radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
އީ
ނ
(1)
މާކުދިކުދި
ކަންތަކާ
ރަކިވެގެން
ޖެއްސޭ
ވައްތަރެއް.
މިގޮތް
ގިނައިން
ވަނީ
އަންހެނުންނަށާއި
ކުޑަކުދީންނަށެވެ.
(2)
އ.
ކުރީގައިވާ
އެއްޗެއް
ނުވަތަ
ކަމެއް
ގަދަކުރުމަށް
ބުނާ
އަކުރެއް.
މިސާލު:
މިއީ
އެއީ
ތިޔައީ
އައީ
ބޮލުފޭލި
ނ
އަންނަ
ފޭއްޔާ
އެއްވައްތަރަށް
އެއަށްވުރެ
ކުދިކޮށް
ހަނިކޮށް
ބޮލުގައި
އަޅަން
ވިޔެފައި
ހުންނަ
ފޭލި
މީގެ
ތެރެއިން
ފިރިހެނުން
ބޮލުގައި
އަޅާފޭލީގެ
މެދު
ހުންނަނީ
ރަތްކޮށެވެ
އަންހެނުން
އަޅާފޭލީގެ
މެދު
ހުންނަނީ
ކަޅު
ކޮށެވެ
މިއީ
ރަސްމީގޮތުން
އަޅައި
އުޅުނު
އެއްޗެކެވެ
ބޮޑަހަނދި
ނ
ފަރުމަހުގެ
ބާވަތެއް
މިއީ
ފަޅުފަޅާއިފަރުގެ
ގާތަކުގެ
ތެރޭގައި
އައިން
ހަދައިގެން
އުޅޭމަހެކެވެ
މިމަހުގެ
ލޯބޮޑުވެފައި
ހުޅުނބު
ގިނަވާނެއެވެ
ތާފަތުގެ
ކައިރީގައި
ކަށްޓެއްހުންނާނެއެވެ
މިއީ
ރީނދޫ
މަހާއި
ދާދިއެއް
ވައްތަރަކަށްދާ
މަޑު
ފިޔާތޮށިކުލައެއް
ހުންނަ
މަހެކެވެ
ބޮޑައި
ނ
ކުރިކީލަ
މަހުގެ
ބާވަތެއް
މިއީ
މޫދުގެ
ތިލަ
ހިސާބުގައި
)ހުދުފަޅުމަތީ(
އުޅޭ
މަހެކެވެ
އާންމުކޮށް
މިމަސް
ތިބެނީ
ގާދަށުގައެވެ
މިމަސް
ދުވެ
ހަދަނީ
ފަސްގަނޑާއި
ވަރަށް
ކައިރިން
ނަގޫފަތްޖެހޭ
ހިސާބުންނެވެ
މަހުގެ
ކުލައަކީ
ކަޅު
އަޅި
ކުލައެވެ
ކުރިކީލަ
މަހަށްވުރެ
މިމަހުގެ
ބޯ
ބޮޑުވާނެއެވެ
ބޮޑުހަނޑޫ
ނ
ކަމުވޮށި
ބޭފުޅުންނާއި
ބޮޑުބޭކަލުންނާއި
ކަނބަލުންނަށް
ސަރުކާރުން
އިހުގައި
އިނާޔަތެއްގެ
ގޮތުގައި
ދެއްވި
އެއްޗެއް
މިއީ
މަހަކު
03
ނާޅިމަގުން
ދެއްވި
ހަނޑުލެކެވެ
ބޮޑުރާޅުފަށް
ނ
އައްޑަނައިގެ
ކައިރީގައި
މާފަލަކޮށް
އަޅާ
ރާޅުފަށް
މިއީ
ކޮށީގެ
އެންމެ
ދަށްމީހުންގެ
އައްޑަނައިގައި
އޮފުކަރުދާހުން
އަޅައި
ކުރެހުމެކެވެ
ބޮޑުރޯނު
ނ
މާފަލަކޮށް
ވަށައިފައި
ހުންނަ
ކިފުޅިރޯނު
މިއީ
އިހުގައި
ގެންގުޅުނު
އެއްޗެކެވެ
ބޮޑުބިސްކޯދު
ނ
(1)
ކެބިން
ބިސްކޯދު
(2)
ދޫނިޖެހި
ބިސްކޫދު
މިއީ
ގާތްގަނޑަކަށް
3
ސޫތުހާ
ބޯމިނުގައި
ފަރާތެއްގައި
3
އިންޗި
ހުންނަވަރުގެ
ހަތަރެސްކަނަށާއި
ވައްކޮށް
ހުންނަ
ބިސްކޯދެކެވެ
މިހުންނަނީ
ކުޑަވަރެއްގެ
ޑަބިޔާއެއްގައެވެ
ފަހަކަށް
އައިސް
ފާރޮށިގޭގޭގައިވެސް
މިބިސްކޯދު
ހަދައި
އުޅުނެވެ
ބޮޑުބުމަރު
ނ
ފިލާފޮތި
ބުމަރު.
މިއީ
ނަނުގަނޑު
ބުމަރަށް
ވުރެ
މާބޮޑު
ބުމަރެކެވެ.
މިބުމަރު
ޖަހަނީ
ނަނުގަނޑުގެ
އެއްކޮޅު
ބުމަރުގައި
އޮޅަމުންގޮސް
މަތީ
ކައިރިޔާ
ހަމަވީމާ
ބާކީ
އޮންނަ
ކޮޅު
ފިލާ
ފޮތީގެ
މެދުގައި
ހުންނަ
ލޯވަޅަކުން
މަގަތު
ފަރާތަށް
ލައްވައި
ފިލާ
ފޮއްޗާއެކު
ހިފަހައްޓައިފައި
ބާރަށް
ދަމައިގަތުމާއެކު
ބުމަރު
ހިފަހައްޓަން
ޖައްސައިފައި
ހުރި
އިނގިލި
ނައްޓައިލަނީއެވެ
މިބުމަރު
އެނބުރެމުންދާއިރު
ވަރަށް
ރީތި
ބޫން
އަޑެއް
އިވޭނެއެވެ
ބޮޑުބޭކަލުން
ނ
ހަވަރުގެ
ހަބައިންކުރެ
ކޮންމެ
ބައެއްގެ
ވެރިއެއްގެ
ގޮތުން
ތިއްބަވާ
ބޭކަލުން.
މިއީ
ކޮލިލައްވައި
ބޮޑު
މުސްކުޅިކަމުގެ
އަސާ
ދެއްވައިފައި
ތިއްބަވާ
ބައެކެވެ
ރަދުން
ޢިއްޒަތުގައި
ތަންތަނަށް
ވަޑައިގަންނަވާއިރު
އަރިހުގައި
މިބޭކަލުން
ތިއްބަވަން
ޖެހެއެވެ
ބޮޑުބޯ
ނ
ރާޒުވާ
ކުޅިބައިގައި
ހުންނަ
އެންމެ
ދިގުކުޅި
މިއީ
ކުޅިތައް
އަތުރާއިރު
ބޭރުން
ތިންވަނަ
ކުޅިއެވެ
މިކުޅި
ހިނގާނީ
ކަންކުއްޗަށެވެ
ބޮޑުކަފަ
ނ
ކަފަގަހުގެ
ބާވަތެއް
މިގަހުގެ
ފަތް
ހުންނާނީ
ވަރުކަނދު
ގަހުގެ
ފަތްހެންނެވެ
މިއީ
ވަރަށް
ބިޔަކޮށް
ހެދޭ
ގަހެކެވެ
ބޮޑުކިބާ
ނ
ބޮޑު
ގަނޑުވަރު
ތެރޭގައި
ހުރި
ގެކޮޅެއް
މިއީ
ރަސްގެފާނު
އުޅުއްވާ
ގެކޮޅެވެ
ބޮޑުކިބާދާރީ
އިހުގައި
ބޯވަޅު
އެޅި
ލިބާސްލައި
އުޅުނު
އޮފުގަދަ
ފޮއްޗެއް.
މިއީ
ފަށުތްވާއި
ސުތުލިން
ވިޔެފައި
ހުންނަ
ރޮނގުދެމި
ފޮއްޗެކެވެ.
ރޮނގުބައި
ހުންނާނީ
ފުޅާކޮށެވެ.
ރޮނގުބައި
އެކުލެވިފައި
ހުންނަނީ
ދޮން
ކުލަޔާއި
ފެހިކުލަޔާއި
ނޫކުލައިންނެވެ.
ޢާއްމުކޮށް
ހުންނަނީ
މީގެ
ފެހި
ފޮއްޗާއި
ރަތް
ފޮއްޗެވެ
ބޮޑުކެޔޮ
ނ
ފަތްކޭލުގެ
ބާވަތެއް
މިއީ
ދިގުކޮށް
ސީދާކޮށް
ވައްތައް
ހުންނަ
ފޮނިރަހަ
މަޑުކޭލެކެވެ
ވަކުގެ
ތޮށިގަނޑު
ހުންނާނީ
އަރިއަރިއަށެވެ
ބޮޑުކޮލި
ނ
ދަނޑުމަތީގައި
ހެދޭ
ވެލެއް
މިއީ
އަލަ
ނިރުގެ
ފަތްހެން
ފަތް
ހުންނަ
ވެލެކެވެ
ބޮޑުވިނަ
ނ
މޫދު
ހުއިގެ
ބާވަތެއް
މިއީ
ވަރަށް
މަދުން
ފެންނަ
ކަޅުކުލައިގެ
ހުޔެކެވެ
މިފަތުގެ
ފުޅާމިނުގައި
ބައިއިންޗި
ދިގުމިނުގައި
ހައިންޗިވަރު
ހުންނާނެއެވެ
ބޮޑުމައްސާގު
ނ
މައްސާގުގެ
ބާވަތެއް
މިއީ
އެއްތަނޑަށް
ހެދޭ
ފަތްބޮޑެތި
ގަހެކެވެ
މީގެ
ފަތަކީ
ކެއުމަށް
ބޭނުން
ކުރާ
އެއްޗެކެވެ
ބޮޑުމަތާދަތި
ނ
ވަޑާމުގެ
މަސައްކަތުގައި
އިލިޖެހުމަށްޓަކައި
ދެލަކުޑިގަނޑު
ކައިރިކޮށް
ޖައްސައި
ހިމުން
ކުރުމަށް
ތިއްބާ
އާލާތް
މިއީ
ކިއްސަރު
ވަޑާމުގައި
ބޭނުންކުރާ
އާލާތެކެވެ
ބޮޑުމިރުސް
ނ
(1)
މިރުހުގެ
ބާވަތެއް
މިއީ
ބޮޑެތިކޮށް
ތޮށިބޯކޮށް
ހުންނަ
ކުޅިރަހަ
މަޑު
މިރުހެކެވެ
މީގެ
ދެބާވަތެއް
ހުރެއެވެ
އެއް
ބާވަތެއްގެ
މިރުސް
ހުންނަނީ
ވަށްކޮށެވެ
އަނެއްބާވަތް
ހުންނަނީ
ދިގުކޮށެވެ
(2)
)ޏ (
ގިތެޔޮމިރުސް
ބޮޑުފަނި
ނ
އަނބުގަހާ
ބަނބުކެޔޮގަހުގެ
ފީވާތަންތާ
އުފެދޭ
ފަންޏެއް
މިއީ
ގާހުއްޔަށް
ބަދަލުވާ
ފަންޏެވެ
މިއީ
ގަދަ
ރީނދޫ
ކުލަޔަކަށްދާ
ފަންޏެކެވެ
ބޮޑުމިން
ކާޅުދޮންކެޔޮ
ވަރުވާނެއެވެ
«
19
20
21
22
23
24
25
26
27
»