radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ބަހެ
ކ
(1)
ބުނަމޭ
(2)
އަންގަމޭ
މިއީ
ބޮޑު
ބަނޑޭރި
ގެއިން
ނެރުނު
އަމުރަށް
ޚާއްޞަވެފައިވާ
ބަހެކެވެ
ހިތްދާހާތާކަށް ހަށިނުފޮނުވާށެވެ
(ހަރުބަހެއް)
ހިތް
އެދޭހައިކަމެއް
ވިސްނުމަކާނުލައި
ނުކުރުމުގެ
މައްޗަށް
ނަސޭހަތްތެރިވުމުގެ
ގޮތުން
ބުނެއުޅޭ
ބަހެއް
ހިލާ
އތ
(1)
ކަމެއް
ނުކުރުމުގެ
މައްޗަށް
ނުވަތަ
ވިޔަނުދިނުމުގެ
މައްޗަށް
ހުރި
ގަދަކަން
ދެއްކުމަށް
ބުނާބަހެއް
މިސާލު:
)ހ(
ހިލާނުދާނަން
)ށ(
ހިލާތިއަހެނެއްނުވާނެ
(2)
ހިލުން
މިބަހުގެ
އަމުރު
ހިޔަންޏަށްމުޑިނުނަގާށޭ
)ހަރުބަހެއް(
ކަމަކަށް
ނުވާކަހަލަ
ކަމަކާމެދު
ބިރުގަތުމަށާ
އެއްވެސް
ޙަޤީޤަތެއްނެތް
ކަންކަމާ
ޖެހިލުމުން
ދޫކޮށްލުމަށް
ބުނެއުޅޭ
ބަހެއް
ހީވަނީ ރެވިތާޔޮވަށައިގެން އުޅޭހެން
(މިސާލުބަހެއް)
މާއަވަސް
އަރައިގަނެގެން
އެއްތަނެއްގައި
ހިމޭނުންނީދެވިގެން
ނުވަތަ
ނުހުރެވިގެން
އުޅެން
ފެށީމާ
ބުނާބަހެއް
ހީވަނީ ބަނޑުފުރިއަރައިދާނެހެން
(މިސާލުބަހެއް)
ދުވާވަހެއްގެ
މީރުކަން
ދޭހަކޮށް
ދިނުމަށް
ބުނެއުޅޭ
ބަހެއް
ހީވަނީކަފުލޯދުންމާރިއެއްގެ އަޑުހެން
(ގބ)
(މިސާލުބަހެއް)
އަޑުގެ
ހިމަކަމާއި
ރީތިކަމާއި
ތޫނުކަން
ދައްކައިދޭން
ބޭނުންކުރާ
ބަހެއް
ހީވީމެޔަށް ފެންއެއްޗެއް އަޅައިލިހެންނެވެ.
(މިސާލުބަހެއް)
މާބޮޑަށް
ސިހޭގޮތްވުމުން
ނުވަތަ
ބިރުގަތުމުން
ބުނެ
އުޅޭ
ބަހެއް
ހުން
ނ
(1)
ހަށިގަނޑު
ހޫނުވާ
ބައްޔެއް
މިބަލީގެ
ކިތަންމެ
ބާވަތެއް
ހުރެއެވެ
(2)
)އ ކ (
ބަރުއެއްޗެހި
ނަގާއިރު
ބާރުލާން
ބުނާބަހެއް
(3)
ތިމާޔާ
ޒުވާބުކުރާ
މީހަކު
ދެރަކޮށްލާން
އިއްވާއަޑެއް
ހުންގަބުޅަ
އ
ބަރުއެއްޗެއް
އޮތްތާކުން
ހަލުވާލާން
ބާރުލާން
ބުނާ
ހިތްވަރުގެ
ބަހެއް
ހުވަފެނަކީބިލާހެކެވެ.
(މުސްކުޅިބަހެއް)
ހުވަފެނަކީ
ޙަޤީޤަތެއްނޫނޭ
ބުނަން
ބުނާބަހެއް
ހުދުކާޅު
ނ
(1)
ހުދުފަތް
ހުންނަ
ކާޅު.
މިއީވަރަށްމަދު
އެއްޗެކެވެ.
(2)
މަޖާޒު:
ތިމާގެ
މީހަކު
ނުވަތަ
ރައްޓެއްސަކު
އެތައް
ދުވަހަކު
ނައިސްހުރެފައި
ގެއަށްއައިމައި
ހިތްހެޔޮކަމާއިއެކު
ސަމާސާއަށް
ބުނެއުޅޭ
ބަހެއް
މިބަސް
ބުނެއުޅޭ
ގޮތަކީ
"އައްދޭ!
ހުދުކާޅެއްދޯ!"
(3)
ނާދިރުއެއްޗެހި
ހުތްބަރަބަރަ
ނއ
ހުތްރަހަ
މާގަދަކަން
ދެއްކުމަށް
ބުނާބަހެއް
ހޫނ
އ
(1)
އާނ
(2)
ތިޔަކުރާ
ކަންތައް
އެނގިއްޖެޔޭ
ބުނުމުގެ
މާނައިގާ
ބުނާ
ބަހެއް
މިބަސް
ގިނައިން
ބޭނުންކޮށް
އުޅެނީ
"ހޫނ
ހޫނ"
މިހެންނެވެ
ހެއްރަ
އކ
ހިތްވަރުދިނުމަށް
ބުނެއުޅޭ
ބަހެއް
ހެއްލުމެއްގައި ގެއްލުމެއް
(މުސްކުޅިބަހެއް)
(1)
އަމިއްލައަށް
ވިސްނުމަކާނުލައި
އަނެކާގެ
ބަހަށް
ކަންތައް
ކުރުމުން
ލިބޭ
ގެއްލުމަށް
ބުނެއުޅޭ
ބަހެއް
(2)
ކަމަކާއިމެދު
ވިސްނަންވީވަރަށް
ނުވިސްނައި
ކަންތައްކުރުމުން
ލިބޭގެއްލުމަށް
ބުނެއުޅޭ
ބަހެއް
ހެއްސޯ
އ
(1)
ހެއްޔޯ
(2)
ތިމާގައި
ހިތްވަރުހުރިކަން
ދައްކާން
ބުނާބަހެއް
ހެޓު
އ
(1)
ހެސް
(2)
ޖަނަވާރު
ދުއްވައިގަނުވާން
ބުނާބަހެއް
(3)
މަސައްކަތްކުރުމުގައި
ހުންނަ
ޖޯޝާ
ފޯރީ
ބަޔާންކުރުމުގެ
ގޮތުން
ބުނާބަހެއް
މިސާލު:
މިވެނިމީހަކު
މިވެނިކަމެއް
ހެޓުކިއައިފައި
އެބަކުރެއެވެ
ހެޔޮކަމެއްގެ ބަދަލުގައި ތެޔޮހަމެއް
މިސާލު:
ހެޔޮކަމެއް
ކޮށްދިނީމާ
އެކަމަށް
ޝުކުރުވެރިވުމުގެ
ބަދަލުގައި
ދެރައެއް
ދިނުމުން
ބުނެއުޅޭ
ބަހެއް
ހެޔޮވަރުމީހާ
ނ
ތަޢުރީފާއި
މަލާމާތުގެ
ގޮތުން
ބުނެއުޅޭ
ބަހެއް
މިސާލު:
ގިނަކަންތައްތައް
ކުރާނޭގޮތް
ދަންނަ
ހުޝިޔާރު
މީހެއްގެ
ވާހަކަ
ބުނުމުގައި
"އޭނާއަކީ
ހެޔޮވަރު
މީހެކޭ"
ބުނެއުޅެއެވެ
މީހަކަށް
ވެވުނު
ދެރަކަމެއްގެ
ވާހަކަ
ބުނުމުގައި
"އޭނާއަކީ
ހެޔޮވަރު
މީހެއްތާއޭ"
ބުނެއުޅެއެވެ
ހޭހޭ
އ
ރަކިކޮށްލާން
ބުނާ
ބަހެއް
«
1
2
3
4
5
6
7
»