radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ޔ
ނ
ތާނައިގެ
އެކާވީސް
ވަނައަކުރު
ފެންދުއްވާއޮނުގަނޑު
ނ
އިހުގައި
ފެންކުޅިކުޅޭއިރު
މީހުންގެ
ގަޔަށް
ފެންޖެހުމަށް
ގެންގުޅޭ
އޮނުގަނޑު
ފެންދޭމީހާ
ނ
(1)
ކެއުމުގެ
ކުރީގައި
އަތްދޮއްވުމަށް
ކުރަޔާއި
ލޯގަނޑާ
ހިފައިގެން
އައިސް
އަތްދޮއްވާމީހާ
(2)
ކަރުހިއްކުން
ފިލުވައިދޭމީހާ
(3)
ގަސްތަކަށް
ފެންޖަހާމީހާ
ފެންތުޅާ
ނ
(1)
ފޮނިތުޅަޔާ
މުޅިން
އެއްވައްތަރަށް
ހުންނަ
އެކަމަކު
އެކަހަލަ
މީރުވަހެއް
ނުހުންނަ
ބޭހަށް
ބޭނުންކުރާ
ކުޑަވަރެއްގެ
ގަހެއް
މީގެ
ފަތް
ތަކުގެ
ކޮޅުތޫރިކަން
ކުޑަވާނެއެވެ
(2)
ފެނާއިއެކު
ހުންނަ
ތުޅާ
ފެންލައިޓް
ނ
ވަޔާއި
އަލިވެއްދުމަށްޓަކައި
ދޮރުގެ
މަތީގައި
ހުންނަ
ކުޑަދޮރެއް
ބައެއްފަހަރަށް
ދޮރެއްގެމަތީގައި
ނޫންގޮތަކަށްވެސް
މިދޮރުހުރެއެވެ
ފެންލުން
މ
(1)
އޮޑިދޯނިފަހަރަށް
ބޯފެން
އެރުވުން.
(2)
އެއްޗެހި
ދޮވެފައި
ސާފުފެންލުން
(3)
މަސްބާނާއިރު
ބުޅިޔަށް
ފެންއުކުން
(4)
ވުޟޫ
ކުރާއިރު
ބައެއް
ގުނަންތަކުގައި
ފެންއުނގުޅުން
ފެންގަނޑުބޮޑެއްކަމަކު ރޭރެއް ބިރެއްނުގަންނާނެ
)މުސްކުޅިބަހެއް(
ފިރިހެނަކު
ކިތަންމެ
ބޮޑުވެފައި
ވަރުގަދަޔަސް
އޭނާޔާ
އިންނަން
އުޅޭ
އަންހެނަކު
އެކަމަކާ
ބިރެއް
ނުގަންނާނެއޭ
ބުނުމުގެ
ގޮތުން
ބުނެއުޅޭ
ބަހެއް
މީގެ
އަނެއް
ކޮޅަށްވެސް
މިމިސާލު
ބޭނުންކުރެއެވެ
ފެންގަސް
ނ
(1)
ކެޔޮފަތްހެން
ފަތް
ހުންނަ
ދެއަރިމައްޗަށް
ފަތް
ނުކުންނަ
ގަހެއް
(2)
ގަހެއްގެ
ސިފައިގައި
ފެންއަރާ
ގޮތަށް
ހަދައިފައި
ހުންނަ
ފެންއަރުވާ
ވަޑާން
ފެންގާޑިޔާ
ނ
ފެންއުފުލާ
ގާޑިޔާ
ފެންގުންބާ
ނ
ފެންނަގައި
ދިނުމަށް
ނުވަތަ
އެކަތިން
އަނެކައްޗަށް
ފެން
އަޅައިދިނުމަށް
ތައްޔާރުކޮށްފައިވާ
ގުންބާ
ފެންގުޑުގުޑުކާއްޔޯ
މ
ކުޑަކުދިން
ފެންވަރަން
ނުދާން
އުޅޭއިރު
ހައްލާލަންވެގެން
ދެ
މީހުން
ދެކިހިލިފައްޗަށް
އަތްލައި
ހިފައި
އެލުވާލައިގެން
ދާއިރު
ކިޔާ
އެއްޗެއް
ފެންގެ
ނ
)ޏ (
ފެންފިޔަފާޅި
ފެންގޮތް
ނ
މަޖާޒު:
ކަމެއްގެ
ތެރޭގައި
ހުންނަ
ރޫޙެއް
ނެތް
ލޮނުމަޑުގޮތް
މިސާލު:
މިފަހަރު
މިކަންތައް
މިދިޔައީ
މާފެންގޮތަކަށެވެ
ނުވަތަ
މިފަހަރު
ޢީދުގެ
ކަންތައް
މިދިޔައީ
މާ
ފެންގޮތަކަށެވެ
ފެންސަރު
ނ
ދިޔާކޮށް
ހުންނަ
ރިހަ
ފެންޑާ
ނ
(1)
ދިވެހިން
ގެދޮރު
އެޅުމުގައި
މައިގޭގެ
މައިދޮރޯއްޓާ
ވީ
ފަރާތަށް
އިތުރު
ކުރާބައި.
(2)
ދިވެހިން
ގެދޮރު
އެޅުމުގައި
މައިގެއާއި
ގުޅައިގެން
ކޮންމެ
ފަރާތަކަށް
ވިޔަސް
އިތުރު
ކުރާބައި.
މިބައި
ހުންނާނީ
މައިގެޔަށްވުރެ
ތިރިކޮށް
ބަންދު
ނުކުރެވޭ
ގޮތަށެވެ
ފެންޖެހުން
މ
(1)
ފެންޖެހުމަށް
ތައްޔާރުކޮށްފައި
ހުންނަ
ހޮޅިފަދަ
އެއްޗަކުން
ވިނަ
ހައްދައިފައިވާ
ތަންތަނަށާއި
ގަސްގަހާގެއްސަށް
ފެންދިނުން
(2)
މަގުމަގާއި
އެކިއެކި
ތަންތަނުގެ
ހިރަފުސް
ބޯވުމުން
ފެންޖަހާ
ހޮޅިން
ނުވަތަ
ފެންދޭ
އެތިގަނޑުން
ބިންގަނޑުތެންމުން
(3)
ފެންއުކުން
(4)
ކާށީގެ
ދިޔަޖެހުން
ފެރަންހައިޓު
ނ
ފިނިހޫނުމިން
ބަލާ
މީޓަރުގެ
މިންތައް
ބަހައިފައިވާ
އުޞޫލަކަށް
ކިޔާ
ނަމެއް.
މިމިންތަކުގައި
ފެންގަނޑުވާ
ފިނިމިނަކީ
23
ޑިގްރީއެވެ
ފެން
ކެކެން
ފަށާ
ހޫނުމިނަކީ
212
ޑިގްރީއެވެ
ފެބްރީލު
ނ
ފެބްރުއަރީ
މަހަށް
ކުރީގައި
ކިޔައި
އުޅުނުގޮތް
ފެކުސްމެޝިން
ނ
(1)
ލިޔުމެއް
ކުރެހުމެއް
ނުވަތަ
ފޮޓޯއެއް
ފަދަ
އެއްޗެއް
ނަރެއްގެ
ޒަރީޢާއިން
ނުވަތަ
ރޭޑިޔޯ
ސިގްނަލްގެ
ގޮތުގައި
ފޮނުވާލުމުން
އަޞްލާއެއްގޮތަށް
އަނެއްކޮޅަށް
ކޮޕީކޮށްދޭ
މެޝިން
(2)
މިގޮތަށް
ތަކެތި
ފޮނުވައި
ދޭ
މެޝިން
ފެއްތުން
މ
(1)
ފެންގަނޑެއްގެ
ނުވަތަ
ކަނޑުގެ
އަޑިޔަށް
ގެންބުން
(2)
ބާރުކޮށް
ހުންނަ
ގޮތަށް
އެއްޗެއްގެ
ތެރެއަށް
އަނެއްކައްޗެއް
ލުން
(3)
މަޖާޒު:
މީހަކު
ކުށެއްގައި
ބެއްދުން
(4)
ފެތުން
މިބަސް
އަނެކަކު
ލައްވައި
ކުރުވުމުގެ
މާނައިގައި
ބޭނުންކުރާގޮތް
ފެވުން
މ
(1)
ކުދިކޮށް
ލިޔެފައި
ހުންނަ
އަކުރު
ފަލަކުރުން
(2)
ހިމަކޮށް
ދަމައިފައި
ހުންނަ
ރޮނގު
ފަލަކުރުން
(3)
އެއްތަނެއްގައި
އެކި
ކުލަކުލަގޮތް
ގޮތަށްލުން
(4)
ފޭލީގެ
ކަޅުކޮށް
ހުންނަ
ބައިގައި
އުޅުނބު
ދިޔަހާކައިގެން
ކުލަ
ގަދަކޮށް
ރީތި
ކުރުން
(5)
ރޮނގު
ނުވަތަ
އަކުރު
ފަދަ
ތަކެތީގެ
ކުލަ
ގަދަ
ކުރުން
(6)
މަޖާޒު:
މީހެއްގެ
ނަން
ޚާއްޞަގޮތެއްގައި
ފާހަގަކޮށް
ލިއުން
«
255
256
257
258
259
260
261
262
263
»