން
އަޅިބޮނޑި
ނ
އަހިފަތަށް
ނުވަތަ
ޅޮސްފަތަށް
ހޫނުއަޅި
އަޅައިގެން
ހަދާ
ބޮނޑިއެއް
މިއީ
ބޭސްވެރިކަމުގެ
ގޮތުން
ގައިގެ
ތަންތަން
ހޫނުކުރުމަށްޓަކައި
ގެންގުޅޭ
ބޮނޑިއެކެވެ
މިގެންގުޅެނީ
ބޭރުން
ފޮތިލައިގެންނެވެ
އަޅިބޮނޑިއެޅުން
މ
އަޅިބޮނޑިއޮބައި
ހޫނުކުރުން
އީދުބޮނޑި
ނ
އީދު
ދުވަހު
ގޭގެއަށް
ހަދިޔާ
ފޮނުވާން
ފިހާ
ބޯކިބަލެއް
އެންބޮނޑި
ނ
މާކެޔޮޅު
ކަންފަދަ
ބޮޑެތި
ކެޔޮޅު
ކަމުގައި
ބުޅީގައި
އަޅާ
ބޮޑުއެންގަނޑު
އެންބޮނޑިދަހިކުރުން
ނ
)މކ (
ބުޅީގައި
އެންއެޅުން
«
1
2
3
4
5
»