radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
އީ
ނ
(1)
މާކުދިކުދި
ކަންތަކާ
ރަކިވެގެން
ޖެއްސޭ
ވައްތަރެއް.
މިގޮތް
ގިނައިން
ވަނީ
އަންހެނުންނަށާއި
ކުޑަކުދީންނަށެވެ.
(2)
އ.
ކުރީގައިވާ
އެއްޗެއް
ނުވަތަ
ކަމެއް
ގަދަކުރުމަށް
ބުނާ
އަކުރެއް.
މިސާލު:
މިއީ
އެއީ
ތިޔައީ
އައީ
ކަނޑުއުނިޔަ
ނ
ފަރުމަހުގެ
ބާވަތެއް.
މިއީ
ހަށިގަނޑު
ފުޅާކޮށް
ހުންނަ
މަހެކެވެ.
މިމަހުގެ
ލޯ
ބޮޑުވެފައި
އަނގަ
ކުޑަވާނެއެވެ.
މަހުގެކުލައަކީ
ރިހިއަޅިކުލައެވެ.
މަހުގެ
ކަރުތާފަތްމަތީގައްޔާއި
ތުންކޮޅުގައި
ނޫކުލައިގެ
ތިކިތަކެއް
ހުރެއެވެ
ކަނޑުމަތި
ނ
(1)
ކަނޑުގެފެންމަތި
(2)
ކަނޑުގެތެރޭން
އެކިސިފަސިފައިގައި
ރޭގަނޑަށްފެންނަ
ރެދަންލާ
މާއްދާއެއް
ބައެއްފަހަރަށް
އޮޑިދޯނި
ފަހަރުގެ
ކުނބާއި
ވާވެލާވެލި
ފަދަ
ތަންތަނުންވެސް
މިރެދަން
ފާޅުވެއެވެ
މިއީ
ޖައްވުގައިހުންނަ
ހަކަތައިގެބާރުން
ދިއްލޭ
ދިއްލުން
ތަކެކެވެ
ކަނޑުމުޅަދެވި
ނ
ބުނެވޭގޮތުގައި
ޚިޔާލީ
ދެތްވެއް
މިއީ
މީހުނަށް
ބަލިޖައްސާ
ދެތްވެކެވެ
ކަނޑުދެވި
ނ
ފަންޑިތަވެރިންގެ
ޚިޔާލީ
ދެތްވެއް
މިއީ
މަސްވެރިކަމާގުޅޭ
ދެތްވެއްކަމަށް
ބުނެއުޅެއެވެ
ކަނޑުލޮނު
ނ
(އ)
ކަނޑުގައި
ވަށްކޮށް
ބިއްލޫރި
ކޮޅެއްހެން
ހުންނަ
އެއްޗެއް
މިއީ
ފިރުޢައުނު
މުދަލުގެ
ބާވަތެކެވެ.
ކަނޑުގުރުވަ
ނ
ގުރުވައިގެ
ބާވަތެއް.
މިއީ
ކުދިކުދި
ހުޅުނބުތަކެއް
ހުންނަ
ހަންގަނޑުބޯ
ރީތި
މަހެކެވެ.
މަހުގެ
ދިގަށް
ކަޅު
ނުވަތަ
ގަދަމުށި
ކުލައިގެ
ފުޅާ
ރޮނގުތަކެއް
ހުރެއެވެ.
ތުނބާއި
ކޮތަރިތަކާއި
މަހުގެ
މަތީބައި
ހުންނަނީ
ދޮންރީނދޫ
ކުލައިގައެވެ.
ކޮތަރިތަކާއި
ނިގޫފަތުގައި
ކަޅުކުލައިގެ
ލައްތަކެއް
ހުރެއެވެ
މަހުގެ
ބަނޑުދަށް
ފަރާތުގައި
ހުންނަނީ
ރިހި
ހުދުކުލައެވެ
ކަނޑޫ
ނ
(1)
ޗަސްބިމުގައި
ތެދަށް
ހެދޭގަހެއް.
މިއީ
އެއްވަރަކަށް
ގޮފިލަމުން
ހެދޭގަހެކެވެ.
(2)
ކަނޑޫގަހުގެ
ލަކުޑި.
މިއީ
ވަރަށް
މޮޅު
ލަކުޑިއެކެވެ.
އޮޑިދޯނިފަހަރުގެ
ފަށަންލުމަށް
ބޭނުންކުރަނީ
މިލަކުޑިއެވެ.
(3)
ކަނޑޫގަހުގެ
ވައް.
މިވަކަކީ
މަލުން
ނުކުންނަ
ހިމަދިގުކޮށް
ދެކޮޅަށްތޫރިކޮށް
ހުންނަ
ތޮޅިއެކެވެ.
މިވައް
ދޮންނުވާއިރު
ހުންނަނީ
ފެހިކުލައިގައެވެ.
ދޮންވުމުން
ރަތްފެހިކުލައަކަށް
ބަދަލުވެއެވެ.
މިވަކަކީ
ފަލަމަޑީގެ
ގޮތުގައި
ކެއުމަށްވެސް
ބޭނުންކޮށްއުޅޭ
އެއްޗެކެވެ
ކަނޑޮހޮޅި
ނ
މާކަނާ
ތަޅުދަނޑިފާޑުގެ
އެއަށްވުރެ
ފަލަ
ހުދުކުލައެއްގައި
ހުންނަ
ހޮޅިއެއް
މީގެ
ބައެއް
އެއްޗެހީގެ
ބޭރު
ކަޅުކުލައެއްގައިވެސް
ހުރެއެވެ
މިހުންނަނީ
މޫދުގައި
ހުންނަ
ގައުކޮޅުކޮޅުގައި
ތަތްވެފައެވެ
މިއީ
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ކަނީރު
ނ
ބަގީޗާ
އެއްގެ
ގޮތުގައި
ހައްދާގަހެއް
މިއީ
ފަސްފިޔައިގެ
މައްޗަށް
އެކުލެވޭ
މަލެއްއަޅައި
އަބަދުމާ
ފޮޅިފައި
ހުންނަގަހެކެވެ
މަލުގެ
ފިޔައަށްވުރެ
ކުދިކޮށް
މަލުގެ
ވަށައިގެން
ފަސްފަތް
ހުރެއެވެ
މިމަލުގެ
ތަފާތު
ކުލަހުރެއެވެ
ކަނޮޅި
ނ
މިޔަރުގެ
ބާވަތެއް.
މިއީ
ބޯވަށްކޮށް
ހުންނަ
އުރަހަ
ގިނަ
ކަޅުކުލައިގެ
މިޔަރެކެވެ
ލޯހުންނާނީ
ބޮލުގެ
ދެއަރިމަތީގައެވެ
ކަންނެލި
ނ
ކަނޑުމަހުގެ
ބާވަތެއް.
މިއީ
ލައްޓިއާއި
ވައްތަރު
ލައްޓީގައި
ހުންނަގޮތަށް
ތިކިނުހުންނަ
އެއަށްވުރެ
ބޮޑެތިވާ
މަހެކެވެ.
މީގެ
ދެތިންވައްތަރެއް
ހުރެއެވެ.
މީގެ
ތެރޭގައި
ލޯބޮޑުކަންނެއްޔާއި
ނިގޫ
ދިގުކަންނެއްޔާއި
ރީނދޫ
އުރަހަކަން
ނެލިހިމެނެއެވެ
ކަންބަޅި
ނ
(1)
ބަކަރީގެ
ބާވަތެއް
މިއީ
އޭގެ
ކެހެރިޔާ
މަހުގެ
ބޭނުމުގައި
ގެންގުޅޭ
އެއްޗެކެވެ
މީގެ
ކެހެރި
ހުންނާނީ
ވަރަށް
ބޯކޮށެވެ
(2)
ފުރާދުއްވާ
އެއްޗެހީގައި
ލޯޖަހާއިރު
ބަތާނައަކަށްލާ
ތަރުފާލު
ކަންފަތް ތާކިހާ
ނ
ދެފަރާތުން
ދެކަންފަތްގަނޑު
ބާލައިފައި
ހުންނަ
ރަތް
ތާކިހަލެއް
މިއީ
ބަޑިކޮށީ
މީހުން
ރަތްކުރުއްޕިލާއިރު
އަޅާތާކިހަލެވެ
ކަރަންކާ
ނ
ކަފުރުތޮޅި
ގަސްހެން
އެއްތަނޑިޔަށް
ހެދޭގަހެއް.
މިގަހުގެ
ފަތް
ހުންނާނީ
ހިމަދިގުކޮށެވެ.
މީގައި
ނިކުންނާނީ
މާގަނޑެކެވެ.
މަލުގައި
ހުންނާނީ
5
ފިޔަޔެވެ
ތަނޑިދިގުވާނެއެވެ
މިއީ
ވަރަށް
މީރުވަސްދުވާ
ހުދު
މަލެކެވެ
މިގަސްހެދޭނީ
ތެތް
ބިމުގައެވެ
މިގަހުގެ
ބުޑުން
ނިރުތައް
ނިކުމެ
ވަރަށް
އަވަހަށް
ގިނަވާނެއެވެ
ކަރަންފޫ
ނ
މަތިކަރާބޭހުގެ
ބާވަތެއް.
މިއީ
ދުފާއިރު
ބޭނުންކުރާ
އެއްޗެކެވެ.
މީގެ
ކުރީކޮޅުގައި
ހަތަރު
ތުނޑު
ހުންނާނެއެވެ.
މިއީ
ކުޅި
ރަހަލާ
ކަޅުކުލައިގެ
އެއްޗެކެވެ
ކަރުފަތުވިހަ
ނ
(1)
ކަރުގެ
ބައްޔެއް
މިއީކަރާއި
ކަތުރު
ކަށިގަނޑަށްވީ
ހިސާބު
ދުޅަވާ
ބައްޔެކެވެ
މި
ބަލިޖެހުމުން
ވަރަށް
ގަދައަށް
ކަރުގައި
ރިއްސާނެއެވެ
ބައެއް
ފަހަރު
ކަރުތެރެ
ބެދޭގޮތްވެއެވެ
(2)
ތާފަތުވިހަ
(3)
ކަރުތާ
ފަތުވިހަ
(4)
ކަށު
ފަތުވިހަ
ކަރުފޮޅު
ނ
ކަރުގެ
ބައްޔެއް
މިއީ
ކުއްލިއަކަށް
ނަގާ
ފޮޅެކެވެ
މިއީ
ވަރަށް
ނުރައްކާތެރި
ބައްޔެކެވެ
ކަޅަނގާރި
ނ
ދުން
އެޅީމާ
މީރުވަސް
ދުވާލަކުޑިއެއް
މިއީ
އޮޅުފަށް
ގިރިފައި
ހުންނަ
އާރެކެވެ
ބުނެވެނީ
ގަހެއްގެ
މުލެއްކަމުގައެވެ
އިހުގައި
މިގެނެސްއުޅުނީ
ސެޓިގަމުންނެވެ
ކަޅަންމަސް
ނ
ފަރުމަހުގެ
ބާވަތެއް
މިއީ
ތުން
އޫކޮށް
ހުންނަ
ކަޅުކުލައިގެ
މަހެކެވެ
މިމަހުގެ
ނަގޫފަތްކައިރީ
ދެފަރާތު
ކުރަގަނޑު
ހުންނާނީ
ތޫނު
ކައްޓެއްގޮތަށް
ދެފަރާތަށް
ނުކުމެފައެވެ
މިއީ
ތެޔޮކަންގަދަ
މަހެކެވެ
މަސްގަނޑު
ހުންނާނީ
ހުދުކުލައިގަ
އެވެ
ކަޅަވަތިމިއަރު
ނ
)މ (
އުރަހައިގެ
ކޮޅުކަޅުކޮށް
ހުންނަ
ކުދިމިޔަރު
މިއީ
ބަނޑުދޮށާއި
ދެއަރިމަތީގައި
މަޑު
ރީނދޫ
ކުލައެއް
ހުންނަ
މިޔަރެކެވެ
މިމަހުގެ
ބުރަކަށިމަތި
ހުންނަނީ
އަޅިކުލައިގައެވެ
«
24
25
26
27
28
29
30
31
32
»