radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ކުރާ
ނ
(1)
ބިންބިއާއި
އުރައާއި
ކުދިބަތްފަދަ
ގަސްގަހާއި
އަދި
މިގޮތަށް
ހެދޭ
ބައެއް
ވިނަގަސްގަހުގެ
އޮށް
ހުންނަ
މާގަނޑު
(2)
މިސްކިތު
ލާގެ
ފަދަ
ތަންތާނގައި
ނަމޫނާ
ކުރައެއްގެ
ސިފައިގައި
ވައްގަޑު
ނެތި
ލިޔެފައި
ހުންނަ
ކުޑަ
ތަނބެއް
(3)
ވައްގަޑުން
އެއްޗެހި
އޮއްސާން
ހަދައިފައި
ހުންނަ
ބާވަތް
ބާވަތުގެ
ކަންވާރު
މިސާލު:
)ހ(
ނަމޫނާކުރާ
)ށ(
ސައިކުރާ
ބޮޅުފަތިނެއްޓުން
މ
އިހުގައި
ކުޅެއުޅުނު
ކުޅިވަރެއް
މިކަންކުރާގޮތަކީ
ނަރުގަނޑަކަށް
މަހައިފައި
އޮންނަ
ބޮޅުފައްޗެއް
އެކުގައި
ނަރުގަނޑުން
ވަކިކޮށްލުމެވެ
މިއީ
ހިކުމަތަކުންނޫނީ
ވެވޭކަމެއްނޫނެވެ
ބޮކަރު
ނ
(1)
މީރުވަސްދުވާ
ލަކުޑިއެއް
މިއީ
ދުންއެޅުމަށާއި
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
މިހުންނަނީ
ކަޅުރަތްކުލައަކަށްދާ
ކުލައެއްގައެވެ
މިއީ
އަތަރު
ހެދުމަށް
ބޭނުންކުރާ
ލަކުޑިއެކެވެ
ބޮކުބާރު
ނ
މަޖާޒު:
ތިމާގައި
ހުރިކަމަށް
ހީކުރާ
ޙަޤީޤަތުގައި
ނެތްބާރު
ބޮއްކޮރާ
ނ
)ޏ (
ބޮއްކުރާ
ބޮއްލޮއްލޯ
ނ
)ސ (
(1)
ތަނެއްޒީނަތްތެރިކުރާއިރު
ފަންވަތުންނާއި
ގަސްގަހުގެ
ފަތުން
ހަދައިފައި
އެލުވާއެތި
(2)
ފުށުންހަދާފޮނިކާއެއްޗެއް
ބޮލިރަވަ
ނ
ކުޑަކުދިން
މަސަލަސްކުރާން
އެތެރެޔަށް
ބޮލިފަދަތަކެތި
އަޅައިގެން
ތަޅުވާން
ގެންގުޅޭ
އެއްޗެއް
މިކިތަންމެ
ގޮތަކަށް
ހަދައިފައި
ހުރެއެވެ
ބޮލިފެން
ނ
ކަރުތާފަތު
ވިހަޔަށް
ބޯންދޭ
ފެނެއް
މިއީ
ފެންކައްކާ
ބޮއްޔަށް
އެކަމަށް
ބޭނުންކުރާ
ބޭސްއަޅައިގެން
ކައްކާ
ފެނެކެވެ
ބޮލުފިލާ
ނ
ކޯއްޓޭ
ކޯއްޓޭގެ
ދެބުރި
އެއްކުރާން
ތިރީބުރީގެ
މަތީކޮޅަށް
އެއްކޮޅުލައްވައިފައި
އަނެއްކޮޅަށް
މަތީބުރީގެ
ފަހަތުކޮޅު
މަހާން
އޮންނަ
ފިލާގަނޑު
ބޮޑަދެއްކުން
މ
(1)
ދެކޮޅުވެރިކަމަކާ
ނުލައި
ދެރަނުވާންވެގެން
ގޮތް
ދޫނުކޮށް
އުޅުން.
(2)
ކަމެއް
ކުރާހިތުން
ހުރެ
ގޮތްދޫނުކުރުމުގެ
ގޮތުން
އެކަމެއް
ނުކުރާން
ބުނުން.
(3)
ބޭނުންވުމާއެކުވެސް
ބޭނުންނުވާގޮތް
ދެއްކުން.
(4)
ގާތްމީހަކު
ލައްވައި
ތިމާ
ބޭނުންކަމެއް
ކުރުވުމަށްޓަކައި
ނުކިޔަމަންތެރިކަމެއް
ނުވަތަ
ނުރުހުމެއް
ދެއްކުން
ބޮޑު ދެގެރި ތަޅަންޏާ މަހާނަގަލަށް ބާރުކުރާނެ
(މުސްކުޅިބަހެއް)
ބޮޑުދެގެރި
ތަޅަންޏާ
ކަށްގަލަށް
ބާރުކުރާނެ
ބޮޑުހިތި
ނ
(1)
އިހުގައި
ރަސްކަމުގެ
ފަރާތުން
ރަސްމީގޮތުން
ފާހަގަ
ކުރާ
ދެދުވަހާއި
އެދެދުވަހުގެ
ރެއަށް
ކިޔާ
އުޅުނު
ނަމެއް.
ރަމަޟާންމަހުގެ
ބާވީސް
ވަނަ
ދުވަހަކީ
ހެންވޭރު
ބޮޑުހިތި
ދުވަހެވެ.
އެދުވަހުގެ
ރެއަކީ
ހެންވޭރު
ބޮޑުހިތި
ވިލޭރެއެވެ.
ރަމަޟާންމަހުގެ
ސައުވީސް
ވަނަ
ދުވަހަކީ
މާފަންނު
ބޮޑު
ހިތި
ދުވަހެއެވެ.
އެދުވަހުގެރެއަކީ
މާފަންނު
ބޮޑުހިތި
ވިލޭރެއެވެ.
ހެންވޭރު
ބޮޑުހިތި
ވިލޭރޭ
ރަދުން
ރަސްމީ
ޢިއްޒަތުގައި
ހިއްޗަށް
ވަޑައިގަންނަވާނީ
ލޮނުޒިޔާރަތްކޮޅުގައި
ހުންނަ
ޙަބުޝީގެފާނުގެ
މަޤާމުފުޅަށް
ޒިޔާރަތްކުރައްވައި
ފާތިޙާ
ވިދާޅުވާށެވެ.
މާފަންނު
ބޮޑުހިތިވިލޭރޭ
ރަދުން
ޢިއްޒަތުގައި
ވަޑައިގަންނަވަނީ
ޢަލިރަސްގެފާނުގެ
ޒިޔާރަތަށް
ފާތިޙާ
ވިދާޅުވާށެވެ. (2)
މާލެއަތޮޅުގެ
ފަޅުރަށެއް (3)
އާދައިގެ
ހިތިގަސް
ބޮޑުހޯގުޅާ
ނ
ކަނޑުމަތީ
ދޫންޏެއް
މިދޫނީގެ
ބޮޑުމިނަކީ
ގާތްގަނޑަކަށް
51
ވަރަކަށް
އިންޗިއެވެ
މުޅިދޫނީގެ
ކުލައަކީ
ކަޅުކުލައާއި
ގާތްކުރާ
ގަދަމުށިކުލައެވެ
ތުން
ހުންނަނީ
ކަޅު
އަޅިކުލައެއްގައެވެ
ފައިގެ
ކުލައާއި
ހަށިގަނޑުގެ
ކުލަ
އެއްގޮތްވާނެއެވެ
ދޫނީގެނިސްބަތުން
ތުންދިގުކޮށް
ގަދަފަދަކޮށް
ދައްކައެވެ
ފިނދުފަތް
ހުންނާނީ
ކުރިއަށް
ފޭހިފައި
ހުންނަގޮތަށެވެ
ބިސްއަޅާއުމުރުގެ
ދޫނީގެ
ފިޔައިގެ
ދަށްފަރާތާއި
އެކުބަނޑުދޮށް
ފަރާތް
ހުންނާނީ
ހުދުކުލައިގައެވެ
ބޮޑުބަރަނި
ނ
(1)
ތިންއުޅީގައި
އަނބުރައިފައި
ހުންނަ
ނަނުބަރަނި
(2)
ފެކްޓަރީތަކުގައި
ފަހަންބޭނުންކުރާ
ބޮޑެތި
ބަރަނި
ބޮޑުބެރުލަވަ
ނ
(1)
ކާސިމަޖާ
ކުރާއިރު
ބޮޑުބެރުގައި
ޖަހާބެރު
(2)
ކާސިމަޖާ
ކުރާއިރު
ކިޔާ
ލަވަ
ބޮޑުމައްސާގު
ނ
މައްސާގުގެ
ބާވަތެއް
މިއީ
އެއްތަނޑަށް
ހެދޭ
ފަތްބޮޑެތި
ގަހެކެވެ
މީގެ
ފަތަކީ
ކެއުމަށް
ބޭނުން
ކުރާ
އެއްޗެކެވެ
ބޮޑުމަތާދަތި
ނ
ވަޑާމުގެ
މަސައްކަތުގައި
އިލިޖެހުމަށްޓަކައި
ދެލަކުޑިގަނޑު
ކައިރިކޮށް
ޖައްސައި
ހިމުން
ކުރުމަށް
ތިއްބާ
އާލާތް
މިއީ
ކިއްސަރު
ވަޑާމުގައި
ބޭނުންކުރާ
އާލާތެކެވެ
ބޮޑުމަސް
ނ
(1)
ބޭރު
ކަނޑުގައި
އުޅޭ
ބިޔަ
ބޮޑެތިމަސް
(2)
ދުންލާމަސް
(3)
ފޯކުޅޭއިރު
ފަނުން
ވިޔެފައި
އޮންނަ
މަސް
(4)
)ނކ (
ދުނިޔެ
ވަށައިގެން
ހިނގާކަމަށް
ހީކުރާ
ޚިޔާލީ
މަހެއް
ބޮޑުމާލިމީ
ނ
(1)
އިހުގައި
ބޭރު
ދަތުރުކުރާ
ދިވެހި
ނާފަހަރާއި
އޮޑި
ފަހަރުގެ
ދަތުރު
ކުރުމުގެ
އެންމެ
މަތީ
ވެރިމީހާ
ނުވަތަ
އެންމެ
ބޮޑު
ނިއަމި
(2)
ކައްޕިތާން
ބޮޑުފަތް
ނ
މިއީ
ދިގުކޮށް
އުނިކޮށް
ހުންނަ
ފަތެކެވެ
މިފަތުގެ
ރަހަ
މަޑުވާނެއެވެ
މި
އާއްމުގޮތެއްގައި
ބޭނުން
ކުރާނީ
ދުފުމަށެވެ
ބޮޑުފާގަ
ނ
ފާގައިގެ
ބޮޑެތި
ވައްތަރު
މިހުންނާނީ
އާދައިގެ
ފާގަޔަށްވުރެ
އުންތައް
ތަންކޮޅެއް
ފަތާކޮށެވެ
ބޮޑުމިން
އާދައިގެ
ތޮރަޔާ
ގާތްކުރާނެއެވެ
«
23
24
25
26
27
28
29
30
31
»