radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
އީ
ނ
(1)
މާކުދިކުދި
ކަންތަކާ
ރަކިވެގެން
ޖެއްސޭ
ވައްތަރެއް.
މިގޮތް
ގިނައިން
ވަނީ
އަންހެނުންނަށާއި
ކުޑަކުދީންނަށެވެ.
(2)
އ.
ކުރީގައިވާ
އެއްޗެއް
ނުވަތަ
ކަމެއް
ގަދަކުރުމަށް
ބުނާ
އަކުރެއް.
މިސާލު:
މިއީ
އެއީ
ތިޔައީ
އައީ
ކަށިމިޔަރުތެޔޮ
ނ
ކަށިމިޔަރުގެ
މެއިން
ނަގާ
ތެޔޮ
މިއީ
ބޭހަށް
ބޭނުންކުރާ
ތެލެކެވެ
ކަށިގޯނބިލި
ނ
ބޭހަށް
ބޭނުންކުރާ
ކުޑައޮށެއް
މީގައި
ހުންނަނީ
ކަށިތަކެއް
ފަޅައިފައެވެ
މިއީ
ވެލެއްގައި
އަޅާ
އެއްޗެކެވެ
މިވެލުގައި
އަޅާ
މާ
ހުންނަނީ
ރީނދޫ
ކުލައިގައެވެ
ކަށީފަރުވާ
ނ
ސީނުކަރައިގެ
ހަކީމީ
ފަރުވާއެއް
މިއީ
ހަށިގަނޑުގެ
ވަކި
ޚާއްޞަ
ތަންތަނަށް
ހިމަ
ކަށިތަކެއް
ހަރައިގެން
ދޭ
ފަރުވާއެކެވެ
ކަށްކޮނި
ނ
ލޮނުމެހި
މިއީ
ބިންމަތީގައި
ހަރުކޮނެގެން
އުޅޭ
ބާވަތެއްގެ
މެއްސެކެވެ
ކަށްޑެވިމުޅަދެވި
(1)
ބައްޔެއްގެ
ނަން
މިބަލީގައިވާ
ގޮތެއްކަމަށް
ބުނަނީ
ބަނޑުބޮޑުވެ
މީހާ
ފޮއްސިވުމެވެ
މިއީ
ޚިޔާލީ
ދެ
ދެވިކަމަށް
ބުނާ
ކަށްޑެތްވާއި
މުޅަދެވީގެ
ސަބަބުން
ޖެހޭ
ބައްޔެއްކަމަށް
ބުނެވެއެވެ
(2)
ޚިޔާލީ
ދެ
ދެވި
ކަނބައިދިކިލެގެ
ނ
ކަބައިދިކިލެގެ
ކަމަށް
ކޮލިލައްވާފައިވާ
އަންހެނާ.
މިއީ
ރާއްޖޭގެ
އިހުގެ
އާދަކާދައިގެ
ކަންކަމުގައްޔާއި
ރަސްކަމުގެ
ޢިއްޒަތުގެ
ކަންތަކުގައި
ލަފާހޯއްދަވައި
އަދި
ޢިއްޒަތުގެ
ބައެއް
ކަންކަމުގައި
ބޭނުން
ހިއްޕަވާ
އަންހެން
ތިންކިލެގެއިން
ތެރެއިން
އެއް
ކިލެގެއެވެ
ކަނބިލި
ނ
އެއްގަމު
ދޫނީގެ
ބާވަތެއް
މިއީ
ވަލުތެރޭގައި
އުޅޭ
ދޫންޏެކެވެ.
މިދޫނީގެ
ބަނޑުދަށާއި
ކަރުދޮށާއި
މޫނުމަތި
ހުންނަނީ
ހުދުކުލައިގައެވެ.
ބުރިކަށިމަތި
ހުންނަނީ
ކަޅުއަޅި
ކުލައެއްގައެވެ.
ތުނބާއި
ފައިގައި
ހުންނަނީ
ދޮންފެހިކުލައެވެ.
ވަކި
ޢުމުރަކަށް
ދިއުމުން
ރަތްރީނދޫ
ކުލައަކަށް
ފައިގެ
ކުލަ
ބަދަލުވެއެވެ.
ތުނބުގެ
މަތީކޮޅުގައި
ރަތްކުލައެއް
ހުރެއެވެ.
ކާ
ވަގުތާއި
ސިހުން
ލިބޭ
ވަގުތުގައި
ބޮލާއި
ފިނދުފަތް
ނަގައި
ތަޅުވައި
ތިރިކޮށް
ހަރަކާތް
ކުރުމަކީ
ކަނބިލީގެ
ޚާއްޞަ
ސިފައެކެވެ
މީހެއްގެ
ނުވަތަ
އެއްޗެއްގެ
ހިލަމެއްވުމުން
އަވަހަށް
ފިލައި
ބޮނދައެވެ
ކަނދިލި
ނ
(1)
އެތެރެއަށް
ތަށިލައިގެން
ދިއްލާ
ލޯބަންދުތަކަކުން
ޖަބުރޯލެއްގެ
ބައްޓަމުގައި
ހަދައިފައިހުންނަ
ފާނޫޒު
ފާޑުގެ
އެއްޗެއް.
އިހުގައި
މިދިއްލައި
އުޅެނީ
ދަމުއަށީގައެވެ.
(2)
ހަތްތުތިމަހާއި
ތުތިމަސް
ބުރިތަކެއް
ބޭރުން
ފެންނާނޭގޮތަށް
ކަންކަނަށް
ބަނދެ
ބޭރުގައި
ތުނިފޮތިޖަހައި
ކަރުދާސް
ހިއްޕައިގެން
ދިއްލާ
ފޫނޫޒެއް
ކަހަލަ
އެއްޗެއް
މިއީ
ރަށްމާލުދުރޭ
ަރަދުން
މާލޫދު
ހަރުގެއަށް
ވަޑައިގަންނަވާ
މަގުމަތީގައި
ދިއްލާން
ކުދިބޭކަލުން
ހަދާ
އެއްޗެކެވެ
(3)
އަންނާރުފަތް
ފާޑަށް
ފަތްހުންނަ
ތިރިކޮށްހެދޭ
ފަތްޕިލާވެއްޔެއް
މީގެ
ކިތަންމެ
ބާވަތެއް
ހުރެއެވެ
ކަނދިލިކެޔޮ
ނ
މިއީ
ފަތްކޭލުގެ
ބާވަތެއް.
މިއީ
ބޮންތިރަތްކެޔޮ
ފާޑަށްހުންނަ
އެއަށްވުރެ
ވަކުގެ
އެތެރެހުދު
ފަތްކޭލެއް
މީގެ
ގަހުގެ
ދަޅިވެސް
ހުދުވާނެއެވެ
ކަނދު
ނ
(1)
ތެދަށްހެދޭ
ބިޔަވާގަހެއް.
(2)
ކަނދުގަހުގެލަކުޑި.
މިއީ
އާރުނުލާ
ލުއިލަކުޑިއެކެވެ.
މިލަކުޑީގައި
ފެނު
ބާރުގަދަ
ވާނެއެވެ.
މީގެ
ދެވައްތަރެއް
ހުރެއެވެ.
(3)
ކަނދުފަތި
ފަހާށާއި
އެހެނިހެން
ބޭނުމަށްޓަކައި
އޭގެ
ކޮޅު
ނަރުވިލިކޮށް
ބޯކޮށް
ހަދައިފައި
ހުންނަފިލާ.
މިގިނައިން
ހަދަނީ
ކަނދުގަހުގެ
ލަކުޑިންނެވެ.
(4)
އޮޑިދޯނިފަހަރު
އެހެލައި
ބަލާއިރު
ފަށަން
ދޮށަށްލައްވާ
ލަކުޑިބުރި.
(5)
ފެނަށްތިރިކުރާ
މަތިންދާބޯޓުގެ
ދެފަރާތު
ފިޔަފަތުގެ
ދަށުގައި
ފެނުބާރުހިފާން
ހުންނަ
ބަރާ.
(6)
ރާޅާ
އެޅުމަށާއި
މޫދުގެ
ކުޅިވަރުތައް
ކުޅުމަށް
ގެންގުޅޭ
ފެނުބާރު
ހިފާގޮތަށް
ހުންނަ
އެއްޗިހި
ކަނދުވަލުދޫނި
ނ
ބައިބަޔަށް
އުދުހޭ
ކިރުދޫނި
ފާޑުގެ
ދޫންޏެއް
މިއީ
ކަނޑާއި
އެއްގަމުގައި
އުޅޭ
ދޫންޏެކެވެ
ބިސްއަޅަނީ
ކަނދުގަހުގަ
އެވެ
ކަނދުފަތި
ނ
(1)
އެއްކޮޅު
ނުވަތަ
ދެކޮޅު
ނަރުވިލިކޮށް
ހަދައިފައި
ހުންނަ
ލަކުޑިތަކެއް
އެއްކޮށް
ބަނދެ
ފެނުބާރު
ހިފާގޮތަށް
ހަދައިފައި
ހުންނައެއްޗެއް
މިގިނައިން
ގެންގުޅެނީ
ފަޅުތެރޭގެ
އެކިއެކި
ބޭނުމުގައި
ދަތުރުކުރާށެވެ
(2)
ފެނުބާރު
ހިފާގޮތަށް
ހަދައިފައި
ހުންނަ
އެއްޗެއް
މިއީ
އެއްޗެހި
އުފުލުމަށް
ކަނބާފައި
ގެންދާ
އެއްޗެކެވެ
(3)
މަޖާޒު:
ހިތާވެގެންއުޅޭ
ދެމީހުން
ދޭތެރޭ
ހިނގާމީހާ
ކަނދޮޅުދުލިފަށުވި
ނ
ވަރަށްތުނި
ފަށުވި
ފޭރާމެއް
މިއީ
އިހުގައި
ރާއްޖެއިން
ބޭރުން
ގެނެސް
އުޅުނު
ފޭރާމެކެވެ
ކަނޑަދޭހަ
ނ
)ސ (
އައިންމަތީ
ދޫންޏެއް
މިއީ
އަތޮޅު
އޮބާހައި
ހިސާބުދުރުގައި
އުޅޭ
ދޫންޏެކެވެ
މިދޫނީގެ
ބަނޑުދޮށް
ކަޅުވާނެވެ
މިއީ
ހޯގުޅާއާ
ވައްތަރު
ދޫންޏެކެވެ
ކަނޑި
ނ
(1)
ހަނގުރާމައިގެ
ހަތިޔާރެއް.
މިއީ
ތިލަދިގު
ތޫނު
ހަތިޔާރެކެވެ
(2)
003
ނާޅީގެ
މިންވަރު
(3)
ދިޔާއެއްޗެއްނަމަ
003
އަޑުބާގެ
މިންވަރު
(4)
އެލަންގަލަން
ކުޅޭއިރު
ގެންގުޅޭ
އިލޮށި
ކަނޑި މިޔަރު
ނ
ނިގޫފަތުގެ
މަތީބައި
ކަނޑިޔެއްހެން
ހުންނަ
މިޔަރެއް.
ނިގޫފަތުގެ
މިބައިގެ
ދިގުމިން
މުޅިމިޔަރުގެ
ހަށިގަނޑުގެ
ދިގުމިންވަރުވެއެވެ
އާއްމުކޮަށް
މިއުޅެނީ
އަތޮޅުން
ބޭރުގައެވެ
މިއީވަރަށް
ބާރަށް
ދަތުރުކުރާ
ވަރުގަދަ
މިޔަރެކެވެ
ކަނޑުކަޅުއޮށް
ނ
ކަޅުއޮށުގެ
ބާވަތެއް.
މިއީ
ފުންވިލުވިލާއި
ތިލަފަޅުފަޅުގައި
އުޅޭ
މަހެކެވެ.
މަހުގެކުލައަކީ
ކަޅުރަތްކުލައެވެ
މަހުގެ
ތުނބުންފެށިގެން
ލޯ
ހުރަސްކޮށް
ދެވަނަ
ކޮތަރިބައިނިމިފައިވާހިސާބަށް
ކަޅުކުލައިގެ
ފުޅާރޮނގެއްހުރެއެވެ
މިރޮނގުގެ
ފަހަތުން
މަހުގެނިގޫ
ކޮޅުގައިކަޅުކުލައިގެ
ލަފެއްހުރެއެވެ
ކަނޑުކަކުނި
ނ
ކަކުނީގެބާވަތެއް
މިއީ
ދިވެހި
ކަނޑުފަޅުން
ފެންނަ
އެންމެބޮޑެތި
ކަކުންޏެވެ
ކަކުނީގެ
ބޭރުތޮށިގަނޑު
ހުންނަނީ
ގަދަމުށިކުލައިގައެވެ
ފައިތަކުގައި
ހުންނަނީ
މަޑުމުށިކުލައެވެ
ކަނޑުކާޅު
ނ
(1)
އުރަފަށުގައި
އުލޭ
ތުނބިފާޑުގެ
ކަޅުކުލައިގެ
މަހެއް.
މި
މަސް
ތުންބަށްވުރެން
ތުންކުރުވެފައި
ނަގޫފަތުގެ
ދެފަރާތުގައި
ދެކަށި
ހުންނާނެއެވެ
(2)
ކަނޑުމަތީ
ދޫންޏެއް
މިއީ
މާރަނގައާ
ވައްތަރު
ކުޑަދޫންޏެކެވެ
ކަނޑުކޮއްޓި
ނ
ކަނޑުމަތީދޫންޏެއް
މިއީ
ކަޅުކުލައިގެ
ކުޑަވަރަކު
ދޫންޏެކެވެ
މި
އުދުހޭނީ
ތިރިތިރިން
ކަނޑުގައިޖެހޭ
ހިސާބުންނެވެ
މަޑުއިރަށް
ކަނޑަށް
ފީނައިވެސް
އުޅެއެވެ
«
23
24
25
26
27
28
29
30
31
»