radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ވާ
ނ
(1)
"ވައު"
ބަލާ!
(2)
އ.
ބައެއް
ތަންތާނގައ ި
"ވެސް"
ގެ
މާނައިގައި
ބުނެއުޅޭ
އަކުރެއް
މިސާލު:
ތިޔައީވާ
ބޮޑުކަމެއްނޫނެވެ
(3)
ދަތިނޫންކަމެއް
ނުވަތަ
ބޮޑުނޫން
ކަމެއްކަން
އެންގުމުގެ
މާނައިގައިވެސް
މިއަކުރު
ބޭނުން
ކުރެއެވެ
މިސާލު:
އޭނާވާ
އަތުވެދާނެއެވެ
ތިނޯސް
ނ
ފޭރާންފަދަ
ތަކެތި
ފެހުމަށާއި
މާޖެހުމަށް
ގެންގުޅޭ
ފަގައެއްލައިފައިވާ
ހިމަދަގަނޑުކައްޓެއް
ތިނޯސްހުއި
ނ
)ގ.(
(1)
ދަނޑުމަތީގައި
ހުންނަ
ވަރަށް
ފަތްކުދި
ވިނައެއް.
މީގެ
ފަތްތައް
ހުންނާނީ
ހަރުކޮށް
ތޫނުކޮށެވެ.
ފައިން
އެރުނީމާ
ތަދުވާގޮތް
ހުންނާނެއެވެ.
(2)
މޫދުގައިއުޅޭ
ވަށްކޮށް
ތިނޯސް
ތަކެއްނުކުމެފައި
ހުންނަގޮތަށް
ހުންނަ
އެއްޗެއް
މިއަށް
ފައިންއެރުނީމާ
ފަޔަށް
ހެރޭނެއެވެ
ބިންދަ
ބިންދައިގެންވެސް
ދާނެއެވެ
ހެރިފައި
އެތިކޮޅެއް
ހުރެއްޖެނަމަ
ވަރަށް
ރިއްސާނެއެވެ
އެނެގުމަށްފަހު
ކަމަކަށްނުވެ
ރަނގަޅުވެއެވެ
މިއަށް
ތިނޯސް
ބެރުވެސް
ކިޔައެވެ
ތިން
ނއ
ތިނަކަށްވާ
ތިންބަލިވުން
މ
ރާޒުވާއާއި
ތިންހަމަ
ކުޅޭއިރު
ވިދިވިދިގެން
ތިންގަނޑުން
ދެރަވުން
ތިންބަލު
ނ
އަތުން
ފަހާއިރު
އިނގިލީގެ
ކޮޅަށް
ލައްވާދޯރި
މިއީ
ތިނޯސްކޮއްޕަން
ފަސޭހަ
ކުރުމަށް
ލައްވާ
އެއްޗެކެވެ
ތިންބުރިކޯއްޓޭ
ނ
އިހުގައި
ތިންބުރި
ގުޅައިގެން
ކާލިގަނޑުލައިފައި
ހަދައިފައި
ހުންނަ
ކޯއްޓޭއެއް
)ދިދަ
ދަނޑިއެއް(
މިކޯއްޓޭގައި
ހުންނާނީ
ދަނޑިމަތި
އަނބުރައިފައެވެ
މިކޯއްޓޭ
އެހެން
ކޯއްޓޭއަށްވުރެ
ކުޑަވާނެއެވެ
މިކޯއްޓޭ
ނަގައިފައި
ހުންނަނީ
ނާބުސްޚާނުގެ
އިރުމަތީން
ފާރުމަތީގައެވެ
ތިންއޮޅިމެދުހަނގުބޭކަލުން
ނ
(1)
ހަނގުކަމާއި
ވަރުހަނގުކަމާއި
އައްތާރަ
ފަނިކަން
ދެއްވައިފައިވާ
މީހުން
(2)
އަސްކަރުކަމާއި
އައްތާރަ
ފަނިކަމާއި
ހަނގުކަން
ދެއްވައިފައިވާ
ބޭކަލުން
ތިންވަނަ
ނއ
(1)
އެއްވަނައާއި
ދެވަނައާ
ޖެހިގެން
އޮންނަ
ދަރަޖަ
(2)
ކަމަކަށް
އެންމެ
މޮޅު
ތިންމީހަކު
ހޮވާއިރު
އެންމެ
ފަހަށްހޮވޭ
(3)
ތިނަކަށްވާ
ތިންވަނަދުނިޔެ
ނ
(1)
ޚާއްޞަކޮށް
އެފްރިކާއަށް
ޢާއްމުކޮށް
ފަޤީރު
ޤައުމުތަކަށް
ނިސްބަތްކޮށް
ބުނެއުޅޭ
ބަހެއް
(2)
އެންމެ
ކުޑަކޮށް
ތަރައްޤީ
ވެފައިވާ
ޤައުމުތަކާމެދު
ބުނެއުޅޭ
ބަހެއް
ތިންމަހުރޯދަ
ނ
ރަޖަބުމަހާއި
ޝަޢުބާންމަހު
ހިފުން
ސުންނަތްވެގެންވާ
ރޯދަ.
މިރޯދައަށް
ތިންމަހު
ރޯދަކިޔަނީ
ރަމަޟާންމަހާއި
ގުޅިގެން
ކުރިޔަށް
މިދެމަސް
ވިދިގެން
އަންނާތީއެވެ
ތިންމައިގަނޑުވިޔަ
ނ
ގުނަކޮށް
ގެއްލައިގެން
ހަދާ
ހިސާބެއް
މިސާލު:
ތިންލާރިއަށް
ދެމިރުސް
ދެންޏާ
އަށްލާރިއަށްވާނީ
ކިތައް
މިރުސްތޯ
ބެލުމަށް
ކުރާ
ހިސާބު
ތިންގެމައިން
ނ
(1)
ރަދުން
ތަނަކަށް
ވަޑައިގަންނަވާއިރު
އަރިއަހުގައިދާ
ދެދޯނިކޮޅާއެކު
ތިންދޯނިވީމާ
ކިޔާގޮތް
(2)
ތިންއަވަށުން
ތިރާ
ނ
(1)
ވެއްޓި
ބިމާވާހަމަ
(2)
ވެއްޓިޖެހޭ
އިނދަ
ތިރީބުރި
ނ
(1)
އެތައް
ބުރިއަކަށް
މައްޗަށް
އިމާރާތް
ކޮށްފައިވާ
ތަންތަނުގެ
ހަމަބިމާ
ހިސާބުގައި
ހުންނަބައި
(2)
ހެދުމާއި
އިންސާނުންގެ
ހަށިގަނޑުގެ
އުނަގަނޑުން
ތިރީބައި
(3)
ތިރީބައި
ތިރީކައިރި
ނ
ބޯވަޅުއެޅި
ލިބާހުގެ
ވަށްބަގިޔާގެ
މަތީގައި
ކަސަބުން
ގަތައިފައި
އަޅާފަށް
މިފަށް
ވަށްބަގިޔާއަށްވުރެ
ފުޅާވާނެއެވެ
ތިރީކައިރިޔަކީ
ބޯވަޅުގައި
އޮންނަ
އެންމެ
ފުޅާ
ކަސަބުގަނޑެވެ
ތިކިޖެހިތާނަ
އަރަބި
އަކުރުގެ
އަޑުނެރުމަށްޓަކައި
ތާނައިގައި
ތިކިޖަހައިގެން
އުފައްދައިފައިވާ
އަކުރުތައް
ތިއަރީ
ނ
(1)
އެއްޗެއް
އަނެކައްޗަކާ
ގުޅޭގޮތް
މަޢުލޫމާތުން
ދައްކާދެއްކުން
(2)
ޤަބޫލުކުރާގޮތް
(3)
ސިޔާސަތު
(4)
ކަމަކަށް
އަމަލު
ކުރަންޖެހިފައިވާ
ގޮތް
(5)
ކަމެއް
ހިނގާގޮތުގެ
އަސްލު
ސައިންސް
ވެރިން
ކިޔައިދީފައިވާގޮތް
(6)
ބަޙުޘެއް
ކުރުމަށްޓަކައި
ހިފަހައްޓާ
އުޞޫލު
(7)
ޚިޔާލަށް
ކަމެއް
ވިސްނިފައި
އޮންނަގޮތް
ތިއޭޓަރު
ނ
(1)
ތަމްސީލު
ކުޅެހަދާގެ
(2)
ބައިސްކޯފު
ދައްކާގެ
(3)
އެތަނެއްގެ
އެތެރޭގައި
ހަރުފަތް
ބަރިއެއްގެ
ގޮތަށް
ތަޅުންގަނޑު
ހަދައި
އެތަނުގައި
ގޮނޑިޖަހައިފައިވާ
ހޯލު
(4)
ހަސްފަތާލުގައި
ބަލިބައްޔާ
ބެހޭ
ފެޅުންތަކަށް
ހަދައިފައި
ހުންނަ
ކޮޓަރި
ތިމަރަހަނދި
ނ
ހަންޖާ
ވައްތަރު
ނަމަވެސް
ހަނދީގެ
ބާވަތްތަކާ
ޚިލާފަށް
ފަތިކޮށް
ހުންނަމަހެއް
މިއީ
ދިވެހިން
ކެއުމަށް
ބޭނުންކޮށްއުޅޭ
މަހެކެވެ
މިމަހުގެ
ތުނބުގެ
ތިރީބައި
މަތީބަޔަށްވުރެ
ދިގުކޮށް
ނުކުމެފައި
ހުންނާނެއެވެ
މަހުގެ
ކުލައަކީ
ރިހިއަޅި
ކުލައެވެ
ކަރުތާފަތުގެ
ކުރީބައިގެ
ކައިރިފަށް
ކަޅުވާނެއެވެ
ތިމަރައައްސި
ނ
ތިމަރަ
އެޅުމުގެ
ސަބަބުންވާ
އައްސި
«
259
260
261
262
263
264
265
266
267
»