radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ހުނ
އ
ނުރުހުމުގެ
ގޮތުން
ނުވަތަ
ނުރުހިގެން
އިއްވާލާ
އަޑެއް.
މިސާލު:
ހުނ
އެހެންތަހީކުރީ
ފިލާ
ނ
(1)
ތުނިކޮށް
ފަތިކޮށް
ހުންނަ
ލަކުޑި
(2)
ލަކުޑިން
ތުނިކޮށް
ހަދައި
އޭގައި
ލިޔެގެން
ކިޔަވަން
ގެންގުޅޭ
އެއްޗެއް
(3)
ދަތުރުވެރިން
އަރުޟާއި
ޠޫލު
ހޯދުމަށް
ގެންގުޅޭ
އާލާތެއް
(4)
"ފިލުން"
މިބަހުގެ
އަމުރު
(5)
)ބދ (
އުސްކޮށް
ހެދޭ
ގަސް
(6)
)ޏ ސ (
ކުކުޅު
ފިޔޮއް
ފިލާކީހުން
މ
ލަކުޑި
ގަނޑެއް
ފިލަޔަށް
ވާގޮތަށް
ކީހުން
ފިލާފޮތިދަތި
ނ
މީދާ
ހިފަން
ފިލާގަނޑެއްގައި
ހަރުކޮށްފައި
ހުންނަ
ދަތި
ފިލާލެފުން
މ
އޮޑިދޯނިފަހަރުގެ
ބަނޑުފިލާގައި
ފިލާޖެހުން
ފިލާގަނޑު
ނ
(1)
މަސްދޯނި
ފަހަރުގެ
ކޮޅުފަސްކޮޅުގައި
ކަތްޕާއި
ކޮޅުފަހާ
ދެމެދުގައި
ދޯނިން
ބޭރަށް
ނުކުންނަ
ވަރަށް
އަޅައި
ނެގޭ
ގޮތަށް
ފިލައިން
ހަދައިފައި
އޮންނަ
ބައި
މަސްބާނަން
އަރައި
ތިބެނީ
މިތާގައެވެ
(2)
ގައިގައި
ބަނުމަށް
ފުޑައިފައި
ހުންނަ
ބޭސްގަނޑު
(3)
ފިލަޔަކުން
ވަކިކޮށްލެވޭ
ބައެއް
ފިލި
ނ
(1)
އަކުރުގެ
އަޑުނެރޭގޮތް
އޮޅުން
ފިލުވައިދިނުމަށް
ޖަހާ
ނިޝާން.
މިސާލު:
އަބަފިލި
އިބިފިލި
(2)
ގަހެއްގެ
ނަން
(3)
ފުރޯދަނޑިއާއި
ވަޑާން
ކައްޓާއި
ކޮށާވަޅި
ފަދަ
އެއްޗެހީގެ
މުށްގަނޑުގައި
ދަގަނޑުން
ނުވަތަ
ލޮއިން
އަޅައިފައި
ހުންނަ
ބަންދު
(4)
އެންހިފާއިރު
ދަލުތެރެއަށް
ޖަހަން
ފިލިމަހުން
ކަހައިފައި
ހުންނަ
މަސް
(5)
ފަރު
ކެޔޮޅުކަމުގައި
މަސްތިލަ
ކުރުމަށް
އުކާ
ކަރުގޮހޮރު
ފަދަ
ތަކެތި
(6)
"ފިލުން"
މިބަހުގެ
ނިމިނިމުނުކަން
މަޖާޒު:
(7)
ރިޝްވަތު
(8)
ކަމެއް
ކުރުވުމަށް
ބާޜުއެޅުވުމުގެ
ގޮތުންދޭ
އެއްޗެހި
ފިލިމަސް
ނ
އެންހިފާއިރު
ފިލިޖެހުމަށްޓަކައި
ފިލިކަހަން
ހުންނަމަސް
ފިލިފޮތް
ނ
ކުޑަކުދިންނަށް
ޢަރަބި
އަކުރު
ދަސްކޮށްދޭން
ހަދައިފައި
ހުންނަ
ފޮތް
ފިލިތު
ނ
މިޔަވާލި
ބައްދަން
ބުޅީގައި
ފަތިކޮށްފައި
ހުންނަ
ތަން
ފިލިގަސް
ނ
ނިކަފަތާ
ފަތް
ވައްތަރު
ގަހެއް
މިގަހުގެ
ކުރިތައް
ހުންނާނީ
ރަތްކުލައިގެ
ތޫރިއެއް
ހެންނެވެ
މިގަހުގެ
ކުރިޔާއި
ތޮއްޓަކީ
ބޭހަށް
ބޭނުންކުރާ
ތަކެއްޗެވެ
ފިލިޖެހުން
މ
(1)
ތާނައާއި
ޢަރަބި
ލިޔާއިރު
އަކުރުގެ
އަޑު
ނެރޭނެގޮތް
ދެއްކުމަށް
އެ
އަކުރުތަކުގެ
ތިރީގައި
ނުވަތަ
މަތީގައި
އަކުރަށް
ވުރެ
ކުޑަ
ނިޝާނެއް
)ފިލި(
ޖެހުން
(2)
އަކުރުގެ
އަޑު
ނެރުމަށް
އަކުރާ
ގުޅައިފައި
ހުންނަ
ކުޑަ
ނިޝާން
ޖެހުން
(3)
އަކުރަކާޖެހިގެން
ފިލިއަކުރެއް
ލިއުން
(4)
ފިލިމަހުގެ
އެތިއެތި
ކޮޅު
އުކުން
މަޖާޒު:
(5)
ރިޝްވަތު
ދިނުން
(6)
ކަމެއް
ކުރުވުމަށް
ބާރުއެޅުމަށް
އެއްޗެހި
ދިނުން
ފިލީގައިޖެހުން
މ
(1)
އެންހިފާއިރު
ފިލިޖެހީމާ
އެންތައް
އައިސް
ފިލިކާން
ފެށުން
(2)
މަޖާޒު:
ފަބިއައްޔީގައި
ޖެހުން
ފިލުނދު
ނ
(1)
ކައްކައިފައި
ހުންނަ
ކާއެއްޗެހި
ރާމާވުމަށް
ފަހު
ކުނިވުމުގެ
ކުރިން
އައިސްފައި
ހުންނަ
ބަދަލު.
(2)
ދިރޭ
އެއްޗެހި
)އިންސާނުން
ނާއި
ޖަނަވާރާއި
މަސްމަހާމެހި
ފަދަ(
މަރުވުމަށްފަހު
ގިނައިރުވުމުން
މަސް
ގަނޑު
ކުނިވާން
ފެށުމުގެ
ކުރިން
ހަންގަނޑު
ދޫވެ
މަސްގަނޑު
މަޑުވާ
މަޑުވުން
ފިލުނދުވުން
މ
(1)
ކައްކައިފައި
ހުންނަ
ކާއެއްޗެހި
ރާމާވުމަށްފަހު
ކުނިވުމުގެ
ކުރިން
ދެން
އަންނަ
ބަދަލު
އައުން.
(2)
ދިރޭ
އެއްޗެހި
)އިންސާނުން
ނާއި
ޖަނަވާރާއި
މަސްމަހާމެހި
ފަދަ(
މަރުވުމަށްފަހު
ގިނައިރުވުމުން
މަސްގަނޑު
ކުނިވާން
ފެށުމުގެ
ކުރިން
ހަންގަނޑު
ދޫވެ
މަސްގަނޑު
މަޑުވުން
ފިލުން
މ
(1)
ފޮރުވިގަތުން
މިސާލު:
މީހަކަށް
ނުފެންނަން
ފިލުން
(2)
އެއްޗެއްގައި
ހުރި
ނިޝާނެއް
ފޮހެވުން
މިސާލު:
ގަމީހުގައި
ހުރި
ލައްގަނޑު
ފިލުން
(3)
ހަނދާނުގައި
ހުރިކަމެއް
ހަނދާނުން
ކެހުން
މިސާލު:
ރަށުގެ
ހަނދާންތައް
ފިލުން
ފިލޮޅު
ނ
ތުންއޫކޮށް
ފަތިކޮށް
ހުންނަ
ފަރުމަހެއް
މިމަހުގެ
ދެއަރިމަތީގައި
ލަފެއް
ހުރެއެވެ
ފިލްމީދުނިޔެ
ނ
ބައިސްކޯފް
ފިލްމު
އުފައްދާ
މީހުންނާއި
ފިލްމް
ކުޅޭ
މީހުންނާއި
އެ
މީހުންގެ
ދިރިއުޅުމާއި
ފިލްމް
އުފެއްދުމާ
ބެހޭ
ދާއިރާ
ފިގުހުފޮތް
ނ
(1)
ދީނީ
ޢިލްމުތައްލިޔެފައި
ހުންނަ
ފޮތް
(2)
ޝަރީޢަތުގެ
ޙުކުމްތަކާ
ބެހޭ
ޢިލްމު
ލިޔެފައިވާ
ފޮތް
ފިސްތޯލަ
ނ
ކުޑަބަޑިއެއް
މިއީ
އެއްތަނުން
އަމާޒުކޮށް
ގޮއްވާލެވޭ
ގޮތަށް
ހަދައިފައި
ހުންނަ
ހަތިޔާރެކެވެ
ފިޔަ
ނ
(1)
އުދުހޭ
އެއްޗެހީގެ
ވަރަ.
(2)
މާމެލާމެލީގައި
ކަރުގަނޑުގެ
ވަށައިގެން
ބޭރަށް
ނުކުމެފައި
ހުންނަ
ބައިތައް.
(3)
ފަންކާއާއި
ބުރަފަތި
ފަދަ
ތަކެތީގައި
ހިމަދިގުކޮށް
ނުވަތަ
ކުރުފަލަކޮށް
ވަށައިގެން
ބޭރަށް
ނުކުމެފައިވާ
ވައިފޮނުވައިދޭ
ނުވަތަ
ފެނުތެރޭ
އަނބުރައިދޭ
ބައި
މިފަދަ
ތަކެތީގައި
ޢާއްމު
ގޮތެއްގައި
ހުންނާނީ
ތިންފިޔައެވެ
(4)
ފިޔަ
އަކުން
ނައްޓައިލެވޭ
ފަށް
«
241
242
243
244
245
246
247
248
249
»