radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ނޫކުލަ
ނއ
ނޫ
ބަލާ!
)މަލިކު(
ފެހިކުލަ
ބޮންޑާފާނަ
ނ
އޮޅުފާނައިގެ
ބާވަތެއް.
މިއީ
އާދައިގެ
ފާނައަށްވުރެ
ބިޔަ
ނިގޫފަތުގެ
ކޮޅު
އެއްވަރަކަށް
ހުންނަ
އަނގަ
ބޮޑު
ދަތްތޫނު
ގަދަރަތްކުލައިގެ
މަހެކެވެ.
މަހުގެ
ވަށައިގެން
ގަދަ
މުށިކުލައިން
ކައިރިއެޅިފައި
ހުންނަ
ނޫކުލައިގެ
ތިކިތަކެއް
ހުރެއެވެ.
އަދި
ބުރިކަށިމަތީގައި
ހުރަހަށްވާގޮތަށް
ފުޅާ
ދެތިން
ގަޅި
ހުރެއެވެ
ބޮޑުކިބާދާރީ
އިހުގައި
ބޯވަޅު
އެޅި
ލިބާސްލައި
އުޅުނު
އޮފުގަދަ
ފޮއްޗެއް.
މިއީ
ފަށުތްވާއި
ސުތުލިން
ވިޔެފައި
ހުންނަ
ރޮނގުދެމި
ފޮއްޗެކެވެ.
ރޮނގުބައި
ހުންނާނީ
ފުޅާކޮށެވެ.
ރޮނގުބައި
އެކުލެވިފައި
ހުންނަނީ
ދޮން
ކުލަޔާއި
ފެހިކުލަޔާއި
ނޫކުލައިންނެވެ.
ޢާއްމުކޮށް
ހުންނަނީ
މީގެ
ފެހި
ފޮއްޗާއި
ރަތް
ފޮއްޗެވެ
ކަށިގޮނު
ނ
ގޮނުމަހުގެ
ބާވަތެއް.
މިމަހުގެ
ސިފަ
ގޮނާ
ވައްތަރުނަމަވެސް
މިމަހުގެ
ބަނޑުދަށުން
ފުޅާވެފައި
ބޮލުގެ
މަތީގައި
ދެދަޅުފަޅައިފައި
ހުރެއެވެ
މަހުގެ
ބުރަކަށި
މަތީގައި
ވަރަށް
ވަރުގަދަ
ހަރުކަށްޓެއް
ހުންނާނެއެވެ
ނިގޫފަތުގެ
ކޮޅު
ހުންނަނީ
ވަށްކޮށެވެ
މަހުގެ
ކުލައަކީ
ދޮންރީނދޫ
ކުލައެވެ
މުޅި
މަހުގައި
އެކިގޮތްގޮތަށް
ނޫކުލައިގެ
ރޮނގުތަކެއް
ހުރެއެވެ
ކަނޑު ނީލަން
ނ
ޖަވާހިރުގެ
ބާވަތެއް.
މީގެ
ކުލައަކީ
ގަދަ
ނޫކުލައެވެ
ކަނޑުކުލަ
ނ
(1)
ކަނޑުގައިހުންނަކުލަ
(2)
އަންހެނުންލާ
ބޯވަޅުއެޅި
ލިބާހުގެ
ފޭރާމުގެ
ބާވަތެއް
މީގައި
ހުންނާނީ
ކަޅުކުލައިގެ
ރޮނގަކާއި
ނޫކުލައިގެ
ރޮނގަކާއެވެ
ކަނޑުއުނިޔަ
ނ
ފަރުމަހުގެ
ބާވަތެއް.
މިއީ
ހަށިގަނޑު
ފުޅާކޮށް
ހުންނަ
މަހެކެވެ.
މިމަހުގެ
ލޯ
ބޮޑުވެފައި
އަނގަ
ކުޑަވާނެއެވެ.
މަހުގެކުލައަކީ
ރިހިއަޅިކުލައެވެ.
މަހުގެ
ކަރުތާފަތްމަތީގައްޔާއި
ތުންކޮޅުގައި
ނޫކުލައިގެ
ތިކިތަކެއް
ހުރެއެވެ
ކަނޑުލަނޑާ
ނ
)އ (
ކަޅުނޫކުލައެއް
ބުރިކަށީގައިހުންނަ
ބަނޑުދޮށް
ހުދުލަނޑައެއް
މިލަނޑާ
ގިނައިން
އުޅެނީ
ފުއްޓަރުގެ
ރާޅު
ބިންދާ
ތާނގައެވެ
ކަޅުރޮނޑު
ނ
ރޮނޑުގެ
ބާވަތެއް
މި
މަހުގެ
ކުލައަކީ
ކަޅުކުލައެވެ
މިބާވަތުގެ
ބައެއް
މަސްމަހުގައި
ފެހިކުލައެކުވެފައި
ހުންނަ
ގަދަ
ނޫކުލަވެސް
ހުރެއެވެ
މަޑުކޮތަރިބައިގެ
ކައިރީގައި
ހުދާއި
ނޫކުލައިގެ
ރޮނގުތަކެއް
ހުރެއެވެ
ނިގޫފަތުގެ
ކައިރިފަށް
ހުންނަނީ
ވަށްކޮށް
އެއްވަރަކަށް
ކަނޑައިލައިފައި
ހުންނަ
ކަހަލަ
ގޮތަކަށެވެ
ކަޅުބިލަމަސް
ނ
(1)
ކަނޑުމަހުގެ
ބާވަތެއް.
މިއީ
ދޮށީގެ
މަސްވެރިކަމުގައި
ރާއްޖެއަށް
އެންމެ
ގިނައިން
ބާނާމަހެވެ.
މިމަހުގެ
ބަނޑުދޮށުގައި
މަހުގެ
ދިގަށް
ކަޅުކުލައިގެ
ރޮނގުތަކެއް
ހުރެއެވެ.
މަހުގެ
މަތީބައިގެ
ކުލައަކީ
ގަދަނޫކުލައެވެ
ބަނޑުދަށް
ފަރާތުގައި
ހުންނަނީ
ރިހި
ހުދުކުލައެވެ
(2)
ފަސްރޮނގުމަސް
ކަފިހިމަސް
ނ
ފަރުމަހުގެބާވަތެއް
މިއީ
ކަނޑުގައި
އުޅޭ
ބޮޑެތިމަސްމަހުގެ
ނިވަލުގައްޔާއި
ކަނޑުގައި
އޮޔާދާ
އޮއިވާލި
އެތިގަނޑުގަނޑުގެ
ނިވަލުގައި
އުޅޭމަހެކެވެ
މަހުގެ
ހުރަހަށް
ކަޅުކުލައިގެ
ފުޅާ
ގަޅިތަކެއްހުރެއެވެ
އަރިމަތީގައި
ހުންނަނީ
ރިހިވިދުން
ކުލައެވެ
މަހުގެ
މަތީބައިގައި
ނޫކުލައިގެ
ކުދިލައްތަކެއް
ހުރެއެވެ
ކުރުމަސް
ނ
(1)
ދިގުމަސް
(2)
ފަރުމަހުގެ
ބާވަތެއް
މިއީ
ބޮނޑިމަސްކޮށް
ހުންނަ
ހިމަދިގު
މަހެކެވެ
މަހުގެ
ކުލައަކީ
ގަދަނޫކުލައަކަށްދާ
ފެހިކުލައެކެވެ
މަހުގެ
ދެފަރާތުގައި
ހުރަހަށް
ކަޅުކުލައިގެ
ރޮނގުތަކެއް
ހުރެއެވެ
މިއީ
އެއްބަރިއަކަށް
ދަތްތައް
ހުންނަ
އަނގަބޮޑު
މަހެކެވެ
ކުފި
ނ
(1)
މަޑުނޫކުލައެއްގައި
ހުންނަ
ވަރަށްތުނި
ކުޑަބޮއްޔެއް
(2)
)ހ (
އަނދުންހުލި
(3)
ބދ
ލޮލުގެ
ކަޅި
ކުލަކޮކާމަސް
ނ
ކޮކާމަހުގެ
ބާވަތެއް.
މިއީ
ފަރުފަޅުތަކުގެ
ބޭރުމަތީގައްޔާއި
ގުންޑޮޅިތަކާ
ފަރުގައި
އުފެދިފައިހުންނަ
ހޮހަޅުތަކުގައި
ދިރިއުޅޭމަހެކެވެ.
މުޅިމަހުގެ
ހުރަހަށްވާގޮތަށް
ދޮންނާރިނގުކުލައާއި
ހުދުކުލައާއި
ނޫކުލައިގެ
ރޮނގުތަކެއް
ހުރެއެވެ
މަހުގެ
ނިގޫ
ފަތާއި
ކުޑަ
ކޮތަރިބައިގެ
ކުލައަކީ
ރީނދޫ
ކުލައެވެ
ކޮވެލިފާނަ
ނ
(1)
ފާނައިގެ
ބާވަތެއް
މިއީ
ފަރުފަރުގެ
މުރަކަތަކުގެ
ނިވަލުގައި
އުޅޭ
މަހެކެވެ
މަހުގައި
ހުންނަނީ
ދިއްލިފައި
ހުންނަ
ރަތްނާރިނގު
ކުލައެވެ
ބޮލުން
ފެށިގެން
މުޅި
މަހުގައި
ނޫކުލައިގެ
ކުދިކުދި
ތިކިތަކެއް
ހުރެއެވެ
ކަންފަތުގެ
ފަހަތުކޮޅު
ހުންނަނީ
ރީނދޫ
ކުލައެއްގައެވެ
(2)
ބުޅަލަފާނަ
އާސްމާނުކުލަ
ނ
(1)
އުޑުމަތީގައި
ހުންނަ
ކުލަ
(2)
ނޫކުލަ
އުނިޔަމުގުރާން
ނ
)މ (
ނޫކުލައިގައި
ފަތިކޮށް
ހުންނަ
މުގުރާމެއް
އުޑު
ނ
(1)
ބޮލާދިމާމަތިން
ނޫކުލައިގައި
ފެންނަ
ތަން
(2)
ފަލަކު
ވިހަފުރުއް
ނ
(1)
ރުއްބުޑު
ފަދަ
ތަންތަނުން
ފަޅާ
ވިނައެއް.
މި
ހުންނާނީ
ނޫކުލައެއްގައި
އިލޮށިތަކެއްހެން
ހަރުކޮށްނެވެ
(2)
ރުއްބުޑު
ފިލާ
ވިއަމަސްކަކިޑި
ނ
)ސ (
މޫދުގައި
އުޅޭ
އޭގެ
މަސް
ކެއުމަށް
ބޭނުންކުރާ
ނޫކުލައިގެ
ކަކުންޏެއް
ވިލު
ނ
ފަޅުތެރޭގައި
ފަޅަށްވުރެ
ފުންކޮށް
ނޫކުލައިގައި
ހުންނަ
ތަންތަން
«
1
2
3
4
»