radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
އީ
ނ
(1)
މާކުދިކުދި
ކަންތަކާ
ރަކިވެގެން
ޖެއްސޭ
ވައްތަރެއް.
މިގޮތް
ގިނައިން
ވަނީ
އަންހެނުންނަށާއި
ކުޑަކުދީންނަށެވެ.
(2)
އ.
ކުރީގައިވާ
އެއްޗެއް
ނުވަތަ
ކަމެއް
ގަދަކުރުމަށް
ބުނާ
އަކުރެއް.
މިސާލު:
މިއީ
އެއީ
ތިޔައީ
އައީ
ބޮޑުފަޅޯ
ނ
ފަޅޮލުގެ
ބާވަތެއް.
މިއީ
އޮށްމަދު
ފޮނިމަޑު
އެތެރެ
ރީނދޫ
ކުލައިގައި
ހުންނަ
ދިގު
ފަޅޮލެކެވެ
ބޮޑުފަތަފޮޅިބެހުން
މ
ބޮޑުފަތަފޮޅި
ހަވަރަށް
ބެހުން.
މިއީ
ވަރަށް
ބޮޑު
ރަސްމީ
ގޮތެއްގައި
ކޮށް
އުޅުނު
ކަމެކެވެ
ބޮޑުފަތަފޮޅިކުނާ
ނ
ބޮޑުފަތަފޮޅިޔާއެކު
ގެންނަ
ފޭރާން
ދެރަކުނާ
މިއީވެސް
ބޮޑުފަތަފޮޅި
ފަދައިން
ގެންނަ
އެއްޗެކެވެ
ބޮޑުފަތް
ނ
މިއީ
ދިގުކޮށް
އުނިކޮށް
ހުންނަ
ފަތެކެވެ
މިފަތުގެ
ރަހަ
މަޑުވާނެއެވެ
މި
އާއްމުގޮތެއްގައި
ބޭނުން
ކުރާނީ
ދުފުމަށެވެ
ބޮޑުފިނިހައް
ނ
ފިނިހަކުގެ
ބާވަތެއް.
މިހުންނަނީ
ފޫއެނބުރި
ފާޑަށް
އެއަށްވުރެ
ފަލަކޮށްނެވެ.
މިއީ
ގަސްގަހަށް
ގެއްލުންދޭ
އެއްޗެކެވެ.
މިފިނިހަކައަކީ
ވަރަށް
އަވަހަށް
ގިނަވާ
ވިހަ
އެއްޗެކެވެ
މީގެ
ތޮށިގަނޑު
އާދައިގެ
ފިނިހަކުގެ
ތޮށިގަނޑަށްވުރެ
ތުނިވާނެއެވެ
މިފިނިކަމުގެ
ތޮށިގަނޑުގައި
ހުންނަނީ
ގަދަމުށިކުލައެވެ
ތޮށިގަނޑުގައި
ފަނޑު
މާޒާން
ކުރެހުމެއް
ހުރެއެވެ
ބޮޑުފެހި
ނ
އިހުގައި
ބޯވަޅު
އެޅި
ލިބާސް
ލައިއުޅުނު
ފޭރާމެއް
މިއީ
ކަޅު
ފެހިކުލައިގެ
ފޮއްޗެއްގައި
ހިމަރޮނގު
ބަޔެއްގެ
މެދުތެރޭގައި
އެއަށްވުރެ
ކުޑަތަންކޮޅެއް
ފުޅާ
ރޮނގެއްހެން
ހުންނަ
ފޮއްޗެކެވެ
ރޮނގުބައި
ހުންނާނީ
ކަޅުފެއްސަށްވުރެ
އަޅި
ފެހިކުލައެއްގައެވެ
މިގޮތަށް
ރޮނގު
ހުންނަ
ރަތްކުލައިގެ
ފޮތިވެސް
ހުރެއެވެ
އެއަށް
ކިޔަނީ
ބޮޑުފެހީގެ
ރަތެވެ
ބޮޑުފެއްސަންގޮތްހެދި
ނ
ބކ.
އިހުގައި
ބޯވަޅު
އެޅި
ލިބާސް
ލައިއުޅުނު
ފޭރާމެއް.
މިއީ
މުޅި
ފޮތިގަނޑު
ކަޅުފެހި
ނުވަތަ
ރަތްކުލައިގައި
ހުރެފައި
ބޮޑުފެހީގެ
ރޮނގުބަޔާ
ވައްތަރު
ގޮތަކަށް
ރޮނގުބައި
ހުންނަ
ފޮއްޗެކެވެ
ބޮޑުފޭލި
ނ
ފިރިހެނުން
އަނދެއުޅުނު
ފޭއްޔެއް
މި
ފޭލި
އާދައިގެ
ފޭއްޔަށްވުރެ
ބޮޑެތިވާނެއެވެ
މިއީ
ރަސްމީ
ކަންކަމުގައި
އަނދެ
އުޅުނު
ފޭއްޔެކެވެ
ބޮޑުދުންދޭ ޒިޔާރަތް
ނ
ބޮޑުދުމާދާއިރު
ދުޢާވެރިކަން
ކިއަވަން
މަޑުކުރާ
ފަންސަވީސް
ޒިޔާރަތް،
އެއީ
(1)
އަބުލް
ބަރަކާތުލް
ބަރުބަރީ
ޒިޔާރަތް (2)
ސައްޔިދު
ރަސްގެފާނުގެ
ޒިޔާރަތް (3)
އައްސައްޔިދު
ސާމީ
އަލްމުރުތަޟާ
ޒިޔާރަތް (4)
އައްސުލްޠާނުލްޣާޒީ
މުޙައްމަދު
ޝަމްސުއްދީނު
ޒިޔާރަތް (5)
އިސްކަންދަރު
މަހާރަދުންގެ
ޒިޔާރަތް (6)
ޙަސަން
ޢިއްޒުއްދީނު
ރަދުންގެ
ޒިޔާރަތް (7)
މުޙުޔިއްދީނު
ރަދުންގެ
ޒިޔާރަތް (8)
މުޙައްމަދު
ޢިމާދުއްދީނު
ދިޔަމިގިލީ
ރަދުންގެ
ޒިޔާރަތް (9)
އިބުރާހިމު
ރަސްގެފާނުގެ
ޒިޔާރަތް (10)
ދަންނަ
މުޙައްމަދު
ރަސްގެފާނުގެ
ޒިޔާރަތް (11)
ދަރުމަވަންތަ
ރަސްގެފާނުގެ
މިސްކިތް (12)
ޙަބުޝީގެފާނުގެ
މަޤާމް (13)
ފަޤީހުމޫސާގެ
ޒިޔާރަތް (14)
ފަތާލީސީދީގެ
ޒިޔާރަތް (15)
ބޮޑުރަސްގެފާނު
ޒިޔާރަތް (16)
ޙާޖީ
އެދުރުކަލޭފާނުގެ
ޒިޔާރަތް (17)
އިބުރާހީމު
ރަސްގެފާނު
(އަލްހިލާލީ)
ގެ
ޒިޔާރަތް (18)
ފަޤީހުސުލައިމާނުގެ
ޒިޔާރަތް (19)
މާފަންނު
އާމިސްކިތްތެރޭ
ޒިޔާރަތް (20)
ޤާޟީ
ޢީސަލްޔަމަނީގެ
ޒިޔާރަތް (21)
ޢަލީ
ރަސްގެފާނުގެ
ޒިޔާރަތް (22)
ޢުމަރުމާފަތް
ކަލޭފާނުގެ
ޒިޔާރަތް (23)
ދޮނަކުޅީޝައިޚުކަލޭފާނުގެ
ޒިޔާރަތް (24)
ދޮންބުޅާފާށަނޢގެ
ޒިޔާރަތް (25)
ދެބޭރަނިންގެ
ޒިޔާރަތް
ބޮޑުތޮޅި
ނ
(1)
ފަރުމަހުގެ
ބާވަތެއް
މިއީ
ތުންގަނޑު
ކުރުކޮށް
ހުންނަ
ތޮޅިޔެކެވެ
(2)
ވަރަށް
ބިޔަކޮށް
ހެދޭ
ލަކުޑި
ދެރަ
ގަހެއް
މިގަހުގެ
ތޮޅި
މުށެއްހާ
ދިގުވާނެއެވެ
ބޮޑުލަވަބައި
ނ
ނެއްޓީގައި
ހަތަރުވަނައަށް
ޖަހާ
ލަވަބައި
މިއީ
ދަނޑިބެރުގައި
ޖަހާ
ލަވަބައެކެވެ
ބޮޑުލިބާސް
ނ
ބޯފޮތީގެ
ދިގު
ކޯޓެއް
މިއީ
އިހުގައި
ފަނޑިޔާރުން
ނާއި
ބޮޑު
ނައިބުން
ރަސްމީ
ޢިއްޒަތުގައި
ބައިވެރިވާއިރު
ލައިއުޅުނު
ލިބާހެކެވެ
ބޮޑުގާދޫނި
ނ
ކަނޑުމަތީ
ދޫންޏެއް
މިއީ
ބޮލުގެ
ނިތްމަތި
ހުދުކޮށް
ހުރެފައި
ތަލައިން
ފެށިގެން
ކަނދުރާމައްޗަށް
ކަޅުކޮށް
ހުންނަ
ދޫންޏެކެވެ
ފިޔަގަނޑު
މައްޗާ
ބުރަކަށިމަތި
ހުންނަނީ
އަޅިކުލައިގައެވެ
ބަނޑުދޮށް
ފިޔަދަށާއެކު
ހުންނަނީ
ހުދުކުލައިގައެވެ
މިއެންމެ
އެއްގޮތްވަނީ
އައިންމަތީ
ގާދޫންޏާއެވެ
ބޮޑުގުރާބު
ނ
ކަލާސީން
ބައިކޮށްފައިވާ
އަށްބައިން
އެއްބައި
މިއީ
ރަނަހަމާންތި
ބޭކަލަކަށް
އޮންނަ
ބައެކެވެ
ބޮޑުޢީދު
ނ
(1)
އަޟުހާ
ޢީދު
(2)
ދިހަރޯދަ
ޢީދު
މިއީ
ހައްޖުގެ
އަޅުކަމާ
ވިދިގެން
އަންނަ
ޢީދެވެ
ބޮޑެފާނު
ނ
)ގ.(
ކުޅިކުޅިއާއި
މޫދުގައި
އޮއިނުދެމޭ
ތަންތާނގައި
ހެދިފައިވާ
ކިސަނޑުގަނޑުގައި
އުޅޭ
ރަތްކުލައިގެ
ބޮޑު
ފަންޏެއް.
މިއީ
ފަރުމަސް
ބޭނުމަށް
އެމަށް
ބޭނުންކުރާ
އެއްޗެކެވެ
ބޮޔަށްގުއިރޭ
ނ
ބޯކަޅު
ހުދު
ދޫންޏެއް
މިއީ
މާދޫންޏާ
ވައްތަރު
ދޫންޏެކެވެ
މިދޫންޏަށް
މިހެންކިޔަނީ
ބޮއިގައި
އިންނަލެއް
ގިނަކަމުންނެވެ
ބޯހުރިމަޑި
ނ
)މ (
މަޑީގެ
ބާވަތެއް
މިއީ
ބުރިކަށިމަތި
ކަޅުކޮށް
ބަނޑުދޮށް
ހުދުކޮށް
ނަގޫކުރުކޮށް
ހުންނަ
މަޑިއެކެވެ
މީގެ
ނަގޫ
ހުންނާނީ
ދެފަރާތުގެ
ފިޔަގަނޑާ
ގުޅިފައެވެ
މިއީ
ވަރަށްފުނުގައިއުޅޭ
ފުމޭ
މަޑިއެކެވެ
މިމަޑީގެ
ބޯ
ހުންނާނީ
އެހެންމަޑިތަކާ
ތަފާތުކޮށް
ކުރިޔަށް
ނުކުމެފައެވެ
ބޯށި
ނ
(1)
ފަތް
ކެޔޮގަހުން
ނުކުންނަ
މާގަނޑު.
މިނޫނަސް
ބައެއްގަސްގަހުން
އަންނަ
މާގަނޑަށްވެސް
މިނަންކިޔައެވެ.
މިސާލު:
ކަރަންކާބޯށި.
ކަފުރުތޮޅިގަހުބޯށި
(2)
ކަނޑޫ.
ރަނޑޫފަދަ
ތަކެތީގެ
ތާފަތް.
(3)
ބޯށިގަސް
)މިއީ
އާންމުކޮށް
ހޭޅީގައި
ހެދޭ
ބޯކޮށް
ފަތްހުންނަ
ގަހެކެވެ (
(4)
ބޯށިގަހުގެ
މާގަނޑު
(5)
ބޯށި
ގަހުގެ
އޮށް
(6)
ބައެއް
ޒާތުގެ
ކުރެހުމުގައި
ކަންކަނުގައި
ޖަހާމަލެއް
(7)
ފައްތަރުލައި
ކަފާބިލެތުގެ
ހުނގުލުކޮޅުގައިލާ
ވަނާއެއް
(8)
)ހ (
އޮށްނާޅާ
ހުކުރަދި
ބޯށިގަނޑު
ނ
ވިހައިގެންއުޅޭ
މީހުންނަށްދޭ
ދިވެހި
ބޭހެއް.
މިއީ
ބޯށިގަހުގެ
ޅަމާގަނޑުގެ
އޮށާ
ކުއްޅަފިލާ
ލުނބޯ
ނިޔަނދުރު
ފަޅޯ
މިގަސްގަހުގެ
ޅަމުލާ
ކުދިކުދިކޮށްކޮށައި
މަތިކަރާ
ބޭހާ
ކަނަހަނދުނާ
ފޮނިތޮށި
ކާފޫރުތޮޅިޔާ
އެއްކޮށްމޮޑެ
ފުޑައި
ހިމުންކޮށް
ޅަރުކުގެ
ކުރުއްޕަތަކަށް
އަޅައި
ބަނދެ
އުނދުނުގެއަޅި
ގަނޑުތެރޭގައި
ވަޅުލައިގެން
ފޮޅިކޮށް
އަވީލައި
ހިއްކައިގެން
ހަދާ
ބޭހެކެވެ
ދުވާލު
ދެއިރު
މީގެ
އެތިކޮޅެއް
މާމުއިގާ
ވިރުވައިގެން
ބޮއެވެ
«
20
21
22
23
24
25
26
27
28
»