radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ޖ
އ
ތާނައިގެ
ތޭވީސްސވަނަ
އަކުރު
ތުނޑު
ނ
(1)
ތިނޯހުގެ
ކުރި
(2)
ތުނޑުކަށީގެ
ކުރި
(3)
މަސްބާނާބުޅިފަދަ
އެއްޗެހީގެ
ހިމަކޮޅު
(4)
ގަލަމާއި
ފަންސުރުފަދަ
ތަކެތީގެ
ލިޔަން
ޖައްސާތަން
(5)
ފައިދަށު
ކޮޅުފިލައިގައި
އަޅައިފައި
ހުންނަ
ތުނޑުބައިގެކޮޅު
(6)
އަފުނޯސް
ކަށީގެ
ކުރި
(7)
ވަޅިއާއި
ފިޔޮހިފަދަ
އެއްޗެހީގެ
ކުރި
(8)
ކުރިއަށް
ހިމަކޮށް
ހުންނަ
ކޮންމެ
އެއްޗެއްގެކޮޅު
ތުނޑުވަޅު
ނ
ލިޔާކަށީގެ
ތުނޑުޖެހިގެން
އަޑިވެފައިހުންނަތަން
ތުނޑުމަތިހިފުން
މ
އަރުމާޒުގައި
ވަޑައިގަންނަވާއިރު
ރަދުން
އިންނަވާ
އޮޑިކޮޅުގައި
ކަނޑިއައްޑަނަ
ހިފައިގެން
ނުވަތަ
ބޮންތިއާއި
އައްޑަނަ
ހިފައިގެން
އެކަކުއެކަނި
ޖަހާކުޅިއެއް
ތުނޑުލުން
މ
ތުނޑުޖެހުން
ތުނޑުލުކޮޅު
ނ
ތިމާގެ
އަތް
އުފުލައިލިއަސް
ފައި
ހަލުވައިލިއަސް
ޖެހޭ
ހިސާބުގެ
ކައިރި
ތުނޑުގަލަން
ނ
ތުނޑުވަކިން
ޖެހޭގޮތަށް
ހުންނަ
ގަލަން
ތުނޑުސުފުރާޔަށްއަތްހަމަވުން
ގބ
މަޖާޒު:
މަތީފެންވަރުގެ
މީހުނާއެކު
އުޅެވޭވަރަށް
ތިމާގެ
ފެންވަރު
ހުރުން
ތުނި
ނއ
(1)
ބޯމިނުންއުނި
(2)
އެއްޗެއްގެ
ދެފުށުގެ
ދެމެދުގައި
ހުންނަ
ދުރުމިންކުޑަ
(3)
)ޏ ސ (
ދިޔާ
(4)
މަދު
ނުވަތަ
ކުރު
މިސާލު:
)ހ(
މިހާރު
އެތަނުން
މީހުންގަނޑު
ވަރަށް
ތުނިވެއްޖެއެވެ
)ށ(
ބޮލުގެ
އިސްތަށިގަނޑު
ހާދަ
ތުނިވެއްޖެއެވެ
ތުނިރޮށި
ނ
ލޮނާއި
ފެނާޖަހައިގެން
ގޮދަންފުށް
މޮޑެގެން
ފިހެ
މުރަނަކޮށްފައި
ހުންނަ
ވަރަށް
ތުނި
ރޮށްޓެއް
ތުން
ނ
(1)
އިންސާނުންގެ
ތުންފަތް.
(2)
ނާޅި
ލާހި
ފުޅިފަދަ
ތަކެތީގެ
އަނގަމަތީގެ
ކައިރިފަށް
(3)
ދޫނިސޫފާސުއިތްޕާއި
މަސްމަހާމެހީގެ
ތުންގަނޑު
(4)
ކިރުބޯފުޅިން
ކިރުދެމުމަށް
ރަބަރުން
ހަދައިފައިހުންނަ
އެތި
(5)
ކުދިން
މަސަލަސްކުރަން
ބޯންދޭން
ރަބަރުން
ހަދައިފައި
ހުންނަ
އެއްޗެއް
(6)
ދުންބޯނޮޅިފަދަ
ތަކެތީގެ
ކޮޅުގައި
ޖަހައިފައި
ހުންނަތަންކޮޅު
(7)
ނަރުކެނޑިއާއި
ހަނޑަސްފަދަ
ތަކެތީގެ
ކުރީކޮޅު
(8)
ފުޅިބައްތީގެ
ފީތާލާން
ހަދައިފައިހުންނައެތި
(9)
ކޮތަޅާއި
ގޯނިފަދަ
ތަކެތީގެ
އަނގަމަތި
)01(
ވައިޖަހައިގެން
ފުއްޕާ
ތަކެތީގެ
ވައިޖަހާތަން
ތުންބިހި
ނ
ތުންފަތުގައި
ނުވަތަ
ތުންފަތާއި
ކައިރި
ހިސާބުގައި
ޖަހާ
ވިހަގަދަ
ބިއްސެއް
ތުންބުރިކާޅަށްވެސް ކާންލިބޭދުވަސް
މަޖާޒު:
ރަބީޢުލް
އައްވަލްމަހުގެ
ބާރަ
ދުވަހާއި
ދެއީދު
ދެދުވަހާއި
ބޮޑު
މާލޫދު
ދުވަސް
ފަދަ
ރަށުގައި
ޢާއްމުކޮށް
ގިނައިން
ކައްކައި
އުޅޭ
ދުވަސްދުވަހު
އެންމެ
ނިކަމެތި
މީހާއަށްވެސް
ކާން
ލިބޭނެކަން
އެންގުމުގެ
ގޮތުން
ބުނެއުޅޭ
ބަހެއް
ތުންބެއްދުން
މ
(1)
އެކިއެކި
އެއްޗެހީގެ
ތުނބުން
ވައިނުހިނގާ
ގޮތްހެދުން
(2)
މަޖާޒު:
ވާހަކަ
ނުދައްކައި
އިނުން
(3)
ބައެއްކަހަލަ
ހެދިކާ
ހަދާއިރު
ފުށްގަނޑުގެ
ތެރެއަށް
އަޅަންވާ
އެއްޗެއް
އަޅައިފައި
ފުށްގަނޑުގެ
ދެކައިރި
ޖައްސައި
ބާރުކުރުން
(4)
މައުދަނުން
ހަދާ
ބޮޅުފަދަ
ތަކެތީގެ
ދެކޮޅު
ޖައްސައި
ގުޅުވުން
ތުންމަޅި
ނ
(1)
ޖަނަވާރުގެ
ތުން
ނުހުޅުވޭގޮތަށް
އަޅުވާމަޅި
(2)
މަޖާޒު:
މީހަކު
މީހެއްގެ
ބާރުގެ
ދަށަށް
ގެންނަގެނައުން
ތުންމަޅިއެޅުން
މ
(1)
ޖަނަވާރުގެ
ތުން
ނުހުޅުވޭގޮތަށް
ތުނބުގައި
މަޅިއެއް
އެޅުވުން
(2)
މަޖާޒު:
މީހަކަށް
އަނެކަކާ
ދެކޮޅަށް
އެއްޗެއް
ނުބުނެވޭނެގޮތް
ހެދުން
ތުންމަތި
ނ
(1)
އޮޑިދޯނި
ފަހަރުގެ
ދިރުނބާކޮޅުން
މައްޔަލުން
ބޭރަށް
ދައްސޫރަ
ދަމައިފައި
ދައްސޫރަޔަށް
ކަނިއަޅައިފައި
ނަގާރިޔާ
(2)
ޖީބުރިޔާ
(3)
)ޏ ސ (
މެދުގޯތި
ފިޔަވައި
ގޯތި
ތެރޭގައި
އޮންނަތަން
ތުންފަތް
ނ
(1)
އަނގައިގެ
މައްޗާއި
ތިރީގެ
ކައިރިފަށް
(2)
ފަރުޖުގެ
ދެފަރާތުގެ
ކައިރިފަށް
(3)
ތެލިތަށިފަދަ
އެއްޗެހީގެ
ބޭރަށް
މަޅައިލައިފައި
ހުންނަ
މަތީކައިރި
(4)
ވަޅުވަޅާއި
ފެންއަރުވާ
ވަޑާމާއި
ފާރުފާރު
ފަދަ
ތަންތާގެ
މަތީކައިރިން
ބޯކޮށްފައިހުންނަތަން
ތުންފަތްރަތްކުރާބޭސް
ނ
ތުންފަތުގައި
ރަތްކުލަޖެއްސުމަށްޓަކައި
އުނގުޅާއެއްޗެއް
ތުންފިއްތުން
މ
(1)
ހިތުގައިޖެހި
ރޮވޭގޮތްވުމުން
ދެތުންފަތް
ފިއްތައި
ބާރުކުރުން
(2)
މަޖާޒު:
ނުރުހުން
ވެގެން
ބޮޑާދެއްކުން
ތުންދެމުން
މ
މަޖާޒު:
(1)
ނުރުހުމާއި
ފޫހިކަން
ދެއްކުން
(2)
ބޮޑާހޭކުން
«
249
250
251
252
253
254
255
256
257
»